"އިންޑިއާ އައުޓް" ޝިއާރާއެކު ނުކުންނަ މީހުންގެ "ކަންފަތް މަތީޖަގައި ޖަހަން ޖެހޭ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މާލެ ދާއިރާ އަށް ހާއްސަކޮށްގެން ސަލްޓަން ޕާކްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ "އިންޑިއާ އައުޓް" މޭމަތީގައި ޖަހައިގެން "މިތަނުގެ އަތިރިމަތީގައި" ހުންނެވީ ތަހުޒީބް ބޭފުޅެއް ނޫން ކަމަށެވެ. ފަލާހް އެ އިޝާރާތް ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށެވެ.

އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތަށް ފާޑު ކިޔައި ފަލާހް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ކޮމަންވެލްތުން ވަކިވުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބުނީ ގެއްލުން ކަމަށެވެ. އެކަމުގެ ސަބަބުން ދިވެހި ދަރިވަރުންނަށް ސްކޮލަޝިޕްގެ ފުރުސަތު ވެސް ގެއްލުނު ކަމަށް ވިދާޅުވިއެވެ. އަދި ކުޅިވަރު ކުޅޭ ޒުވާނުންނަށް ވެސް އެކަމުގެ ގެއްލުން ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"އެތައް މަސައްކަތެއްކޮށްގެން އަޅުގަނޑުމެން ކޮމަންވެލްތާ ގުޅިގެން މިތިބީ،" ފަލާހް ވިދާޅުވިއެވެ.

އިދިކޮޅުން މިހާރު އެ ކުރަނީ ވެސް އެފަދަ ކަމެއް ކަމަށް ފަލާހް ވިދާޅުވިއެވެ. އަދި އިންޑިއާ އައުޓެކޭ ނުގޮވާނެ ކަމަށް ތަކުރާރުކޮށް ފަލާހް ވިދާޅުވިއެވެ.

"އެ ގޮވާ ކަމަށް ވާނަމަ، އަޅުގަނޑުމެން ޖެހޭނެ އެމީހެއްގެ ކަންފަތް މަތީގައި ޖަހަން ވެސް. އެ ނޫން ގޮތަކަށް މި ނުހުއްޓުވޭނެ. އެ ކުރަން ޖެހޭ ކަމެއް މިހާރު." ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވި ގޮތުގައި ދިވެހިންނަށް ލިބޭ ކޮންމެ ގެއްލުމަކާ ގުޅިގެން އެހީތެރިވާން ތިބީ އިންޑީއާއެވެ. އެހެންވެ ކަންފަތް މަތީގައި ޖަހައިގެން ނަމަވެސް އިންޑިއާ އައުޓް ގޮވުން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު އެދެން އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީގެ ގައުމީ މަޖިލިހުން ވެސް އިންޑިއާ އައުޓް ނުގޮވޭނެ ކަމަށް ފާސްކޮށް އިންޑިއާ އައުޓް ގޮވާ މީހުންނާ ދޭތެރޭގައި ސަރުކާރުން ފިޔަވަޅު އެޅުމަށް ގައުމީ މަޖިލިހުން ފާސް ކުރަން،" ފަލާހް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

