ދަ ޑިމޮކްރެޓްސްގެ އޮނިގަނޑު އޮންނާނީ ކުރިއަރަން ބޭނުންވާ މީހަކު ފަސޭހަކަމާ އެކު ކުރިއެރޭނެ ގޮތަށް ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިރޭ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރެޓްސްގެ ސިޔާސަތުތައް ހުންނާނީ އެންމެ ކުރިންވެސް އެމްޑީޕީގައި ގެންގުޅުނު ސިޔާސަތުތަކާ އެއްގޮތަށް ކަމަށެވެ.

"ޖުމްލަކޮށް ބުނާ ނަމަ، ޕާޓީގެ އޮނިގަނޑު އޮންނާނީ ކުރިއަރަން ބޭނުން މީހަކު ފަސޭހަކަމާއެކު ކުރިއެރޭނެ ގޮތަކަށް އެ ހަރުފަތްތައް ގަވައިދުގައި އެކުލަވައިދީފައި" ހަސަން ލަތީފް ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސްގެ ޖަލްސާ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީން ސިޔާސަތުތައް އެކުލަވާލެވުނީ ރައްޔިތުންނަށް ފައިދާ ކުރުވަނި ގޮތަށް ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ސިޔާސަތުތައް ތަންފީޒު ކުރެއްވުމަށް އިންކާރު ކުރެއްވި ކަމަށެވެ. ނަމަވެސް ޑިމޮކްރެޓްސް އިން އެ ސިޔާސަތުތައް އަލުން އަނބުރާ ގެނެސް އެ ސިޔާސަތުތައް ތަންފީޒުކުރާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސިޔާސަތުތައް ހުންނާނީ އަސްލު އެމްޑީޕީ އުފެއްދި ގޮތަށް ރައީސް ސޯލިހު ދޫކޮށްލި ކަންކަން އަނެއްކާ އަނބުރާ ގެނެސްގެން ކުރުމަށް. މަޝްވަރާގެ އުސޫލު އަޅުގަނޑުމެން ގެންގުޅޭނެ، ބައިވެރިވުން އަޅުގަނޑުމެން ގެންގުޅޭނެ، ދެފުށް ފެންނަ ގޮތަށް އަޅުގަނޑުމެން ކަންތައް ކުރަމުން ގެންދާނީ، އަޅުގަނޑުމެންގެ ހުރިހާ ސިޔާސަތުތައް އަޅުގަނޑުމެންގެ ޤަވައިދުގައި ވާނީ އެކުލަވާލާފައި." ލަތީފް ވިދާޅުވިއެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންތައްތައް ދޫކޮށްލައި ރައީސް ސޯލިހު މުޅިން އެހެން ސިޔާސަތުތައް ގެންގުޅުމުން އެކަމާ ހިތްހަމަނުޖެހިގެން އެމްޑީޕީގެ ގިނަ މެންބަރުން ޕާޓީ ދޫކޮށްލިކަން ހަސަން ލަތީފް ފާހަގަކުރެއްވިއެވެ.

"އެޕާޓީ އުފެއްދި މަގްސަދުތަކާއި އުސޫލުތައް އެކުގައި ދޫކޮށްލާ އެޕާޓީ މުޅިން އެހެން ވިޔަފާރިއެއް ކުރަން ފެށީމާ ދެން ޕާޓީއަށް އޭރު ނިސްބަތްވި ވަރަށް ގިނަ މީހުން ބޭނުންވީ އާ ޕާޓީއެއް އުފައްދަން އެއީ މި ޑިމޮކްރެޓްސް ޕާޓީ." ހަސަން ލަތީފް ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސްގެ ޖަލްސާ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ރައީސް ސޯލިހު ޕްރައިމަރީ ކާމިޔާބުކުރުމުގެ ބޭނުމުގައި ޕާޓީން ގިނަ އަދަދެއްގެ މީހުން ވަކިކޮށްލި ކަމަށާއި ވަކިކުރި އެންމެން ނުކުމެ އާ ޕާޓީއެއް އުފައްދައިގެން މުޅިން އާ ރާއްޖެއެއް ހޯދަން ދަތުރު ކުރަމުންދާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

