ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ އިސްލާމީ ޝަރީއަތް ގަބޫލުކުރާ، ޞާލިޙް މުސްލިމެއް ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އާއްމުންނަށް ސުވާލު ކުރުމުގެ ފުރުސަތު ދީގެން މަޖިލީހުގެ ކޮންމެ ދައުރެއް ނިންމުމަށް ފަހު ބާއްވަމުން އަންނަ ޕްރޮގްރާމްގައި މިރޭ ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޕްރޮގްރާމްގައި ނަޝީދަށް މީހަކު އަމާޒުކުރި ސުވާލެއްގައި އެހީ މަރުގެ ހުކުމް ތަންފީޒު ކުރުމާއި މެދު އެމަނިކުފާނުގެ ހިޔާލުފުޅަކީ ކޮބައިތޯ ކަމަށެވެ. އެސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެކި ޝަރުއީ ނިޒާމްތަކުގައި އެކި ގޮތައް މަރުގެ އަދަބު ދެމުން ގެންދާ ކަމަށެވެ. "އިސްލާމީ ޝަރީއަތުގައި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މަރަށް މަރުހިފަން ޖެހޭ ހާލަތްތަކެއް ހުރޭ." ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމާއި ގުޅޭ ގޮތުން ނަޝީދު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ނަމަވެސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ އިސްލާމީ ޝަރީއަތް ފުރިހަމައަށް ގަބޫލުކުރާ ބޭފުޅެއް ކަމަށެވެ. "އަޅުގަނޑަކީ އަބަދުވެސް އިސްލާމީ ޝަރީއަތް ފުރިހަމައަށް ގަބޫލުކުރާ މީހެއް. އަދި އަޅުގަނޑަކީ އަބަދުވެސް އަޅުގަނޑުގެ ނަޒަރުގައި ޞާލިހް ގޮތުގައި ދިރިއުޅެމުން އަންނަ މުސްލިމެއް. ދެން އެނޫން ގޮތަކަށް ސިފަވާގޮތަކަށް އަޅުގަނޑާއި ދޭތެރޭ ދެކުން އެއީ ރަނގަޅު ގޮތެއް ކަމަށް ދެކުން އެއީ ރަނގަޅު ގޮތެއް ކަމަކަށް." ނަޝީދު ވިދާޅުވިއެވެ.

މިރޭގެ ޕްރޮގްރާމަކީ ނަޝީދު އަވަހާރަކޮށްލަން މެއި މަހު ދިން ހަމަލާއަށް ފަހު އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވި ފަހުން ބޭއްވި މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.

މިހާތަނަށް ތަހްގީގަށް އެނގިފައިވާ ގޮތުގައި ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދީފައި ވަނީ ހަރުކަށި ދީނީ ފިކުރު ގެންގުޅޭ ބައެކެވެ. އެމީހުން ނަޝީދު އަވަހާރަކޮށްލަން މަސައްކަތް ކޮށްފައި ވަނީ އެމަނިކުފާނު އިސްލާމްދީނުގެ ބައެއް ކަންކަމާއި ގުޅޭ ގޮތުން ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން ކަމަށް ތަހްގީގަށް އެނގިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

 1. ލޮލް

  ޗޭ ވަގުއައިޑީ ހަދޭގެން އިސްލާމް ދީނަށް ފުރައްސާރަ ކުރަމުން ދުވާ ކައުޅެއް.

  69
  2
 2. Anonymous

  އެހެން ތޯ ؟ އޯކޭ

  31
  2
 3. Anonymous

  ތީއާކަމެއް!