46 ކޮމެންޓް

  1. ނަން

    ފަލާހޫ މަގޭ ކަންފަތް

    81
    • ޙައްގުބަސް

      ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް މިހާރު އެބައެނގޭ ކޮންކޮން ބައެއްގެ ކަންފަތްމަތީގަކަން ޖަހަންވީ!! އެކަން ވަރަށް ސާފު ރައްޔިތުންނަށް!! ޣައްދާރުން އެވާހަކަ ބުނަންޖެހޭ ވަރަށްވުރެ މާސާފުކޮށް އެކަން އެނގޭ!! އިންޑިޔާ ސިފައިން މިރާއްޖެ އަރުވާ މިރާއްޖެ ނުރައްކަލަށްލީ އެމްޑީޕީގެ ސަރުކާރުތަކުން!! އެންމެ ފުރަތަމަ ނަޝީދު އެކަންކުރީ!! ދެން އިބޫ އެކަން ކުރީ!! ޔާމީން އެމީހުން ބާލަން މަސައްކަތްކުރި ވިސާވެސް އާކޮށްނުދީ!! އެންގި ފައިބަން!! ނުފޭބީމަ ޔޫއެންއަށް އެކަން ހުށަވެސް އެޅި ޔާމީންގެ ސަރުކާރުން!! އެހެރީ އެސިޓީތައް ފޮރިން މިނިސްޓްރީތެރޢގަޔާ ރައިސް އޮފީސްތެތޭ އާކައިވްގަ!! ބެލީމަ ފެންނާނެ!! ފައިބަން އެންގީމަ ނުފޭބީމަ އެނގޭ އިންޑިޔާގެ ނިޔަތް ރަގަނޅުނޫންކަން! މިއީ ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުން ހޭލާތިބެ ވިސްނަންޖެހޭ ގައުމީކަމެއް!! ވަކި ސިޔާސީ ޕާޓީއެއްގެ ކަމެއްނޫން!! ގައުމަށް ޣައްދާރު މިހާރުވާ ކޮންމެ ޣައްދާރުވުމަކީ އޭގެ ހިތިރަހަ ވަރަށް ހިތިގޮތަކަށް ދިވެހިންނާ ފަހުން ބައްދަލުކުރާނެ ކަމެއްކަމަށް ނުވެނުދާނެ!! ސަމާލުވޭ ދިވެހި ރައްޔިތުން!! އިންޑިޔާއަތުން ކޮޅު ގޮހޮރަށް ލައްޑޫ ކައިގެން އުޅޭ ދީނާ ގައުމިއްޔަތާ ދުރު މަދުބަޔަކު ޣައްދާރުން ދައްކާ ވާހަކަތަކަށް ހެއްލިގެންނުވާނެ!!

      82
      1
      • އަސަ

        ޗައިނާ އިން ދޯ.

  2. ރަދީފް

    މާކުން ވަގު.

    99
  3. މަކުނު

    ހާދަ ވަރެކޭ މިމީހުންނަށް މިވަނީ. އިންޑިޔާއިން ރޯޅި ބާލާލީކަންނޭންގެ.

    129
  4. ކެޓަގަރީ

    މިމީހުން މީހުން ގައިގަ ޖަހަން ގޮވުމަކީ ޓެރަރިޒަމަށޤ ނުވޭތަ

    122
  5. އިންޑިޔާ އައުޓް

    ޑިމޮކުރަސީ ފަ އްކާވީ..ޑިމޮކުރަސީގެ ހޫރުކާފަ އިން..ގާނޫނު ހަދާ މަޖުލިހުގެ މެމްބަރަކަށްވެހުރެ ދިވެހި ރަ އްޔިތުން ހިޔާލު ފާޅުކުރީމަ ކަންފަތްމަތީ ޖަހަންތިބުނަނީ މީނަޔަށް ފިޔަވަޅު އަޅަން ފުލުހުންނަ ގޮވާލަން ދިވެހި ރަ އްޔިތެ އްގެ ހަ އިސި އްޔަތުން..ތަޅާނެ ކުދިންހޯދާމީހުން ބޖޕ ހިންދޫގެ ދިފާ އުގަ ދިވެހިންނަ ހަމަލާދޭން މިބުނަނީ...އިންޑިޔާ އަ އުޓް އިންޔާ އަ އުޓް...

    86
    2
    • ކްރޯޑް

      ދުނިޔޭގެ އެންމެބޮޑު ޑިމޮކްރަސީ ކަމުގަ ބުނާ އިންޑިއާގަ ވެސް މިހާރު މިހުރި މޯދީގެ ވެެރިކަމުގަ މޯދީއަށް ފާޑުކިޔާ މީހުން ހިފާ ހައްޔަރު ކުރާކަމަށާ ނޫސްވެރިން ނަށް ހަމަލާދޭ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނޭ.

