އަދާލަތު ޕާޓީގެ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ކުރަމުންދާ ޓްވީޓްތަކުގެ ސަބަބުން ސަރުކާރުގެ މަގުބޫލުކަން ގެއްލޭ ކަމަށް ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ހިލޭ އަންހެނަކާއިއެކު ބަދުއަހްލާގީ އަމަލު ހިންގި މަންޒަރު ފެންނަ ވީޑިއޯ އާއްމުވެފައި ވަނިކޮށް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން އަލީ ހަމީދަށް ޖޭއެސްސީގެ ރައީސްކަން ދިން ކަމަށް ބުނެ އިޔާޒް ކުރި ޓްވީޓަކަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

އަލީ ހަމީދަށް ޖޭއެސްސީގެ ރައީސްކަން ދިނީ ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މަޖިލީހުން ކަމަށް އިޔާޒް ވިދާޅުވި ނަމަވެސް ޖޭއެސްސީ އަށް ރައީސަކު ކަނޑައަޅަނީކީ މަޖިލީހަކުން ނޫނެވެ.

މީގެ ކުރިން އަލީ ހަމީދުގެ ވީޑިއޯ އާއި ގުޅިގެން އެއްވެސް ވާހަކައެއް ނުދައްކާ ހުރުމަށް ފަހު މިހާރު އެވާހަކަ ދައްކާތީ އިންތި ވަނީ ފާޑުވިދާޅުވެފައެވެ. އިންތި ވިދާޅުވީ އަލީ ހަމީދުގެ ވާހަކަ އަކީ "އެފޭކް އިންސާނާ މީގެ ކުރިން ދުވަހަކު ވެސް ދުލުކޮޅުން ހާމަކުރި ކަންބޮޑުވުމެއް ނޫން." ކަމަށެވެ.

އިންތި އިތުރަށް ވިދާޅުވީ އިޔާޒަކީ އެމްޑީޕީން ބޭނުންވާ މީހެއް ނޫން ކަމަށެވެ. "ސަރުކާރަށްޓަކައި ޓްވީޓް ކުރުމުން ސަރުކާރުގެ ޕޮޕިއުލާރިޓީ ވެސް ގެއްލޭ." އިންތި ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ ސަރުކާރުގެ ދިފާއުގައި އެންމެ ގިނައިން ޓްވީޓް ކުރާ މީހުންގެ ތެރޭގައި އިޔާޒް ހިމެނެއެވެ. އަދި ކުރީގެ ރައީސް ޔާމީނަށް ވެސް އެންމެ ގިނައިން ފާޑުކިޔާ މީހުންގެ ތެރޭގައި އިޔާޒް ހިމެނެއެވެ. ޔާމީނަށް ފާޑުކިޔައި އިޔާޒް ކުރަމުންދާ ޓްވީޓްތަކާއި ގުޅިގެން ޕީޕީއެމްގެ މެންބަރުން ގެންދަނީ އޭނާ އަށް ވަރަށް ވަރުގަދައަށް ރައްދު ވެސް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބޮޓެއް

    ތީ އިޔަޒަކީ ދީނީ ތާކިހަ އަޅާގެން އުޅޭ ވަޒީފަގެ ދަހިވެތިކަމުގަ ދީން ވިއްކާގެން އުޅޭ ބޮޓެއް

    15
    2
  2. ކޮރަލް

    އިންތި އަކީ ކޮންމެ 5 އަހަރަކުން އެއް ފަހަރު މަޖްލިސް އިންތިހާ ބް އަށް ހަރަކާތް ތެރި ވާ މީހެކެވެ.

    17
  3. ޙަަަހަ

    އެހެން ނުބުނައްވާ އިންތީ ، އިޔާޒް އަށް މަޤާމަށްދެއްވާބަލަ ، އެއުޅުއްވަނީ ވަޒީފާ އަތުލީމަ ތަންކޮޅެއް ދަތިފުޅުވެެގެން

    16
    2
  4. ކަރީމުބޭ

    ކުރިން ވަރަށް ފައިދާކުރިއެއްނު ރަނގަޅުވާނެ

    16
  5. ހަސަން

    މިކަލޭގެ މީ ސިޔާސީ މީހެއް، ދީނީ އިލްމުވެރިއެއް ނޫން.

    14
    1
  6. ކައުންސެލަރު

    މަށަކީ ދޫންޏެއްނޫނެވެ. އަދި މަށަކީ ވާލެއްވެސް ނުމެނޫންމެއެވެ.
    ވަރަށް ސަލާމް

  7. އަހުމަދު

    ޑރ. އިޔާޒް ދައްކަވާ ވާހަކައަކުން ނޫން. އެމްޑީޕީގެ މަތީ ހަރުފަތުގަ ތިބި މީހުނަށް އުޅެވޭ ލާދީނީ އަދި ނާތަހުޒީބު ގޮތުން ގެއްލުންވަނީ

    5
    1
  8. އުގުރި

    އިޔާޒުގެ މައްސަލައަކީ ސިޔާސީ ރަނޑީން ނާއި ތާކުންތާކު ނުޖެހޭ މީހުންނާއި ޒުވާބު ކުރުން ދެން ކޮންމެފަދަ އެއްޗެކޭ ކިޔާފައި ވެސް ޓުވީޓެއް ކޮއްފާނެ.

  9. Anonymous

    ތިވެސް ފޭކް މީހެއް.

  10. Anonymous

    އެމްޑީޕީއަށް
    އޭނަ
    ބޭނުން ވާނީ
    ވޯޓް ލާ
    ދުވަސް
    ޖެހުނީމަ

  11. އަހައްމަދޫ

    ހައްހައް ،ތިވީގޮތުން އިޔާއްޓެ ބާކީވީ، ކިހާދެރަ. އެވަރަާށް ޓްވީޓް ތައްކޮށް ހިއްވަރުކުރައްވަނިކޮށް