ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް "ދިވެހި ބޭސްގަނޑެއް ހެން މުޅި ގައިގައި އިންޑިއާ އައުޓް ބަނދެލައިގެން" ނުކުންނަވައި އެ ހިންގަވާ ކެމްޕެއިނަކީ ގައުމީ ސަލާމަތަށް ނުރައްކާ ހުރި ކަމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މާލެ ދާއިރާ އަށް ހާއްސަކޮށްގެން ސަލްޓަން ޕާކްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ރާއްޖެއަކީ އިންޑިއާ ކަނޑުގައި އޮތް ކުޑަކުޑަ ރާއްޖެއަކަށްވާ އިރު، ރާއްޖޭގެ އެންމެ އަވަށްޓެރި އަދި އިހްލާސްތެރި ގައުމަކީ ވެސް އިންޑިއާ ކަމަށެވެ. ދިވެހިންނަށް ކޮންމެ ކަމެއްގައި އެހީތެރިވާން އޮތް ގައުމަކީ އިންޑިއާ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

ކުއްލިއަކަށް "އިންޑިއާ އައުޓޭ" ގޮވާލީމަ، އިންޑިއާ ރައްޔިތުންގެ ހިތްތަކުގައި ދިވެހިންނާ މެދުގައި އޮތް ގަދަރު ބަދަލުވެގެން އެ ދަނީ ނަފްރަތަށް ކަމަށާއި އޭގެ ސަބަބުން ދޭދޭ ގައުމުތަކުގެ ގުޅުން ގޯސްވާ މަންޒަރު ފެންނާނެ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

އެމްޑީޕީން މިއަދު ސަލްޓަން ޕާކްގައި ބޭއްވި ބައްދަލުވުން. --- ފޮޓޯ: އެމްޑީޕީ

"އަޅުގަނޑުމެންނަށް އެހީތެރިކަން ދެމުން އައިސް އޮއްވައި، ކުއްލިއަކަށް އިންޑިއާ އައުޓް. މިހެން ގޮވާލީމަ އިންޑިއާ ރައްޔިތުންގެ ހިތްތަކުގައި ދިވެހިންނާ މެދުގައި އޮތް ގަދަރާއި އިހްތިރާމް އެ ބަދަލުވެގެން ދަނީ ނަފްރަތާއި ރުޅިވެރިކަމަށް. އޭގެ ސަބަބުން ދޭދޭ ގައުމުތަކުގެ ގުޅުންތައް ގޯސްވީމަ ފެންނަން އޮތް ރައީސް ޔާމީންގެ ހާރިޖީ ސިޔާސަތުން އެ ފެނުނު މަންޒަރުން،" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވި ގޮތުގައި ޔާމީންގެ ވެރިކަމުގައި ކޮމަންވެލްތުން ރާއްޖެ ބޭރުކޮށްލައި ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލިއެވެ. އަވަށްޓެރި ގައުމުތަކާ އަރާރުންވެ، އެމީހުންނާ އަނގައިން ނުބުނާ ހިސާބަށް ވެސް ދިޔަ ކަމަށް ހަސަން ލަތީފް ފާހަގަ ކުރެއްވެވިއެވެ.

"ބައްލަވާ އޭރު ރާއްޖެ އޮތް ނިކަމެތިކަން. މި ސަރުކާރުން އަނެއްކާ ވެސް އައިސް އިއާދަ ކުރީ ރީތި، ރަނގަޅު ގުޅުން ބައިނަލްއަގުވާމީ މުޖުތަމައު އިން." ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ތަކުރާރުކޮށް ވިދާޅުވީ އިދިކޮޅު ހަރަކާތްތަކުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށެވެ. އެގޮތަށް ވިދާޅުވީ މަސްތުވާތަކެއްޗާއި އިންސާނީ ވަގުފާރި އާއި ހަތިޔާރުގެ ވިޔަފާރި ހިންގާ ޗެނަލެއްގެ ގޮތުގައި މި ސަރަހައްދު ހިމެނޭ އިރު، އިދިކޮޅުން އުޅެނީ މި ހުރިހާ ކަމެއް ހުޅުވާލަން އުޅޭތީ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އެމްޑީޕީން މިއަދު ސަލްޓަން ޕާކްގައި ބޭއްވި ބައްދަލުވުން. --- ފޮޓޯ: އެމްޑީޕީ

ހަސަން ލަތީފް ވަނީ ސަރުކާރު މެދުވެރިކޮށް މިކަން ހުއްޓުވުމަށް ވެސް އެދިވަޑައިގެންފައެވެ.

