ހުޅުމާލޭގައި އުމްރާނީ ތަރައްގީގެ ބިނާތައް ގާއިމް ކުރުމުގެ ގޮތުން ޗައިނާ ސަރުކާރު މެދުވެރިކޮށް ނަގާފައިވާ ލޯނުގެ އަދަދު 1.1 ބިލިއަން ޑޮލަރަށް އަރާއިރު އޭގެ އިންޓްރެސްޓް ދެއްކުމުގެ ބުރަ ސަރުކާރަށް އުފުލެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ ރައްޔިތުންނާ ބައްދަލު ކުރަން މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ، ޗައިނާއަށް ދައްކަން ޖެހޭ ދަރަނި އަދާނުކުރެވިއްޖެނަމަ އެ ބިން ރަހުނުކޮށްގެން ނެގި ލޯނަކަށް ވާތީ އެ ބިމުގެ ހައްގު ދިވެހިންގެ އަތުން ގެއްލިގެން ގޮސްދާނެ ކަމަށެވެ.

"7،000 ފްލެޓްގެ ކުލީ ފައިސާ އިން ދަރަނި ނުދެއްކޭ، ހުޅުމާލޭގެ އިތުރު ބިން ވިއްކައިގެން ވެސް އެ ދަރަނި ފޫބެއްދިދާނެ ކަމަކަށް ނުފެނޭ، ހުޅުމާލެ ބިން ތަރައްގީ ކޮށްގެން ކޮމާޝަލް ބޭނުމަށް ބިން ވިއްކައިގެން ވެސް އެ ދަރަނި ދެއްކޭނެ ކަމަކަށް ނުފެނޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެ ކަން ކުރެވެން އޮތީ ލޯނު އިންޓެރެސްޓް ދައްކަން ޖެހޭ ގޮތަށް ހުޅުމާލެ ބިމުން އަމިއްލަ މީހުނަށް ގޯތި ދޫކޮށްގެން ކަމަށެވެ. ހުޅުމާލޭގެ ބިމުގެ ދަރަނި ދެއްކެން އަންނާނެ އެންމެ މޮޅު ގޮތަކީ އެއީ ކަމުގައި ނަޝީދު ދެކެވަޑައިގަންނަވައެވެ.

"ސަރުކާރަށް އަމުދުން އެ އިންޓެރެސްޓްއެއް އަދައެއް ނުކުރެވޭ، އިންޓެރެސްޓް އަމިއްލަ މީހާއަށް ފުރޮޅާލާށޭ، ސަރުކާރަކަށް އެ ބުރައެއް ހިފައިގެން މި ހުޅުމާލެއަށް އެ ދަރަނި ދެއްކޭކަށް ނެތް،" ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ސަރުކާރުން ނެގި ޗައިނާގެ ދަރަނީގެ ވާހަކަ ނަޝީދު ފާހަގަ ކުރައްވާފައި މި ވަނީ، މި ސަރުކާރުން ޗައިނާއާ އެންމެ ވާދަވެރި އަދި ރާއްޖެއާ އެންމެ އަވަށްޓެރި އިންޑިއާއާ ބާއްވާ ގާތް ގުޅުމުގެ ތެރެއިން ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާ ކަންކަން ދޫކޮށްލެވެމުންދާ ކަމުގެ އަޑު ގަދަ ވެފައިވާ ދަނޑިވަޅެއްގައެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ގެންދަނީ "އިންޑިއާ މިލިޓަރީ އައުޓް" ޝިއާރެއްގައި ބޮޑު ކެމްޕޭން ހަރަކާތެއް ހިންގަމުންނެވެ. އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ އެ ޝިއާރުގެ ޓީޝާޓް ތުރު ކުރައްވައިގެން ރަށްރަށަށް ދަތުރު ކުރައްވަމުންނެވެ. ޔާމީންގެ ސަރުކާރުގައި އިންޑިއާއާ ގުޅުން ހީނަރުވިއިރު، ޗައިނާއާ ދިޔައީ ގާތް ގުޅުމެއް ބާއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

  1. ކޮރަލް

    ދެން އިތުރަށް ލޯން ނުނަގަ ބަލާށެވެ.

