އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ނުވާނެ ކަމަށް ބަލައި، 2022 ވަނަ އަހަރަށް ފާސް ކުރި ބަޖެޓުގައި އެމަނިކުފާނުގެ އިނާޔަތް ނުހިމަނާކަން އެނގިއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ދިވެހި ދައުލަތުގެ ބަޖެޓްގެ ގޮތުގައި 36.99 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.

ސަރުކާރުން މަޖިލީހަށް 36.92 ބިލިއަން ރުފިޔާގެ ބަޖެޓެއް ފޮނުވި ނަމަވެސް މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން 36.99 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވަނީ އިތުރު 73 މިލިއަން ރުފިޔާ ހިމަނާފައެވެ.

އިތުރު 73 މިލިއަން ރުފިޔާ އިތުރުކޮށް ބަޖެޓު ފާސްކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ނުވާނެ ކަމަށް އެލަވެންސް ނުހިމަނައެވެ. އެއީ އޭރު އެމަނިކުފާނު ހުރީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ޖަލުގައި ކަމަށްވާތީއެވެ.

ޔާމީނަށް އެލަވަންސް ދިނުމަށް ބަޖެޓްގައި ފައިސާ ނުހިމެނިނަމަވެސް ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓްގެ ތެރެއިން ވެސް އެފައިސާ ހަމަޖެއްސުމަކީ ސަރުކާރުން ކުރަން ޖެހޭނެ ކަމެއް ކަމަށް ގާނޫނީ ވަކީލުން ވިދާޅުވެއެވެ.

މަނީ ލޯންޑާގެ ތުހުމަތުގައި ޖަލަށް ލާފައިވާ ރައީސް ޔާމީން ސުޕްރީމް ކޯޓުން މިނިވަން ކޮށްފައިވާ މައިގަނޑު ސަބަބަކީ ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަމާ މެދު ފާޅުކަން ބޮޑު ގޮތެއްގައި ސުވާލު އުފެދުމުންނެވެ.

މި ހުކުމުގެ ރައުޔު އިއްވެވީ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ދެން ބެންޗުގައި ތިއްބެވި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި ޑރ. މުހައްމަދު އިބްރާހީމް ވަނީ ފަނޑިޔާރު މަހާޒްގެ ރައުޔައަށް ތާއީދު ކުރައްވައިފައެވެ.

ރައީސް ޔާމީން މިވަގުތަށް މިނިވަންވި ނަމަވެސް، އެމަނިކުފާނުގެ ދެ މައްސަލައެއް މިހާރު ވެސް ކްރިމިނަލް ކޯޓުގައި އެބައޮތެވެ. އެއީ އެއީ ފުއްގިރި އާއި ވ. އާރަށު މައްސަލާގައި އުފުލާފައިވާ މަނީލޯންޑްރިން އާއި ރިޝްވަތުގެ ދައުވާއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މިއީ ކޮންފަދަ އަނިޔާވެރި ސަރުކާރެއް، ތިމެންނަމެން ހަސަދަވެރިވެއްޖެ މީހެއްވިއްޔާ އެމީހެއްގެ ހައްޤުތައްވެސް ނިގުޅައިގަންނަނީ އުތެ#

  2. އެއްކަލަ ފޮޑި

    މީ ބުލީ ކުރާ ސަރުކާރެއް ،މިމީހުން ފުރަތަމަ ބުލީ ކުރަން ދަސްކޮށްދިނީ، ކަޅު ކާޅަށްގޮވާ ކާޅު ގޮވާގޮތައް ޕޯޑިއަމްތަކުގައި އަޑުގޮއްވާ ރައީސް ވަހީދުއަށް ބުލީކުރިއިރު އެއީ ވެސް މީހެއްގެ ދަރިއެއް ފިރިއެއް ބޭބެއެއް ބައްޕައެއް އޭރު އެކަން ނޭގުނު. ކަދުރު ފާތުމައޭ އަނެކައްޗެކޭ ކިޔާ މެޑަމް ފާތުންއަށްވެސް ބުލީކުރި، ތަނެއް މަދުވިތޯ؟އެކަމަކު މިއަދު މީހަކު ބުލީއަށް ނުވާގޮތައް އަންހެން ލޯޔަރެއްގެ ފޮޓޯލާފަ ސަލާމް ބުނަން އެދުމުން އެކަން ބުލީއަކަށް ވެއްޖެ، މިބައިގަނޑު ހީވަނީ މީ ބުލީ ނުކުރާ ބައިގަނޑެއްހެން، އެމްޑީޕީ އަކީ މި ގައުމުގައި ފާޅުގައި ބުލީކުރަން ފެއްޓި އަދި އެކަން ނަޖިސް ގޮތުގައި ދަސްކޮއްދީ އެކަން ފެތުރި ބައިގަނޑު، އެހެންވީމާ މިހާރު ތި ކިޔަނީ ގުދޯގުދޯ،

    1
    1
  3. Anonymous

    ކައިހުސްކޮއްފަ، ދެން ކޯޗެއްދޭނީ، ސަރުކާރު ދޮވެ ރޯނުގަ ހިއްކަން އަޅާފަ ވެރިން އެތިބީ ޅިސްޖެހިފަ،އެކަމަކު ނަންވާނީ ހައިވަކަރުއޮޑި

  4. Anonymous

    މިއަނިޔާވެރި ސަރުކާރާއި ކިނބޫރައީސާއި މުރަނގަ ގަސްދޮށު މާލިމީ ހިސާނީނިޒާމު ފަނޒދިޔާރުންގެ ޓީމު ހީކުރީ ރ.ޔާމީނު ދެން މިދުނިޔޭގަ ނުވެސް ހުންނާނެކަމަށް މިމީހުންދޭ އަނިޔާއިން އެމަނިކުފނު އަވަހަށް މަރުވށނީކަމަށް، އެހާވަރަށް އަނިޔާދެމުންވިއްޔާ އަދިވެސްދަނީ، އެއްހޭރިޔާއިން ނެއެރިއްޔާ އަނެއްހޭރިޔާއަކުން އަރައިގަނެވޭތޯ ހުއްޓުމެއްނެތި މަސައްކަތްކުރިޔަސް ﷲގެ ކުޅަދުންވަންތަކަން އެއަށްވުރެ މާފުރިހަމަ،