"2018 ވަނަ އަހަރުގެ އިންތިހާބަށް އެމްޑީޕީ ނުކުތީ ވަރަށް ބައިވަރު ސިޔާސަތުތައް އެކުލަވާލައިގެން، ހަރުދަނާ ސިޔާސަތުތަކެއް އަޅުގަނޑުމެން އެކުލަވާލިން. އެއީ މަސްވެރިކަމާއި ގުޅޭ ސިޔާސަތު ކަމުގައިވިޔަސް، ދަނޑުވެރިކަމާއިގުޅޭ ސިޔާސަތު ކަމުގައި ވިޔަސް، ކުޅިވަރުގެ ސިޔާސަތު ކަމުގައިވިޔަސް އަދި ވިޔަފާރިއާ ގުޅޭ އެކިއެކި ސިޔާސަތެއް ކަމުގައި ވިޔަސް. އެއިން ކޮންމެ ސިޔާސަތަކީ އަޅުގަނޑުމެން ރައްޔިތުންނަށް ފައިދާ ވާނޭހެން އެކުލަވާލި ސިޔާސަތުތައް. ނަމަވެސް ރައީސް ސޯލިހު ކަނޑައެޅިގެން ސިޔާސަތުތައް ތަންފީޒު ނުކުރާނެ ކަމަށް ވިދާޅުވަމުން އެބަގެންދޭ. އެންމެ ފަހުން ވިދާޅުވީ ތިމަންނާ އެ ސިޔާސަތުތައް ތަންފީޒެއް ނުކުރާނަމޭ މެނިފެސްޓޯގައި އޮތް ކަމުގައިވީނަމަވެސް މި ސިޔާސަތުތައް ތަންފީޒެއް ނުކުރައްވާނަމޭ." ހަސަން ލަތީފް ވިދާޅުވިއެވެ.

އެހެންކަމުން ސިޔާސަތުތައް ތަންފީޒު ނުކުރާއްވާނެ ކަމަށް ވިދާޅުވާ ބޭފުޅަކަށް ދެވަނަ ދައުރެއް ނުދެއްވުމަށް ހަސަން ލަތީފް ވަނީ ގޮވާލާފައެވެ.

ދަ ޑިމޮކްރެޓްސް އަށް ބަޔަކު ސޮއިކުރަނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މި ޖަލްސާގައި ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނަށް ތާއީދުކުރާ ގިނަ ބަޔަކު ވަނީ ޑިމޮކްރެޓްސް އާ ގުޅިފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޓޯބީ

    ކުރިއެރޭނެ އަސްލު ސަބަބަކީ. ޕާޓީގަ މީހުން ނެތުން

    3
    1
  2. Anonymous

    މިގައުމު ހަލާކު ކޮއްފި ކަލޭމެން.

    5
    1
  3. ޒިއަން

    ދައުލަތުގެ އެހީތެރިކަމެއް އަޅާލުމެއް ނުލިބި ތިބި އެތައް ރައްޔިތުންނަކަށް؛ ބޮނޑުންނަށް އާދޭސްކޮށްގެން ސަލާންނުޖަހާ އެމީހުން ކުރިން އުޅެމުންދިޔަ ދަތި ދިރިއުޅުމަށް ދައުލަތުގެ ތެރެއިން ގިނަކަންކަމަށް ލުއިފަސޭހަތަކެއް ހޯދައި ދެއްވީ ރައީސް ނަޝީދުކަން ބަޔަކަށް އޮޅުވާ ނުލެވޭވަރަށް ހިތްތަކުގައި ބިންވަޅު ނެގިފައިވާ އެކަން ފާހަގަ ކުރާ މީހުން ތިބިކަން މިފަދަ ޖަލްސާތަކުން ދައްކާ ދެއެވެ.

    1
    6
  4. ހުދުމުހުތާރު ނަޝީދު

    އެމްޑީޕީގަ ކުރިއަރަން އުޅުނު ރީކޯ ކަހަލަ އެތައް ބަޔަކު ޕާޓީން ގަދަކަމުން ނެރުނީ ކީއްވެ؟

    7
    1
    • އިބުރާހީމު

      ރީކޯ އަކީ ރަނގަޅު މީހެކޭ ބުނެވެން ނެތް. ސަބަބަކީ ލާރިއަށް ވިކޭ މީހެއް. ރައީސް ޔާމީން އިރުގައި ރީކޯއަށް ވަރަށް ފައިދާ ކުރި. ރިސޯޓުވެސް ހެދުނު. އެކަމަކު މިހާރު ރައީސް ޔާމީން އާއި ދެކޮޅު. ރީތިކޮށް ދިވެހި ބަހުން ބުނާނަމަ އެއީ ހަމަ ފައްކާ ރަތްލާޖެހި ދެބޯގެރިއެއް.

