ޖަލަށް ހުކުމްކޮށްފައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޖަލަށްލި ވެރިޔާގެ ފަހަތަށް އެރުއްވީ އިމްރާން ދެކެ ލޯބިވާތީތޯ ވިދާޅުވެ އަދާލަތު ޕާޓީގެ ސުވާލެއް ޑރ. ޝަހީމަށް އަމާޒުކޮއްފިއެވެ.

ރޭ ރާއްޖެ ޓީވީ ފަލަސުުރުހީގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުޤައްރިރު ޝިދާތާ ޝަރީފް ވިދާޅުވީ އިމްރާން އަބްދުﷲ ހުންނެވީ ރައްޔިތުންނާއެކުގައި ކަމަށާއި އެބޭފުޅާގެ ނަފްސް ޖަލުގައި ވީކަމުގައި ވިޔަސް ހިތާއި ވިސްނުން ހުރީ ރައްޔިތުންނާއި އެކުގައި ކަމަށެވެ.

އިމްރާން ހުރަގޭގައި އެތައް ދުވަހެއް ހޭދަކުރުމަށް މަޖުބޫރު ކުރުވި ވެރިޔާގެ ފަހަތްޕުޅުގައި ޑރ. ޝަހީމް ހުންނަވަނީ އެއީ ޝައިޚް އިމްރާން ދެކެ ލޯބިފުޅުވާތީތޯ ޝިދާތާ ވަނީ ސުވާލު އުފައްދަވާފައެވެ.

"ދެ ބޭފުޅުންގެ ރަހްމަތްތެރިކަމަށް ގާތްގަނޑަކަށް ތިރީސް އަހަރު ވުމަށް ގާތްވެފައިވާއިރު، އިމްރާނަށް އެންމެ ހެޔޮއެދޭ ބޭފުޅާކަމަށް ވާނީ ޝަހީމް ކަމަށް އަމިއްލަފުޅަށް ވިދާޅުވިޔަސް، އެކަން ނިންމަވާނީ ޑރ. ޝަހީމްއެއް ނޫން" ޝިދާތާ ވިދާޅުވި އެވެ.

ޝިދާތާ ވަނީ ގިނަ ސުވާލުތަކެއް އުފައްދަވާފައެވެ. އެގޮތުން އިމްރާން ޖަލުގައި ހުންނެވީ ކުށެއް ކުރައްވައިގެން އިންސާފުންތޯ އަދި ހައްގު ހުކުމެއްގައިތޯ ސުވާލު އުފެއްދެވިއެވެ.

"ލޯބިފުޅުވާ ބޭފުޅަކަށް އެފަދަ ބޮޑެތި އަނިޔާ ލިބިގެން ދާއިރު އެ އަނިޔާގެ ފަހަތުގައި ހުންނެވި ބޭފުޅަކަށް ބައިއަތު ހިއްޕަވައިގެން ހުންނެވީ ހެޔޮއެދިވަޑައިގަންނަވާތީތޯ" ޝިދާތާ ވަނީ ސުވާލު ކުރައްވާފައެވެ.

ޑރ. ޝަހީމް އަކީ ގާތް އަޚެއް ކަމަށާއި ކުރީގެ ނައިބު ރައީސުން ގޮތަށް ޑރ. ޝަހީމްގެ ނިމުންވެސް ހިނގައިދާނެތީ ހިތާމަ ކުރައްވާކަމަށް ޝިދާތާ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވުމަށް ފަހު ޝަހީމް އިސްތިއުފާ ދެއްވީ އިމްރާން ޖަލަށްލުމުންނެވެ. ދިގު މުއްދަތުގެ ޖަލު ހުކުމެއް އިމްރާނަށް އިއްވީ، 2015 ވަނަ އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހު ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި ބޮޑު މުޒާހަރާގައި، ނިރުބަވެރިކަމަށް މަގުފަހިވާ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ ކުރި ދައުވާ ސާބިތުވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. ޛބ

    ޢިމްރާން ޖަލަށް ދިޔައީ އިމްރާން ކުރި ކުށެއްގެ ސަބަބުން ޝަރުޢި ކޯތުން އެކަން ސާބިތުވުމުން. ޥެރިމީހައަކީ މީހުން ޖަލަށް ލާއި އުޅެ މީހެއްނޫނ. ޢަދާލަތު ޕާޓީގަ ތިބެނީ ވާނުވާ ނޭ ގޭ ތަންދޮރު ނުދަންނަ ބައެއް.

