އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން "އަނިޔާވެރިކަމުގެ" ވާހަކަ ދެއްކެވުމުން ރައްދެއްގެ ގޮތުގައި އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ އަދި މި ސަރުކާރުގެ އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން "މާނަ ފުން ފޮޓޯއެއް" ޚިއްސާ ކުރައްވައިފިއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފުރަތަމަ ހުކުމްކޮށްފައި ވަނީ 28 ނޮވެމްބަރު 2019 ގައެވެ. އެ ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފައެވެ. އެކަމަކު، ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލް ކުރުމާއެކު ޔާމީން ވަނީ މިނިވަންވެފައެވެ.

ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ އެމަނިކުފާނާ މެދު މި ސަރުކާރުން އަމަލުކުރި ގޮތް "އަނިޔާ" އެއް ގޮތުގައި ސިފަ ކުރައްވައިފައެވެ. ޔާމީންގެ ޝަރީއަތް ހިންގުނީ ޖޭއެސްސީގައި ތިއްބެވި އެމަނިކުފާނުގެ ވާދަވެރިން ނުފޫޒު ފޯރުވައިގެން ކަމަށް ވިދާޅުވެއެވެ.

ޔާމީންގެ ވާހަކަތަކާ ގުޅިގެން މީހަކު ކޮށްފައިވާ ޓްވީޓެއް ރީޓްވީޓް ކުރައްވާފައި، ޔުމްނާ ޚިއްސާ ކުރެއްވީ ޔާމީންގެ ވެރިކަމުގައި ޖަލު ހުކުމްތަކާއި ހުކުމެއް ނެތި ޖަލުގައި ބަންދު ކުރި އެތައް ސިޔާސީ ލީޑަރުންނާއި ދައުލަތުގެ އިސް މަގާމު ފުރުއްވާފައިވާ ބޭފުޅުންގެ ފޮޓޯއެކެވެ.

ޔުމްނާގެ މި ފޮޓޯގައި ޖުމުލަ 38 މީހެއްގެ ފޮޓޯއެއް ހިމެނެއެވެ. އޭގެ ތެރޭގައި، ޔުމްނާގެ ބައްޕަ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގާއި، ޔުމްނާގެ ކޮއްކޮ އަދި މަޖިލިހުގެ ދިއްގަރު ދާއިރާގެ އޭރުގެ މެންބަރު އަހްމަދު ފާރިސް މައުމޫންއާއި، ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމްގެ ހިމެނިވަޑައިގަންނަވައެވެ.

އޭރުގެ އިދިކޮޅު ޕާޓީތަކުގެ ހުރިހާ ލީޑަރުންނާއި، މަޖިލީހުގެ އޭރުގެ ބައެއް މެންބަރުންނާއި، ފުލުހުންނާއި ސިފައިންގެ ތެރޭގައި ތިއްބެވި ބައެއް މީހުންނާއި، އޭރު ފަނޑިޔާރު ކަން ކުރެއްވި ބައެއް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ.

ޔާމީން އާއި އެމަނިކުފާނުގެ ބޭބެ މައުމޫންއާ އުފެދުނު ޚިޔާލު ތަފާތުވުންތަކާއެކު ފުރަތަމަ މައުމޫން ޕީޕީއެމުން ވަކިކުރީއެވެ. އޭގެ ފަހުން ފާރިސްއާއި ޔުމްނާ ފަދަ މައުމޫން އަރި އެތައް ބޭފުޅުން ވެސް ޕީޕީއެމުން ދުރަށް ޖެހިވަޑައިގަތެވެ. މަޖިލީހުގެ 12 މެންބަރަކު ވެސް ޕީޕީއެމް ދޫކޮށްލެއްވިއެވެ.

އޭގެ ފަހުން ހިނގައިދިޔަ ކަންތައްތަކަކަށް ފަހު، މައުމޫނާއި ފާރިސްއާއި ނަދީމް ހައްޔަރު ކުރީ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ޔާމީންގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައެވެ.

އެއީ ޖަލު ހުކުމްތަކާއި ބަންދުތަކުގައި ތިއްބެވި ސިޔާސީ ލީޑަރުން ހިމެނޭހެން ނުވަ ބޭފުޅަކު މިނިވަން ކުރުމަށާއި ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ފެބްރުއަރީ 1، 2018 ގައި ނެރުނު ހުކުމަށް ފަހުގައެވެ.

އެ ހުކުމް އިއްވިތާ ފަސް ދުވަސް ފަހުން ހުކުމް ތަންފީޒު ކުރުމުގެ ބަދަލުގައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރީއެވެ. މައުމޫނާއި ފާރިސްއާއި ނަދީމް ވެސް ހައްޔަރު ކުރީ އޭރުއެވެ.

ދެން ތިއްބެވި ތިން ފަނޑިޔާރުން ވަނީ ކުރިން ނެރުނު ހުކުމް ބާތިލްކޮށްފައެވެ. ޕީޕީއެމްގެ އިސް ބޭފުޅުން އެ ހުކުމް ސިފަކުރެއްވީ ޔާމީންގެ ވެރިކަން ވައްޓާލަން ވެގެން "ޝަރުއީ ނިޒާމުގެ ތެރެއިން ހިންގި ބަޣާވާތެއް" ގޮތުގައެވެ.

މި ހުރިހާ ކަމެއް ހިނގައިދިޔައިރު، ޔާމީންގެ އަރިހުގައި މައުމޫންގެ ދަރިކަލުން އަދި މިހާރު ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ހުންނެވިއެވެ.

މައުމޫންގެ ދަރިކަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް ޔާމީންގެ ސަރުކާރަށް ދުވަސްވަރަކަށް ޚިދުމަތް ކުރެއްވިއެވެ. ނަމަވެސް މައުމޫން ހައްޔަރު ކުރި ފަހުން ސަރުކާރާ އަދި ސިޔާސީ ކަންކަމާ ވެސް ދުރަށް ޖެހިވަޑައިގަތެވެ. މިހާރު އެކަމަނާ ހުންނެވީ އެމްއެންޕީގައެވެ.