      14
  6. ނޫރު

    އެމް.ޑީ.ޕީ ގެ މިހަރަކާތް ސިފަ ވަނީ ހިންދޫންގެ ޖައްބާރު ނުލަފާ ފިރުއައުނު ވަންތަ ބީ.ޖޭ ޕީ އާއި، އާރ އެސް.އެސް.ގެ ގޮއްޕެންހެން. ނާތަހުޒީބީ ފަލާހު، އެއީ ރައްޔިތުންގެ ހައްގަށް ގޮވާ މީހުންނަށް އަނިޔާ ކުރަން ގޮވާލީމަ. ތިފެންނަނީ އަސްލު. އިޖންޑިއާގެ މިލިޓަރީ ބާލާނެ، އެކަން ދިވެހިން ކުރާނެ. އަދި ވ އަވަހަށް ތިބާމެންގެ މޯޑީ ބޭބެގެ ސަރުކާރު ވެއްޓޭނެ.

    79
  7. އިންޑިއާ އައުޓް

    ނިކަން ޖަހާބަލަ. ކަލޭ މަގުމަތިން ފެނުން ލަސްވާނީ ދެފައި ބިންދާފަ ކަންފަތް ތޮރުފާނަން.
    އިންޑިއާ އައުޓް

    91
  8. އައްޑޫ މީހާ

    އިންޑިއާ މިލިޓަރީ އައުޓް ނިކަން ހަމަލާ ދީބަލަ ، ހީވާގޮތް އަހަރުމެން ނޫޅެން އިންޑިއާއަށް ބަރޯސާވެގެނެއް ކުޑަމިނުން ބޭސްފަރުވާވެސް ކުރަނީ އަހަރުމެންގެ ޓެކްސް ފައިސާކޮޅު 4 ގުނަބޮޑުކޮށް ނަގައިގެން މިގޮވަނީ އިންޑިއާ މިލިޓަރީ އައުޓް

    80
  9. ހައްވަ

    ބަޔަކަށް ވިކުނަސް ފަލާހު ތިޔަވަރު ވީމަ މާކަންތައް ބޮޑު.

    87
    • ހޭޖެހޭ

      ކޮބާ އެޗް އާރުސީ އެމް. އިންސާނީ ކަރާމާތަށް އަރައިގެންފަ މިއޮތީ. ބާރެއް ލިބުނީމަހަޅޭއްޖަހާ ވައްތަރު ބަލާލަ. ފަލާހު އއުޓް

  10. ހަސަން

    މަމެންނަށް ބިރުަަދަކަން ނޫޅޭ ނުސިހޭނެތް!

    76
    1
  11. Anonymous

    މިސަރުކާރުގެ ބޭނުމަކީ މިގައުމުގެ އަސްކަރިއްޔާ އަކީ އެއްވެސް ބައެއްނޫންކަމަށް މުޅި ދުނިޔެއަށް ހާމަކޮށް އެމީހުންނަށް ހަޖޫޖެހުން. މިމީހުން ވެރިކަމަށް އައުމުގެ ކުރިންވެސް އެމީހުންނަށް ހަޖޫ ޖަހަމުން އައި ބައެއްމީ، ވީމާ މި ނުލަފާ ޖަމާޢަތުގެ މީހުން މި ވަޠަން ދެކެ ލޯބިވާ މިންވަރު ނިކަން ވިސްނަވާ.

