ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން "އަނިޔާވެރިކަމެއްގެ" ގޮތުގައި އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ މި ސަރުކާރުގެ އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން ސިފަ ކުރެއްވުމުން، ޔާމީންގެ ގާނޫނީ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު ސުވާލުތަކެއް ކުރައްވައިފިއެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމުގައި ދެ އަހަރު ހުންނެވުމަށް ފަހު، އެންމެ މަތީ ކޯޓުން މިނިވަން ކޮށްދިން ފަހުން ބޮޑު ޖަލްސާއެއް ބާއްވައި ޔާމީން ދެއްކެވި ވާހަކަފުޅުގައި ވަނީ މި ސަރުކާރުން އެމަނިކުފާނާ މެދު އަމަލު ކުރި ގޮތް "އަނިޔާ" އެއް ގޮތުގައި ސިފަކުރައްވައިފައެވެ.

ޔާމީން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވުމުގެ ގޮތުން ޔުމްނާ ޓްވިޓާގައި ޚިއްސާ ކުރެއްވީ ފޮޓޯއެކެވެ. އޭގައި ހިމެނެނީ ޔާމީންގެ ވެރިކަމުގައި ޖަލުގައި ބަންދު ކުރެވުނު ފަރާތްތަކެވެ. ޔުމްނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ޔުމްނާގެ ކޮއްކޯފުޅު އަދި މަޖިލީހުގެ ދިއްގަރު ދާއިރާގެ އޭރުގެ މެންބަރު އަހްމަދު ފާރިސް މައުމޫން، އަދި ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމް ވެސް އޭގައި ހިމެނެއެވެ.

ޔުމްނާގެ އެ ޓްވީޓް ރީޓްވީޓް ކުރެއްވުމަށް ފަހު، ޔާމީންގެ ފުރަތަމަ ނައިބު ރައީސެއްގެ ގޮތުގައި ހުންނެވި ޖަމީލް ލިޔުއްވާފައިވަނީ ތިން ސުވާލެކެވެ. ޔާމީން ލީޑް ކުރައްވާ ޕީޕީއެމްއާއި ޕީއެންސީގެ ޚާއްސަ އެޑްވައިޒަރެއްގެ މަގާމު ވެސް ޖަމީލް މިހާރު ފުރުއްވައެވެ.

ޖަމީލް ލިޔުއްވާފައިވާ ފުރަތަމަ ސުވާލަކީ، ރައީސް މައުމޫންގެ ވެރިކަމުގެ 30 އަހަރު އަމަލު ކުރެއްވި ގޮތާއި، އޭގެ ފަހުން ވެސް އެމަނިކުފާނު އަމަލު ކުރައްވަމުން ގެންދަނީ "އަދުލުވެރި އިމާމެއް" ގޮތުގައިތޯއެވެ.

ދެވަނަ ސުވާލަކީ ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން ފަސް އަހަރުގެ ހުކުމެއް އިއްވީ ވަކި ބަޔަކު އަންގައިގެން ކަމަށް އެ ގާޒީން އެއްބަސްވެފައި ނުވޭތޯއެވެ. ތިންވަނަ ސުވާލަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ އެ އަމަލަކީ ސޯލިހް އަމަލެއްތޯއެވެ.

ޖަމީލް އިޝާރާތް ކުރެއްވި ކަމަކީ، ޔާމީންގެ މައްޗަށް ދަށު ކޯޓުން ހުކުމް އިއްވި ފަސް ގާޒީންގެ ތެރެއިން ތިން ގާޒީއެއްގެ އޯޑިއޯއަށެވެ. ލީކުވެފައިވާ އޯޑިއޯތަކުގެ ތެރެއިން އެއް ގާޒީއެއްގެ އޯޑިއޯ ސައްޚަ ކަމަށް ވެސް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފައިވެއެވެ. ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ އެ މައްސަލައާ ގުޅިގެން ސަސްޕެންޑް ވެސް ކޮށްފައެވެ.

ޖޭއެސްސީގައި ތިއްބެވި ރައީސް ޔާމީންގެ ވާދަވެރިން ދަށު ކޯޓުގެ ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ރައީސް ޔާމީން ތުހުމަތު ކުރައްވައެވެ. ޔާމީންގެ މައްޗަށް ކުރާ ތުހުމަތުތަކާއި ދައުވާތަތަކީ ސިޔާސީ ދައުވާތަކެއް ކަމުގައި އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން ގަބޫލު ކުރައްވައެވެ.

"މަރުހަބާ ރައީސް ޔާމީން" ނަމުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ޕީޕީއެމްއާއި ޕީއެންސީން ބޭއްވި ޖަލްސާއަށް އެ ކޯލިޝަންގެ ލީޑަރު ޔާމީންގެ އެތައް ސަތޭކަ ސަޕޯޓަރުން ޖަމާވެ ތިއްބެވެ. އެ ޖަލްސާގައި ޔާމިން ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުގެ ބޭފުޅުން ގެންދަވަނީ ޓްވިޓާއާއި ޓީވީ ޕްރޮގްރާމްތަކުގައި ރައްދު ދެއްވަމުންނެވެ.

