ގައުމީ އެއާލައިން، މޯލްޑިވިއަނުން އެއް ގަޑިއިރަށް ވުރެ ކުރު ދަތުރުތަކުގައި އެއްވެސް ބުއިމެއް ނުދޭން އެ އެއާލައިނުން ނިންމައިފިއެވެ.
މޯލްޑިވިއަނުން ނެރުނު ބަޔާނެއްގައި ބުނީ އެގޮތަށް ނިންމާފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އަންގައި، ސިވިލް އޭވިއޭޝަން އޮތޯރިޓީން އާންމުކުރި ސާކިއުލާއަކާއި ގުޅިގެން ކަމަށެވެ.
"އެއް ގަޑިއިރަށްވުރެ އެތެރޭގެ އުދުހުންތަކުގައި ފްލައިޓް ރިފްރެޝްމަންޓް ދިނުން ވަގުތީ ގޮތުން ހުއްޓާލައިފިން" ގައުމީ އެއާލައިނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ނެރުނު ސާކިއުލާގައި ވަނީ އެތެރޭގެ އުދުހުންތައް އޮޕަރޭޓްކުރާ ލޯކަލް އެއަރލައިންތަކުން ފަސިންޖަރުންނަށް ބުއިންތައް އަދި ކެއުން ދިނުން މެދުކަނޑާލަން އަންގާފައެވެ. އަދި އެތެރޭގެ އުދުހުންތަކުގައި ދަތުރުކުރާ ފަސިންޖަރުން ކޮވިޑްގެ އަލާމާތެއް ހުރިތޯ ބެލުމަށާއި މާސްކު އެޅުމަށް އަންގާފައިވެއެވެ.
ސީއޭއޭގެ ވައިގެ ދަތުރުފަތުރުގެ ސާކިއުލާއާ އެއްގޮތަށް، މަންޓާ އެއާއިން ވެސް ވަނީ ކުރު ދަތުރުތަކުގައި ރިފްރެޝްމެންޓުގެ ހިދުމަތް ދިނުން ހުއްޓާލައިފައެވެ.
މި ދެއެއާލައިނުން ވެސް ބުނީ ކޮވިޑް އާއި ގުޅިގެން އަލަށް އެޅި ރައްކާތެރިކަމުގެ ފިޔަވަޅަށް ވީހާވެސް އަވަހަކަށް ނިމުމެއް ގެނެވި، ވީހާވެސް އަވަހަކަށް ކުރިން ވެސް ފްލައިޓުގައި ދެމުން ގެންދިޔަ ގޮތަށް ހިދުމަތްތައް ދެވިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ހަރަދު ކުޑަކޮށް ފައިދާ ބޮޑުކޮށް ދުއްވާންވާނީ !
އެހެށް ވެއްޖެ ނަމަ ޓިކެޓް ކީވެއގުހެއުނުވީ
ބަލަ ދަތުރު ކުރަކަސް އަގު ހެވެއް ނޫނޭ . . . އަދި އެހާ ވަރަށް ޑިލޭވާނެ . .
ސަރުކާރު ބަނގުރޫޓުވުމުގެ އަލާމާތްތަށްތިނެކެވެ އެެއީ 1ރައީސް ޔާމީން މޮޔަޔަކަށްހެދުން 2 ފިލަން ނުދާނެކަމަށް ރައީސްޔާމީން ތަކުރާރުކޮށް ބުނެފަހުއްޓަ މިސަރުކާރުން ފިލަންއުޅޭކަމަށްބުނުން 3 ކުރުދަތުރުތަކުގަ ބޭނުންވާ ފެނާއި އެފަދަތަކެތި ބުއިމުގެ މަގު ބަންދުކުރުން މިއެވެ .