    55
  12. ސަމާ މާލެ

    ސަރުކާރު ތެޅި ފޮޅެނީ، ރައީސް ޔާމީންގެ ކެމްޕިޔަން ފެނިފަ، ރައީސް ޔާމީނައް، ތާއީދު އޮތް ވަރު ފެނިފަ، އިރާދަކުރެއްވީޔާ، 2023ގަ ވެރިކަން ކުރާނީ ރައީސް ޔާމީނު. ދިވެހިން މިތިބީ އިންޑިޔާ ބޭރު ކުރާން، ކެރިގެން ނިކުމެ..

    59
    1
  13. ސައީދު

    ފަލާހަކީ ހަރުކަށި ފިކުރުގެ މީހެއް. ހައްޔަރު ކުރޭ.

    65
    3
  14. ހުސެންބެ ބޭ

    މި ނުވޭތަ ޓެރަރިޒަމަކަށް ،މީހެއްގެ ގައިގައި ޖަހަން ،ދިވެހި އެތައްސަތޭކަ ރައްޔިތުން ކަންފަތްމަތީގައި ޖަހަން ބުނުނމަކީ ކުށެއް.އެއީ ޓެރަރިޒަމްގެ އަމަލެއް.މީނާ ހައްޔަރު ކުރޭ އެމްޑީއެން ހަމީދު
    #އިންޑިއާއައުޓް#އިންޑިއާސިފައިންބޭރުކުރޭ

    52
    1
  15. ޑިރާސާ

    ފަލާހޫ ކަލޭ ގޮސް ޖަހާބަލަ... މުސްކުޅިން ބުނެއުޅޭ ޖަހަންކެރޭ މީހަކު ޖަހާނަމެކޭ ، ޖަހަން ޖެހެޔޭ ކިޔަކިޔާ ދުރުގައި ނުހުންނާނެ ކަމަށާއި ، އެވަރުގެ ކެރޭ މީހެއްނަމަ އަނގައިން ނުބުނެ ގޮސް ޖަހާނެ ކަމަށެވެ. ފަލާޙު ގަޔަކު ނުހުންނާނެ ޔާމިން ގައިގައި ޖަހާނެ ހިތްވަރެއް. އެއީ ރީނދޫ ކުދިން ޗާރޖު ކުރަން ގޮވާ ގޮވެލި.. ރިނދޫ ޒުވާނުންނަށްވެސް އިނގޭ މިހާރު ތިގޮތަށް ޗާރޖް ނުވާނެކަން..

    47
    1
    • ޗާރޖް

      ޗާރޖްވީ ކުދިންކޮޅެއް އޮތް ޖަލުގައި.. އެކަކު ޖަލުގައި އޮވެ މަރުވި އަނެކަކު ބޯޅަ ކުޅެން އަންގީ މަހައިގެން 03 އަހަރު އޮތް.. އެންޑީޕީގެ ބޮޑު މީހާ އާއިލާ އާއި އެކު އިގަރޭސި ވިލާތު.. އަދި ނުވިތާކަށް ބަޔަކު ތެޅިފޮޅި ވެރިކަން ހޯދީމައި ރާއްޖެއައިސް.. މިހާރު ތާއީދެއް ނެތްކަން އެނގުނީމަ ބަރުލަމާނީ..

      16
  16. ހުސެންބެ

    #އިންޑިއާއައުޓް #އިންޑިއާސިފައިންބޭރުކުރޭ
    އިންޑިއާ ސިފައިން ބޭރުވީ އެމްޑީޕީ ބޭރުވީ .އެމްޑީޕީ އައުޓްކުރާނެ ދިވެހިން
    #އިންޑިއާއައުޓް

    45
    1
  17. ހާލުފޮޅި

    ހަމަލާދޭން ގޮވުން އެއީ ކުށެއް..