ރައީސް މައުމޫނާއި ރައީސް ޔާމީން ދެމެދު އުފެދުނު ކޯޅުން

ޔާމީން އާއި އެމަނިކުފާނުގެ ބޭބެ މައުމޫންއާ އުފެދުނު ޚިޔާލު ތަފާތުވުންތަކާއެކު ފުރަތަމަ މައުމޫން ޕީޕީއެމުން ވަކިކުރީއެވެ. އޭގެ ފަހުން ފާރިސްއާއި ޔުމްނާ ފަދަ މައުމޫން އަރި އެތައް ބޭފުޅުން ވެސް ޕީޕީއެމުން ދުރަށް ޖެހިވަޑައިގަތެވެ. މަޖިލީހުގެ 12 މެންބަރަކު ވެސް ޕީޕީއެމް ދޫކޮށްލެއްވިއެވެ.

އޭގެ ފަހުން ހިނގައިދިޔަ ކަންތައްތަކަކަށް ފަހު، މައުމޫނާއި ފާރިސްއާއި ނަދީމް ހައްޔަރު ކުރީ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ޔާމީންގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައެވެ.

އެއީ ޖަލު ހުކުމްތަކާއި ބަންދުތަކުގައި ތިއްބެވި ސިޔާސީ ލީޑަރުން ހިމެނޭހެން ނުވަ ބޭފުޅަކު މިނިވަން ކުރުމަށާއި ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ފެބްރުއަރީ 1، 2018 ގައި ނެރުނު ހުކުމަށް ފަހުގައެވެ.

އެ ހުކުމް އިއްވިތާ ފަސް ދުވަސް ފަހުން ހުކުމް ތަންފީޒު ކުރުމުގެ ބަދަލުގައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރީއެވެ. މައުމޫނާއި ފާރިސްއާއި ނަދީމް ވެސް ހައްޔަރު ކުރީ އޭރުއެވެ.

ދެން ތިއްބެވި ތިން ފަނޑިޔާރުން ވަނީ ކުރިން ނެރުނު ހުކުމް ބާތިލްކޮށްފައެވެ. ޕީޕީއެމްގެ އިސް ބޭފުޅުން އެ ހުކުމް ސިފަކުރެއްވީ ޔާމީންގެ ވެރިކަން ވައްޓާލަން ވެގެން "ޝަރުއީ ނިޒާމުގެ ތެރެއިން ހިންގި ބަޣާވާތެއް" ގޮތުގައެވެ.

މި ހުރިހާ ކަމެއް ހިނގައިދިޔައިރު، ޔާމީންގެ އަރިހުގައި މައުމޫންގެ ދަރިކަލުން އަދި މިހާރު ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ހުންނެވިއެވެ.

މައުމޫންގެ ދަރިކަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް ޔާމީންގެ ސަރުކާރަށް ދުވަސްވަރަކަށް ޚިދުމަތް ކުރެއްވިއެވެ. ނަމަވެސް މައުމޫން ހައްޔަރު ކުރި ފަހުން ސަރުކާރާ އ ސިޔާސީ ކަންކަމާ ވެސް ދުރަށް ޖެހިވަޑައިގަތެވެ. މިހާރު އެކަމަނާ ހުންނެވީ އެމްއެންޕީގައެވެ.

މައުމޫން، ފާރިސް، އަދި ނަދީމް ވެސް މިނިވަން ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ނާކާމިޔާބުވި ފަހުން ކޯޓުން އެ މީހުންގެ މައްޗަށް ކުރި ހުކުމް ބާތިލްކުރުމުންނެވެ. މައުމޫނަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ކޮވިޑް

  މައުމޫނު އަދުލުވެރި ނަމަ މި ދުނިޔޭގަ ފާސިޤުން ނޫލޭނެ ހަމަ ޔަޤީން. މައުމޫނާ ގާސިމާ އިމްރާނު މީހުން މުނާފިޤުން އިމްރާން ކިޔާ ދޭ ހަމަތަކުން ނަމަ. މިޤައުމުދުއް އެންމެ ބޮޑު ޣައްދާރުން މީ. 8 ނޮވެމްބަރ 1988 ގެ ޣައްދާރުން ނަށް ވުރެ މިމީހުންގެ ޖައްބާރު ކަމާ މުނާފިޤް ކަމާ ޣައްދާރުކަން ބުޑު.

  28
  2
  • ޜަނާ

   ޢަދުލް އިންސާފާ މެދު މައުމޫނާ މައުމޫނުގެ ދަރިން ވާހަކަ ދެއްކުން މާރީއްޗެއް ނުވާނެ. ކުށެއްނެތި ކިތައްމީހުންތޯ ޖަލަށްްލާ އެމީހުންގެ ދުވަސް ދުއްވާލީ .ސިޔާސީ އޭ ބުންޏަސް އެމީހަކު ކުށްްވެރި ކުރޭ.