ކިޔުންތެރިންގެ ހިޔާލު

63 ކޮމެންޓް

  1. Anonymous

    ގައްދާރުންނަކީ އުމުރަށް ކުޑަ ގޮޅީގަ ބާއްވަން ޖެހޭ ކަމެއް.

    79
    2
  2. މުފައްކިރު

    ޙަމަހޭވެރި ކަމުގަ ޔުމްނާ ވެސް ހަމަ ހަމަ ސިކުނޑިއަކުން ވިސްނާލީމަ އެގޭނެ ތިފޮޓޯގަ ހިމެނޭ ބަޔަކަށް ޔާމީން އަނިޔާ އެއް ނުދެއްވާ ކަން.

    135
    20
    • ސަސް

      ރަގަޅު ހަމަ ފިރުމީ އޯގާތެރި ކަމުން.

      22
      35
      • Anonymous

        ކުއްވެރިން އެތިބީ. ސިޔާސީ މީހަކަށް ވުމަކީ މައުސޫމުވާން އޮތް މަގެއްނޫން.

        18
        2
    • ނަން

      ޖަލު ހުކުމް ތަންފީޒުކުރީ ޔޫރޮޕް ގައުމުތަކުގައި ކަމަށް ވާ ނަމަ، އެއީ ޖަލުގައި ތިބެން ޖެހުން ބަޔެއް ކަމުގައި ނުވާނެ. ރައީސް ޔާމީން އެއީ ހަމައެކަނި ލީޑަރު ޖަލުން ނުފިލައި ހުކުމް ތަންފީޒުކުރި. އަނެެެއްކާ ޔާމީނަކީ އެއް އިރެއްގައިވެސް ގައުމުގެ ސ އިދިކޮޅުގައި ހުރެގެން، ސިފައިންނާއި ފުލުހުންނަށް އަނިޔާވެރި ވުމަށް ބާރު އެޅި ފަރާތެއް ނޫން. ތި އަންނި މެން ޖަލަށް ލާންޖެހުނީ ތަންތަން ރޯކޮށް ސަޕޯޓަރުން ލައްވާ ފުލުހުންނަށް ޖިސްމާނީ އަނިޔާކުރީމަ.

      6
      1
  3. Anonymous

    ޔުންނާ މެނަކީ ހައްގު ދަންނަ ބައެއްނޫން. ހައްގަކީ ތިމާގެ ބޭބެ، ބައްޕަ، ޅިޔަނަށްވިޔަސް ކުށެއްކޮށްފިނަމަ އަދަބު ދިނުން. މުސްކުޅިއެއްވިޔަސް ހައްގުން އެއކިބާވެ ކުށް ނުކުރާ މީހަކަށް ނުވާނެ.
    ގިޔާމަތްދުވަހުން ނަރަކަށް ވައްދަވާނީ ހަމަ އެކަނި ޒުވާނުންނެއްނޫން. މުސްކުޅިންވެސް ފާފަވެރިން ތިބޭނީ ނަރަކައިގަ.

    126
    8
  4. ޙަބޭ

    ޔުމް އަށް ކެރޭނެތަ ބައްޕާފުޅުގެ ވެރިކަމުގަ އަނިޔާ ލިބުނު މީހުންނާ، އެ ވެރިކަން ވައްޓާލަން މަސައްކަތްކުރި މިހާރު އެވަރެއް ނެތިގެން ތި އުޅޭ ނޮވެމްބަރ 3 ގެ ބާގީންނާއި ބާގީންގެ އާއިލާ ހިމަނައިގެން ތިކަހަލަ ފޮޓޯއެއް ހަދާލަން

    146
    10
  5. ޙަަަހަ

    ކަމަނާގެ ބައްޕަ 30 އަހަރު ކަންކަންކުރެއްވީ އަނިޔާވެރިކަމެއްނެތި ، އޭރު މީހުން ޖަލަށްދަނީ އަމިއްލައަށް އެދިގެން ، ލަދު ހަޔާތްކޮބާތޯ ، އޭރުގެ އަނިޔާވެރިކަން ހުރިތޯ ބަލާލަން މަރުޚޫމް ނައިފަރު ދޮހޮއްކޮ ޖަލަށް ލީގޮތް ބަލާލިންތޯ ،

    123
    7
  6. ހގފދދ

    އަދުލު އިންސާފުގެ ބަޢްޕައެއް ފިރިއެއް ނުހުންނާނެ.
    ގައުމުގެ ރައްޔިތުންގެ ހާކިމާއަކީ ރައީސް ޔާމީންކަހަލަ މީހަކަށް ވާންޖެހޭނެ! ކުށް ކުރީމަ ތިމާގެ ވެރިކަން ގެއްލިދާނެކަން އެނގޭއިރުވެސް އިންސާފު ގާއިމްކުރުމަކީ ތެދުވެރި ﷲ އަށް ބިރުވެތިވާ އަޅަކަށް ނޫނީ ކުރެވޭނެ ކަމެއްނޫން.

    109
    4
    • އަސްލު ފެނޭތަ

      މިކަހަލަ ކޮމެންޓްގެ ލައިކް ބަލާލީމަވެސް އެނގޭ މީ ގޮފަޅަ ރައްޔިތުން ގިނަ ގައުމެއްކަން.

