ޖިންސީ ކުށުގެ ގާނޫނުގައި ރޭޕް މާނަކުރާއިރު، ދެމަފިރިން ކަމުގައި ވިޔަސް ނުރުހުމުގައި ޖިންސީ އަމަލު ހިންގުމަކީ ރޭޕްގެ ގޮތުގައި ކަނޑައަޅައި ރައްޔިތުންގެ މަޖިލިހުން ފާސް ކުރި ޖިންސީ ކުށުގެ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ.
ޖިންސީ ކުށުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ރޭޕްކުރުމާއި، ޖިންސީ އަނިޔާ އަދި ޖިންސީ ގޯނާގެ ތަފްސީލް ކަނޑައަޅާފައިވެއެވެ. އަދި ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ކުށަށް ވަނީ އިސްލާހު ގެނެސްފައެވެ. ހަމަ އެއާއެކު ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމުކުރުން ހިމަނައި އެކަމުގެ ހަމަތަކާއި އުސޫލުތައް ބަޔާންކޮށްފައިވެއެވެ.
ޖިންސީ ކުށުގެ ގާނޫނުގައި ކުރިން އޮންނަ ގޮތުން ރޭޕް ކަމަށް ބަލަނީ ދެމަފިރިން ކަމުގައި ނުވާ ދެމީހުންގެ މެދުގައި، މީހެއްގެ ޖިންސީ ގުނަވަނެއް، އެހެން މީހެއްގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް، އެ މީހެއްގެ ރުހުމާ ނުލައި ވެއްދުމަށެވެ.
އެކަމަކު ގާނޫނަށް ގެނައި ބަދަލުގައި ވަނީ ދެމަފިރިން ކަމުގައި ނުވާ ދެ މީހުންގެ މެދުގައި ނުވަތަ ދެމަފިރިންގެ މެދުގައި މީހެއްގެ ޖިންސީ ގުނަވަނެއް އެހެން މީހެއްގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަކަނަކަށް ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް އެމީހެއްގެ ރުހުމާ ނުލައި ވެއްދުމަށެވެ.
ގާނޫނަށް ގެނައި ބަދަލާ އެކު "ޖިންސީ އަނިޔާ" އާއި "ޖިންސީ ގޯނާ" ގެ ކުށުގައި ވެސް މިހާރު ވަނީ ދެމަފިރިންނަށް އޮތް އިސްތިސްނާ ހާލަތު އުނިކޮށްފައެވެ.
ގާނޫނުގައި "ޖިންސީ އަނިޔާ" ކަމަށް ބުނެފައި ވަނީ ރޭޕްކުރުން ކަމަށް ނުވާ ގޮތަށް، މީހެއްގެ ރުހުމާ ނުލައި، އޭނާގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، އެހެން މީހެއްގެ ހަށިގަނޑުގެ އެއްވެސް ބައެއް ވެއްދުމަށެވެ. ނުވަތަ މީހެއްގެ ރުހުމާ ނުލައި އޭނާގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، އެހެން މީހަކު އެއްވެސް އެއްޗެއް ވެއްދުމަށެވެ.
"ޖިންސީ ގޯނާ" ކަމަށް ބުނެފައި ވަނީ ރޭޕް ކުރުމަށް ނުވާގޮތުން، އަދި، ޖިންސީ އަނިޔާއަށް ނުވާގޮތުން، ޖިންސީ ނިޔަތެއް އޮވެގެން، ނުވަތަ ޖިންސީ ނިޔަތެއް އޮވެގެން ނޫން ނަމަވެސް، މީހެއްގެ ރުހުމާ ނުލައި އޭނާގެ ޖިންސީ ގުނަވަނެއްގައި، މީހަކު، އެއްވެސް އާލާތެއް ނުވަތަ އެއްޗެއް މެދުވެރިކޮށް، ނުވަތަ އެފަދަ އެއްވެސް އާލާތެއް ނުވަތަ އެއްޗެއް މެދުވެރިނުކޮށް އަތްލުމެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނެއް، އޭނާގެ ރުހުމާ ނުލައި ހާމަކުރުން ނުވަތަ މީހެއްގެ ޖިންސީ ގުނަވަނަކަށް އޭނާގެ ރުހުމާ ނުލާ ހާނިއްކައެއް ކުރުމެވެ. އަދި އެ ނޫން ވެސް އިހާނެތި އަމަލެއް މީހެއްގެ ޖިންސީ ގުނަވަނަކަށް އޭނާގެ ރުހުމާ ނުލައި ދިނުމަކީ ޖިންސީ ގޯނާއެވެ.
