ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓަކަށް އައްޔަން ކުރައްވަން ޝޯޓްލިސްޓް ކުރި ބޭފުޅުންގެ ލިސްޓުން ނައިބު ރައީސް ފައިސަލް ނަސީމް ބާކީ ވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސޯލިހްގެ ރަނިންމޭޓަކަށް ފައިސަލް އައްޔަން ނުކުރައްވާނެކަން މިހާރު ވަނީ ފައިސަލް އަށް އަންގަވައިފައެވެ. ފައިސަލް އަށް އެކަން އަންގާފައި ވަނީ އަނެއްކާ ވެސް ރަނިންމޭޓަކަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައި ވަނިކޮށެވެ.

ފައިސަލްގެ ބަދަލުގައި ރައީސް ސޯލިހްގެ ރަނިންމޭޓަކަށް ހަމަޖެއްސީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.

ރައީސް ސޯލިހްގެ ރަނިންމޭޓެއްގެ ގޮތުގައި 2018 ވަނަ އަހަރު ފައިސަލް ހަމަޖައްސާފައި ވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ސްލޮޓެއްގައެވެ. އެ ފަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް އެމްޑީޕީން ވަނީ ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި އެމްއާރުއެމްއާ އެކުގައި ކޯލިޝަނެއް ހަދައިފައެވެ.

ޖޭޕީން ރަނިންމޭޓެއްގެ ގޮތުގައި ބޭފުޅަކު ކަނޑައެޅީ އެ ޕާޓީގެ ކައުންސިލްގައި ނެގި ސިއްރު ވޯޓެއްގައެވެ. ރަނިންމޭޓު ކަމަށް ފައިސަލްއާ ވާދަކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނެވެ. ފައިސަލް ވަނީ ވަރަށް ކުޑަ ތަފާތަކުން އަލީ ހުސެއިންގެ މައްޗަށް ކުރި ހޯއްދަވައިފައެވެ.

މިފަހަރު ރައީސްގެ ރަނިންމޭޓަކު ކަނޑައެޅުމަށް ރައީސް ކޯލިޝަންގެ އިސްވެރިންނާއި، އެމްޑީޕީގެ އިސް ބޭފުޅުންނާއި މަޝްވަރާ ކުރައްވާފައެވެ. މަޝްވަރާތަކަށްފަހު ހުށަހެޅުނު ނަންތަކުގެ ތެރެއިން ރައީސް ނިންމެވީ އަސްލަމަށް ރަނިންމޭޓްކަން ދެއްވުމަށެވެ.

ރައީސް ސޯލިހްގެ ރަނިންމޭޓު ކަމަށް ފައިސަލްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ޝައުގުވެރިކަން ފާޅު ކުރި ކަން އެނގިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. އަހަރެން

    ފޯއްމުލަކު މީހުން ނެގިހާ ފޮނުތައް ވަޔަށް ބުރައިގެން ދިޔައީބާ!

    90
    9
    • ކާކު

      "ފުވައްމުލައް" ކިޔަނީ. ކޮން ފޯއްމުލަކެއްތަ އަޅެ😆

      8
      1
  2. ލަޓިޓީ

    ހެހެހެެހެހެ ހުންނާނެ ރާކަނި މަސްކެވިފަ ތިމާމީހަކަށް ހެދި މީހާ އަށް ހަރާމް ކޯރުވީމާ ވާނެހާއެތި ވެފަތިހުރީ ވަރަށް ސަލާމް

    85
    6
    • އަހްމަދު

      ތިހެން ބުނެވޭކަށްނެތް. ޑިފެންސް މިނިސްޓަރުކަން ދެން އަންނަދައުރުގައި ދޭގޮތަށްއްތީ.

      5
      1
  3. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ފައިސަލް ނަސީމް އަށް ޙުކުމެއް އައްނަން ވާނެ! އަހަރުމެން ފައިސަލް ނަސީމް އަށް ވޯޓު-ލީ ކޯލިޝަނަކުން އައި މީހެއް ވީމަ. މީނާގެ އަމިއްލަ އެދުން ނެރެ ހާމަ ކުރާކަށް ނޫން. މިއީ ހުރިހާ ރައްޔިތުންގެ ޙައްޤަކަށް އަރައިގަތުން. ކޯލިޝަނުން ފައިސަލް ނަސީމް ވަކިވާ ނަމަ، މަޤާމުން ވަކިވާން ވާނެ!

    72
    6
    • ލޮލް

      ކާކުކަލޭ ކައިރީބުނީ ވޯޓްދޭށޭ. ޙަމަގައިމު ފައިސަލްއެއްނުބުނޭ.

  4. ޢަނީ

    ހަނަފީ އަށްވެސް ވާނީ މިހެން. ގާސިމް ޕާޓީ ސްލޮޓްގަ އެ މަގާމު ލިބުނީ. މަގާމުގަ ހުންނަން ޕާޓީ ބަދަލުކޮށްލައިގެން މޮޅެއް ނުވިނުން

    57
    5
  5. ޖުއްބާ

    ފާސަލު ، ދޮންކަލޯ ދެން އަވަހައް ބަހީނ މަހައް ދާން. ކަލޯ ނައިސްގެން މަހައް ނުފުރިފަ މިތިބީ...

    64
    4
  6. ޔާސީނު

    އެހެންވިއްޔާ އެއްބުރުން މަނިކުފާނު ކާމިޔާބު ކުރާނެ.....

    37
    9
  7. ވާދޫ ދަންނަކަލޭފާނު

    އަދިވެސް ވާނެ އެ ބުރުން ހޮވަން..ލޮލް.