މަނީ ލޯންޑްރިންގެ ކުށުން ޔާމީން ސަލާމަތްވެވަޑައިގަތުމާ އެކު، "އިންޑިއާ އައުޓް" ހަރަކާތް ވަނީ އިތުރަށް ފުޅާވެގެން ގޮސްފައެވެ. އެގޮތުން މިދިޔަ ހަފްތާގައި ޔާމީން ވަނީ ކ. ގުރައިދޫ އާއި ކ. ތުލުސްދޫގައި ވެސް އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ގެންގޮސްފައެވެ.

އަދި އެ ހަރަކާތް ހިންގުމަށް ޔާމީން އަންނަ ބުރާސްފަތި ދުވަހު ފ. ނިލަންދު އަށް ވަޑައިގަތުމަށް ވަނީ ނިންމަވައިފައެވެ. އިދިކޮޅު ފަރާތްތަކުން ސިފަ ކުރާ ގޮތުގައި "އިންޑިއާ އައުޓް" ހަރަކާތަށް ދިވެހި ގިނަ ރައްޔިތުންގެ ތާއީދު ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ޑައެލޯގް

    ހަތަރުމަތީމާލެމީހާގަޑާ މޮޔަނުވޭ އިންޑިއާ އައުޓް

    30
  2. އައުޓް

    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    22
  3. ހޯހޯ

    ކަލޭމެން އިންޑިޔާ ސިފައިން ރާއްޖެ އެރުވީމަ ނުރައްކަލެއް ނުވޭތަ؟ އޭ މިހިރަ މޮޔަގަނޑާ.

    24
    • ޙައްގުބަސް

      އިންޑިޔާ ސިފައިން މިރާއްޖެ އަރުވާ މިރާއްޖެ ނުރައްކަލަށްލީ އެމްޑީޕީގެ ސަރުކާރުތަކުން!! އެންމެ ފުރަތަމަ ނަޝީދު އެކަންކުރީ!! ދެން އިބޫ އެކަން ކުރީ!! ޔާމީން އެމީހުން ބާލަން މަސައްކަތްކުރި ވިސާވެސް އާކޮށްނުދީ!! އެންގި ފައިބަން!! ނުފޭބީމަ ޔޫއެންއަށް އެކަން ހުށަވެސް އެޅި ޔާމީންގެ ސަރުކާރުން!! އެހެރީ އެސިޓީތައް ފޮރިން މިނިސްޓްރީތެރޢގަޔާ ރައިސް އޮފީސްތެތޭ އާކައިވްގަ!! ބެލީމަ ފެންނާނެ!! ފައިބަން އެންގީމަ ނުފޭބީމަ އެނގޭ އިންޑިޔާގެ ނިޔަތް ރަގަނޅުނޫންކަން! މިއީ ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުން ހޭލާތިބެ ވިސްނަންޖެހޭ ގައުމީކަމެއް!! ވަކި ސިޔާސީ ޕާޓީއެއްގެ ކަމެއްނޫން!! ގައުމަށް ޣައްދާރު މިހާރުވާ ކޮންމެ ޣައްދާރުވުމަކީ އޭގެ ހިތިރަހަ ވަރަށް ހިތިގޮތަކަށް ދިވެހިންނާ ފަހުން ބައްދަލުކުރާނެ ކަމެއްކަމަށް ނުވެނުދާނެ!! ސަމާލުވޭ ދިވެހި ރައްޔިތުން!! އިންޑިޔާއަތުން ކޮޅު ގޮހޮރަށް ލައްޑޫ ކައިގެން އުޅޭ ދީނާ ގައުމިއްޔަތާ ދުރު މަދުބަޔަކު ޣައްދާރުން ދައްކާ ވާހަކަތަކަށް ހެއްލިގެންނުވާނެ!!

      17
      1
    • މާލް

      ހަސަނާ ކަލޭމެންނަށް ހާދަ ވަރެކޭ ތިވަނީ، ދެން ނިކުމޭ މުޒާހަރާކުރަން، އޭރުވެސް ސަރުކާރުގަ ތިބެގެން ކަލޭމެން ކުރި މުޒާހަރާގެ ނަތީޖާ އަކީ ވެރިކަން ގެއްލުން. ޢިން ޝާ ﷲ އިންޑިއާ މިލްޓަރީން މިތަނުން ބޭލޭނެ.

  4. ސަމާ މާލެ

    ސަރުކާރު ތެޅި ފޮޅެނީ، ރައީސް ޔާމީންގެ ކެމްޕިޔަން ފެނިފަ، ރައީސް ޔާމީނައް، ތާއީދު އޮތް ވަރު ފެނިފަ، އިރާދަކުރެއްވީޔާ، 2023ގަ ވެރިކަން ކުރާނީ ރައީސް ޔާމީނު. ދިވެހިން މިތިބީ އިންޑިޔާ ބޭރު ކުރާން، ކެރިގެން ނިކުމެ..