  2. އެމް ޑީޕީ

    ޝިދާތާގެ އާޚިރު ނިމުން އޮތީ ކިހިނެއްކަމެއް އެނގޭތަ ؟؟؟؟؟؟؟

    • އަސްމާ

      ހެހެ ސީދާތާ މޮޔަ ގޮލައެއް

  3. އައިސް

    ޝިދާތާއަކީ ޒިންމާއަދާނުކުރެވިގެން ވަޒީފާއިން ވަކިކޮށްފާނެތީ އަމިއްލައަށް ވަކިވިމީހެއް މިހާރު އެތެޅެނީ ޝަހީމަށް ރަނިންގމޭޓްކަން ދިނުމުން އެކަމާ ބިރުންނެވެ. މިހާރުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކާ ގުޅިގެން އުޅެނީ ޢަބްދުﷲޤާޒީ ހައްޔަރުކުރީމާ އެކަމާ އުފަލުންނެވެ. ޝިދާތާ ދައްކާވާހަކައަކީ އަދާލަތުޕާޓީގެ ނިންމުމެއްކަމަށް ބުނެގެން ނުވާނެއެވެ.

  4. އަނާރާ

    ކުށެށް ކޮއްފީޔާ، އެކުށަކަށް ކަނޑައެޅިފައިވާ އުޤޫބާތް ދިނުމަކީ އަނިޔާތަ؟؟؟
    ވަކި މީހަކަށް ކަނދުރާއަކަށް ބެލުމަށް ނެތި ޤާނޫން ތަންފީޒް ކުރުމަކީ އަނިޔާތަ؟؟؟

  5. އިންތި

    އިމްރާނު ޖަލަށްދިޔައީ އަމިއްލައަށް، އިމްރާނު ތިކުޅިގަނޑު ތެރޭ ވާހަކަ ދައްކަމުން ބުނިއަޑު މަ މިހާރުވެސް ހަނދާން އެބަހުރި ތިމަންނަ ޖަލަށް ދާންޖެހުނަސް ދާން ތައްޔާރަށޭ މިހިރީ، އެތަނަށްގޮސް އަޅުކަން ކޮއްކޮއް ހުރީމަ ނިމުނީއޭ

  6. ބަތޮލް

    ޝިދާތާ އަކީ އިޒްރޭލުން ކިޔަވާފަ ހުރި މީހެއް. ޢިމްރާން ޖަލަށްލާފަ ހުރީ ކޯޓުން ހުކުމްކޮށްގެން. ޢިމްރާން ޝަރީއަތުގައި ވަނީ އިއުތިރާފުވެފަ އޭނާ ހެދީ ދޮގުކަމަށް. ބުނެފައި ވަނީ ދެއްކީ "ސިޔާސީ ވާހަކައެކޭ" ކަމަށް. ސިޔާސީ ވާހަކައޭ ކިޔާފަ ކިތަންމެ ބޮޑު ތުހުމަތެއްވެސް މީހެއްގެ ބޮލުގައި އެޅުވޭނެކަމަށް ޝިދާތާމެންނަށް ހީވެދާނެ. ޝިދާތާ އައި ފަހުން މުޅި ޢަދާލަތު ޕާޓީ ހަލާކުކޮށްފި ދެން މީނާއާއި އެކު މިކަމުގައި އުޅުނީ އަލީ ޒާހިރު.

  7. ސަމާ

    މީ ކޮންތާކު މަރުމޯލެއް. ސީދާ ނުބައި ރޭވުމެއްގެ ދަށުން އިމްރާނާ.ޝަހީމް ޖައްސަން ކުޅޭ ގޭމް އަދާލަތު ޕާޓީ ނަމުގައި އނގަގަޅަން ކަލޭ ލަދުގަންނަން ޖެހޭނެ. .