    39
    11
  8. އާމިނަތު

    ޢަލްހަމްދުﷲ

    34
  9. މުޙައްމަދު

    ލަނޑަޔާ ވާނީ ލަނޑަޔާ. ތި އަސްލަމް ތީ ހުރި މަސް ގަނޑެއް. އިބޫގެ ހަލާކު. އައްޑޫގެ ހަލާކު

    62
    3
  10. ނަޢީމާ

    ވަގުތީ ގޮތުން ރައީސް ކަމަށް ހުވާ ކޮށްފަ އެބާރު ބޭނުން ކުރެވުނު ނަމަ އޭ ހިތައް އަރާނެ މިހާުރު، މަޤާމުގެ ދަހިވެތި ކަމުގަ މިތުރުންނަށް ބޭވަފާތެރިވީ،

    44
    3
  11. ރާކަނިމަސް

    މީހުން ބުނެއުޅޭ އެއް ފުޅައްމަތިން ފުންމާލި މީހާ އަނެއް ފުޅަށް މަތިން ވެސް ފުންމާލާނެއެވެ.
    ގާސިމުގެ ހަރަދުގައި ކިޔާވާދީ ރިސޯޓުން ވަޒީފާދީ ޖެނެރަލް މެނޭޖަރު ކަންދީ ސަފާރީ ބޯޓު ގަނަން އެހީވެދީ މުއްސަންޖަކަށް ހަދާދީ ގައުމުގެ ނައިބުރައިސްކަން ހޯދާދިނީމާވެސް ދޯކާއެވެ. މިހާރު ހުންނާނެ ރާކަަނިމަސް ކެވިފައެވެ.

    57
    4
  12. ނައިބު

    ޚިބުރުވެރިކަމުގެ ނަތީޖާ

    28
    2
  13. ސަނީ

    ހަހަހާ، ތީ ވެރިކަމުގެ ފުރަތަމަ ދައުރުގަ ބޭރު ކުރަން ޖެހޭ މީހެއް.. ކުރާ އެއްކަމެއް ނޯވޭ..

    33
    2
    • ކކކކ

      ލިފްޓު ހުޅުވަން ރިބަން ކަނޑަން އުޅޭ އައިސްތު އަލީ އާ އެއްކޮށް

      1
      1
  14. އަވަށުމީހުން

    ރަނިންމޭޓަކަށް ކަމަކުނުދޭ.. ތީއެއްވެސް އިރަކު ދުވާމީހެއްނޫން..

    3
    1
  15. ފައިސަލް

    ބަޤާވާތް ނުކުރީމާ ލިބުނު އިނާމް..

    3
    1
  16. Anonymous

    އައްޑުއަށް އަސްލަމްއަށްވުރެ ގަދަވާނީ ފައިސަލް. އަދި ފުވައްމުލަކަށްވެސް ޖަމީލު މަސީހު އަށްވުރެ ފައިސަލްގެ ސަޕޯރޓް ބޮޑުވާނެ. ފައިސަލް އަކީ ތަޖުރިބާ ކުރެވިފައިވާ މީހެއް. ފަސްއަހަރު އެއްވެސް މައްސަލައެއް ނުޖެހޭ. އެހެންވެ އެމްޑީޕީ އާއި އެހެން ޕާޓީ ތަކާއި ގިނަ ދިވެހި ރައްޔިތުންގެ ލޯބި ހޯދާފައިވާ މީހެއް. މިހާރު ރާއްޖޭގައި ހުރި ސިޔާސީ ގޮތުން އެންމެ އިތުބާރު ކުރެވޭ ވަފާތެރިއެއް.
    މިހާރު އިބޫގެ ނިންމުމުގެ ސަބަބުން އަމިއްލައަށް ސަންދޯއްތިޖެހީ.

    3
    2
  17. ރެފްރީ

    ރަހުލްގާނދީއާއި އިމްރާންޚާންވެސް މިފަހަރުބައިވެރިކުރަންފެނޭ.. މިފަހަރުގެއިންތިޚާބު ބާއްވަންފެންނަނީ ވޯލްޑްކަޕުކުޅޭއުސޫލުން. ކުއާޓާ އާއި ސެމީ އަދި ފައިނަލްބުރެއްބާއްްވާގޮތަށް. އަދި ތިންވަނަވެސްހޮވާގޮތަށް..

  18. މަންތިރި

    ރަށުގަ ގަޑުވަރު އަޅައިފީމޭ ބުނިހިސާބުން ރައީސްމީހާ ފޫހިވީޔޯ ދެންލަލާލާ

    3
    3
  19. ބަޓުމޭން

    ފެހި ބަރުވީ ދެން އެހެލާ

    2
    2
  20. Anonymous

    ލޮލް

    3
    2
  21. އަބުދުﷲ ސައީދު

    ފައިސަލް ހިތަަމަ ނުކުރައްވަާތި ތި ޗޯރަކަށް ކާމޔާބެއް ނުވާނެ ދެންވެސް ކުރިން ހުނނަވި ގޮތަށް އަވަހަށް ރުޖޫޢަވެލައްވާ ! ތިބައިގަނޑުގެ އިޚުލާސް ތެރި ކަމެއް މީހަކާއި މެދު ހުންނާނީ ކިހެނެއް މުޅިޤައުމުގެ ރައްޔިތުންނަށް ދިނީ ދޯކާ ވީކަމެއް ހަރާމުން ހަރާމް ދަރަނި ފިޔަވައި

    4
    1
  22. ތަނބު

    ފައިސަލް ނަސީމަކީ އަންނަ ދަޥްރުގެ ޑިފެންސް މިނިސްޓަރ (ހޭ ހަދާލަންވާނެ)

  23. ނަސީ

    ޢެއީ މައްސަލައެއް ނޫން ފައިސަލްއަކީ ގަދަމީހެއް އެނާއައް އެގޭނނެ ބާކިވީމަވެސް އުޅެން