    23
  5. ކާލި

    ކަލޭ ހަސަންޓޭ ޤައުމުގެ ސިޔާދަތާއި މިނިވަންކަން ބޭރުބަޔަކަށް ވިއްކާލައިގެން އުޅުމަކީ އަދި ވަކިންބަށް ޤައުމީ ސަލާނަތަށް ގެއްލުންވާނެ ކަމެއް !

    20
  6. Anonymous

    މިއީ ވަޠަން ދެކެ ލޯބިނުވާ ވަރަށް ޖައްބާރު ޖަމާޢަތެއްގެ ބައެއް.

    22
    1
    • ކޮވިޑް

      # އިންޑިއާ އައުޓު ގޮވާ ރައްޔިތުންނަށް ހަމަލާދީ މާރާމާރީ ހިންގަން ފަލާހު ގޮވާލައްވައިފި # މި އެމްޑީޕީ ގެ ފެންވަރު . ދެން ކޮން ވަތަނެއްދެކެ މި ބައިގަނޑު ލޯބިވާނީ؟

      12
  7. ތެދު

    ލާދީނީންނައް ހީވާނީތިޔަހެން ދެތިން ކެނައިން ގެންގޮސްގެން މޮޔަފުޅުވަނީދެއްތޯ.؟!؟!! ތިޕާކްތެރެއައް ވައްނަން ލަދެއްނުގަނޭތޯ...ހހެހެ

    14
    1
  8. ހުސެންބެ

    ބަލަގަ ހަސަނާ އިންޑިއާ ސިފައިން ތިބުމަކީ ނުރައްކަލެއް .ތިއޮތް މޮރިޟަޟް އިން ވެސް އިންޑިއާ ސިފައިން ބޭރުކޮށްފިް.ހަސަނާ ތިދެން ބޮޑުވަރު ބޮލަށް ފިތިފަ ތިއްބަ ކަމަކު،ކިތައް ކިލޯ ފިޔާ ކަލެއަށާއި މުރައިދޫ ރަސްގެފާނަށް ލިބިގެން ތިފެލެނީ ތެޅެނީ .#އިންޑިއާއައުޓް#އިންޑިއާސިފައިންބޭރުކުރޭ

    13
  9. ހަސަންބޭބެ

    ތިދައްކަނީ އަހަރެމެންނަށް ބިރުތަ ހަސަނާ! މިކަމެއް ނުހުއްޓޭނެ. ކަޝްމީރުގެ ޖިހާދު ވެސް އަދި ޕަލަސްޓީނުގެ ޖިހާދުވެސް ނުހުއްޓުވެއެއްނޫން؟

    11
  10. ވަރަށް

    އެހާވެސް އަޅުވެތިވީތޯ؟

    11
    1
  11. ކޮސްބެ

    ފަ އްކާ މަރުމޯލެ އް ! ގާނޫނު ކަލެޔާ އި ަައަރާ ހަމަ ވާނެ ކަން ދަންނާތި !

    11
  12. ލާމު

    ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވުމަކީ ކޮންކަހަލަ ހަމެއްތޯ؟

    11
    1
  13. ކޮވިޑް

    ކަލޯ ގަޔާ ހާދަ ހުސްގޮޑި ގިނައޭ. ހަމަ އެމްޑީޕީގެ ހަރަކާތެއްބާ؟ ޗޮކުން ދަނީ ދެއްތޯ؟

    12
  14. ރަދީފް ހުސެން

    ލާފަ ހުރި ޓީސާތުގަ ޖަހާފަ ހުރިއެއްޗަކާ ދައްކާވާހަކަޔައްވުރެ ސިއްރުންސޮއެކޮއްގެން ތިއުޅޭއެއްބަސްވުން ގައުމުގެ މިނިވަންކަމައް މާނުރައްކާ. ގޯހެއްއުޅޭކަން ޔަގީންވަނީ މުޅިސަރުކާރު ޑިފެންސައް ވެއްޓިގަންވަރުން އެވަރުން ނުވިތާކައް މޑޕ ގްރާސްރޫޓައް އަދި ބޮޓުންނައް މިއަދުތިއެންގީ ޑިފެންސައްފައިބާ، އަސްލު ހަގީގަތް ރައްޔިތުންނައް އޮޅުވާލަން މަސައްކަތްފެށުމައް. އެކަމު ބުނަން، މީމަގޭވެސް ގައުމު ތިކަހަލަ ދެތިންއަމިއްލަ އެދުމާއި ވެރިކަމައިގެން އުޅޭމީހުނައްވުރެ މިގައުމުގެ އަމިއްލަ މިނިވަންކަން މަށައް މާމުހިންމު.

