ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން މާލެ ސިޓީގެ ބައެއް މަގުތައް ވަކި ގަޑިތަކެއްގައި ބަންދުކުރާ ގޮތަށް ނިންމައިފިއެވެ.

ހަސީނާ ރާއްޖެވަޑައިގަންނަވަނީ ދެ ދުވަހުގެ މުއްދަތަކަށެވެ. ފުލުހުންގެ އިދާރާއިން ވަނީ އެކަމަނާގެ ދަތުރުފުޅާ ދިމާކޮށް ސަލާމަތީ ސަަބަބުތަކަށްޓަކައި ބައެއް މަގުތަކާއި ޕާކިން ޒޯންތައް ބަންދުކުރުމަށް ނިންމައި ޗާޓެއް އާއްމުކޮށްފައެވެ.

ބަންދުކުރާ މަގުތައް:

    • ބޮޑުތަކުރުފާނު މަގު، ބީއެމްއެލްއިން ފެށިގެން އެމްއެމްއޭ ކަންމައްޗާ ހަމަޔަށް
    • ޗާންދަނީމަގު، އޯކިޑް މަގު ލައިޓްއާ ހަމަޔަށް
    • އަމީރު އަހުމަދު މަގުން ފެށިގެން ގޮސް ކީރިތި ގުރުއަނާބެހޭ މަރުކަޒާ ހަމަޔަށް
    • މެދުޒިޔާރަތް މަގު، މަޖިދީއްޔާ ސްކޫލު ކަންމަތިން ފެށިގެން އިސްލާމިކް ބޭންކު ކަންމައްޗާ ހަމަޔަށް
    • ހިތަށް ފިނިވާ މަގުގެ ވަކި ހިސާބެއް ބަންދުވާނެ

ބަންދުކުރާ ސަރަހައްދަށް ބުރާސްފަތި ދުވަހުގެ ރޭގަނޑު 07:00 އިން ފެށިގެން 21:00 އާ ހަމައަށް އެކި ވަގުތުތަކުގައި ފައިމަގުގައިއާ ވެހިކަލްތަކަށް ނުވަދެވޭ ގޮތަށް މަގުތައް ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ހަމައެއާއެކު އެސަރަހައްދުގައި ހުރި ޕާކިން ޒޯންތައް ހުސްކުރުމަށް ހަމަޖެހިފައިވާތީ މާދަމާ ރޭގެ އަށެއްގެ ގެ ކުރިން ޕާކިން ޒޯންތަކުގައި ހުރި އުޅަނދުތައް ނަގައި ޒޯންތައް ހުސްކޮށް ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

މާލޭގެ މުހިއްމު ސަރަހައްދެއް ބަންދުކުރެވުނު ނަމަވެސް ރައްޔިތުންގެ ފަރާތުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން އެކަމުގައި ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖާނޭ

    ކޮބާ! ކިހިނަކުން ހީވޭ! ހަދުމަފުޅު އެބަހުރިތޯ ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުން މަގުބަންދުވުމުން އެކަމާ މުޒާހަރާކޮށް ވަޑައިގަންނަވާ މަގުތައް މައްޗަށް ނުކުމެ އަޑުގަދަ ކޮށް ހެދި ދުވަސް. މިހާރު މިވަނީ ކީއްތޯ؟ ޤައުމުތަކުގެ ވެރިންގެ ސަލާމަތަށް ޓަކައި އެކަން ކުރަން ޖެހޭ. މީހުންނަށް ދަތިވިއަސް އެފާޑަށް ހަޅެއްލަވާ ލަދުހަޔާތް ކެނޑިގެން އުޅެ ތަނެއް ނުފެނޭ. މިބައިގަނޑަށް ހީވަނީ މީހުންނާ ދިމާކުރާ އިރު އެންމެ މީހަކީ 10 މީހުނަށް ވެގެން ހަޅޭއްލެވުމާއި އަޑުގަދަ ކުރުން އެއީ ތިމާމެންގެ މޮޅުކަން. މިއަދަކު ނޫޅޭ އަޑުގަދަކުރާނެ މީހަކު.

    4
    1