ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމުން މިނިވަން ވުމުން އެކަން ފާހަގަ ކުރުމަށް ބާއްވާ ޖަލްސާގައި ބައިވެރިވުމަށް އެތައް ހާސް ރައްޔިތުންނެއް ކާނިވާ ސަރަހައްދަށް ޖަމާވެއްޖެއެވެ.
ކާނިވާ ސްޓޭޖް ކައިރީގައި ޖަލްސާ ބާއްވަން ހާއްސަ ސަރަހައްދުގެ އިތުރުން ވަށައިގެން އޮންނަ ހުސް ސަރަހައްދުގައި ވެސް ގޮނޑި ޖަހާފައި ވާއިރު ޖަލްސާ ފެށުމުގެ ކުރިން ހުރިހާ ގޮނޑިއެއް ވަނީ ފުރިފައެވެ.
މިރޭގެ ޖަލްސާގައި ރައީސް ޔާމިންގެ އިތުރުން ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަންމަނިކާއި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދާއި، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަމީމް އަލީ ސައީދު އަދި އިދިކޮޅު ކޯލިޝަން ހިންގުމާއި މިހާތަނަށް ހަވާލުވެ ވަޑައިގެން ހުންނެވި އަބްދުލްރަހީމް އަބްދުﷲ ވާހަކަ ދައްކަވާނެއެވެ.
އަންގާރަ ދުވަހު ޖަލު ހުކުމުން ސަލާމަތްވެވަޑައިގެންނެވުމާއި އެކު ރައީސް ޔާމީން ވަނީ ސިޔާސީ މަސައްކަތްޕުޅު ފައްޓަވާފައެވެ. އަންގާރަ ދުވަހުގެ ރޭ ޕާޓީގެ ލީޑާޝިޕާއި ބައްދަލު ކުރައްވާ ކުރިއަށް އޮތް ދުވަސްތަކުގައި ސިޔާސީ ހަރަކާތްތައް ހިންގަވަން ފެނިވަޑައިގަންނަވާ ގޮތް ލީޑާޝިޕާއި ހިއްސާކުރެއްވެވިއެވެ. އަދި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ހިންގަމުން ގެންދާ ހަރަކާތް އިތުރަށް ވަރުގަދަ ކުރެއްވުމަށް ވެސް ޕާޓީގެ ލީޑާޝިޕަށް އެންގެވިއެވެ.
ރައީސް ޔާމީން ޖަލުގައި ހުންނެވިއިރު ވެސް ޕީޕީއެމް އިން މާލޭގައި ބޭއްވި ޖަލްސާތަކަށް ގިނަ ބަޔަކު ޖަމާވިއެވެ. މިރޭގެ ޖަލްސާގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވާ ޕީޕީއެމްގެ އިސް ބޭފުޅަކު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިރޭގެ ޖަލްސާ އަކީ 2018 ވަނަ އަހަރުގެ ކެމްޕޭނަށް ފަހު ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު ޖަލްސާއަށް ވެގެން ދާނެ ކަމަށެވެ.
https://twitter.com/Nannaxeev/status/1466792552078606348
ދެއަހަރު ދުވަހަށް ފަހު ރައީސް ޔާމީން ސަޕޯޓަރުންނާއި ބައްދަލު ކުރައްވަނީ އެމަނިކުފާނުގެ މައްޗަށް ދަށު ކޯޓުންނާއި ހައިކޯޓުން ސާބިތުކުރި މަނީލޯންޑްރިންގެ ދައުވާ ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުންނެވެ. ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ސާބިތު ކުރުމުގައި އެތައް ގޯހެއް ހަދާފައި އެބައޮތް ކަމަށެވެ.
ފުރަތަމަ މައްސަލަ އިން ރައީސް ޔާމީން ސަލާމާތްވެ ވަޑައިގެންނެވި ނަމަވެސް މިހާރު ވެސް އެމަނިކުފާނުގެ މައްޗަށް ދެމައްސަލައެއްގައި އުފުލާފައިވާ ހަތަރު ދައުވާއެއް ކްރިމިނަލް ކޯޓުގައި އެބައޮތެވެ.
ޙަޖަމް ނުވާނެ. ގެރޭ
الحمدلله
ދިވެހިބިން އިސްލާމީ ހިދާޔަތުގައި މިނިވަންކަން މަތީ އަބަދަށް
މަރުހަބާ އިއްޒަތްތެރި ރައީސް. މަނިކުފާނު މިނިވަންވެ ވަޑައިގަތުމަކީ މި ޖީލުގައި ހާސިލްވެވޭނެ އެންމެ ބޮޑު އުފާ. ރައީސް ޔާމީން ޒިންދާބާދު. ގައްދާރުން މުރުދާބާދު.
ފެނޭތަ؟ އިމްރާނު ..
ނިކަން މިކަހަލަ ޖަލްސާޔެއް ތިޔަ އަދާލަތުން ބާއްވަބަލަ.
މަބުނާނަން ކަލޭމެން މޮޅޭ..
ﷲ އަކްބަރ އަހުރެން ބޭނުންވަނީ ދެން އަންނަ ވެރިކަމެެއް ޔާމީން ކާމިޔާބުކޮށް ރާއްޖޭގަ އިސްލާމީ ޙުކުމް ތަންފީޒް ކުރުވުން
ރައީސް ޔާމީންގެ ޕާސްޕޯރޓް ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ
ރަތްރޮނގޭ ދެން މަހަށްދޭބަލަ ރަތްރޮނގޭ ދެން މަހަށްދޭބަލަ ރަތްރޮނގޭ ދެން މަހަށްދޭބަލަ ރަތްރޮނގޭ ދެން މަހަށްދޭބަލަ ރަތްރޮނގޭ ދެން މަހަށްދޭބަލަ ރަތްރޮނގޭ ދެން މަހަށްދޭބަލަ ރަތްރޮނގޭ ދެން މަހަށްދޭބަލަ ރަތްރޮނގޭ ދެން މަހަށްދޭބަލަ ރަތްރޮނގޭ ދެން މަހަށްދޭބަލަ
ރއީސް ޔާމީނަކީ، އެގިގެން ރަނގަޅަށް މޮޅަށް ކަންތައްތައް ކުރެއްވި ހަރުދަނާ ޤާބިލުބޭފުޅެއް،
ސާބަހޭ ރައީސް ޔަމީން. މީގެއިން ވެސް އެނގެނީ 2018ގެ އެމްޑީޕީން ވޯޓް ވަގަށްނަގައިގެން ކަން އެތިބީ. ޥަގުން ބޭޒާރުވާނެ .
ބޫ ސައިޒު ފެނިއްޖެތަ¿¿¿ ބުއްޅަބޭ އޮންނާނެ ސޮނި ވެއްޓިފަ ދެން ގުޅާ ގެރިބުލް މޮޑީއަށް އެހީއަށް
މާރިޔާ އަޅާ އައިނު ކުޑަވީމަ މިތަން ވެސް ފެންނާނީ 6 ނުވަތަ 8 ކަ ބޮޓުން ތިބި ތަން.