  28
  1
 4. މަ

  އޯކޭ

  25
 5. Anonymous

  އަމިއްލައަށް ބުނެފަ މިއޮތީ:
  ތިމަންނައަކީ މުސްލިމެއް ނޫން ގޮތަކަށް ސިފަވާ ގޮތަށް ދުށުމަކީ ރަނގަޅު ގޮތޭ، އެއީ ރަނގަޅު ގޮތް ކަމަށް ދެކޭށޭ.
  "ދެން އެނޫން ގޮތަކަށް ސިފަވާގޮތަކަށް އަޅުގަނޑާއި ދޭތެރޭ ދެކުން އެއީ ރަނގަޅު ގޮތެއް ކަމަށް ދެކުން އެއީ ރަނގަޅު ގޮތެއް ކަމަކަށް."
  ...
  "އަޅުގަނޑަކީ އަބަދުވެސް އިސްލާމީ ޝަރީއަތް ފުރިހަމައަށް ގަބޫލުކުރާ މީހެއް. އަދި އަޅުގަނޑަކީ އަބަދުވެސް އަޅުގަނޑުގެ ނަޒަރުގައި ޞާލިހް ގޮތުގައި ދިރިއުޅެމުން އަންނަ މުސްލިމެއް. ދެން އެނޫން ގޮތަކަށް ސިފަވާގޮތަކަށް އަޅުގަނޑާއި ދޭތެރޭ ދެކުން އެއީ ރަނގަޅު ގޮތެއް ކަމަށް ދެކުން އެއީ ރަނގަޅު ގޮތެއް ކަމަކަށް." ނަޝީދު ވިދާޅުވިއެވެ.

  23
  7
 6. އަފްލާތޫން

  ތިހެން ބުނި މުނާފިޤުންގެ ވެރިޔާ "އުބައްޔު ބުން ސަލޫލު" ވެސް، ދެން އަހަރުމެން ނިންމަންވީތަ އޭނަޔަކީ ޞިއްދީޤެއް ކަމަށް އަދި ތަޤުވާވެރި ސޯލިޙު ވަރަޤުވެރިއެއް ކަމަށް... ބޯގުޑާފަތޯ ތި އިންނެވީ!

  55
  3
 7. ރިއްޕެ

  "ވަރަށް ލޯބިވަމޭ" ދުލުން ބުންޏަސް އަމަލުން ނުފެންނަ ނަމަ ގަބޫލެއް ނުކުރާނެ މީހުންނެއް. ތި ބޭފުޅާގެ އެކްސް މެޑަމް ގާތު އަހާލާ މިއީ ދޮގެއްތޯ. އެންމެން ގަބޫލުކުރާ ހަގީގަތާ އުސޫލަކީ މިއީ. އެހެންވީމާ ދީނުގެ ހުކުމްތަކަށްވެސް ގޮންޖަހައި ތިމަންނާއަކީ ސާލިހު މީހެކޭ ކިތަންމެވަރަކަށް ކިޔަސް ކިހިނެއް ގަބޫލުކުރާނީ؟

  44
  2
 8. ސަންފައިދީ

  މުސްލިމެކޭ ބުނުމަކުން މުސްލިމަކަށް ނުވާނެ އަދި ޞާލިޙް މުސްްލިމަކަށް ވާނީ ﷲ ނަހީ ކުރައްވަވާ ފައިވާ ކަންތަކުން ދުރުވެ ކުރުމަށް އަންގަވާ ފައިވާ ކަންތައް ބަރާބަރަށް ކުރާނަމަ
  ޢެފަދަ މީހަކީ ފުރިހަމަ މުސްލިމެއް. ތިބާވެސް އެކަންތައް ތައް ފުރިހަމަ ކުރަމުންދާނަމަ ތިޔައީ ފުރިހަމަ މުސްލިމެއް.

  46
 9. ނައީމާ

  ހަމަ ތެދެއް..؟

  14
  1
 10. ކކ

  ކަލޯ ގަޔާ. ނޑޕީ މީހުންް ގަބޫލު ކުުރާނެެ އިރު އެެއީ ހަނދޭ ބުންޏަސް

  41
 11. ނަޒީމް

  އިސްލާމީ ޝަރީއަތުގައި ޢައިރު މުސްލިމުންގެ މަހާނަ ދޮށައްގޮސް މަނިކުފާނު ގާންދީގެ މަހާނަ ގާތުހުރެ ދެއަތް އުފުލައި އޭނާއަށް ދުއާ ކޮއްދިންހެން ދުޢާކުރުން ހުއްދަކުރެވިގެންވޭތަ.؟

  34
  • ޖަމްޖާހު

   އިސްލާމް ދީން ރަނގަޅަށް ނޭނގުމާ އިސްލާމް ދީން ޤަބޫލު ނުކުރުމާ ވަރަށް ތަފާތު.. ކިތަންމެ ނުބަޔަސް އެއްކައުވަންތަ ކަމުގެ ކަލިމަ ޤަބޫލުކޮށްފީމުއޭ ބުނެފި މީހާ ކާފަރު ކުރުން އެއީ ވަރަށްވެސް ނުބައި ކަމެއް... ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތާއި ވަކީލު ކުރުން އޮތް ގޮތަކީ...