ގާނޫނުގައި ވަނީ ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ނަގާ ސާމްޕަލާއި ފޮރެންސިކް ތަހުލީލަކީ ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ރުހުމުގައި ޖިންސީ ކުށުގެ ފޮރެންސިކް ތަހުލީލް ކުރުމަށް ހާއްސަ ކުރެވިފައިވާ ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން ނެގޭ ސާމްޕަލްތަކެއްގެ މައްޗަށް އެކުލެވޭ ތަހްލީލެއް ކަމަށެވެ.
ރޭޕް އެވިޑެންސް ކިޓްގައި ހުންނަން ޖެހޭ އަންނަނި ސާމްޕަލްތައް:
- އިސްތަށިގަނޑުންނާއި ކުރިމަތިފަރާތުންނާއި ފުރަގަސްފަރާތުގެ ވަށައިގެންވާ ސަރަހައްދުން ނަގާ އިސްތަށި
- ލޭ އަދި ކުޑަ ކަމުދާ ތަކެތި
- ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ އަންނައުނުން ނަގާ ސާމްޕަލް
- ނިޔަފައްޗާއި ނިޔަފަތި ދަށުން ނަގާ ސާމްޕަލް
- ކުރިމަތި ފަރާތާއި ފުރަގަސްފަރާތުން ނަގާ ސާމްޕަލް
- އަނގައިން ނަގާ ސާމްޕަލް
- ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލް
ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސް ސޯލިހް މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެން މި ގާނޫނު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ، ތަޞްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ޖިންސީ ކުށުގެ ޝިކާރައަކަށްވީ މީހާގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނެގުމާއި އެ ސާމްޕަލްތަކުގެ ފޮރެންސިކް ޓެސްޓްތައް ކުރުމުގައި ވިކްޓިމްގެ ރުހުން ހޯދުމުގައި އަމަލުކުރާނެ ގޮތާއި މިފަދަ ކަންކަން ދިމާވާ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ސާމްޕަލް ނެގުމަށް ރޭޕް އެވިޑެންސް ކިޓް ބޭނުންކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު، މި އިސްލާހު ތަސްދީގު ކުރާތާ 60 ދުވަހުގެ ތެރޭގައި ހަދަން ވެސް ލާޒިމެވެ.
ރޭޕް މާނަކުރުމުގައި ދެމަފިރިން ވިޔަސް އިސްތިސްނާ ހާލަތެއް ނުގެންގުޅޭ ގޮތަށް ގާނޫނު ބަދަލު ކުރި އިރު "ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ކުށް" ބަޔާންކުރާ މާއްދާ އުނިކުރަން ވަނީ ފާސްކޮށްފަ އެވެ. އުނިކުރާ މާއްދާގައި އޮންނަނީ ފިރިމީހާ އަނބިމީހާ ރޭޕްކުރި ކަމަށް ބެލެވޭނެ ހާލަތްތަކެވެ.
ރުހުމުގައި ވިޔަސް ޒިނޭވާނީ ހަމަ ޒިނޭއަށް !
އަދި ތިއަށްވުރެ ތި ޤާނޫނު ތަރައްޤީކުރާނެ. ދެނޗ ބުނާނީ ދެމަފިރިން ނޫނަސް ރުހުމުގައި ކޮށްފިއްޔާ އޯކޭއޭ. މިވަރު ސިކުނޑި ފަސާދަވެފައި އަހަރެމެން މި ތިބީ
ލާދީނީ ސަރުކާރުން މުޅިންވެސް ފާސްކުރަނީ ލާދީޏީ ބިލްތައް
މިއީ ލާދީނީ ބިލެއް ނޫން. އިސްލާމްދީނުގައިވެސް އޮންނަގޮތަކީ އަނބިމީހާއަށްވެސް ޖިންސީ ގޯނާ ނުކުރުން.