މޯލްޑިވިއަން ދިގު ދަތުރު ކުރޭތަ ؟ މާލެއިން އައްޑޫއަށްދާން މުޅިންވެސް ކުރު ދަތުރުކުރަނީ
މާލެ،،،،، މ.މުލި------ތިމަރަފުށި------ކައްދޫ----ކާޑެއްދޫ---އައްޑޫ
އަހަރުމެން ދާނީ ދަތުރުމަތީގައި ކާނެ ކާއެއްޗެއް އަމިއްލައަށް ހިފައިގެން ފްލައިޓް ޑިލޭވެގެން މީހާ ހާންތިވާއިރުވެސް ނުދެވޭ އެއްޗެއް އަހަރުމެނަށް ހެޔޮ ޖޫސްތައްޓެއް ދުވަހަކު ނުދިނަސް
އެއްގޮތަކަށްވެސް ބޯންދޭނެކަމެއްނެއް، މިހާރުވެސް މިއުޅެނީ ބޯންދޭވަރު ގިނަވެގެން، އެކަމަކު ޓިކެޓް އަގުބޮޑުކޮށްދެއްވަންވާނެ، އޭރުން ރައްޔަތުންނައް ކަމެއްކޮށްދިނުމަކީ، 1 ގަޑިއިރައިރައްވުރެ ދިގުވީމަ ކޮވިޑުމިޖެހެނީ، މިބައްޔަކީ ވަގުތާގުޅިފަހުރިބައްޔެއްކަން މީގެކުރިން ހާމަކޮއްނުދެއްވީ ކީއްވެތޯ؟
މައްސަލައެއްނެތް ނުދިނަސް.. އެކަމަކު އެހެން.ވިއްޔާ ބޯތަކެތި ހިފައިގެން ބޯޓައް ޕެސެންޖަރުންނައް އެރެންވާނެ.
ކުރު ދަތުރުތަކަށް ދުވަސް ކޮޅަކުން ބުނާނެ އިށީންނާނެ ގޮނޑި ނުލިބޭނޭ.......... މިޔޮތީ ސަރުކާރެއް ހުވާ
އައްދެ ތިވީ ވަރައް ދެރަ، ފްލައިޓްގަ ބޮމުން ދިޔަ މިލްކްސޭކް ތަކާ ރެޑްބުލާ ދެން މި ނުލިބުނީނު..
މީގެކުރިންވެސް ފެންފޮދެއްހިސާބުވެސް ނުލިބޭ ތިޔަކުން...
ޓިކެޓް އަގު ބޮދުކޮށްފަ ދަތުރުވެރިން ނަށް ފެން ފޮދެއްވެސް ނުދޭ ގޮތަށް މަސްކިރވައިގެން ދޯނިފަހަރަށް ލާރި ހޯދަން ގުޅީ ލާރި ނެތޭ ތަން ތަނުން އާސަންދަ ހޯދާފަ އެ ނުދީ. ސާބަސް ކުދިންނޭ ޟަހުޝަރު ދުވަސް ހަނދާން ކުރައްވާ.
މޯލްޑިވިއަން އިން ދޭ ޖޫސްތަށި ބޭނުމެއް ނޫން. މޮނޮޕޮލައިޒް ކުުރުން ހުއްޓާލާ. ބޮލަކަށް ތިނަގާ ބޮޑު ޢަދަދު ދަށްކުރޭ. ކަލޭމެން އަތުން ފެންފޮދެއްވެސް ނުހޯދާނަން.
އަހަރެން ކެބިން ކްރޫގެ ވަޒީފާއިން ކަނޑާލާފަ މޮޅެއް ނުވިއެންނު..މިހާރު ތިއުޅެނީ ނުހިންގިގެންދޯ...
1 ގަޑިއިރަށްވުރެ ދިގު ޑޮމެސްޓިކް ކިތައްތަން އޮވޭތަ؟ މާނައަކީ ޑޮމެސްޓިކް އެއްވެސް ފްލއިޓެއްގަ ކާންބޯން ނުލިބެނޭ! ބޭކާރު ޕލިޓިކަލް މުވައްޒަފުން ވައްދައިގެން ލައްކައިން މަހު މުސާރަދެވޭ އަދިވެސް ޖެނިފާ ކަހަލަ ހައެއްކަ މީހުން ވައްދާ!
ދޭނެކަމެއްނެތް،ދަހިވިޔަސް ބޮޑުވަރު، ލަގޭޖު އިންގުރާމެއްބަރުވިޔަސް ރުފިޔާ ނަގާނެ،،،ޓިކެޓު އެހާ އަގުބޮޑު،