    27
    1
    • އަހްމަދު

      ސަރުކާރެއްހިންގައި ސަރުކާރުންނަގައިފައިހުރި ލޯނުދައްކަންނޭގޭނަމަ ނުވަތަ އެގާބިލްކަންނެތްނަމަ އިސްތިޢުފާދީ އެކަންކުރަންއެނގޭމީހުން މިރާއްޖޭގަ އެބަތިބި އެއީ އެހާބޮޑައްވިސްނަންޖެހޭކަމެއްނޫން އަވަހައް ވަޑައިގަންނަވާ

      15
  2. މަބޭ އަލީ

    ޜައްޔިތުންގެ ޓެކްސް ފައިސާއިން ނަސީދު ގެ އެކިއެކި ކަންކަމައް ބޮޑެތިހަރަދުތަކެއް އެބަކުރޭ މިނިކުފާނައް ހަރަދުކުރަންވީނަ ފައިސާ ޗާޕުކޮއްގެންވެސް އެކަންކުރަން އެންމެރަންގަޅު އެހެންނޫންތޯ

    48
  3. Anonymous

    ކޮސް ތިގޮވަނީ، ދަރަނި ކުޑަކުރެވޭނީ ދަރަނި ކުޑަ ކުރަން އެނގިގެންތާ.

    47
    1
    • ހަހަ

      ކަލޭ ދާންވީނު ދަރަނި ކުޑަކުރަން ތިހާ މޮޅަށް ދަރަނި ކުޑަ ކުރަން އިނގެންނާ

      5
      11
      • Anonymous

        ކަލެއަށް އެގެންޏާ ދަރަނި އަދާކޮށްލިއަސް އޯކޭ.

        8
        3
  4. ހަސަންބޭބެ

    ދަރަނި ދައްކަން އިގޭނީ ކިހިނެތް. ބައްޕަ ހަވާލުކުރި ވަޑާންގެ ވެސް ކޮށްލީ ބަގުރޫޓް. ނުވާނެ އެއްކަމެއްވެސް
    އަނެއްކާވެސް ބޮލުބަޑި ބެހެއްޓީއޭ ކިޔާފަ ދުރަށްދޭ. 24 ގަޑީގަ ހަމައިގަތިބޭ ދިވެހި ރައްޔިތުން ބޭނުވެެއްނުވޭ ނަޝީދު މިގައުމުގަ އުޅުއްވާކަށްވެސް.

    42
  5. ސުވާލު

    އިސްތިއުފާ ދީފައި ރައްކާވޭ. ސަލްމާން ރުޝްދީ އާއި އެކު ޔޫކޭ ސެކިއުރިޓީގައި ތިބޭ.

    38
  6. ގުއިރޯނު

    ހާދަ ޕްރެޝަރެކޭ އިންޑިޔާއިން މިކުރަނީ. އެހެންވެ. ސަރުކާރަށް އުފުލޭނެ މީބޭފުޅާގެ ގައިން ބާލާނަޖިހަށް ދާންދެން ކުރަންޖެހޭ ހުރިހާ ޚަރަދެއް. ނިކަމެތި ރައްޔިތުމީހާފެލައިގެން ވެސް މީނާ ބަލަހައްޓަންޖެހޭނެ. ހީކުރަނީތަ. ރައްޔިތުންނަކީ ހަމަ މިބޭފުޅާހާ ގަމާރުންކަމަށް. އެކަމަކު ހައްގުމިންވަރުގެ ސްލޯގަން ނަމުގައި އެޖެންޑާއަށް ލައިގެން އުޅޭ ކައްޒާބެއް. ލަދެއްވެސް ނުގަނޭ. ދޮގުތައް ހަދާއިރު. ﷲގެއިރާދަފުޅުން ތިޔަ ދޫ ހެލުވޭތީވެސް ހައިރާންވޭ. ފާޅުގަ ދޮގުހަދާވަރުން.