ނޯންނާނެ ، އަނބިމީހާ ނުރުހެންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ، އަނިޔާކުރުމުން ފިޔަވާ
ބާރުލާފަ ނޯންނާނެއޭ ތި ބުނަނީ އިސްލަަމްދީނަކު ނޯވެއޭ ގޯނާ ނުކުރާކަށް ؟!
އަދި އަނބިމީހާ ނުރުހެންޖެހޭ ސަބަބެއް ނޯނާނެއޭ ތިބުނަނީ ކޮން އުސޫލަކުން ؟ އޭނައަށް ކައިވެންޏަށް ނުރުހުމުގެ ހައްގު އޮވެ އެކަމަކު ފިރިހެނެއްގެ ޖިންސީއެދުން ސަބަބަކާއެކު ފުއްދައިދޭން އިންކާރުކުކުރާނެ ހައްގެއް ނެތް؟ އެ ސަބަބަކީ ފިރިމީހާއާ ގާތްވާން ބޭނުން ނެތުން ކަމުގައިވިޔަސް ގަދަކަމުން ގުޅުންހިންގާކަށް ހައްގެއް ނުލިބޭނެ.
ތިބިލަކީ ލާދީނީ ބިލެއް. އަނބިމީހާއައް ޝަރުޢީ އުޒުރެއް ނެތީސް ފިރިމީހާ އެއްދާން ކުރަން އެދެފި ކަމުގައި ވަނީ ނަމަ އެކަން ކޮއްދެން ޖެހޭ. އެހެން ނޫނީ މަލާއިކަތް ބޭކަލުންގެ ބަދު ދުޢާ އެ އަންހެނަކައް އިރު އަރަން ދެން ލިބޭކަމައް ހަދީޘް ތަކުން ސާބިތުވޭ. އިސްލާމްދީނުގައި ނެތް އަނބިންނައް އަނީޔާވެރިވުމެއް
މަ ހައިރާންވަން ބައެއް މީހުން ލިޔާއެއްޗެއް ނިމޭއިރު ލިޔަން ފެއްޓިއެތި ހަދާން ނުހުންނާތީ.
ޙަދީސް ގައޮތީ އުޒުރުރަކާ ނުލުއި އަނބިމީހާ އިންކާރުކޮށްފިނަމަ މަލާތްކަތުން ލައުނަތް ލައްވާވާހަކަ.
ޢޭގެން ދޭހަވަނީ އެއްވެސް އުޒުރެއް ނެތް ނަމަ އަނބިމީހާ އަމިއްލައަށް އިޖާބަ ދޭށޭ. ޢެޔަކު ނެތް ފިރިމީހާ އިސްނަގައިގެންގޮސް ކަން ކުރާށެކޭ.
ޢަދި ހަދީސްގައެއް ނެތް އުޒުރުގެ ބާވަތެއް ބަޔާންކޮށްފައެއް، އެހެންވީމާ އެއީ އަންހެންމީހާއާ އޭނަގެ ރައްބާ ދެމެދު ވާކަމެއް. ޢެހެންވެ އެއޮތީ މަލާތްކަތުންގެ ވާހަކަ އައިއްސަ.
ފިރިމީހާ އަކަށް އެހެންވީމާ މިއަކު ކުރެވޭނެ ކަމެއް ނޯނާނެ ހައްގޭ ކިޔާފަ. ޢޭނަ ކަމެއް ކޮއްފިނަމަ އެއީ އަނިޔާވެރިވުމެއް. ދެން އޭނަވެސް ފާފައެއްގަ ބެދޭނީ.