  8. ބެއްޔާ

    ގާސިމް އަނބި އަންހެނެއްވީމަ ނައިބު ރައީސްއަކަށް ކަމަކު ނުދިޔަ، އެކަމު އިބޫ (އިދިކޮޅު ލީޑަރުގެ) ސްޕޯކްސް ޕާސަން އަށް މާރިޔާ އޯކޭ. އަދާލަތުގެ ހުރިހާ ވާހަކެއް ދައްކަން ސިދާތާ އޯކޭ. އަދާލަތުގެ ހަމަ އެކަނި މަޖުލިސް މެމްބަރު ހުރިހަ ފިރިހެނުން އަތްމަތިން ގެންގުޅުނު އިރު އޯކޭ. އީޔޫ އިން އިސްލާމް ދީން ނޫން ދީންތަކަށް އުޅެން އަދާލަތައް އޯކޭ.

  9. ޝަހީމް

    ބަލަ ސިދާތާއަށް ނޭއްގެނީތަ ކުށެއްކޮށްފިއްޔާ ޖަލަންލާނެކަން އެކަމުގަ ސޭހެއް ބޭހެއް ނޯންނާނެ ނިކަމެތިން ލާންހުންނަ ތަނެއްނޫނޭ އޭކީ މިހާރު ވެރިއަކަށް ހުރީ މައުމޫނެއް ނޫން.

  10. ޙުސައިން މ. މުލި

    ޝަހާދަތާ ކުރުސި ގްރުއާން ނޫން އެހެން އެއްޗެއް ހޯދަން ބުނުއްވި ނަސީދުގެ ކުރިމައްޗަށް އަދާލަތު ޕާޓީ ދެކޮޅު ކަކޫޖަހާލީ އިސްލާމްދީން ދެކެ ލޯބިވާވަރުންތޯ

  11. Anonymous

    އަދާލަތު މީހުން ދަސްކުރަންވީ މިގައުމުގެ ގާނޫނީ އޮނިގަނޑު އެކުލެވިފައިވާ ގޮތް. މިގައުމުގަ އޮންނަނީ 3 ބާރު ވަކިވެފައިވާ ޑިމޮކްރެޓިކް ނިޒާމެއް. ރައީސުލްޖުމްހޫރިއްޔާއެއީ ސަރުކާރު ހިންގާ ފަރާތް. ޖުޑީޝަރީ އެއީ ގާނޫނު އެޕްލައި ކުރާފަރާތް. ޖަލަށްލީ ކޯޓުގެ ހުކުމަކުން. އެއީ ރައީސުލްޖުމްހޫރިއްޔާއަށް ބާރުހިންގޭގޮތަށް އޮތް ތަނެއްނޫން. ގާނޫނުން ބާރުދީގެން މިނިވަންކަމާއެކު މަސައްކަތްކުރާ ކޯޓުތަކެއްގެ މައްޗަށް ބިނާވަނީ އަދުލުއިންސާފުގެ ނިޒާމް. އަދާލަތު ޕާޓީގަ ނެތީތަ ގާނޫނީ އިލްމްވެރިއެއްވެސް؟

  12. ހަނާ

    މައުމޫނު ދައުރުގަ އާއި އަންނި ދައުރުގައާއި، ޑރ ވަހީދުގެ ދައުރުގައި ކިތަށް މީހުން ޖަލަށްލީ، ކަލޭމެން ތިތިބީ ކާކުގެ ފަހަތުގަ؟

  13. ޢަލީ އަޙުމަދު

    ޢިމްރާނު ޖަލަށްލީކީ ނޫން. ަމިއްލަޔަށް ޖަލަށް ވަނީ. ކުށްކުރާ މީހުންނަށް ޙުކުމްކޮށް ޖަލަށް ލުމަކީ ރައީސަކާ ބެހޭ ކަމެއް ނޫން. ޢަލިޕީ ވަކީލެކޭ ކިޔާފަ ކޮންތާކުން ކޯއްޗެއް ކިޔަވައިގެން އައިސް ތި އުޅެނީ؟