    37
    1
  7. އަކުރަމް

    އަނެއްކަ އަނެއް ތަނެއް ވިއްކަލަން ވެގެން ތިޔަ ފައި ހަމަ ކުރަނީ

    39
  8. ކޮވިޑް

    ކަލޯގަޔާ ދެތިން ކެނައިން އެއްކޮށްގެން ބައްދަލުވުން ބާއްވަން ވެސް އެނގުނީ މުއީޒް ޕާރކް ގަ ދޯ؟ ލަދުން ބޯހަލާކު. ކިތައްމެ ފުއްޕާފަ ކަމެއް ބޭއްވިޔަސް ތި ފެންނަނީ ރައީސް ޔާމީންގެ ތަރައްޤީ ދެއްތޯ؟ ދެން ލަލަލާ...... # އިންޑިއާ އައުޓް #

    40
    3
    • ހެހޭ

      މުއީޒު ަ ާ ގެ ތަނެއްތަ އެއީ

      6
      16
  9. ކަމަނަ

    އެހެންވެތާ މަނިކުފާނު ހިލޭ ހުޅުމާލެއިން ރައްޔިތުންނަށް ގޯތިދެއްވީ ރައްޔިތު މީހާބޮލުގައި އަޅުވާނެކަމެއްނެތް ޔާމިންގެ ބޮލައްޖަހާފަ ތިޔަ ފިޑިންތައް ފެޔަށްޖެހޭ ހަމަ ހިލާ މި ބިމުން އެންމެ ތަންކޮޅެއްވެސް އިންޑިޔާއަށް ދީފިނަމަ .......... ދިވެހިން ނުކުންނާނެކަން ހަދާންކުރާތި

    33
    1
  10. މާރި

    ދެން ކަލޯމެންގެ ސަރުކާރުގަ އުފެލޭނީ ކޮން ބުރައެއްތޯ ؟ އިންތިޚާބަށް ކުރިމަތިލާފަ ތިވާހަކަ ނުބުނީ ކީއްވެ ؟ ވެރިކަން ލިބުނީމާ ކަލޭމެނަށް ކޮށްދޭން ކެރޭ އެއްވެސް ކަމެއް ނެތް...

    34
    1
  11. ހުސެން

    ނުއުފެލޭނަމަ ފައިބާ ގެއަށް ދޭ.ނުވާ ވަރު ކަންތަކާ ހަވާލުވަނީ ކީއްކުރަން .ބޯގޯސް .
    #އިންޑިއާއައުޓް#އިންޑިއާސިފައިންބޭރުކުރޭ

    17
  12. ނަން

    އެވަރުގަ ބުރައެއް ނޫފުލެނެޔާ އިސްތިއުފާ ދީފަ ހޮރުގަ އޮއެބަލަ ލާގީނީ ކުދިންކޮޅު

    18
  13. ޙަސަން

    މިހާރުދެން ތިޔަދަނީ އެންމެފަހުން ބައިކުދިންނަށް ހުޅުމާލެ ފޮތިފޮތިކޮށް ބަހަން ތައްޔާރު ވަމުން މިވަރުން ދަންޏާ ރައްޔިތުންގެ ގޮހޮރުވެސް ދަމާނެ
    ޢަޅެ މީދޯ މިމީހުންގެ ފެންވްރަކީ އެންމެ ރަނގަޅު ގޮތަކީ އަވަހަށް އިސްތިއުފާ ދީފަގެއަށްދިއުން

    18
  14. Anonymous

    ތިޔަހެން ކިޔާފަވެސް ކެނެރީ ނަޝީދު ތިޔަ އުޅެނީ މީހުން އަތުން ބިލިޔަނުން ލޯނު ނަގައިގެން ، އެލޯނުން ކުރާކަމެއް ނުފެނި ހުސްވެފަ އޮންނަނީ.