ތިބާގެ އަންހެން ދަރިފުޅު ކެންސަރު ބައްޔާހަނގުރާމަ ކުރަނީއެވެ. ނަމަވެސް މިވޭނުގައި ވަނިކޮށްވެސް އެކަނބުލޭގެ ފިރިމީހާ އޭނައާ އެއްދާން ކުރުމަށް މަޖުބޫރުކުރަނީ އެވެ. ނުވަތަ ގަދަކަމުން ކުރަނީއެވެ. މިހާލަތުގައި މިކަމުގައި އޮތްގޮތަކީ ކޮބައިތޯއެވެ. ދެންފަހެ އަންހެނާއަށް މިވަރު ރައްކާތެރިކަމެއްވެސް ނެތީތޯއެވެ ނުވަތަ އިސްލާމް ދީނުގައި އެކަނބަލުންނަށް ވާ ސަލާމަތްތެރިކަން ފޭރިގަތީތޯ ނުވަތަ އެއީ ދައްކަން ނުވާ ވާހަކައަކަށް ވެ ނިންމާލަންވީތޯ
ތިބޭފުޅާ ކޮމެންޓް ސެކްޝަންގަ ތި ސުވާލު ޖަހައިގެން ސައްހަ ޖަވާބެއް ލިބޭނެކަމަށް އުއްމީދު ނުކުރާށެވެ. ދެންފަހެ އިލްމުވެރިއެއް ގާތުން އޮޅުންފިލުވާށެވެ. އަނބިމީހާއަށް ހައްގުތަކެއް ވާފަދައިން، ފިރިމީހާއަށްވެސް ހައްގު ތަކެއްވެއެވެ.
މިއީ ޖަވާބު އެނގޭ ހާލުގަ ލިއުނު ކޮމެންޓެކެވެ. ބޭނުމަކީ ސައްހަ ސިނާރިއޯއެއް ގެނެސްދިނުމެވެ. މުސްލިމުންގެ ލޭބަލް ޖަހައިގެންތިބެ ދީން ބުރައަކަށްވެ ދީންމަތިން ފޫހިކުރުވާހާ އަންހެނުން ނިކަމެތި ނުކުރާށެވެ. ނަބިއްޔާ ސއވ އަކީ އަނބިންނަށް އެންމެ އޯގާތެރި ސާހިބާއެވެ.
ޢިސްލާމްދީނުގައިވަނީ ޝަރުއީ އުޒުރެއް ނެތި އަނބިމީހާއައް ހުއްދަވެގެން ނުވޭ ފިރިމީހާ އެކަމައް އެދިއްޖެ ހާލަތުގައި އެކަމައް ދެކޮޅުހެދުން. ޢެއްވެސް ޝަރުއީ އުޒުރެއް ނެތި ކިތައް އަންހެނުންތޯ އަދި ފިރިހެނުންތޯ އެކަމައް އިންކާރު ކުރަނީ
މިޙާލަތުގައި އެމީހާ ވަރިކޮއްފަ އެހެން މީހަކާ އިންނާނީ.
ޤާނޫނު ފާސްކުރަން ވޯޓު ދިން މީހުންވެސް ތަސްދީޤު ކުރި މީހާވެސް ދީނުގެ އަޞްލަކަށް އިންކާރު ކުރި މީހަކަށް ވާނެ
ތިޔަވީގޮތުން ޑެންޓިސްޓުން ވަރަށް ފަސޭހައިން ކުށްވެރިވާނެހެން ހީވޭ.
އެމީހުން ދަތުގެ ފަރުވާ ދޭއިރު ހާދަހާ ފާޑުފާޑުގެ ޓޫލްސް އަނގަޔަށް ކުއްޕައޭ.
ދަޢުވާ ކޮށްފިއްޔާ ވަރަށް ނުރައްކާ ވާނެ.
ތިޔަ ޤާނޫނު އުވާލުމަށްޓަކައި އަހަރެމެން މި ފޫގަޅަނީ ރައީސް ޔާމީން ވެރިކަމަށް ގެންނަން. ބަލަންތިބޭތި. މި މަސައްކަތް ހުއްޓާލާނީ އެމަނިކުފާނު ރައީސް ކަމަށް ގެނެސްފައި.
ކަލޭ ތި އުޅެނީ އަންހެނުން ރޭޕު ނުކުރެވިގެން ދޯ. އެއީ ދޯ މިގައުމުގަ ނުވެފަ އޮތް ކަމަކީ.
ހައްދުން ނުނެއްޓި އަންގަ މައިތިރި ކުރަން ދަސް ކުރޭ
ތިޔަބިލްކަޑައެވެ. މިހާރުތިވާގޮތުން އަންހެންމީހާއާއެކު ޖިމާއުވުމުން ފިރިމީހާބެދެއެވެ. ނުރުހުން ސާބިތުކުރާނީ ކިހިނެއްހެއްޔެވެ. އަންހެންމީހާ ނުރުހުމުގައި ޖިމާއުވެއްޖެނަމަ އޭނާއަށް ވަރިވާން ފުރުސަތުލިބެއެވެ. އެހެންނޫން އަންހެންމީހާގެ ޖިންސީގުނަވަނަކަށް ގެއްލުންދިނުމުން އަދަބުލިބޭގޮތަށްއޮތުން ރަގަޅެވެ.
