ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލުގައި އޮންނެވިއިރު، ރާއްޖެ ދޫކޮށް ފުރަން ލަފާ ދިން ކަމަށާއި އެހެން ނަމަވެސް އެމަނިކުފާނު އެކަން ގަބޫލުފުޅު ނުކުރެއްވި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނަށް އިއްވި ހުކުމް ބާތިލު ކުރުން ފާހަގަ ކުރުމުން އިދިކޮޅުން ބޭއްވި "މަރުހަބާ ރައީސް ޔާމީން" ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ރައީސް ޔާމީން މާފުށި ޖަލުގައި އޮންނަވާތާ އެއް އަހަރު ދުވަސް ފުރުމާއި ގުޅިގެން ޕާޓީގެ ލީޑާޝިޕްގެ ފަރާތުން ރައީސް ޔާމީނާއި ބައްދަލުކޮށް ލަފައެއް އަރުވި ކަމަށެވެ.

އަދުރޭ ވިދާޅުވީ، އެލަފާގައި ބޭސް ފަރުވާއަށް ނަމަވެސް ޖަލުން ނުކުމެ ވަޑައިގަތުމަށް ރައީސް ޔާމީންގެ އަރިހުން އެދުނިން ކަމަށް އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑު ލީޑަޝިޕްގެ ފަރާތުން މަނިކުފާނަށް ދަންނަވަން މިއައީ ކޮންމެ ވެސް މަގެއް ހޯއްދަވައިގެން މިޖަލުން ނިކުމެވަޑައިގެންނެވޭތޯ މަސައްކަތް ކޮށްދެއްވާށޭ. އެއީ ބޭސް ފަރުވާ އަކަށް ނަމަވެސް، 15 ވަރަކަށް ދުވަހަށް ނުވަތަ މަހެއްހާ ދުވަހަށް ނަމަވެސް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ވިސްނުންފުޅެއް ގެންގުޅުއްވައި ދެއްވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެކޭ" އަދުރޭ ވިދާޅުވިއެވެ.

މި ވާހަކަ ރައީސް ޔާމީނަށް ހިއްސާ ކުރުމުން އެކަން ބަލައި ނުގަނެ، "ތިމަންމަނިކުފާނަށް ކުރެވޭ ތުހުމަތަކަށް ފިއްލަވައިގެން ވަޑައިގަންނަވާނެ ބޭފުޅެއް ނޫނޭ" ރައީސް ޔާމީން ވިދާޅުވި ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ތިމަން މަނިކުފާނަށް ލިބިވަޑައިގަންނަވާ އަނިޔާއަށްވުރެ ތިމަން މަނިކުފާނު އުފަންވީ ދިވެހި ފަސްގަނޑަށާއި ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް ލިބެމުންދާ ހިތްދަތިކަމާއި ހިތާމައާއި ގެއްލުމާއި އަނިޔާވެރިކަން މާ ބޮޑުތަނުން ވެސް ބޮޑޭ" ރައީސް ޔާމީން ވިދާޅުކަމަށް އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީން ޖަލުގައި ހުންނެވި ދުވަސްވަރު ރާއްޖެ އިން ފުރަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް އެމަނިކުފާނާއި ބައްދަލުކޮށް އެދުނެވެ. ނަމަވެސް ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން ރައީސް ޔާމީން ދެކޮޅު ހެއްދެވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރައީސް ޔާމީން ރާއްޖެ އިން ބޭރަށް ދިއުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާއި އެކަން އެމަނިކުފާނު ބޭނުންފުޅު ނުވީކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އާބިގާ

  ރައީސް ޔާމީނު އެބަޖެހޭ މިކަހަލަ ފިނޑިން ބޭރުކުރަން. އަދުރޭ ލައިގެން ނުވާނެ މިކަމެއް. މިކަހަލަ ޚާއިނު ނަސޭހަތްދޭ މިހުން ބޭރުކުރަން ޖެހޭ

  3
  3
 2. ނަޝިޔާ

  އަދުރޭ ހިތުން މޮޅު ވާހަކައެއް ދޯ މިދެއްކީ؟ މީނާ ބޭރުކުރޭ. ރައީސް ޔާމީނު އަރިހުގަ ހުންނަވަރަށްވުރެ މީނާގެ ފިނޑިކަން ބޮޑު.

  3
  3
 3. ތުން ތުނާ

  މިމީހުން ޓިނާއި ނިހާނާއި އެއިރު ދިން ލަފާގެ ސަބަބުން މަނިކުފާނުގެ ވެރިކަން އިބޫ އަށް ރުޖޫއު ވެގެނއ ދިޔައީ

  6
  1
 4. ހުދުކާޅު

  އަދުރޭ މީ ހާދަ ފިނޑި ގޮލައެކޭދޯ. ހީވެސް ނުކުރަން އެކަހަލަ ގަޑަކަށްވެދާނޭ

 5. Anonymous

  "ތުންތުން"ގެ ކޮމެންޓަށް: ބޭފުޅާ ތިބުނިގޮތައްވެގެންނޫނޭ ފާއިތުވި އިންތިޚާބު ރ.ޔާމީނަށް ކާމިޔާބު ނުވީ، ރ.ޔާމީނު މިގައުމުގަތިބި ނިކަމެތި ރައްޔިތުންނަށް ދެމުންދިޔަ ފައިދާތަކާއި މުޅިގައުމުގައި އާރާސްތުކުރި ބޮޑެތި ތަރައްގީތަށް ބަލައިގަނެ ގައުމުގެ މަދު ރައްޔިތެއް ފިޔަވައި އެމަނިކުފާނަށް ވޯޓުދިނެވެ، ނަމަވެސް އެޒިއްމާގައި ހަވާލުވެ އީސީގައިތިބި މީހުން ބޮޑެތި ރިޝްވަތަށް ދަހިވެތިވެ ވޯޓަށް މަކަރުހަދައި އެމަނިކުފާނަށް އައްދރުވީކަން މިއީ ހަގީގަތް# އީސީން އެތައްހާސްވޯޓެއް އުނިކޮށް އެމަނިކުފާނު ގިނިކަންޏާއި ލިބުނު ވޯޓުގެ އަދަދުތައްޖަމަށް އިއުލާކުރި އަދަދަށް ބަލާލިޔަސް ހަގީގަތް ސާފުވޭ ދޮތެ؟؟