 12. سنف

  لااله الاالله محمدالرسول الله
  ކިޔައި އެއަށް ފުރިހަމައަށް ޢަމަލްކުރާ މީހަކީ ތިޔަބުނާ ފަދަ މީހެއް

  32
 13. ބުއްޅަބެ

  މި ރާއްޖޭގެ ގިނަ މީހުން ތިވާހަކަ ގަބޫލެއް ނުކުރޭ!

  13
  1
 14. ނަޝީދު

  އެކަމަކުވެސް މަނިކުފާނަށްވެސް އެނގިވަޑައިގަންނަވާނެ ހަމަ ރަނގަޅަށް މަނިކުފާނަށް މީގެ ކުރިން އުޅުއްވިފައި ހުރީ ވަރަށް ވިޔާ ނުދާކޮށް ކަން. އެކަހަލަ ކަންކަމުން ތިމަންނާ ތައުބާވެ ހަމަ މަގަށް ރުޖޫޢަވެއްޖައީމުއޭ ބުނެލާނަމަ ރައްޔިތުންނަށް ތަންކޮޅެއް ގަބޫލުކުރެވުނީސް.

  10
 15. ލލ

  އިންޑިޔާގެ ފިލްމީ ތަރިންވެސް މިޖަހަލަ ޝޯތަށް ބާއްވާ !

 16. ސަދޫމު ސިޓީ

  ސަައްހަ މުސްލިމެތް އެކަމަކު އިސްލާމީ ސަރީއަތުގަވާ އެތްވެސް ހުކުމެތް ގަބޫލެތް ނުކުރޭ އެކަންކަން ތަންފީޒު ކުރަން ސީދާދެކޮޅު ފާޅުގަ ދީނުގެ ހުކުމްތަކަށްބަސްބުނޭ

  10
  1
 17. Anonymous

  ޞާލިޙް އަނގަ ހުޅުވިފަ މީނީ ބުނާނެ އެއްޗެއްވެސް ނޭނގިފަ.😂

 18. ޙަދިސައިބު

  ކަލެޔަކީ ތިޔަކަންކަން ގަބޫލުކުރާ މީހެއްނަމަ ރަސޫލާއަށް ފުރައްސާރަކޮށް އޯޅްޓަނޭޓިވް ނެރޭޓިވެއް ހޯދާކަށް ނުގޮވާނެ، އަހަރެމެންނަށް ހެއު ކާލޭ އިސްލާމީ ސަރިއަތާއި އިސްލާމްދީން ގަބޫކުރިޔަސް ނުކުރިޔަސް އެއީ ކަލޭގެ ކަމެއް! ޢަޅުގަޑުމެންގެ ދުއާއަކީ މިގައުމާއި މިގައުގެކަރާމަތާއި އިސްލާމް ދީން ކަލޭގެ ބަލާވެރިކަމުން ސަލާމްކޮށްދެއްވުން.

  7
  1
 19. އަލި

  މިނޫނީ ނުހުންނާނެ ދިވެއްސެއް މިގައުމުގަ އަބަދާ އަބަދު މުސްލިމެއްކަން ސާބިތު ކޮށްދޭން ޖެހިފަ ހުންނަ... މީ އަޖާބެއް.. ކިތަންމެ ވަރަކަަށް ދޮން ކުރިއަސް ދުނބުރިއެއް އަނބަކަށް ނުވާނެ..