ދީނީ އިލްމުވެރިންގެ ރައުޔެއް މިކަމުގައި ދެއްވުން އެދެން ، މީ ދީނާއި ޚިލާފު ނިންމުމެއްކަމުގައި އަޑުއިވޭތީ
އެއީ ތެދުފުޅެއް. މިއީ ދީނާޚިލާފު ނިންމުމަކަށް ވުމަކީ ވަރަށް ގާތްކަމެއް. ދީނީ ޢިލްމުވެރިންގެ ރަޢުޔެއް ބޭނުން
ޖިމާޢު އާއީ ޒިނޭ އޮޅުވާލަން ކުރެވޭ މަސައްކަތެއް، ޖިމާޢު ވުން މަނާކޮށް ޒިނޭ ކުރުން ހުއްދަ ކުރަން އެކަމަށް މަގުފަހިކުރަން ކުރެވޭ ކަމެއް، އެއީ މިކަމުގެ ފޮރުވިފައިވާ ބަޔަކީ !
ބުއްދި ސަލާމަތުން ހުރި އެއްވެސް ފިރިޔަކު ބޭނުމެއްނުވާނެ އަނބިމީހާ ބަލިވެ އޮއްވާ އެއްދާން ކުރާކަށް. މި ގާނޫނުން ކަށަވަރުވެ ޔަގީން ވަނީ އަނބި މީހާ ހިލޭ ފިރިހެނަކާ ގުޅުން ބޭވިޔަސް ފިރިޔަކު އަނބިމީހާގެ ގައިގަ އަތްލިޔަސް 15 އަހަރުގެ ހުކުމެއް ލިބިދާނެ
ތިޔަބުނިފަދައަކުން ހިލޭ މީހަކާގުޅުން ބާއްވާނަމަ ވަރިކޮށްފަ ދޫކޮށްލާށެވެ. ޢެކަނބުލޭގެ ދެކެ ވާލޯބިން ދޫކޮށްނުލާނަމަ ސުލްހައިގެ މަރުހަލާތަކަށް ދާށެވެ. ފަހުކަމަކަށް އަނިޔާނުވާހެން އަދަބުދިނުން ހުއްދަ މިގޮތުން ނުވެއްޖެނަމަ ވަރިކޮށްލާށެވެ
މަށަކީ އަންހެނެއް.....އެކަމު މިހާރު މިއުޅޭ އަންހެނުން މަގުތަކަށް އޮރިޔާން ނުވާވަރުގެ ފޮތިކޮޅުކޮޅު އަނދެގެން ނުކުމެ ތިމަންނަ ރޭޕް ކޮށްފިޔޭ ބުންޔަސް ހިތައް ނާރާ ހަމަ އެކައްޗެއްވެސް...ދެމަފިރިންގެ ވާހަކަ ބާއްވާފަ ފުރަތަމަ ރޭޕްގެ ވާހަކަ ދައްކަމާ...މީގެ 1400 އަހަރު ކުރިން އަންހެނުންގެ އައުރަ އަކީ ކޮބާކަން ވަނީ ބަަޔާންކޮށްދެއްވާފަ އަދި ޒިނޭޔާ ދެމަފިރިންގެ ހައްގުތައްވެސް...ބެހޭ މީހުން ބެހޭ މޫނު އަޅާފަ ހުއްޓަސް އެއީ ކޮންމެ ޒަމާނެއްގަ ވެސް އެކަހަލަ ބަޔަކު އުޅޭތީ...އެކަމު ތަފާތު ފެންނާނެ...ނިކަން ބަލާބަލަ ނުކުމެ..މޫނު އަޅާފަ ހުންނަ ކުއްޖަކާ ފިއްތި ހެދުމެއް ނޫނީ ތުނި ހެދުމެއް ލައިގެން ހުންނަ ކުއްޖަކު މަގުމަތިން ދާއިރު މޫނު އަޅާފަ ހުންނަ ކުއްޖާއަށް އިހުތިރާމް ވެސް ކުރޭ ޗުއްޕު ވެސް ބުނެލަން ނުކެރޭ އެކުއްޖާ ގައިގަ އަތްލެވޭ ތޯ އެއްވެސް ނޫޅެ...މީ ހައްތަހާވެސް ވިސްނަން ޖެޙެ ކަންކަން ދޯ..ފާފަތަކަށް މަގުފަހިވާ ހުރިހާ ދޮރެއް ބަންދުކުރުމަށް އަންގަވާފަވަނީ މިހެންވެ