 2. އަބުދުﷲ

  އަދުދުލު ވެރިކަމުގެ ތަސައްވަރު މިލަފުޒު ދިވެހިރާއްޖޭގަ އޮތްކަމުގަ ވޭބާވަެެވެ.

  14
 3. ލުޓޭރުންގެ ސަރުކާރު

  ބަރާބަރު ވާހަކައެއް...ސާބަހޭ ވޕ ޑރޖަ މީލު...ކަޅުވަކަރު މިނިސްޓަރަށް ނޭގޭނެ ބައްޕާފުޅު 30އަހަރު ދިވެހިންނަ ކަންތައްތަ އޮޅުވާވަރެ...ކަޅުވަކަރު މިނިސްޓަރު މެންނަކީ ދައުލަތުގެ ބަތްތަވާއިން ކައިގެން ދައުލަތުގެ ގޮދަނޑީގަ އޮށޯވެ ދައުލަތުގެ ބާލީހުގަ ބޯއަޅައި ނިދި މީހުން.. މި މީހުންނަ އަނިޔާ ނިޔާ ވަކިނުވާނެ އިންސާފު ބޭއިންސާފެ ނޭގޭނެ ތީ މުގޭ ފާރުބުޑުގަ އަތްދިއްކޮގެން ތިބި މީހުންގެ އަދެދެނޭގޭނެ.. ވަކަރުގަނޑެ ދައްކައިގެން ބޮޑު މުސާރައިގަ މިހާރުވެސް ދިރިއުޅެ މުން އެދަނީ..

  21
  1
 4. ހައްވަ

  ރާއްޛެގައި ދުވަހަކުވެސް އުފެދުނު ޢަދްލުވެރި އީމާމަކީ ބ. ޖަމީލު.

  4
  19
 5. ޑައިވަރޭ

  މައުމޫނަކީ އަދުލުވެރި އިމާމެއްވީމަތޯ ޖަމީލު ޖަސްޓިސްގައި އުޅުނުއިރު އެއްވެސް ކުށެއްނެތި މައުމޫނު ބުނެގެން އަހަރުމެންގެ ބައްޕައަށް ޖެއްސުންކުރީ؟؟

  4
  7
 6. ދެބޯގެރި

  ޖަމީލު ކަލޭ ތިޔަ އުޅެނީ މައުމޫނު ވެރިކަމުގަ ކަލެޔާދޭތެރޭ ކަންތައްކުރިގޮތްރަނގަޅުވީމަ އަދި ނައިބުރައީސްކަން ހޯދާދިނީމަ އެކަމުގެ އގު ވަޒަންކުރާންތަ މައުމޫނާ އަޅައިގަނެގެން ތިޔަ އުޅެނީ ތިޔަ ގޮތަށް މީހުންނާ ޖެހިގަނެގެން އުޅޭއިރު އަމިއްލަ ނަފްސާދޭތެރޭ ކުޑަކޮށްވެސް ލަދެއް ހަޔާތެއް ނެތުނީތަ؟

  3
  21
 7. ސަމާސާ

  ތިތާނެތް ރަނގަޅު އެކަތިވެސް.
  މުޅުން ކޮށީގައި ބަންދުކޮށްގެން ގެންގުޅެންޖެހޭ ރައީސުން މިގައުމުން މިފެންނަނީ.

  8
  3
 8. އަޖާއިބު

  އަޖާއިބު އަންތަރީސްވާވަރުވެއްޖެ. މައުމޫނު އަންގަންވެއްޖެއްއެއްނޫންތަ އޭނަގެ ދަރިންނަށް އަނގަމަޑުންލައިގެން ތިބެން. މިމީހުން އުދުޅިނުބަނާ އެއްވެސްކަމެއް ، އެއްވެސް ވާހަކައެއްވެސްދެއްކޭކަށްނެތް ބަޔަކަށް. މިކުދިންނަކީ ރަންއިލޮޝިން ކަދުރުކާންދީބޮޑެތިކުރިކުދިން.

  10
  1
 9. އެގިއްޖެ

  މުޅި ދިވެހި ޖީލު ފަނާކޮށް ،ހަނާކޮށް ،ދިވެހިން މިހާލުން އަރާނުގަނެވި މި އުޅެނީ ތިޔަ 30 އަހަރުގެ އަނިޔާވެރިކަމުން.އެގިއްޖެެެ.މި ގައުމު ހަމަމަގަށް އަޅުވާދޭނެ ދެވޭނެ ލީޑަރަކީ ޔާމީން.އިންޝާﷲ، 2023 ގައި ޔާމީން އެބުރިއަންނާނެ.އާމީން

  3
  1
 10. އަހުމަދު

  މިނުންދުވަހެއް ދެކެންބޭނުމޭ ބުނިމީހާވެސް މައުމޫނު ލީ ޖަލަށް

  2
  1
 11. މިތުރާ

  ޖަމީލު އަދުލުވެރިވާނަމަ މައުމޫނު ވެސްވާނު!!!!