    17
  15. އަޙުމަދު

    އިންޑިޔާ އިން މި ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ޢަދަދު ކިހާވަރެއްތޯ؟ އަދި އެ ލޯންތަކަށް އެއްވެސް އިންޓަރެސްޓެއް ދައްކަން ޖެހޭ ތޯ؟ ނޫނީ އިންޓަރެސްޓް ފުރީ ލޯނުތަކެއްތޯ އެއީ އެ އަދަދު ހާމަކޮށްލި ނަމަ ވިސްނާ ލަން ފަސޭހަވާނެ ނޫންތޯ؟

    14
  16. Anonymous

    އިންޑިޔާއަށް ދޭންވީނު ދެން. ތިއީ ތިކިޔާ ލަވައަކީ.

    11
    1
  17. Anonymous

    ކިތައްމެ ވަރަކަށް ލޯނުގެ ބުރަބޮޑުވިޔަސް ލޯނު އަދާކުރާނެ ގޮތާއި ގައުމަށް އިތުރު އެތަކެއް އަމްދަނީ ވައްދައިގެން ގައުމު ހިންގާލާނެ މިގައުމުގައިހުރި އެއްމެ ގާބިލު އެއްމެ ހިކުމަތްތެރި ލީޑަރު ރ.ޔާމީނު އާއި ގައުމު ހަވާލުކޮއްފަ ކަލޭމެން ނާގާބިލު ފިނޑިން ވެރިކަން ދޫކޮށްލާފަ ދުރަށްދޭ. ޜ.ޔާމީނު ވެރިކަމުގެ ދައުރުގައި އެމަނިކުފާނުވަނީ އެކަން ދައްކާލާފަ ރައްޔިތުންނަށް މިހަގީގަތް އޮޅުވައެއް ނުލެވޭނެ#

    16
    2
  18. އެޑިޓް

    ބުރޯ އަވަހަށް ފައިބާ.

    13
  19. ޔައުމީ

    ދަރަނި ނަގަނީ ފީސިބިލިޓީ ނަހަދާތަ.؟ ދެން ހަދާފަ ހުރި ފައިނޭންޝަލްސް ނުބައިނަމަ އެކަން ކުރިބަޔަކައް އަދަބުދޭން އެބަޖެހެއެއްނުން ތިހެން ތިކަން އޮތްކަމުގައިވާނަމަ.

    11
  20. ސަލާމް

    ނުވަންޏާ ފައިބައިގެންދޭ ކާކުތަ ބުނީ ހަވާލުވާށޭ ވާވަރުގެ މީހެއް މިޤައުމުގަ އެބަހުންނެވި އެއީ ރައީސް ޔާމީން އެމަނިކުފާނައް ވާނެ ކުރަންވެސް ކުރާނެ

    11
  21. ޢަދުރޭ

    ނަޝީދު ގެ ހިސާބު ޖެހުން ތި ބޭފުޅުންނަށް ފެންނާނެ މަޖީދިއްޔާ ކުދިންނަށް ޑޮލަރުގެ އަގު މައްޗަށް ދާ ސަބަބު އެމަކުނުފާނު ކިއަވައިދެއްވި އިރު . ބައިވަރު ޗާޓުތަކެއް ކުރަހާފަ ނަންބަރު ތަކެއް ޖަހާފަ ބުނީ. ޑޮލަރުގެ އަގު މައްޗަށްދިޔައިމަ އެ ދިޔައީ މައްޗަށްކަން އަދި އެ ހުރީ އެތަނުގައި އެ އަގުގައިކަން އިނގޭނެޔޯ .އެހެންވީމަ މި ރާއްޖޭގައި ނުހުންނާނެ ހިސާބު ޢިލްމަށް އެވަރު ބޭފެއް

    11
  22. ހަޔަސިންތް

    އިސްތިއުފާ ދީފަ ޖަލަށް ދޭ ބުރަ އުފުލޭވަރު މީހުން އެބަތިބި އެއާޕޯޓް 70 މިލިއަނަށް ވިއްކާލީ 300 މިލިއަން ރީޕޭކުރަން ޖެހުނީ ބުރައެގޭތަ ގ ރ މީހާ