  14. ދޮންކަލޯ

    އިމްރާން ޖަލަށްލީ އިމްރާން ލައްވާ އަދާލަތުގެ މަަކަރުވެރި ރޭވުމުން ކުރުވި ކުށަކުން. އަދާލަތުން ރިޔާސީ އިންތިހާބަށް ނުކުތުން އެންމެ ކައިރީ އިމްރާން ކަމަށްވާތީ، އިމްރާނުލައްވާ ގޯސް ހައްދުވައި، އެދުވަހު އެހިންގި ޖަރީމާތަކަކީ، އިމްރާން ޒިންމާވާނެ ކަމެއްކަމަށް ބުނެ، އިމްރާން ލައްވާ ދޮގުހެކި ހައްދުވައިގެން، އާޓިފިޝަް ބީޗް ސްޓޭޖްމައްޗަށް އަރުވައިގެން ކަރުދާސްތަކެއް އިމްރާން އަތަށް ދީގެން އެއީ އަސްލު އެއްޗެހި ކަމަށް ދެއްކުވީވެސް އަދާލަތުގެޕާޓީގެ މީހުން. އެހެންވީމަ، ކާކުބާ ލޯބިވަނީ؟ މަކަރާ ހީލަތުން އިމްރާން ޖަލަށް ކޮއްޕާލި ކުށްކުރުވި މީހުންތޯ ނުވަތަ އިމްރާން ޖަލަށް ލުމުން މަގާމުން އިސްތިއުފާދޭން ބުނުމުން އިސްތިއުފާ ދިން މީހާތޯ؟

  15. ފަޅުވެރިން

    ޓެރަރިޒަމްގެ ކުށް ސާބިތުވެގެން ދިގު މުއްދަތަށް ޖަލަށް ލާފައިވާ، އަދި ދިވެހި ޤައުމުގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށާއި، ޤާނޫނީ ހަމަތަކުން ޤާއިމް ކުރެވިފައިވާ ސަރުކާރު ބާރުގެ ބޭނުން ކޮށްގެން ވައްޓާލަން ފާޅުގައި މަސައްކަތް ކޮށްފައިވާ މީހަކާ މެދު ލޯތްބާއި ހަމްދަރްދީގެ ޝުޢޫރު ފާޅުކުރުމަކީ ހާދަ ބޮލަށް އުނދަގޫވާ ކަމެކޭ!!

  16. ހާޖަރާ

    ބަލަ ހެޔޮއެދޭކަމަށް ހެދިގެން ތިޔައުޅޭ މީހުންނޭ ގަސްތުގަ އިމްރާން ލައްވާ ކުށްކުރުވީ...އަދި ޖަލަށްލީމަ އެކަކު އަނެކާއަށް މެސެޖްފޮނުވާ އެކަމުގެ އުފާފާޅުކުރީ...ސިދާތާއަށްވުރެ ބޮޑަށް އަދިވެސް އިމްރާންދެކެ ލޯބިވަނީ ޑރ ޝަހީމް

  17. ރަށްދު

    އިމްރާން އެއީ މިގައުމަށް ކޮނކަމެށް ކޮއްދީފަހުރި ކާކުތަ މީހުންލޯބިވާން އާ ދެފަހަރަށް ސަރުކާރު ވައްޓާލަން ބަގާވާތް ކޮއްދީފި