  9
  1
 20. އުންސުރު

  އަހަރެން މިޚަބަރުގެ ހެޑިން ކިޔާލިވަގުތު ހުރީ ފުޅިިއަކުން ފެންބޯން ، އެއްމޭޒެއްގައި ރައްޓެހިންތަކަކާއެކު.
  ދެންވިސްނާލާ ވީގޮތް !!! ޙައް ހައް

 21. ބޮންދު

  ސާލިހުވެގެން ވެރިކަންދިން އިބޫއައްވެސްޥީ އަސްދޫނިއައްވީވަރު ކޯރެއްގެއައްސޭރިން ފިނިހަކައެއް ކާލީ ދޫނިތައްމަސްހިފާކާތަންފެނިފައެކަންކުރަންއުޅުނީމަ. 2023 ވަނައަހަރުގެ ވޯޓްލިސްޓްގަ ރަތްރޮގުދަމަން ބޭނުންނުވާނެ ރެޑްބުލް ލިބެންރެޑްވޭވޫންހުޓާ

 22. މުނާފިޤު

  ތިޔަ ފެންނަނީ މުނާފިގެއްގެ ފަރާތުން ފެންނާނެ ސިފަތައް ތިމާއަކީ މާޞާލިޙު މީހަކަށް ހެދިގެން މީސްތަކުންގެ ކުރިމަތީގައި އުޅޭނެ ، ދެއްކުން ތެރިކަމުގެ ގޮތުން ނަމާދުވެސް ކޮށްއުޅެފާނެ 'ކަންނެތްކަމާއި ދެއްކުންތެރިކަމާއިއެކު ނަމާދު ކޮށް އުޅޭ މުނާފިޤުންގެ ވާހަކަ އޮވޭނުންތޯ ފޮތުގައި

 23. Anonymous

  ނަޝީދު އެ ކިޔާ ސޯލިހަކީ އ އިބްރާހިމް މުހައްމަދު ސޯލިހު ކަންނޭނގެ. އިސްލާމީ ޝަރީއަތަށް ތަރުހީބު ދޭ ނަމަ ކީއްވެ ސެކިއުލެރިސްމް އަށް ސަޕޯޓުކުރަނީ؟ އިސްލާމީ ޝަރީއއަތް އެްްފަރާތްކޮށް މި ނިކަމެތި އ އިންސާނުންގެ ގާނޫނުތައް ބޭނުންކުރުމެއް ނޫންތަ ސެކިއުލެރިސްމް އަކީ؟

 24. އައްޑޫ މީހާ

  ހަހަަހަ ވަރަށް ދެއްތޯ؟

 25. އައްޑޫ މީހާ

  ޤާނޫނަކުން ރައްޔިތުންގެ އަނގަމަތީގައި ޓޭޕް އަޅާފައޮތީމަ ތިޔަށް ރައްދުދެވޭކަށެއް ނެތް ޤާނޫނެއް އެހެން އޮތްކަމުގައިވިޔަސް އެހެން ބުނެވެން ނެތަސް އަހަރުމެން ދެކޭގޮތް ބަދަލު ކުރެވޭނެ އެއްްވެސް ގޮތެއް ނެހެދޭނެ ފަހުނޭވަޔާ ޖެހެނެދެންވެސް އަހަރުމެން އެގޮތައް ދެކޭނަން ދެން ހިސާނުކައިރީގަ ބުނޭ އަދި މިގޮތެއް ކަމަކުދާކަށް ނެތޭ މިމީހުންގެ ހިތާއި ސިކުނޑި ސްކޭން ކުރެވޭނެ ގޮތަކަށް ބިލެއް ހުށަހަޅާށޭ މިކަމުން ރެކެވޭނެ ގޮތެއް ނެތޭ ދެން ލަލަލާ

 26. ވަޒީރު

  ޖޯކް އޮފް ދަ އިއާ 2021.

 27. ހަސްނަ

  ތިހެންވިއްޔާ މިދުނިޔެމަތީ ނުހުންނާނެ އެއްވެސް ކާފަރެއް

 28. ތެދު

  މުޅި ރާއްޖޭ ގަައި އުޅެނީ 100% އިސްލާމްދީން ގަބޫލު ކުރާ 0%އަމަލު ކުރާ މީހުން ދޯ

 29. ޢަނބި ނޮހޮރުޕާންޓައިޓިސް ހެޕަޓައިޓިސްގެ އެންމެ ވައްތަރެއް

  ތިއީ ތެދެއްނަމަ އަޅުގަނޑު ވ އުފާވޭ

 30. Anonymous

  މީހަކު ބަދަލުވާން ނަގާނީ ހިނދުކޮޅެއް ގޯސްކޮން އެސޮރާ ދޭތެރޭ ނުވިސްނާ ފަހަރުގައި އިސްލާހުވެދާނެ އެޔީމަ ވ ލޯބިވާ ގޮލަޔެއް