ތިޔަ ޤާނޫނު ފާސްކުރުމުގެ މަރުޙަލާގައި ނޫނީ ޑްރާފްޓް ކުރި މަރުޙަލާގައި އެއްވެސް އިސްލާމްދީނުގެ ޢިލްމުވެރިންގެ ބަހެއް ހޯދާފައިނުވާ ކަމުގައި ވަނީނަމަ އިސްލާމްދީނުގެ ޙުކުމްތަކާއި ގުޅުންހުރި ތިޔަފަދަ ކަމަކަށް ޤާނޫނެއްހަދާ ތަންފީޒު ކުރާއިރު ތިއީ މަޖިލީހުގަ އެތިބަ ނުކިޔަވާ އިބިލީހުން ހަދާފައި ފާސްކޮށްގެން ތިކަމަށް ޢަމަލުކުރުމަކީވެސް ވާނީ މޮޔަކަމަކަށެވެ. ތި ޤާނޫނު ކިޔާފަ ބުއްދިވެރިޔަކަށް އެއްޗެއް ގެޓްވިއްޔާ އަންގާލަދެއްވުން އެދެމެވެ.
ދެން ނުކެރޭނެ އެއްކަމެއްވެސް ކުރާކައް އަބަދު ބަހައްޓާނީ ޖަހާ ފޮރުވާފަ ނުވެސް ދައްކާނަން
އެހެންވީމާ ނުރުހުމުގައި ފިރިމީހާއާއި ގަދަކަމުން އަނބި މީހާވެސް ޖިންސީ ގުޅުން ހިނގާފިއްޔާ އަނބިމީހާގެ މައްޗައް ފިރިމީހާ ރޭޕް ކުރިކަމުގެ ދައުވާ އުފުލޭނެތާ.
ބަލަން ތިބެއްޗޭ އެއްޖިންސުން ގުޅުންހިންގުމަކީ ހުއްދަ ކަމެއްކަމުގަ ހަދާފަ ނޫނީ ހުއްޓާނުލާނެ
އެންމެ ފަހުގަޑީގަ ގާނުނުފާސްކުރާނެ އެމީހަކަށް އިހުތިޔާރު ލިބިގެންވެވޭ ރުހުމުގަ ވެއްޖިއްޔާ ކޮންމެމީހަކާ އެކުގަވެސް އަދި ކޮންމެޖަނަވާރަކާ އެކުވެސް އަމިއްލައަށްވިޔަސް ކައިވެނިހެޔޮނުވާ މީހުނާއެކުވެސް
ދޮންމީހުން ކުރާ ހުރިހާ ކަމެއް ހުއްދަ ކުރާނެ
ފިރިމީހާ އަށްވުރެ ފިރިމީހާގެ ބައްޕަ ކަމުގޮސްސިއްޔާޔޯ
މިހާރު ދެން އެންދާން ކުރުމާއިވެސް ބެހެނީ ދޯ. ތީގެން ހާދަ ބަޔަކު ޖަލުގެ ތޭތިރަކުގެ ތެރެއަށް އެއްލާލާނެތާ. މަށަށް ގޯހީ ރޭޕް ތީގަ އިންނާތީ. ރޭޕްގެ އަދަބު އަންނަންޏާ ފިރިމީހާގެ ދުވަސް ދުއްވާލަން ރާވައިގެން ހަމަ ރޭޕް ތުހުމަތު އަޅުވަންވީ ދޯ ހަމަ. އަދި ތީތި މުޅިއަކުން ރަގަޅެއް ނޫން
ކޮބާތަ އިޔާޒު.