  18. އިބޫ

    ތިއަދާ ލަތުޕާޓީއަކީ މިދިވެހިރާއް ޖޭގަ އިސްލާމްދީން ހިމާޔަތްކުރަން ސޭކިޔާފަ އުފެއްދިޕާޓީއެއް. އެންމެފަހުން މިފެނުނީ ސިޔާސީ ރޯލްކުޅޭތަން. ދީންހިމާޔަތޭ އަދި ދީނޭކިޔާ ތަނެއްނުފެނޭ. ދެން ތިއިމުރާނު އޭނަ ޖަލައްލީ ޖޭގަ ނިދާފަ އޮއްވާތަ. ކުސެއްކޮއްގެން އެކުއް ސާބިތުވެގެން އެހެރީ ޖަލުހުކުން އައިއްސަ. ދެންމިގޯސްވަނީ އެއިރަކު އެގައުމެއްގަހުންނަ ރައީއްސަކު. ތީހަޖަމްނުވާމީހުން ދައްކާކަހަލަވާހަކަ. އެމްޑީޕީއެކޭ އަދާލެތެކޭ މިހާރު އެއްވެސް ތަފާތެއްނެއް. ތީކީ މިހާރު ދީނޭ ކިޔައިގެން އަގަ ފުޅާކުރެވޭވަރައް ވުރެން މާ ދަސުގައޮތް ގުރޫޕެއް. ކެނެރީގޭ ނަސީދައް ކާފަރަކައްވެސް ގޮވީ ތިޕާޓީމީހުން. ލާދީނީ މީހަކައްވެސް ގޮވީ ތިޕާޓީމީހުން. އަދި މައުމޫނައް ތިހުންނެވީ ދީނުން ބޭރުވެފެއޭގެަވީވެސް ތިޕާޓީމީހުން. މިހާރު ތިތިބީ އުބައްޖަހައިގެން އެމީހުންގެފަހަތުގަ. ދެން ލަލަލާ

  19. ފަސީ

    މިހާރު ފައިސާ ފެނުނީމަ އިމްރާން މަތިން ހަނދާނެއްނެތޭ

  20. ދޮށީ ސޮރު

    ސިދާތާ ކަމަނާ ތިޔަ ސުވާލު ޝަހީމް އާ ނުކުރަށްވާ އިމްރާން ޖަލަށް ލުމަށް ކޮށްފައިވާ ޙުކުމް ބެއްލެވިނަމަ ތިޔަ ސުވާލުގެ ޖަވާބު ވަރަށް ސާފުކޮށް އެނގިވަޑައިގެންނެވީސް އެޙުކުމުގައި ވާނެ އިމްރާން ޖަލަށްލާން ޖެހޭ ސަބަބު ވަރަށް ސާފުކޮށް ބަޔާންކޮށްފައި ހިސާބަށްވުރެ ބޮޑަށް ޝާއިޠޯނާއަށް ހެއްލިއްޖެނަމަ ފިތުނަނޫން އެހެން އެއްވެސް ކަމެއް އެމީހަކަށް ނުވިސްނޭނެ ހުރި ހިތާމައެއްގެ ބޮޑުކަމާއޭ

  21. ފާއިޒް

    އޭ ކޮން އަނގައެއް ތި ތަޅަނީ ތީ މިހާރު ކެނެރީގޭ ނަޝީދުގެ ޕަޕެޓުން މިހާރު ދީނެއްވެސް ނެތް އެކައްޗެއްވެސް ނެތް.

  22. ބޯ ހަލާކު

    ޢިމްރާނުގެ އެއްވެސް ކުށެއް ނޯންނާނެ މިހާރުވެސް ޝަހީމް ގެ ނިންމުމަށް ބޯލަބާ ފިއްޔާ އޭރުން ހުދު ފޮތިކޮޅެއް ފަދައިން ޖަލުން ނެރެވޭނެ

  23. ޒަރީ

    ރައީސްގެ ފަހަތަށް އަރާގެންވެސް އިމްރާނަށް ރަގަޅުގޮތެއްވޭތޯ ބެލުމަކީ ވެސް ޝަހީމުގެ ބޭނުންފުޅަކަށް ވެދާނެއެއްނު ، ވެރިމީހާ އާއި ޖަގަޑާ ހަދާގެން ތިޔަ އަދާ ލަތަށްވީ ފައިދާ އަކީކޮބާ ، ވީގެއްލުން އެބަފެނޭ ، އެގޮތުން ޝޭޚް އިމްރާން ޖަލުގައި ޕާރޓީ ވިއްސިވިހާލުވެއްޖެ ، މިންބަރުންކޮޅު މަދުވަމުންގޮސް ޕާރޓީ އުވާލާ ދަރަޖައަށް ދަނީ ، އަދާލަތުގެ ގިނަ އިލްމުވެރިން ޕާރޓީ ދޫކޮށް ހިގެއްޖެ ، މިހެންގޮސް ކިތަންމެ ކަމެއް ، ވަރަށް ސަލާން.