      7
      17
  7. ހާޖަރާ

    ޔުމްނާ ބައްޕަ 30 އަހަރު ވެރިކަން ކުޜީމަކީ ދެން އުމުރުން ބާކީ އޮތް ބައި މައުސޫމް ނުވަތަ ކުށް ނުކުރާނެ މީހަކަށްވާ ސަބަބެއްތަ؟
    ތިމާއަކީ ތެދުވެރިއެއްނަމަ ބުނެބަލަ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމާއި ދައުލަތް ވައްޓާލަން ރިޝްވަތު ދިނުމަކީ ކުށެއްތަ؟

    91
    7
  8. ޔުމްނު

    ތިޔަ ފޮޓޯތަކުގައި ތިޔަ ތިއްބެވީ ވަރަށް މައުސޫމް ބައެއް! ޚާއްޞަކޮށް ކަމަނަގެ ބައްޕާފުޅާއި ކޮއްކޯފުޅާއި ފިރިކަލުން... އަދި އަދީބުއާއި ޒިޔަތު އެއީ މާ ބޮޑަށްވެސް މައުސޫމް ބައެއް! ﷲ އެއީ މޮޅަށް ދެނެވޮޑިގެންވާ ފަރާތް! ޙައްޤުގެ މައްޗަކަށް ބާތިލެއް ނާރާނެ! والله أعلم

    95
    5
  9. ގގގގ

    ވެރިކަމުގަ ހުންނަ މީހާއަކީ ތިމާގެ މީހުން ހިމާޔަތް ކުރަން ވެރިކަމަށް އަންނަންޖެހޭ މީހެކޭތަ މި އަންހެނާ މިކިޔަނީ؟ މިކަހަލަ އަމިއްލަ އެދުންބޮޑު ތެދުވެރިކަމެއްނެތް މީހުން ދެކޭނީ ވެރިކަމަކީ ތިމާމެންގެ މިލްކެއްކަމަށް.
    ހާދަ ޖާހިލު މީހެކޭ ޔުމްނާއަކީ.

    78
    7
    • ޙަސަނާ

      ޖާހިލުކަން އެނގޭނެ، ހެދުން އަޅާފައި ހުރި ގޮތް ބަލާލީމާވެސް. އިސްލާމް ދީނުގައި އަންހެނާގެ ޢައުރައަކީ ކޮބައިކަމެއްވެސް ނޭނގޭ.

      46
      3
  10. ވަތަނީ

    ރ ޔާމީންގެ ދައުރުގައި ބަންދު ކޮށް ޖަލަށްލެވުނު ބޭފުޅުން
    ކޮންމެ ގޮތަ ކަށް ހީފުޅު ކުރެއްވިއަސް ރ ޔާމީން ކުރެއްވި ކަމެއް
    ކުރައްވާފައި އޮތީ ގައުމީ މަސްލަހަތުގައެވެ ގައުމަށާއި ރައްޔިތުންނަށް އިސް ކަން ދެއްވައިގެންނެވެ ނުހައްގުން
    އެއްވެސް މީހަ ކު ހިފާހައްޔަރު ކޮށް އަދަބެއް ތަންފީޒް ކުރިތަން
    ފެންނާ ކަށް ނެތެވެ ޖަލަށްލެވުނު ބޭފުޅުންނަ ކީ ސިޔާސީ
    ނުފޫޒް ހުރި ބޭފުޅުން ކަމަށްވިއަސް ކުށެއްނެތް ކަމަށް ވިދާޅު
    ވުމަ ކީ އިތުރު ފުޅެ ކެވެ.

    80
    7
  11. Anonymous

    ޖަލަށްދާން ނުޖރހޭ އެކަކުވެސް ތި ފޮޓޯގަނެތް.
    މަ އަޖައިބުވަނީ މައުމޫނި އަބްދުލް ގައްޔޫމަށް ޖަލު ގޮޅިން ބޭރުގަ ހުރެވޭތީ. އެއީ މަރުވަންދެން ޖަލުގަ އޮންނަންޖެހޭ ވަރުގެ ނުބައި ކުށެއް ކުރިކަމުގެ ތުހުމަތުގައި ހުރި މީހެއް.

    61
    6
  12. ކޮވިޑް

    ކަމަނާގެ ބައްޕާފުޅު އަނިޔާކުރި މީހުންގެ ފޮޓޯ ލާން ކެރޭނެތޯ ؟ ނޫނީ މީހަކު އެފަދަ ފޮޓޯ އެއް ލައިފިނަ އަނިޔާކަން ޤަބޫލް ކޮށް ބައްޕާ ފުޅަކީ މިޤައުމުގާ ހުރި އެންމެ އަނިޔާވެރި މީހާކަން ޤަބޫލޫ ކުރަށްވާނަންތޯ؟ ޖޭވިޔަސް ބޮޑުވަރު...

    70
    3
  13. Anonymous

    ޔުމްނާ ކަލޭ ކިތައްމެވަރަކަށް އަޑުގެކޮޅަށް ފިތުނަފަސާދަ ހަޅޭއްލެއްވިޔަސް މިގައުމުގެ ރައްޔިތުން އޮޅުވައެއް ނުލެވޭނެ، ކަލޭ ތި ހާމަކުރި ފޮޓޯއިގައިވަނީ ގައުމާއި ތައްޔިތުންނަށް ޢައްދާރުވެފައިވާ ޢައްދާރުންތަކެއްކަން ނެއެގޭ މިގައުމުގަ ރައްޔިތެއްނެތް!! ކަލޭގެ ޖާސޫސު ބަފާއާއި ކޮރަޮޕްޓް ފިރިސޮރާއި ކޮރަޕްޓް ކޮއްކޮއާއިވެސް ނަމާދު ކުރަން ތިއްބައެއްނޫން ޖަލަށްގެންދިޔައީ،، އޮޅުވާލަންނޫޅެ މާރަނގަޅެއްނޫން ޖާބިރަށް އަނބުރާދޭންޖެހޭ 39 މިލިޔަން ޑޮލަރު އަދާކޮށްފިއްޔާ، ދަރަނި ބޮލުގައަޅައގެން ކައްވަޅުގައި ތިބޭނެ ހާލު އިނގޭނަމަ😭

    60
    3
  14. އުގުރި

    އެހުރިހާ މީހުން ރާވައިގެން ކުރި ކަމެއް އެންމެ ރަގަޅަށް އެގޭނީ ވެސް ހަމަ ކަމަނާ ފުޅައްށެވެ.