    12
  23. ހަގީގަތުބެއްޔާ

    ކާކުތޯބުނީ އެދަރިނިތަކާ ހަވާލްވާށޭ އަމިއްލަޔައް ރައްޔިތުންކައިރީގަ ސަލާންޖަހައިގެން ކުރެވިދާނޭ ކިޔައިގެން ރައްޔިތުންނައްގޯތިދޭނަމޭ ކިޔާ ހައލާލައިގެން ވޯޓް ހޯދައިގެން އައިސް ނުކުރެވެންޏާ އަމިއްލަޔައް ދޫކޮއްލާފަ ވަޑައިގަންނަވަންވީނޫންތޯ ޔޫކޭ އައް އެހެންނޫނީ އިންޑިއާޔައް ޓާޓާމީހުންނާއި ޖީއެމްއާރ އާދިބޭނެނޫންތޯ މިގައުމުގެ އެއަރޕޯޓް ޖީއެމްއާރ އައްދީގެންވީގެއްލުން ތިޔައްވުރެބޮޑު މީހަކު އޯޓިޓްކޮއްބަލަ ފެންނާނެ

  24. ދޮންދީނި

    ރައްޔިތުންގެ ފައިސާ މަނިކުފާނު ތިޔަ ހިއްޕަވަނީ ޙައްޤު ގޮތުގައި ތޯއެވެ. ލާދީނީ ބަޔަކު ދައްކާ ވާހަކަ އަޑުއަހާ ނީ ކޮންބައެއްހެއްޔެވެ؟ހެޔޮވިސްނޭ ބައެއް ތިއަޑެއް އަޑެއް ނާހާނެއެވެ.

  25. ރިލޭ

    ކަމެއް އުފުލޭނީ އެކަމެއް ކުރަން ގާބިލް ބަޔަކަށް // ވެރިކަން ދިނީމަވެސް ކުރަން ނޭނގުނު // މިހަާރުވެސް ނޭނގޭ // އިސްތިއުފާ ،،،،،،،،،

  26. އަލީ

    މިމީހުންނަށް އެގޭނީ އެސެޓްވިއްކައިގެން ފައިސާ ހޯދަން. ހުރިއެސެޓް ބޭނުންކޮށްގެން ފައިސާ ހޯދާކަށް ނޭގެ. އެޔާޕޯޓް ވެސް ވިއްކާލި، ފެންކުންފުނިވެސް. އެޗްޑީސާ ބޯޑު އިސްތިއުފާ ދިނިއްޔާ މާރަގަޅު ވާނެ.

  27. Anonymous

    ދެން ތިކަމަށް އޮތްހަމައެކަނި ހައްލަކީ ހުޅުމާލެ އެއްކޮށް އިންޑިޔާއަށް 150 އަހަރަށް ދީފަ 1 ބިލިއަން ޑޮލަރު ފަރިއްކޮޅުވަން އިންޑިޔާއިން ނެގުން....ހައްހައް.

  28. ސސ

    ބޮޑު ހަރަދުކޮށް ދައުލަތުގެ ބަޖެޓް ހުސްވަނީ، ދަރަނި އަދާނުކުރެވި ނުންތޯ ؟ މިއަހަރުވެސް އެތަކެއް ހަރަދު ބަޖެޓުން ކުރަންޖެހުނު ކުއްލި ހަރަދުގެ ގޮތުގައި !

  29. ސައްލި

    ހަމަ ހުސް ދޮގު ހައްދަވާ ބޭފުޅެއް !

  30. ޖާނޭ

    މިކަލޭގެ މިއުޅެނީ މިކަލޭގެ ކުރާ ކަންކަން ނޫހުގައި ނުޖަހާތީ ނޫހުން ޖަގަ ހޯދަން ވެގެން މާނައެއް ނެތް ކޮސް ވާހަކަ ދައްކަނީ. ޗައިނާއޭ. މުކޮއްބައޭ. މެންދުރު ކާޅޭ، މާކަނަލޭ މިކަހަލަ ވާހަކާ މޮޔަ ގޮލައެއް ނަފުސާނީ ބައްޔަށް ބޭސް ކުރަން ޖެހޭ ކޮހެއް. ޤަބޫލު ނުކުރާތި. ދިވެހިރާްޖޭގައި ވެރިކަން ކުރި މީހުންގެ ތެރޭގައި އިލްމެއް ހިލްމެއް ނެތް މިއަށްވުރެ ދޮގު ހަދާ މަރުމޯލެއް ނުނިޔެއަކު ނުހުންނާނެ.