 31. ރިޒާ

  މި ސޮރު ހިތުން ވަރަށް މޮޅޭ ބަހުން ކުޅެން.
  އެ ބުނާ އެއްޗަކީ ތިމަންނަ ގަބޫލުކުރަމޭ އެއީ ﷲ ހަޒްރަތުން ބާވާލެއްވުނު ޝަރީއަތެއްކަން،
  އެކަމު ސުވާލަކީ ބަލަ ކަލޭ އެއަށް ކިޔަމަންވެ ބޯލަނބައި އެއީކަން އެއާ އެއްގޮތަށް ހުކުމް ކުރަން ޖެހޭ އެންމެ މާތް މޮޅު ހުކުމްތައް ކަމަށް ދެކެން ހެއްޔޭ؟؟؟!!!
  އަބޫ ޖަހުލަށްވެސް އެނގެއޭ ގުރްއާނާ ރަސޫލާއަކީ ހައްގުކަން، އެކަމު ކިޔަމަންވެ އެ ބަލައިގަނެ ބޯލެނބިހެއްޔޭ؟؟؟!!!

 32. އަބްދޫ

  ތިބޭފުޅާ ކުރިން ވިދާޅުވި ވާހަކަތަކާ ކުރެއްވި އިންކާރަށް ބަލާއިރު މިހާރު ފާސްކުރި ގާނޫނުގެ ދަށުން ސަރީއަތް ހިންގެންވާނެ ކަމަށްދެކެން.ތިބޭފުޅާގެ ވާހަކަ ގަބޫލް ނުކުރެވޭ.

 33. ހ. ހުސައިން

  ރާއްޖޭގެ ގިނަ ބޭފުޅުން ވިސްނާ ފިކުރުކުރަންވީ ތިމާއާމެދު ސުވާލުކުރެވޭނީ ތިމާގެ އަމަލުތަކާމެދުކަން. ތިމާ އިސްލާމެއްގެ ގޮތުގައި ހުރެ ކުރާންޖެހޭ ކަންކަން ފުރިހަމައަށް ކުރިތޯ. ރައީސްކަން ކުރި ބޭފުޅަކު، ސިޔާސީ ވެރިން އުޅޭގޮތާމެދު ވިސްނާންވާނީ ތިމާ ސަލާމަތުން ހުރެގެން. ނަމަވެސް ދިވެހިންގެ ގިނަބަޔަކު ގިނަ ވަގުތު ހޭދަކުރަނީ ސިޔާސީވެރިއެއް ނުރަނގަޅުކަން، ލާދީނީކަން ސާބިތުކޮށްދިނުމުގައި. ކީއްތޯކުރާނީ، މީ އަދު އަޅުގަނޑުމެންގެ ހާލަތު.

 34. ސާމާނުބެ

  ކިތަންމެ ހާމަކުރަން ބޭނުން ވިޔަސް އެމީހާއަށް އަސްލު ވިސްނޭގޮތް ހާމަކުރުމުގެ ޖާގަ ނެތްތަނެއްގައި ތިޖަވާބު ފުދޭ

 35. ބޯހަލާކު

  ކީއްކުރާނީ ތިނޫން ގޮތަކަށް ވާހަކަތަށް ކިރިޔާވެސް ހުރެއްޖެނަމަ ވާގޮތް ތޮއޮތީ ސީދާ މަނިކުފާނަށް ފެނިފައި

 36. އަބްދޫ

  އެއްވެސް މުސްލިމަކު ތިމާއަކީ މުސްލިމެކޭ ނުގޮވާނެ.މުސްލިމަކަށް ނުވާމީހަކު ނުވަތަ އެމީހެއްގެ އަމަލުން އެއީ މުސްލިމަކު ނޫންކަން އެގޭވަރަށް ތިލަވުމުން މަށަކީ މުސްލިމެކޭކިޔާ ދައުވާކުރާނެ.ﷲ ހުރިހާކަމެއް ދެނެވޮޑިގެންވޭ.

 37. ސޯލިބޭ

  ދެން ޑެންމާކްގައި އެދެއްކި ވާހަކއެއްދެއްކީ މަސްތުގެ ހާލަތުގައި ހުރެގެންތޯ؟