    39
    1
  18. علي وحيد

    ޑުރަގު ފަލާހު ކަލޭގެ ކަންފަތްމަތީގަ އަހަރެމެންގެ އަތު ޖެހޭ ދުވަހަކުން؟؟؟؟؟؟؟؟؟ މިބުނީ ވަރަށް ބޮޑު އެއްޗެއް އިންޑިއާ އައުޓު 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳އިންޑިއާ އައުޓު ގޮވާނަން ތިއޮތީ ގޮވާފަ

    47
    1
  19. ސޫއޫދު

    ޢޭނައަކީނުރައްކާމީހެއް ވަގުތުން ވަތައްހައްޔަރުކުރޭ މީހުނައްހަމަލާދިނުމައްގޮވީ އިޒައްތެރި އެއްގެލަގަބުރައްޔުތުންދީފަވަނިކޮއް މިހިސާބުން އިއްޒައްގެއްލުނީ އެމީހާހިފާހައްޔަރުކުރޭ އޭނަދިން ހިއްވަރުން މީހެއްގެފުރާނަޔައްގެއްލުންވެދާނާ ބޯގަޅިމީހުން ގާނޫނުހަދަންނެރެގެންމިއުޅެނީ އެމްޑީޕީއިން މަތީތައުލީމުނެތުމުގެ ނަތީޖާމިވަރުމަގާމުތަކުގަތިބޭއިރު ޕޮލިހައްވައްދާމައްސަލަމިހާރު އިދިކޮޅުން ނޫނީމީހުންބިރުންހަލާކުވެދާނެ.

    25
    1
  20. Anonymous

    ގުންޑާ ފަލާހު. މިމީހުންގެ އަހްލާގީ ފެންވަރު މިފެންނަނީ.

    34
    1
  21. މާޟީ

    އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރޭ މާކުން ފަލާހު މިކިއަނީ އިންޑިއާ އައުޓު މިހެން ކިއާގެން ނުޖެހޭނޭ އަހަރުމެން ގަޔަކު ކާކުތީ

    34
  22. އަލިދީދީ

    އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް. އިންޑިޔާ މިލިޓަރީ ޖެހޭނީ މިޤައުމުން ފެއްސިގެން ދާން.
    ކސލޭ ދޭބަލަ އިންޑިޔާގެ ގެރިކޮށީގަ އޮންނަން. އޭރަކުން އިންޑިޔާ އައުޓް ގޮވާތީ އުނދަގުލެއް ނުވާނެ ގެރީގެ ނަޖިސް އުގުޅުނަސް

    15
  23. ބަދަލުވަމުންދާ ސަޤާފަތް

    މީހުންނަށް އަނިޔާ ކުރުމަށް ގޮވާލުމަކީ ތަހުޒީބު ކަމެއްނޫން، ޚިޔާލުފާޅުކުރާ މީހުންނަށް އަނިޔާ ކުރަން ގޮވުމަކީ ނިރުބަވެރި ޢަމަލަކަށް ނުވާނެބާ؟

    16
  24. އަބްދޫ

    ދިވެހިރާއްޖޭގެ ގާނޫނުއަސާސީގަ ބުނެފައިވާ ހުއްދަ ކަމެއް ބައެއް ކުރަންފެށުމުން އެމީހުންނަށް ހަމަލާ ދިނުމަށް ގޮވާލުމަކީ ނިރުބަވެރި އަމަލެއް. ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ފަލާހު ހައްޔަރުކުރަންޖެހޭނެ.. ނަސީދުގެ ބޯކަނޑާލަންގޮވިމީހެކޭ ފަލާހުގެ ވާހަކައެކޭ ހަމަހަމަ.

    17
  25. Anonymous

    އިންޑިޔާ އައުޓް ކަލެއަށް ހަމަލާދޭން މީހަކުގޮވައިފިއްޔާ ކިނެއްވާނީ ޓެރެރިޒަމައްވާނެބާ؟ ކަލޭ ވިސްނިގެން ވާހަކަ ދައްކާތި އެހެންނޫނީ ތާހިރެއް ނުވާނެ.