ސަލަމާ އަށް
ތިމާގެ ދަރިފުޅު ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުންދާއިރުގައި...އަދި އެބަލީގެ ސަބަބުން އޭނާއަށް ފިރިމީހާގެ ބޭނުންތައް ފުއްދައިނުދެވޭ ހިނދުގައި ކަން ކުރަން ވީ ރަގަޅުގޮތް ވެސް އިސްލާމީ ޝަރީޢަތުގައި ވެއެވެ.
ނޭންގި ވާނުވާ ގައި ތިބެގެން ކޮމެންޓް ކުރުން.ބުއްދި ވެރިއެއްނޫނެވެ.
ﷲވަހީކުރައްވާފައި ވަނީ "ފަހެ ތިބާއަށް ނޭންގޭނަަމަ ދަންނަ މީހުންކައިރި (އެބަހީ: ޢިލުމުވެރިން) ކައިރިންއަހާށެވެ.
އަދި ވެސް ވަަޙީ ކުރައްވާފައި ވެއެވެ." ދަންނަ މީހުންނާ ނުދަންނަ މީހުން ހަަމަހަމަ ވާނޭ ހެއްޔެެވެ؟"
ރުހުމުގައި ވިޔަސް ނުރުހުމުގައި ވިޔަސް ޒިނޭ ކޮށްފިއްޔާ އެވާނީ ޒިނޭއަށް ، ގަދަކަމުން ޒިނޭކޮށްފިއްޔާ ހައްދުގެ އިތުރުން އަދަބު ބޮޑުކޮށް ތަޢުޒީރީ އަދަބުވެސް ދެވިދާނެ !
ދެން މި ޖެހުނީ ދެމަފިރިން ރޭކުރާއިރު ހުއްދަ ދިންކަން އެނގޭނެ ލިޔުމުގައި ސޮއިކުރުވަންތާ، އެހެންނޫނީ ހިތްހަމަ ނުޖެހޭ އިރެއް އަތުވެއްޖެއްޔާ ރޭޕްގެ ތުހުމަތު ވަރަށް ފަސޭހައިން އަޅުވާނެ
ކޮބާތޯ މިގައުމުގަ އޮތްސްޕޮރީންކޯޓު ނިދަާފަތޯއޮތީ...
އިއްޒަތްތެރި މެމްބަރުންނޭ...ކޮބާ މީގެ އަނެއްކޮޅު....ކަލޭމެން ތިބެގެން ތިހާވާ ވަޟުޢީ ގާނޫނު ހަމަ ސުމެއް...ރުހުމުމާއި ނުރުހުންތޯ ކައިވެނިކުރުމާޢި ނުކުރުމުގެ ތަފާތަކީ؟ ދެން ރޭޕެއްތޯ؟ ކޮންކާފަރެއް ހިތްހަމަޖައްސައިދޭން ފާސްކުރި ބިލެއްތޯ މިއީ؟
ޝައިޙް ޖައުފަރ ރަހިމަހުﷲ އާ މިކަމާ ގުޅެ ގޮތުން އަޅުގަޑު ވ ކުރީގަ ސުވާލު ކުރިން. ވިދާޅު ވީ ﷲގެ ޝަރީއަތުގަ ނެއް ކަމަކީ ޝިރުކު ކަމަށް. ޢަދި އެޔަށް ބޯލަނބާ ކިޔަމަން ވުމެއް ނެއް ކަމަށް!
ދީނީ އިލްމުވެރިންގެ ބަހެއްނެތި ތިހެން ހަދާ އެއްވެސް ގާނުނެއް ދެކޮޅެއް ނުޖެހެއެވެ. ތިޔައީ ދެން ގާނޫނު ހަދަން ކޮން ކަމެއްތޯ/ އިލާހީ ގާނޫނު ތިޔަށް ވުރެ މާފުރިހަމަ ނޫންތޯ! ކިތަން މެ ރުހުނަސް ޒިނޭ ރުހިގެން ކުރިޔަސް ހުއްދަ ވާނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެއެވެ.
ޑރ އިޔާޒް މިއީ ވެސް ރައީސް ޔާމީން ގެ ސަބަބުން އުފެދުނު ޤާނޫނެއްތޯ؟ މިކަމުގެ ޒިންމާވެސް އުފުލަންޖެހޭ ފަރާތަކީ ރައީސް ޔާމީން ތޯ؟