    59
    2
  15. Anonymous

    ކަބުލޭގެ ބަފާގެނަން ހެޑުލައިނުން ގެއްލުނީ ދިވެހިރައްޔަތުން މާލޭގަ ތޮއްޖައްސާ ކުޑަސިޓީ ހައްދަން މަޖުބޫރުކުރީ ކަލޭ ބަފާ

    49
    5
  16. އަބްދޫ

    ޔާމީނުގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކާއިރު ނަސީދު ގެއަނިޔާ ވެރިކަން ކުޑައެއްނޫން. މައްސަލަހަދައިގެން މައުމޫނު ފުލުހަށް ދަމަންފެށުމާއި ޔާމީނާއިނގާސިމާއި ނާޒިމް ހައްޔަރު ކޮށް ފޮރުވުމާއި އަބްދުﷲ ގާޒީ ވަގަށް ނެގުން މިއީ ކުޑައަނިޔާއެއް ބާ؟ އަދި ދަނޑި ބުރިއެއް ހޫރާލުމުން ކުއްޖެއްގެ ބޮލުގަޖެހި ބޯފެޅުމުން ގައްސާނަށް ދޮގު ތުހުމަތު އެޅުވުންފަދަ. ކަންކަން ހިގާފަ އޮތުމުން ޔުމްނާއަށް ދެކޮޅު ފެންނަންޖެހޭނެ.

    59
    1
  17. ޢަހަންމާ

    ޔުމުނާ އަށް ނޭގޭތަ ބައްޕާފުޅާ ތި ބުނާ އެންމެން ޖަލަން ލީ ކީއްވެ ކަމެއް.

    62
    3
  18. ހުސެން

    އިހަށް މިނިސްޓްރީން ދިވެހި ރައްޔިތުންނަށް ކޮށްދެނީ ކޮންކަމެއް.ބައިތުލްމާލުން ރައްޔިތުންނަށް ފާއިދާ އެއް ނެތް ތަނެއްގަ މުސާރަބަނޑުފުޅު އެޅުން މާ އަނިޔާވެރިނުންތޯ.ކޮންކަމެއް ކޮން ފާއިދާ އެއް ދިވެހި ރައްޔިތުންނަށް ކުރާ މިނިސްޓްރީއެއް ތިއީ .ހަރަދުކުޑަކުރަން ތި މިނިސްޓްރީ އުވާލާފަ ހާލުގައި ޖެހިފަ ތިބި ދިވެހިންނަށް ތި މުސާރަ ދިނުމުން ގައިމު ހެޔޮފަތަށް ކަމެއް އިތުރުވީސް.ލޭގެ ރާހަތެއް ވެސް ނެތީބާ

    51
    1
  19. ފިދަނަ

    ކަބުލޮ މެން ހާދާން ނެތް މިހާރު އޭރުގެ ސަރުކާރުވައްޓާލަން ކޯޅޭޝަން ސަރުކާރުން ޖެހިސަކަރާތް.

    60
    2
  20. ވިސްނާލުމަށް އެދެމޭ

    ރާއްޖޭގެ ޝަރުއީ ދާއިރާގަ އަދުލަށް ހު ކުމް ކުރާ ބައެއް ތިބިނަމަ ކަމަނަޔާ ކަމަނާގެ ފިރިމީހާޔާ ބައްޕާފުޅާ ކޮއް ކޯފުޅު އަދިވެސް ތިބޭނީ ޖަލުގަ މިއީ އެއްމެނަނަ އެގޭ ފެނުނުތަނެއް...މިދުނިޔޭގަ ރައްދުދޭން ތިހެން ހުރެވިދާނެ ކަޅުވަ ކަރު މިސް ކިތް ދައް ކައިގެން...ރިޝްވަތުދިނުމާ ރިޝްވަތު ހިފުމަ ކީ ﷲ މަނާ ކުރައްވާފައޮތް ކަމެއް.. ކަމަނާމެންބެހި ރިޝްވަތުގަ ހިފިމީހުން އަމިއްޔަށް އިއުތިރާފު ވަމުންއެދަނީ ތި ކަމަނާމެން ރިޝްވަތުބެހިޔޭ..ﷲމޮޅަށް ދެނެވޮޑިގެންވަނީ ތިއީ ގައުމު އިންޑިޔާއަށް ވިއް ކާލި ޙާއިނުންގެ ގްރޫޕް..

    57
    4
  21. ހަމީން

    ޔާމީން ސަރުކާރުގަ މޫނައް ކަނދުރާއަށް ނުބަލައި ކުށްވެރިން ޖަލައްލެވުނު މަންޒަރުއެއީ ދިވެހިން އުފާކުރާ މަންޒަރެއް. .

    41
    1
  22. އަނިޔާ

    ކޮންމެވެސް މީހަކު 30އަހަރުގެ އަނިޔާ އެއްފޮޓޯއިން ފެންނަގޮަތަށް ޓްވީޓްކޮށްލަދީބަލަ އެގޮލާ ޓެގްކޮށްފައި.

    32
    2
  23. ށަވިޔަނި

    ކަމަނާ ތިފޮޓޯނުލިނަމަ މާރަނގަޅު ވީސް އެހެންޏާ ތިވާހަކައަލުން ނުފަށާނެތާ ގައިމު ތިތާކު ނެތްވިއްޔާ މަދުން މާކްސް ލިބޭނެ އެކަކުވެސް ރައީސް މައުމޫނާ ހުރިޙާލުގަ ދެންވެސް ބަހައްޓާ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަބަަަ

    32
    1
  24. Anonymous

    ރައީސްބޔާމީން ޔާމީނަކީ ތެދުވެރި ހައްގަށް ނސްރުދޭ ބަތަލެއް.
    ތިބފޮޓޯގަ ތިތިބީ އުމުރަށް ހިލިހިލާ ޖަހާފަ ކުޑަ ގޮޅީގަ ބާއްވަންޖެހޭނެ މީހުން.
    ތި ފޮޓޯގަ މަދީ ޔުމްނާ! މިގައުމު ފަގީރުކޮސް ރައްޔިތުން ނިކަމެތިކޮށް ގައުމު އަޅުވެތިކުރާ ހާއިނުންހުސް ތިތިބީ!

