ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުން، ރާއްޖޭގެ އިގްތިސާދީ ތަރައްގީގައި، މުހިންމު ދައުރު އަދާ ކުރަ ކަމަަށް ނައިބް ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ނައިބް ރައީސް ފައިސަލް މިހެން ވިދާޅުވީ ބަންގްލަދޭޝްގެ މިނިވަންދުވަހާއި ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގައި ހުންނަ ބަންގަލަދޭޝްގެ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ރޭ ޖެން މޯލްޑިވްސްގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބް ރައީސް ފައިސަލް ވިދާޅުވީ، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުން، ރާއްޖޭގެ އިޖްތިމާއީ، އިގްތިސާދީ ތަރައްގީގައި، މުހިންމު ދައުރެއް އަދާ ކުރާ ކަމަށެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ހައްގުތައް ނެގެހެއްޓުމުގައި ދިވެހި ސަރުކާރުން ދެމިއޮންނާނެކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.

ބަންގްލަދޭޝް އަކީ މުއްސަނދި ސަގާފަތަކާއި ތާރީހެއް ލިބިފައިވާ ގައުމެއްކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި 1978 ވަނަ އަހަރު ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރުމުގެ ކުރިންވެސް މި ދެ ގައުމަކީ އާދަކާދައާ ސަގާފަތާ އަދި ވިޔަފާރިއާ ކަނޑުދަތުރުފަތުރުކުރުން ފަދަ ކަންކަމުގައި ވަރަށް އެއްގޮތް އާދަކާދަތަކެއް ހިއްސާކުރާ ދެ ޤައުމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބަންގަލަދޭޝްގެ ތާރީހަށް އަލިއަޅުވާލައްވައި އެގައުމުގެ މިނިވަންކަމުގެ ބާނީ، ބަންގަބަންދު ޝެއިޚް މުޖީބުއް ރަޙްމާން ވެވަޑައިގެންނެވި ގުރުބާނީ ފާހަގަކުރައްވާފައެވެ. އަދި 1971 ވަނަ އަހަރު ބަންގްލަދޭޝް އުފެދިގެން ދިޔައީ ބަންގަބަންދުގެ ލާމަސީލު ލީޑަރޝިޕާއި އިންސާފަށް ކެނޑިނޭޅި ކުރެއްވި މަސައްކަތްތަކުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ނައިބް ރައީސް ވަނީ ބަންގްލަދޭޝްގެ މިނިވަންކަން ހޯއްދެވުމުގެ މަސައްކަތުގައި، "ކޮންމެ ގެއެއް ކިއްލާއަކަށް ބަދަލުކޮށްދެއްވުމަށް" ވިދާޅުވެ، 1971 ވަނަ އަހަރުގެ މާރޗް މަހުގެ 7 ވަނަ ދުވަހު ބަންގަބަންދު ދެއްކެވި ވާހަކަފުޅަކަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ރާއްޖެއާ ބަންގުދޭޝްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1978 ސެޓެމްބަރު 22 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ތެދުފުޅެއް

    އެމީހުންގެ ލެޔާއި ދާ އޮހޮރުވައިގެން އާރާސްތު ކުރާ ގައުމުތައް ބައިވަރު

    1
    1
  2. ބަޑަންޑޫ

    ދެން އެބޭކަލުންނާ މިގައުމު ހަވާލުކޮށްފަ އަހަރުމެން ގައުމުން ފައިބަންވީނު

  3. ބޭޅާގެ ބަހަކުން ބަހެއް

    ބަލަ އެމީހުން ގަވައިދާޚިލާފަށް އުޅެން ދޫކޮށްލާފަ އެމީހުންގެ ސަބަބުން ރާއްޖެއަށް ވަމުންދާ ގެއްލުމުގެ ވާހަކަ ނުދައްކަނީ ކީއްވޭ