  31. އަބްދޫ

    ނަސީދު ތިޔައީ ކާކު ؟ ވެރިކަމަށް އާދެވުނީމަ 3 އަހަރުން އިސްތިއުފާދިންއިރު ޓީބިލް ވިއްކައިގެން 16 ބިލިއަން ދަރަނި ނަގާފަ އޮތް ފިނޭންސް ގަ 2.5 ބިލިއަން ރުފިޔާގެ ޕޭކުރަންޖެހޭ ބިލް ޖަމާކޮށްފާއޮތް. ޖުމްލަ 18.5 ބިލިއަންރުފިޔާގެ ދަރަނި 3 އަހަރު ތެރޭ ޖަމާކުރި. ތަރައްގިއަކަށް އެއްވެސް ކަމެއްނުކުރޭ. ފައިސާއަށް ހެދީ ކިހިނެތް؟ އަދި އެއާޕޯޓް ވިއްކާލި ފައިސާއާއި ބިދޭސީންގެ ޑިޕޮޒިޓް 11 މިލިއަން ޑޮލަރާއި މާލެ އާއަތޮޅުތަކުގެ ކައުންސިލްތަކުގާހުރި ހުރިހާފައިސާއެއް ހަޖަމް ކޮށްލި ފައިސާކޮބާ؟ އެމްޑީޕީގެ ފުރަތަމަސަރުކާރު ނަސީދު ނެގި ދަރަނީގެ ވާހަކަ މިހާރުގެ ސަރުކާރުން ހޯރަފުށީ އެއާޕޯޓް ހުޅުވި ދުވަހު އިބްރާމިނމް މުގހަންމަދު ސާލިހްވެސް ވިދާޅުވި. އެމްނިކުފާނު ވެސް 26 ބިލިއަނަށް އެމްޑިޕީން ދަރަނި އެރުވި ކަމަށް ވިދާޅުވި .ވަގު ނަސީދަކަށް ވައްކަން ނުނީ ކުރާކަށް ނެގޭނެ. އުމްރާނީ ދަރަންޏަކީ ދަވްލަތުގެ ބޮލުގަ އެޅޭނެ ދަރަންޏެއްނޫން. އެދަރަނި ދައްކާނީ ފްލެޓް ލިބުނު ފަރާތްތަކުން. އެކަން އެހެން ނުވީވެރިކަން ބަދަލު ވުމުން ނަސިދު ޗައިނައަށް އެއްޗެތި ގޮވާ މަސައްކަތް ހުއްޓުވާ ސެޑިއުލްއާއެއްގޮތަށް މަސްކަތްގެންދިޔަނުދީ ދަވްލަތަސް ހިޔާނާތް ވުމުން .ގާނޫނީ ޒިންމައިން ރެކިގަތުމުން. ޗައިނާއިންނަގަފަހުރި އުމްރާނީ ދަތރަނި ދަވްލަތުގެ ބޮލުގަ އެޅުވީ ނަސީދު. އެކަން އެހެންވީ ނަސީދުގެ އިހުމކާލުން ގާނޫނު ބުނާގޮތުން ނަސީދާއި ދެކޮޅަށް ޖިނާއީދައުވާ އުފުލެން ޖެހޭނެ.