    33
    2
  25. ހިއްސު

    މާމޮޅު ކަމެއްކަމަށްތަ ތި ހާއިނުންގެ ފޮޓޯ ތި ޖެހީ! ކުޑަގޮޅީގަމުޅި އުމުރު ހޭދަކުރަންނުޖެހޭ އެއްވެސް ހާއިނެއް ތިފޮޓޯގަނެތް.

    33
    2
  26. Anonymous

    ގައްދާރު މައުމޫނުގެ ދަރި ގައްދާރު ޔުމްނާ.

    29
    3
  27. Anonymous

    ރައީސް ޔާމީނަކީ ގައުމީ ބަތަލެއް. ތިތިބަ ހުރިހާ ހާއިނުން އަދި އެއްފަހަރު ޖަލު ގޮޅިއަށް ކަހާލަނަން.
    އިންޑިޔާއަށް ދިވެހި ގައުމު ވިއްކާލި ގައުމުގެ ދުޝްމަނުން. ލަދުހަޔާތް ކުޑަކަން އިންތިހާއެއްނު.

    29
    3
  28. Anonymous

    ތިތިބީ ރައްޔިތުން ނަފްރަތުކުރާ ބައެއް. ހުސް ހާއިނުން. މޯދީގެ ޕަޕެޓުން.
    ދިވެހި ލޮބުވެތި ފަސްގަނޑު މުސްލިމުންގެ ދުޝްމަނު ބީޖޭޕީއަށް ވިއްކާލި އިސްލާމީ އުއްމަތުގެ ދުޝްމަނުން.

    30
    2
  29. Anonymous

    މައުމޫނާ މައުމޫނުގެ އާއިލާ އަކީ ޖަލުގައި ދާއިމަށް ތިބެންޖެހޭ ބައެއް. އެއަށްވުރެ ބޮޑަށް އެކަން ޙައްޤު ބަޔަކު ނުތިބޭނެ. ޔުމުނާ މޮޔަފުުވީތޯ. އޭނާ ކައިރީގަ އައްސަވާބަލާ ދިވެހިރައްޔަތުންނަށް 30 އަހަރު ކުރި އަނިޔާ އެއީ ދުވަހަކުވެސް ހަނދާންނުނެތޭނެ އެއްޗެއް. ނައިފަރު ދޮހޮއްކޮ މުސްކުޅި ޢުމުރުގަ އޭނަ މީޑިއާއިން ކުރި ސުއާލަކަށް އެެހެން މީހަކު މިޤައުމުގެ ރައީސްކަން ކުރާތަން ތިމަންނަ މަރުވުމުގެ ކުރިން ދެކެން ބޭނުމޭ ބުނެގެން އެފަކީރަށް ޖެއްސި ހާލު ހަނދުމަ ނެތީތޯ؟ ނައިފަރު ދޮހޮއްކޮއަކީ ހަތިޔާރު ލަސްކަރަކާ ތިބުނާވަރުގެ ތަނަވަސް މީހެއް ނޫން. ވަރަށް އާދައިގެ މީހެއް. ނައިފަރު ދޮހޮއްކޮއަށް ޖެއްސި ހާލު ޔުމްނާ ހަމަ ހަނދުމަ ނެތީތޯ؟ ނައިފަރު ދޮހޮއްކޮއަށް ޖެއްސި ހާލު ޔުމްނާ ހަމަ ހަނދުމަ ނެތީތޯ؟ނައިފަރު ދޮހޮއްކޮއަށް ޖެއްސި ހާލު ޔުމްނާ ހަމަ ހަނދުމަ ނެތީތޯ؟ ނައިފަރު ދޮހޮއްކޮއަށް ޖެއްސި ހާލު ޔުމްނާ ހަމަ ހަނދުމަ ނެތީތޯ؟ނައިފަރު ދޮހޮއްކޮއަށް ޖެއްސި ހާލު ޔުމްނާ ހަމަ ހަނދުމަ ނެތީތޯ؟ނައިފަރު ދޮހޮއްކޮއަށް ޖެއްސި ހާލު ޔުމްނާ ހަމަ ހަނދުމަ ނެތީތޯ؟ނައިފަރު ދޮހޮއްކޮއަށް ޖެއްސި ހާލު ޔުމްނާ ހަމަ ހަނދުމަ ނެތީތޯ؟ނައިފަރު ދޮހޮއްކޮއަށް ޖެއްސި ހާލު ޔުމްނާ ހަމަ ހަނދުމަ ނެތީތޯ؟

    28
    2
  30. ސަމީރު

    މިހިރަ ކުދ! މައުމޫނު ޖަލަށް ފޮނުވީ ރައީސް ޔާމީނެއްނޫން! ޕޮލިހުން ބުނިގޮތައް ފޯނު ދިންނަމަ ޖަލަށް ދާކަށް ނުޖެހުނީސް! ތިބޭފޮޅާގެ ބައްޕަ ޖަލަށްލީ ގާނޫނޫ!ކޮންވާހަކައެއް އޮޅޫވާލަން ތިޔައުޅެނީ!

    30
    2
  31. ޖަނާބު

    ތިފޮޓޯގަނެތް ޖަލައްލާންނުޖެހޭ އެކަކުވެސް މިހާރުވެސް އެމީހުންނައް ސަލާމަތުން އެތިބެވެނީ މިސަރުކާރައް ބައިއަތުހިފައިގެން ތިބޭތީ ކޮންބަޔަކައް އޮޅުވާލަން ކަމައްތޯ މިހާރު އެއައްވުރެން ބޮޑައް މީހުންގެ ލޯހުޅުވޭ އަނިޔާއޭ ކިޔާ ހަމްދަރުދީ ހޯދަންއުޅުނަކަސް އެކަމެއް މިހާރަކު ނުވާނެ

    31
    1
  32. ސސ

    ބައްލަވާ ތިބޭފުޅުން އައީ އަނިޔާވެރިކަން ހުއްޓުވަން ނުންތޯ ؟ ތިޔަ ފޮޓޯގައި ތިބި ގިނަ މީހުން ނަކީ އެބުނާ ބޮޑު ހިޔާނާތުގެ ފައިސާ ގިނައިން ލިބުނު މީހުން ނުންތޯ ؟