  24. ސާދުނާ

    ސިދާތާއަށް ނޭގޭނެ ކުށަށް އަދަބުއޮންނަކަމެއް އެއީ ސިދާތާ އެހުރިހާކުއްކުރާއިރުވެސް ސިދާތާ ކުއްވެރިނުވާތި ،، ސިދާތާވަރަށްގިނަކުއްއެބަކުރޭ. ފިރިމީހާއާޢި ދަރިން ދޫކޮށްފަ ކޮންމެރެއަކު އިސްލާހީމަސައްކަތަށޭ ކިޔާފަގޮސް އެތަށްބައިވަރު ފިރިހެނުންނާއެކު އެހާގައިގޯޅިކޮށް އުޅުމަކީ އިސްލާމްދީނުގަ ބޮޑުކުށެއްނޫންތޯ ؟ ސިދާތާ ކުރީމަ ޤިޔާސްމެންނަން އޯކޭވާނެ...........

  25. އަސްލެއްބާ

    ސިދާތާ މޮޔަފުޅުވެގެން ނޫޅުއްވާބަލަ..... ކަމެއް ކުރަން އެނގޭތަ ކަލެއަށް ،،

  26. އަހަންމާބެ

    އަދާލަތޭ ބުންޏަސް ޖަހާލަތު، އަދާލަތެއް އޮތްބައެއްނޫން އެތާއުޅެނީ، ކޮން އަދާލަތެއް، ޝަހީމަށް ރައްދުދޭން އަނގަހުޅުވާއިރު ތިމާމެންގެ ފެންވަރެއްނޫން އެއީ.

  27. ސމީ

    އިމްރާން ޖަލަށް ލީ ކޯޓުން

  28. ވިލުފުށި

    ސިދާތާ ކަލޭ ކިޔެވީ ކޯއްޗެއް އެގުނީ ކޮއްޗެއ ދަސްވީކޮއްޗެއް ތިޔަހެން އަގަފެޅީމަ މި އެގެނީ ސެޓްފިކެޓް ހޯދާގޮތް. ކުއްކުރުމާ ކުށައް އަރައިގަތުމާއި އެކުވެރިޔާގެ ފަރާތުން ދިން ޖަވާބާއި ދިން ނަސޭހަތް ދެންވެސް އެބުނަނީނު ސަހީމް ހުރީ އިމްރާނު އާ އެކުގައޭ ކޮބާތަ ސީދާތައް ދަސްވި އެއޗަކީ

  29. އަބްދުއްލާ

    އިމްރާން ޖަލަށްލި ވެރިޔާގެ ފަހަތައް އެރީ އިދިކޮޅޭ މިކިޔާ ގްރޫޕަށް ވުރެ ވެރިޔާ ރަނގަޅުކަމަށް ފެންނާތީ .އަދި އެމްޑީޕީ ގެ ސަރުކާރަށް ވުރެ ޕީޕީއެމްގެ ސަރުކާރު މާބޮޑަށް ގައުމުގެ ތަރައްގީއަށް މަސައްކަތް ކުރާތީ . އަދި ގައުމުތަރައްގީ ކުރާތީ . އަމިއްލަ މަސލަހަތައްވުރެ ގައުމުގެ މަސްލަހަތު އިސްކުރާތީ .