    13
    1
  26. އައްޑޫ

    ކަލޯ އެހެން މީހުންގެ އަތް ފައި ވެސް އެބަހުރި. ކަންފަތްމަތީ ޖަހަންވެސް އެނގޭ... ގޯސް ހަދަން ނޫޅޭ

    17
  27. އާދަމް

    ތިޔަގޮވަނީ ޓެރަރިޒަމަށެވެ.މިއިން އެގެނީ ގައުމަށް ޣައްދާރުމީހުންނަކީ ކޮބައިކަމެވެ. އިންޑިޔާ އައުޓް އެކަނި ގޮވިޔަސް ފަލާހު ފަދަ މީހުންގެ ހިތްހުއްޓިދާނެއެވެ.އިންޑިއާ އައުޓް ގޮވަނީ ފަލާހު ހޮވި ރައްޔިތުންނެވެ.

    13
  28. އަލިފުތު

    ނިކަން ކެރެންޏާ ޖަހާބަލަ ބިންދާލާނަން

    16
  29. އަހްމަދު

    ފުލުހުން ނުކުނެ މިފަލާހް ހައްޔަރުކުރާކަށް ނުޖެހޭބާ

    15
  30. އާސިދާ

    ކޮން ހަމަލާއެއް ފަލާހުއައްދެވޭނީ ތިހެން ހީނިކުރާތި..

    12
    1
  31. އަލީ

    ޓެރެރިޒަމްގެ ގާނޫނުގެ ދަށުން ފަލަފަލާހަށް ދައުވާކުރަންއެބަޖެހެ.

  32. ޢަލިބެ

    ޢިންޑިއާ އައުޓް! ޖަހާބަލަ ނިކަން!

  33. ކަޅު ހުއްތު

    ތީ މާކުރީގެ އާޓެއް، މިހާރު ތިޔެއް ނުހިންގާނެ. ޖަހާފަ ކަލެޔައްވެސް ވަކި ތާއަބަދު ސަލާމަތުން ހުރެވޭނެ؟

  34. ހަޔަސިންތް

    ނަފުސާނީ ޑޮކްޓަރަކަށް ދެއްކުމައށް ފެނޭ

    12
  35. Anonymous

    ތިސޮރަކީ ދިވެހިންނައް ހުރި ސިންގާ އެއް!!!!!!

  36. މުހަންމަދު

    ތިޔަ ފަލާހަކީ، 1990 ވަނައަހަރު އެފް.ޕީ.އައި.ޑީގެ ޚިޔާނާތުގެ މައްސަލަބެލި މަޖްލިސް ކޮމެޓީގައި ހިމެނުނު، މަވޯޓާ ޝަރީފަށް ހަމަލާދީގެން ބަންދުކުރި މީހެއް....

    • ާސ

      ޤަދަ

  37. ކަޅުރާޖާ

    ތަހުޒީބްވެގެންދޯ ޖީއެމްއާރއައް އެއަރޕޯޓްދިނީ ފެންކުންފުނި ދިރާގްހިއްސާވިއްކާލީ އެވަރުން ނުވެގެން ފާޑްފާޑްގެ ޓެކްސް ނަގައިގެން ރައްޔިތުމީހާ ކުރާ މަސަތްކަތުން ހޯދާ ފައިސާޔައް ނަގާ ޓެކްސް ފައިސާއިން މުސަރަޔާ އިނާޔައް ނަންގަވަނީ ލަދުން ބޯހަލާކް ޑިމޮކްރަސީ ހަޖަމްނުވާބަޔަކައް ދެންކޮންކަމެއް ކުރެވޭނީ

  38. އަންނާ

    މާކުންބޭ ))) މާކުން ވަގު ،،،،،،،،،،،،،.،،،،

  39. ކައްޓަފުޅި

    ކައްޓަފުޅި ވަޅުދާންޏަކަށް ނުސިހޭނެ!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

  40. މަމެންގެ ޤައުމް

    އިންޑިއާ ފައްސާލަން ޖެހޭ މިތަނުން
    ހަމަ އިންޑިއާ އައުޓް