    26
    2
  33. އަނިލް

    ކޮޔާގެ އަނގަ މިހާރު މާހަޑިވެއްޖެ އެހެންނޫންތަވާނި ލާދީނީ ބާއިގަޑާއި ޖެހުނީމާ ވަނެތިހެން
    ބަލަ ކަލޭމެންނޭ އަނިޔާވެރިވީވެސް ޔާމިނުގެ ވެރިކަން ރީތިކޮކުރަމުން ދަނިކޮށް ޤާނޫން އަސާސީ އިސްލާހު ކުންށޭ ކިޔައި މަގުތަކަށްނިކުމެ ވެރިކަންކުރިޔަނުދީ ރައްޔުތުންނަށް އުދަގޫކޮއްހެދީ ކަލޭމެން އަމިއްލައަށް ހޯދާ ލިބބގަތް އަނިޔާ ވާހަކަ ތިދައްކަނީ ބައްޕަ ޖަލަށްލީމަ ޖެލެސްވެގެންތިޔައުޅެނީ

    24
    2
  34. Anonymous

    ކަލޭގެ ބައްޕް އައްނި އިރުއިރު ކޮޅާއި ޖަލައްލައްވައްދައިގެން އުޅުނީ ޖަލުގެ އެސެސްމެންޓެއް އަންނިލައްވާ ހައްދުވަންތަ؟..ނޫނީ އައްނި އެދުނީތަ ތިމަން ޖަލަށް ލާދޭށޭ؟..ހައްހައް..

    28
    2
  35. މެޑަމް ފާތުން

    އަބުދުލް ޤައްޔޫމު ސީދީގެ ނުހުންނާނެ ލަފާ ދަރިޔަކު. ޔާމީނެއް މަޢުމޫނެއް ކިޔާނެކަމެއްނެތް

    8
    19
  36. ދެނޯ

    ތިޔަފޮޓޯއިން ދޭހަވަނީ ކުށެއްކުރުމުން ކުޑަކެކުރި ބޮޑުކެކުރި ތަފާތު ނުވާކަން.

    29
    1
  37. ހޫރޭ

    ކަމަނަ ބަފާ ކައިރީގަ ބުނެބަލަ ސިޔާސީ ކަންކަމުގަ ކަށްވަޅަށްދާންދެން އަޒުމް ކަނޑައަޅައިގެން ހުންނަހުރުން މިއަދު ދޫކޮށްލާކަށް ނުވޭތޯއެވެ ބަފަޔަށް ނަސޭހަތެއްދެވޭތޯ ދަރިން މިއަދު މަސައްކަތް ކުރާކަށްނުވޭތޯއެވެ ކަމަނާއެވެ ބަފަޔަށް ނަސޭހަތްތެރިވާށެވެ.......!!!!؟

    27
    2
  38. ހާމިދު ޝާހިދު

    ތިއީ ހުސް ގައްދާރުން. ތިޔަ ފޮޓޯގައި އެވަނީ ގައްދާރުން. އަދި ބޮޑު ގައްދާރުންގެ ލިސްޓުގައި ބައްޕާފުޅު އޮވޭ. ތީވެސްއ ބޮޑު، ބޮޑާ، ބޭފުޅިޒަމުން ފުރިފައިވާ ގައްދާރެއް. ރައީސް ޔާމީން ތިތަނުން އެކަކަށްވެސް އަނިޔާއެއް ނުކުރައްވާ. ކޯޓުތަކުގައި ފެންމަތިވި ޞައްހަ މައްސަލަތަކެއް ކޯޓުތަކުން ބަލާ ހުކުމް ތަންފީޒު ކުރުވީ.

    26
    3
  39. ލޫޓުވާވ

    ތިފޮޓޯގަތިތިބީ ގައްދާރުން. ޔުމްނާވެސް ތީއެކަކު

    29
    2
  40. ޟބ

    ކަލޭގެ ވަފަ އުޅުނީ ވެރިކަން ވައްޓަންވެގެން.
    އަދިވެސް އޭނާބާއްވަން ވީޖަލުގާ

    28
    2
  41. މުހައްމަދު😀

    ފިލްނު އާޝިގީގެ މަންޒަރެއްތަ މީ

    22
    1
  42. މުހައްމަދު

    ހުސްގައްދާރުންގެ ފޮޓޯ..

    26
    2
  43. ދިވެއްސެއް

    އަހަރެންވެސް ކުރިން ޔާމިން ކަންތައްކުރިގޮތުން ހިންހަމަ ނުޖެހުނު. މީހުން ހައްޔަރުކޮއް ހެދީމަ.
    އެކަމަކު ހަގީގަތް އެގުމުން މިހާރު ގަބޫލުކުރަން ހައްޔަރު ކުރަން ޖެހުނީ ކުރާ ވަރުވެގެންކަން.

    30
    2
  44. ސުންކޫ

    ހަވަޔާއި ފަޒާއަށް ބަޑިޖަހާ މަރާލި މީހުންގެ ފޮޓޯތަކާއި ޖަލުގައި ކޯކްދަޅެއްގެ މަތީގައި ބޭންދި މީހާގެ ފޮޓޯއާއި ދެއަތް ފުރަގަހަށް ވާގޮތަށް ރުކަކާއި ލައި ބިޑިއަޅުވައި ގަޔަށް ހަކުރު އަޅާފައި ހުރިފޮތޯޓޯތަކާއި، މި ބާވަތުގެ އެތަށް ފޮޓޯއެއްވެސް ލާފައި ޕޯސްޓް ކުރިނަމަ ކިހާރަނގަޅުވީސް، އަދި އެފް.ޕީ.އައި.ޑީން އިލްޔާސް އިބްރާހީމް ވަގަށް ނެގި ފައިސާ އިން ހޯދާފައިވާ މުދަލުގެ ތެރެއިން ލިބުނު މިންވަރު ހިމަނާލިނަމަ ކިހާރަނގަޅުވީސް. މިއީ މުޅި ދިވެހިރާއްޖޭ ރައްޔިތުން ދަންނަ ހަގީގަތް ތައް ދުވަހަކު ވެސް ދިވެހިންގެ ހިތުން މައުމޫނު ދިން އަނިޔާ ފިލާނުދަނެ، އޭނާއަކީ ވަރަށް ބޮޑު އަނިޔާވެރި އެއް.