      • ހުދުމުހުތާރު ނަޝީދު

        ވަރަށް ތާއީދު ތިކަމަށްވެސް. އެއީ ހަމަ އެއްކަހަލަ ބައެއް

  5. އިބުރާހީމު

    ދަ ޑިމޮކްރެޓްސްގެ ލޯގޯ ކަމަކު ނުދޭ. ޖޫއިޝް 6 ކަން ތަރި އާއި ވައްތަރު ނުވިޔަސް، ޑިމޮކްރެޓްސްގެ ތީނީ 6 ކަން.

  6. ދިވެއްސެއް

    ތިހެން ބުނާއިރު މިހާރުވެސް އިންޒާރު އެދެނީ ރޫޅާނަމޭ ކިޔާފައި.
    ޕްރައިމެރީގައި ނާކާމިޔާބު ވުމުން ، ކާމިޔާބު ވި މީހާގެ ފަހަތުގައި ހުރެގެން މަސަތްކުރަން ހަޖަމު ނުކުރެވޭތީ!!
    ދެން ކިހިނެއް މީހަކައް ކުރިއެރުން ލިބޭނީ ޕާޓީގެ ތެރެއިން.

    2
    1
  7. ެައަބްދޫ

    އެމްޑީޕީ ގެ ރައީސް ކަމަށް އައި ހުރިހާމީހުން ހޫރާލީ ނަސީދު ތިޕާޓީގަ ހުރެގެން ކުރިއެރުމެއް ނުލިބޭނެ. ނަސީދަށް އަޅުދާސް ނުވެއްޖެ ނަމަ ޕާޓިއަށް އަލްވިދާއު .އެއީ ކުރިން ކަންހިގިގޮތް އެބްންފަހުން އެމްޑީޕީ ގެ ކަންތައްވިގޮތް.ނަސީދު ބޭނުންހާގޮތަށް އިބޫ ދޫނުކުރީމަ މައްސަލަ އުފެދުނީ .ނަސީދު ބޭނުންވީމަ ނިޒާމް ބަދަލު ކުރަން އެއބަސް ނުވުމާއި ބޮޑުވަޒީރަކަށް ނަސީދު ހަދަން އިބޫ އެއްބަސްނުވުން.

  8. Anonymous

    ހަސަން ލަތީފު ކިތަން ބާރަށް ފެލިފައިތިހެން ބުންޏަސް ފެންނަން އޮތް ހަގީގަތަކީ އަންނިއަށްވުރެމައްޗަށް ނޭރޭނެކަން. އަންނި ބޭނުން މަގާމެއް އެހެން މީހަކަށް ނުލިބޭނެކަން. އެމްޑީޕީ އުފައްދައި ޕާޓީގެ ރައީސްގެ މަގާމަށް އަންނަހާ ބަޔަކު އަންނިގެ ބާރުގައިބޭރުކުރަމުން ދިޔައީ ޕާޓީގެ ރައީސަށް އަންނަ މީހަކަށް ރާއްޖޭގެ ރައީސަށް އިންތިހާބުވުމަށް ފުރުސަތު ބޮޑުވެފައި އޮތުމުން. އަދި އެއިން ކޮންމެ މީހަކުވެސް ޕާޓީގެ ރައީސް ކަމަށް އަންނަނީ އަންނިއާއި ވާދަކޮށްގެން. މިހެންވީމަ ކެންޑިޑޭޓަކު ހޮވަން އިންތިހާބެއް ބޭއްވިޔަސް އެމީހުން އަންނިއާއި ވާދަކޮށް ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުވީމަ ބޭރުކޮށްލަނީ. އިބުރާ މުނައްވަރު އަލްހާން ރީކޯ މީ ފެންނަންހުރި ހަގީގަތް. މިއަދު އަންނި އަމިއްލައަށް އެމްޑީޕީ ދޫކޮށް ދިޔައީ މިފަހަރު ޕާޓީގެ މެޖޯރިޓީ އާއި ލީޑާރޝިޕް އަންނިއަށް ގެއްލި އަންނި ބުނާގޮތްނުހަދާ ޑިމޮކްރަސީ އިހުތިޔާރު ކުރީމަ ދެން ވެރިކަމަށް އައުމާއި ހުރިހާ ބާރެއް މުށުތެރެއަށް ލައިގެން އުޅުމުގެ ފުރުސަތު އެއްގޮތަކަށްވެސް ނެތިގެން. މިހާރު ތިޔަ ޑިމޮކްރޭޓްސަގައިވެސް ވާނީ ހަމައެހެން.