  4. ރަން ރީނދޫ

    ބަނގުލާދޭޝް މަސައްކަތްތެރިންނަކީ ރާއްޖެ އަށް ދިމާވެފައި އޮތް އިޖްތިމާޢީ ބޮޑު މައްސަލައެއް. ވަގުން،މުޖުރިމުން،ޕެޑޯފައިލުން،އެއްޖިންސުން ހަށިވިއްކުން،ފްރީވިސާގައި އުޅޭ އިމިގްރޭޝަން ގާނޫނާ ޚިލާފު،މަސައްކަތަށް އައިސް ފިލުން،އަމިއްލަ މީހާ މަސައްކަތް ދުވާލު 500 ރުފިޔާ ހުންނަނީ،ރާއްޖެ ތެރެއިން ވަގަށް ކާއްޓާއި ކުރުނބާ ،ދޮންކެޔޮ މާލެ ގެނެސް ވިޔަފާރި ކުރުން،މަސައްކަތުގެ މާހައުލު ން ވައްކަން ކޮއް ނުއަގުގައި ބަނގުލާދޭޝް މީހުންނަށް ތަކެތި ވިއްކުން،މިނިމަމް ވޭޖް ދިވެހިންނަށް ކަނޑައެޅުމުން،ރާއްޖޭގެ ރިސޯޓް ތަކުގައި ވެސް މި ތިބޭނީ ދިވެހި ރާއްޖެ ނުވެސް ދަންނަ ބިދޭސީން ،މި މީހުން ރާއްޖެ އާއި ބެހޭ މިސްއިންފޯމޭޝަނާއި ޑިސްއިންފޯމޭޝަން ފަތުރާ. މިހިރީ އަހަރުމެން ކުރިމަތީގައި ހިނގާފައި ހުރި ކަންކަން. ތޯތޯ ޔޯލަ ވާހަކައެއް ނޫން.

  5. ވާލުސޮރު

    މިއީ ކޮންފަދަ ކަމެއް. ތިޔަ ނައިބުރައީސަކީ އަހަރުމެން ރާއްޖޭގެ ނާއިބުރައީސުތަ ނޫނީ ބޭރު ރައްޔިތުންގެ ނައިބުރައީސުތަ؟ ހައިރާން ހީވޭ! ތިމާއަށް ދެކެވޭ ނުދެކެވޭ ވާހަކަތައް ނޭގެ. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ޙައްޤުތައް ރައްކާތެރިކޮށް އެ ޙައްޤުތައް ކަށަވަރުކޮށްދިނުމާއި، ބަންގްލަދޭޝްގެ ރައްޔިތުންގެ ޙައްޤުތައް ދިވެހިދައުލަތުން ޙިމާޔަތްކޮށްދިނުމަކީ މުޅިން ތަފާތު ތެކަމެއް.
    ފުރަތަމަ އަހަރުމެން ދިވެހިންގެ ޙައްޤުތައް ޙިމާޔަތްކޮށްދީބަލަ. މިރާއްޖޭގައި މަސައްކަތްކުރަން ގެންނަ ބިދޭސީންނަކީ ދިވެހިންނަށް ހުރި އުނދަގުލަކަށް ނުރައްކަލަކަށް ނުވާނެގޮތަށް ބިދޭސީންނާބެހޭ ޤާނޫނުތައް ތަންފީޒުކޮށްދީ ދިވެހިން ޙިމާޔަތްކޮށްދީބަލަ. އެއަށްފަހު ޤާނޫނުގެ އިމުގެތެރެއިން ބިދޭސީން އުޅޭކަން ކަށަވަރުކޮށް އެމީހުންނަށް ލިބެންޖެހޭ އެންމެހައި ޙައްޤުތައް ހޯދަން އުޅެބަލަ.

  6. ސިނޫ

    ބަންގާޅިންގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރު ފެންނާނީ 50 އަހަރު ފަހުން އަދި. މިހާރު ި ފެންނަނި އަދި ހަމަ ވަރަށް ކުޑަ އެއްޗެއް.

  7. ރިސާރޗް 1

    އެމީހުންނަށް ދައްކަންޖެހޭ ޓެކްސްތައް އޮންނަ ވަރަށް ޤައުމުގެ ޙާލަތު ގޮސްފި! ރާއްޖެތެރޭން މާލެ ފޮނުވާ ކޮންމެ އެއްޗަކީ އެމީހުން ޓްރިޕަލް ޑީލްކުރާނެ އެއްޗެއް!

  8. ބޯޅަ

    ބަގްލާ އިޒް ދަ ބެސްޓް... އެމީހުން ނާނުލާ އެއް ވެސްކަމެއް ނުވޭ...