  32. ގަމާރު

    ނަޝީދޫ ލެޕްޓަޕަކާއި އެއްރިސޯޓުން ގައުމްހިންގޭނެކަމަށް ބުނެގެން ވެރިކަން ހަވާލުކުރުމުން ޕާޓީކުދިންނަށް ރިސޯޓުހަދަން ރަށްތައްބަހާލީ ޑޮލަރުވައްނަ މައިދޮރު އިންޑިޔާއަށް ޑޮލަރެއް 18ރ ވުރެބޮޑުވެ އިންޑިޔާއިން ހަތުރުސަތޭކަފުލެޓު އެޅުނީ 8އަހަރުން މިފަހަރުވެސް ހަމައެހެން އިންތިޚާބު ބޯތިވާއިރު ކުރެވުނުކަމެއް ދައްކާނެވާހަކައެއްނެތުނީމަ ކޮސްގޮވޭނީ ހުޅުމާލޭގެ ބިން އަކަފޫޓެއް ފަހެއްނުވަތަ އަށްހާސްހާ ދެމެދުއަގެއްގައި ވިއްކޭއިރު ބަހަން ތިއުޅެނީޔޯ

  33. ާސިނާ

    ރައްޔަތުން ގެ ބޭނުމައް ނަގާ ލޯނު ދެއްކުމަކީ ވަކިސަރުކާރެއް ކުރަންޖެހޭ ކަމެއްނޫން

  34. ކަލަމުނިޔާ

    ޒިންމާނޫފުލޭ މީހުންނަށް އޮންނާނީ އެންމެ ފަރުވާއެއް އެއީ އުސްތިއުފާ ދީފައި ދުރަށްގޮސް އަނގަމަޑުންލައިގެން ހުރުން

  35. ސީދި

    ތިއުޅުއްވަނީ ދެވަނަ ފޭހުގައި ދެން ބާކީއޮތް ބިންތައްވެސް ޕާޓީކުދިންނަށް ދޭންވެގެން. މިހާރު ހިސާބު ޖެހިޔަސް ހުޅުމާލެއިން ބިމާއި ފްލެޓް އަދި ސިނާއީ މަސައްކަތްތައް ކުރުމަށް ބިން ދީފައިވާނީ ޕާޓީކުދިންނަށް. މީ މިކަން އޮތްގޮތް. އަނެއްކާވެސް ތި އުޅުއްވަނީ ރައްޔިތުންގެ ބޮލަށް ޗިޕެއްޖައްސަވައިގެން އަދި އެހެން ވައްތަރެއްގެ އަނދުނެއް އަޅުވައިގެން ޕާޓީކުދިންކޮޅު އުފާކުރުމަށްޓަކައި ބިންތައް ދޭންވެެގެން. ބޮންޑޭވެސް ހަމަ އަތުކުރި އޮޅާލާފަ އެހުރީ މިކަން ކުރުމަށް. ސާބަސް ތި ކުރައްވާ ހިތްވަރަށް.

  36. ލޮންސި

    ހުޅުމާލޭގެ ބިމުގެ ދަރަނި ދެއްކެން އޮންނާނެ އެންމެ މޮޅުގޮތަކީ އަމިއްލަ މީހުންނަށް ގޯތި ދޫކޮށްގެންކަމަށް މަނިކުފާނު ތި ވިދާޅުވާ ސަބަބު ވަރަށް ސާފު. އެއީ މިހާރު އަމިއްލަ މީހުންގެ ގޮތުގައި ތިބި މުސްހަދި ޕާޓީކުދިން. ތިޔަ ހައްދަވަން އުޅުއްވާގޮތް އެބަ އެނގޭ އެންމެނަށްވެސް ޝުކުރިއްޔާ

  37. އިންޑިއާއައުޓް

    އެނގެޔޭ ތީ އެއްވެސް ކަމެއް ކުރަން ދަންނަ ބައެއްނޫންކަން ، ހުސް އަނގަތެޅުން ނޫކަމެއް، ދައުލަތުގެ ބަޖެޓްކާލައިގެން ތިބެ ނުކުރޭ. ނުވާވަރު ކަންކަމާ ހަވާލުވާތީ ދެރައީ އިސްތިއުފާދީފަ ކުރިންވެސް އުޅުނު ގޮތަށް އުޅެންދޭބަލަ!