    19
    2
  45. މަދޫދޫ މީހެއް

    ބައްޕުޅުގެ ވެރިކަމުގައި ފ. މގޫދޫ މީހުންނަށްދިން އަނިޠާގެ ވާހަކަ ހަދާން އިބަހުރިތޯ! މިހިރަ ހަޔާތްކުޑަ އަންހެނާ ބައްޕާފުޅުގެ ރަހުމަތްތެރިއަކަށް ސަޕޯޓުކޮށް ސަރީއަތަކާ ނުލައި ގާތުން ކިރދޭ މައިންނާއި އެކުދިން ޖަލަށް ފޮނުވައިފައިވޭ! އަގުރާރުވާ މަޑުން ހުރިއްޔާ މާރީތިވާނެ!ބައްޕާފުޅަކީ އަނިޔާވެރިއެއް،ޑިކުޓޭޓަރެއް!

    8
    1
  46. ސަމްސިއްޔާ

    ކަމަނާގެ ބައްޕާފުޅު ހާދަ އޯގާތެރިއޭދޯ.

    5
    1
  47. ރބރ

    ކަމަނާގެ ބައްޕާފުޅުގެ އަނިޔާވެރިކަން ކޮބާތޯ އަނިޔާގާއި މަރުވެދިޔަ އެތައް ބަޔެއް ރުހުމުގެ ލޮލައް އާއިބެއް ނުފެންނާނެ

    7
    1
  48. ޔުމްނު

    މޔުމްނާވަރުގެ ޙަޔާތްކުޑަ މީހަކު ދުވަހަކުވެސް ނުދެކެން.

    8
    1
  49. މޫޓޭ

    ޔާމީނަކަސް، މައުމުނަކަސް ،ޔުމަނާކަސް ތީ ހަމަ އެއްބައެއް. ޖެހިގެން އުޅޭ މައްސަލައަކީ ވެރިކަމުގެ މައްސަލަ. މައުމުނަށްވުރެން ޔާމިނުގެ އަނިޔާވެރިކަން މާ ބޮޑުތަނުން ބޮޑުވެފަ ދައުލަށް ލޫޓުވުންވެސް ފުރިހަމަ. މައުމުނުގެ ވެރިކަމުގެ ދުވަސް ވަރުން ފެށިގެން ދައުލަތުގެ މާލިއްޔަތުން ވައްކަން ކުރަމުން ނުވިތާކަށް އާއްމު ރައްޔިތުންގެ ތެރެއިން ފޯރުންތެރިކަން ހުރި މިހުންވެސް ފޭރެމުން އައި ބައެއް ތީ. މިއަދު ފެކްޝަން ހެދުނީމަ ދައްކާ ވާހަކައެއް. ރައްޔިތުންނަށ އެގެން ޖެހޭ ވަރަކީ 30 އަހަރުގަވެސް ވައްކަން ކުރި ބައެއްކަން މިހާރުވެސް ވައްކަމުގެ އެންމެ އުހުގައި ތިބީ. 30 އަހަރު ކުރިންވެސް ހަމަ ދައުލަތަށް ލިބުނު ފައިސާ އެންމެންގެ ލޯ ކުރިމަތިން ފޭރެމުން ދިޔަ ގޮތަށް މިހާރުވެސް ދާތަން މިފެންނަނީ. މީގެ ދެރަ ތަންކޮލަކި އޭރު އޮންނަނީ އެންމެ މިޑިޔާ އެއް އެވާހަކަ ދައްކަން. މިހާރު އެތަށް މީޑިޔާއެއް އޮވެފަ ވައްކަން ކުރާފަރާތުގެ މީޑިޔާއެއް އޮންނައިރު އެމީޑިޔާއިން ދައްކަނީ ދިމާއިދިކޮޅަށް ފާޅުގައި ކުރާ ވައްކަންވެސް އަނެއްކޮޅަށް ޖަހައިގެން އަދި އެވާހަކަ ގަބޫލުކުރާ ދިވެހިންވެސް އުޅޭ. ކޮންމެ ބަޔަކު ބޭނުން ގޮތަކަށް ވާހަކަދެއްކިޔަސް އެމްއެންޕީއާރުސީ އަށް ލިބެންޖެހޭ 1 ބިލިޔަން ރުފިޔާ ދައުލަތަށް ނުވަދެ މީސްމިހުންގެ އެކައުންޓަށް ވަދެގެން ދިޔައީ އޯގަނައިޒްކޮށް އެކަންކަމަށް އެތަށް މަގެއް ކޮށައި ދައުލަތުގެ ބެންކުތަކުގެ ތެރެއިން. އަދި އޭރު ދައުލަތުގެ ފައިސާއާއު މުދަލަށް އަމާނާތްތެރި ވާނެކަމަށް ހުވާކޮށްގެން ދައުލަށް ހިންގަން ރައީސުލް ޖުމުހޫރިއްޔާއަކަށް ހުންެވީ ޔާމިނު އަބުދުލް ގައްޔޫމު ކިޔާ ބޭފުލެއް. އެމަނުކުފާނުގެ މާލިމިކަމުގެ ދަށުން ގައުމު ހިންގަނިކޮށް މިފަދަ ބޮޑު ވައްކަމެއް ހިގާ ކަމުގެ ވާހަކަ ދައްކަވަނިކޮށް އެކަމުގައި ބައިވެރވާ އެންމެ އިސް ފަރާތް އަދީބު ކިޔާ ބޭފުޅަކު ޔާމިނުގެ ނައިބްރައީސަކަށް އައްޔަން ކުެރވިގެން ދިޔައީ އެބޭފުލެއްގެ ނަން ރައީސް މަޖިލިހަށް ފޮނުވައިގެން. ދެން ކިހާރަގަޅުވިމަތޯ މިގޮތަށް ކަންތަށް ހިގާނީ. މިއަދު ސްޕްރީމް ކޮޓުން ޔާމިނާއި އެއްކޮލަށް ހަނިގޮތަކަށް ހުކުމެއް ކުރުމުން އެހުކުމް ރަގަޅުވެފަ ވެރިކަމުގެ ދުވަސްވަރު ކުރި ހުކުމަކާއި ގުޅިގެން ފުރާޅުން ޓިނު ނަގައި ފަޑިޔާރުން ރަހިނުކުރީވެސް ޔާމިނު. ވަރަށް ތާހިރު ވެއްޖެއެއްނު. މި ކަން ބައެއްރައްޔިތުންނަށް ނެއެގުމަކީ އެބައެއްގެ ސިކުޑިގެ އުނިކަމެއް ހުރި ކަމުގެ ހެއްކެއް. ދައުލަތުގެ ޕޮރސިކިޓާ ވެއްޖެ ވަރަށް ގާބިލް މީހަކަށް ވާން. އަދި ދައުލަތުގެ ޕީޖީ އޮފީހުގެ ވަކީލުން ނަކީ ވަރަށް ބޮޑަށް ގާނުނަށް އަހުލުވެރި އަދި ފަރުވާތެރި ބަޔަކަށް ވާން. ޔާމީނުގެ މައްސަލައަށް އެކަނި ބެލިޔަސް އެގިގެން ދިޔައީ ދައުލަތުގެ ވަކީލުންގެ ފެންވަރު ދަށް ކަމާއި ފަރުވާ ކުޑަކަން. ވަކީލުންގެ ފެންވަރު ދަށް ކަމުން ކޯޓުތަކުން ދުވެގެން ދާ އެތަށް މައްސަލައެއް އެބަ ފެނޭ. ގަސްތުގައި މިހަކު މަރައިގެން ކޯޓަށް ވެއްދީމަވެސް ވަރަށް ފަސޭހައިން ދޫވެގެން ދަނީ ދައުލަތުގެ ވަކީލުންނަށް ފެންވަރު ދަށްވުމުން. ޔާމީނަށްވެސް ވީ ހަމަ އެހެން.