  30. އަސްރަފް

    ޝައިޚްއިމްރާން ރައީސާއި ބެހޭގޮތުން ދެއްކީ ދޮގުވާހަކަތަކެއް، އަދި އަތް ޕުޅުން އުފުއްލަވާ ދެއްކެވި ލިޔުންތަކަކީ ހާޤީޤަތެއްނެތް ތަކެތިކަން ޚުދު ޝައިޚް އިމްރާނަށް އެގިވަޑައި ގަންނަވާނެ، ސަބަބަކީ ޝައިޚް އިމްރާންއަކީ ކޮމްޕްރޭޓިވް ލޯ އިން މާސްޓަރ ފުރިހަމަ ކުރައްވާފައިވާ ބޭފުޅަކަށް ވުމާއި މަދީނާއި ކިޔަވާފައި ހުރި ބޭފުޅަކަށްވާތީވެ، ޑޮކްޓަރ ވަޙީދު ރައީސް ކަމުގައި، ނާޒިމް ސާރ ގެ ޑިފެންސް މިނިސްޓަރ ކަމުގައި ޝައިޚް ޢިމްރާނަށް ނުލިބުުނު ލިޔުންތަކެއް ފަހުން ލިބޭނެ ގޮތެއްނޯންނާނެ، ޙަޤީޤަތާއި ޚިލާފު ވާހަކަ ދައްކަވާ، މީސްތަކުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި ޤައުމު ހަލަ ބޮލިކުރަން ޝައިޚް ޢިމްރާން މަސައްކަތްކޮށް ޓީވީ ލައިވްކޮށް " މިރޭ 9.00 ގެ ފަހުން ރައީސް ނުހުންނަވާނެކަމަށް " ވިދާޅުވެ އިންޒާރު ދެއްވީމާ، ޤާނޫނީ ގޮތުން ޝައިޚް ޢިމްރާން ކުށްވެރިވާނެ، މިކަމަކީ މިހާރު ޖޭޕީގެ ރައީސް ޢަލީ ވަޙީދު އަޑީގައި ހުންނަވައިގެން ކުރެއްވި ކަމެއް ޝައިޚް ބަންދުކުރުމަށް، ޝައިޚް ގެއަށް ވެއްދުަމަށް ފަހު ޕޮލިހަށް ގުޅައި ބަލާ އަންނަން ބުނީވެސް ޢަލީ ވަޙީދު، ޝިދާތާ އަކީ މިކަމުގައި ވާހަކަ ދެއްކޭނެ މީހެއްނޫން، އަދި އަޅުގަނޑުމެން މަރެއްނުވޭ، މިހުރިހާކަމެއްގެ ޙަޤީޤަތް އެބަ އެގޭ.

  31. ހުސޭނުބޭ

    އަދާލަތު ތި ކިޔަނީ ކިތައް މެމްބަރުންނަށް؟

  32. އާލު

    ފަހުން ޔޫސުފްގެފާނު ވެސް އެކަލޭނގެފާނު ހުރަގެއަށް ލީ ފަރާތުގެ އަރިހުގައި މަސައްކަތްޕުޅު ކުރިއެވެ.ނަމުން އަދާލަތު،ކަމުން ޖަހާލަތަށް ދޯ މިވަނީ...މުޅިންވެސް ފަސާދަ އުފައްދަން..

  33. ހެޔޮބަސް

    ގާނޫނުގެ މަތީގައި އެއްވެސްބޭފުޅަކަށް ނުހުންނެވޭނެ ލޯބިވިސް،ނުނިއަސް އިމްރާން
    ޖަލަށްގެންދިޔައީ ރީތިކޮށްހުއްޓައެއްނޫން އިމްރާން ވެރިޔާގެ ފަހަތަށްއެރުއްވީ ކޮންމެފަދަ
    ޢަމަލެއް ކުރެއްވިއަސް އަދަބުނުދެއްވާނެ ވެރިއެއްގެ ފހަތަކަށްނޫން

  34. ޙަބޭސް

    އިސްލާމްދީނަށް ފުރައްސާރަ ކުރާ ޕާޓީއަކަށްްގުރްބާންވަނީ އިސްލާމްދީން ހިމާޔަތްކޮށް ކުރި އެރުމަށްތޯ؟ އަދާލަތު

  35. މުހައްމަދު

    އެސޮރަށް އެލިބުނީ ލިބެންވާ ސަޒާއަށްވުރެ މާ ލުއި ސަޒާއެއް