    10
  15. ބޮންދު

    މިމިހުން ގާނޫންހަދާ މަޖިލީސްއިންއިސްތިއުފާދެން ގޮވާލާއެއްވުންތައްބާއްވަންވީ އެނިމުނީމައޮޓޯއިން ދެންތިބިބަޔަކުވެސްއައުޓްވާނެ ހިންހަމަޖައްސާލަން ހަބަރެއްހެދޭތޯކުރިކަމެއް ބަޔަކުނުވީމަ

  16. Anonymous

    އިންޑިޔާއިން ރިޝްވަތު ނަގައިގެން މުޅި ގައުމާ ރައްޔިތުން ވިއްކާފަ ތިތިބީ. ނިމުން ވަރަށް ހިތިވާނެ ހަސަނާ. އިންޝާﷲ

    13
  17. މާމީ

    މިސަރުކާރަކީ އިންޑިއާ ސަރުކާރުން ފަންޑު ކޮއްގެން ތިމަރައައް ފައިސާ އޮއްސައި ގެން އައި ސުވާލު އުފެދޭ ވެރިކަމެއް ވީމަ އިންޑިއާގެޕުރެޝަރު ބޮޑުވެގެން ކިއޭނުކިއޭ ހިސާބައް ތިދަނީ ކެވުނު ލެއް ގިނަކަމުން ކުރާނެ ކަމެއް ނޭގެނީ.. ދެން އިންޑިއާ ސިފައިން ރާއްޖެ ދޫކޮއް ދާންޖެހޭނީ

  18. Anonymous

    މިގައުމު ފަސާދަ ކުރުމުގެ ތަނބެއް މިޔަކީ.

  19. ރަން ރީނދޫ

    އިންޑިއާ އައުޓް. ހާދަ ވައިކޮށް ދަނީ. ހަމަ ޗޮކުން. ދެން މަ ނަމަވެސް ރުޅި ގަދަވާނެ ދޯ. ލޮލް.

  20. ކުރޮސްޗޮފް

    ކަލޯހަސަނާ ކަލޭ ތިހިރީ އެއްޗެއްކައިފަތަ ތިޔަބުނާގައުމުތަކަކާ ގުޅުން ކަނޑައިގެން ރާއްޖެއައްވީ ގެއްލުމެއް ދައްކަބަލަ ހަމަގައިމުވެސް މިހާރައްވުރެން ހަމަޖެހިގެން ރައްޔިތުންއުޅުނީ ސަލާމް ޖަހާކައް ޑަސްބިންހޮވާކައް ނުޖެހޭ އެހެންތަ މިހާރު މިއުޅެނީ އަނގަޔާ އަތާ ދިމާނުވެގެން މައިނޯރިޓީ ޕާޓީއަކުން ނިކުމެ ތިހެން ގޮވިޔަސް އަހަރެމެން ނުހުއްޓާނަން އިންޝާﷲ ނުވެސް ހުއްޓުވޭނެ އިންޑިޔާ އައުޓް އިންޑިޔާއައުޓް

  21. ހަޔަސިންތް

    ރައްޔިތުން މަރާލާފަ ނޫނީ ނުހުއްޓްވޭނެ

  22. ގަޓޭގެދަރި

    ބަލަ ގޭގައިޖަޙަފައި ހުރިބިއްލޫރިތައް ފެންނަވާހަކަޔާ ނުލަފާކަންދައްކާލާނެ ވާހަކަ ދެއްކިމީހާ ކުއްލިޔަކައް ތިޔަހަރަ ރޫރޫ އަޅަނީ ކިނެއްވީތޯ ހަސަނާ ބޭބޭ ދޫންޏާ

  23. އިންޑިއާ އައުޓް

    ކަލޯގަޔާ ކެކި އަރަނީ.. ﷲއަކުބަރު،، އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  24. ޖާނޭ

    ހަސަންކޯ އަކީ ދިވެހި އިސްލާމީ މުޖުތަމަޢުގެ ޖާނީ ދުސްމަނެއް. ނުރައްކާތެރި ސައިކޮލޮޖިކަލް ޓްރޯމާއެއގްއި ހުރި ކޮހެއް. މީނާ މަޖިލީހުގައި ހުރުމަކީ ދިވެހި ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއް، އިންޑީއާ އައުޓް. އިންޑިއާ އައުޓް. ދެން ލަލަލާ. އިންޑިއާ އައުޓް.