    1
    5
  50. ހޭހަރު

    ކަމަނާގެ ބައްޕާފުޅު ކުށެއްނެތް ކިތައް ނިކަމެތިން ޖަލުގައި ހަނާ ކޮށްލިތޯ؟އެމީހުން ފަގީރުވީމަ ފޮޓޯއަކަށް ނާރާނެ..ތިޔަ ދޫކުރެއްވި ފޮތޯގައި އެވަނީ ގައުމަށް ޣައްދާރުވީމީހުން،އެހެންވީމަ .އޭރުގެ ޢަދުލުއިންސާފުގެ ނިޒާމާ ވެރިކަންކުރުމުގެ ނިޒާމާ މިހާރުގެ އެ ދެނިޒާމާ ވ ތަފާތު. އެހެންވީމަ ޔާމީން ހަމަ ވ ބަރާބަރު. އެކަމު މައުމޫނު މުޅިގައުމުގެ ޒުވާންޖީލު ހަލާކުކޮށޤ ފުޑާލީ...30އަހަރު މުޅިގައުމުގަ ޖަރީމާ ހިންގީ 30އަހަރުގެ ވާހަކަ ކިހިނެތްތޯ މިހާކުރުކޮށް ކިޔައިދޭނީ..ދެން ބޮޑަށޤ އެނގޭނީ ރީކޯ މޫސއަށް

  51. ޕީ ޕީ އެމް މީހާ

    މީހުން ޖަލަށް ލަނީ ޔާންޓޭތަ؟ ޢެހެން ވިއްޔާ ރައީސް ޔާމީން ޖަލުގަ އޮތީ ދިގު ޗުއްޓީ އެއްގަ އަރާމު ކޮށްލަން ތާ؟ ނުބަލާ ތަންދޮރު ނުގޮވާށޭ ހުރެގެން ކޮސް.މަގޭކާރި އަށް ހަމަ ހިނި އަންނަނީ އަންނަނީ. ޙައް ހައް ހާ. ޙާއްއއއ ހައް

  52. ހޫމް

    އަދީބު ޖަލަށްލީމާވެސް ޔުމްނާއަށް މައްސަލައަކަށް؟

  53. އަހުމަދުު

    ކަލޯ ގަޔާ ހުސް ކުށްވެރިން.. އަދީބު ވެސް އެބައިން

  54. މިމިން

    ކޮންމެމީހަކު ކުށެއްކުރިޔަސް އަދަބުލިބުންއެއީ އަނިޔާއެއްނޫން.

  55. މިމިން

    ކޮންމެބޭފުޅަކު ކުށެއްކުރެއްވިޔަސް އަދަބުދޭންވާނެ.
    އެދެވޭއަދަބަކީ އަނިޔާއެއްނޫން😡

  56. ޔާސިރު

    ފެންވަރު ނެތަސް ވަޒީރުކަން ދިފާއުކުރޭ

  57. ނަސީމާ

    ޔުމްނާގެ އައްޕަ ބަޢާވަތް ގެންނަން އުޅުނު ކަމެއްނޭގޭތަ ރ ޔާމީން ސަރުކާރުގަ

  58. ހަޑީ

    އުމުރު ދެބައިވި އިރުވެސް ތިޔަ ޔުމުނާމެނަށް އަންނާރު ދިޔައާއި އަޖުވާ ކަދުރު ހުރި ބޭނުން ވަރަކަށް ކައިފަ އުކަންވެސް. ތާއަބަދު ކަލޭމެންތީ މާ މާތް ބަޔަކަށް ދިވެހިން ގަބޫލުކުރާނެޔޭ ހީނުކުރާތި. ބަފާ ރަސްކަން ކުރިޔަސް ތީ ރަސްކަންކުރި މީހެއްނޫން. މަށެކޭ ކަލެޔެކޭ ހަމަހަމަ. ތަފާތަކީ ތިއީ ބޮންދެއްކަން