ދެން އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންދާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ހަރަކާތްތަކަށް ފައިސާ ހަދިޔާ ކޮށްދިނުން އެދި އެޕާޓީން އާއްމު އިއުލާނެއް ކޮށްފިއެވެ.

އެމްއެންޕީގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ޚަބަރެއްގައިވާ ގޮތުން އެ ޕާޓީން އެދިފައިވަނީ އެ ޕާޓީއަށް ތާއީދު ކުރާ ފަރާތްތަކާއި ހެޔޮ އެދޭ ފަރާތްތަކަށް އެ ޕާޓީއަށް ފައިސާ ހަދިޔާ ކޮށްދިނުމަށެވެ.

މި ގޮތުން އިސްލާމިކް ބޭންކްގައި އެމްއެންޕީގެ ދެ އެކައުންޓެއް ހުޅުވާފައިވެއެވެ. ދިވެހި ރުފިޔާގެ އެކައުންޓަކީ 90101555001141000 އެވެ. އަދި ޑޮލަރު އެކައުންޓަކީ 90101555001142000 އެވެ.

އެމްއެންޕީން ބުނީ ކުރިއަށް އޮތް ތަނުގައި އެ ޕާޓީން ގިނަ ހަރަކާތްތަކެއް ހިންގަން ރާވާފައިވާތީވެ، އެ ކަމަށް އެ ޕާޓީގެ ސަޕޯޓަރުންގެ ދީލަތި އެހީ ބޭނުންވެއެވެ.

އެމްއެންޕީގެ އިދާރީ ކަންކަން ހިންގުމާއި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ޕާޓީގެ ގޮފިތައް އެކުލަވައިލެވިގެން ގިނަ މަސައްކަތްތަކެއް ދާއިމީ ގޮތެއްގައި ކުރުން އޭގެ ތެރޭގައި ހިމެނެއެވެ. އަދި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަކީ ވެސް އެމްއެންޕީގެ އަމާޒެއް ކަމުގައި ބުނެފައިވެއެވެ.

އެމްއެންޕީގެ ސަޕޯޓަރުން އެ ޕާޓީއަށް ހަދިޔާ ކުރާ ފައިސާ ބޭނުން ކުރާނީ ގައުމާއި ރައްޔިތުންގެ މަންފާ ކުރާނެ ހަރަކާތްތަކެއް ހިންގަން ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.

އެމްއެންޕީއަކީ ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރަކު އިސްވެ ތިއްބަވައިގެން އުފެއްދެވި ޕާޓީއެވެ. އެއީ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއާއި، ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްއާއި، ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމްއެވެ.

2023 ގެ ރިޔާސީ އިންތިޚާބުގައި އެމްއެންޕީން ވާދަކުރާނެ ކަން ވަނީ އިއުލާންކޮށްފައެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަނީ އެތެރޭގެ ޕްރައިމަރީއަކުންނެވެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް މިހާރު ވެސް އެ ޕާޓީގެ އެންމެ އިސް މަގާމު ފުރުއްވަމުން ގެންދަވާ ނާޒީމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. އަލީ

    އާރް ސީ އެންސީ އަށް ދޭ ޕޮރޮޖެކްޓް ތަކުން ފައިސާ ހޯދަބަލަ.

    61
    1
    • އިންޑިޔާ އައުޓް

      އަސްލު މަނީލޯންޑާ ރ ކު ރުމުގެ ފަންސު ރާ އުންސު ރު ހަމަވީ...ދެންބުނޭ ފް ރޭމްކު ރީއޭ..ތިއީ ހަމަ ބާޢީއެއްވީމަ ހު ރިހާކަމެ އޮޅުލުމުގަ...ޕާޓީ އުފުދުމުގަވެސް އޮޅުވާލުން ތިވަ ރު މީހަކު ވެ ރިކަމަށް ގެނެއްސިއްޔާ ވާނެގޮތް ﷲ މިދެއްކެވީ ބުއްދިވެ ރިން މީނަޔާ ފެޔަށް ޖެހޭ..މިއީ އިންޑިޔާގެ ގެ ރިގާޑިޔަލުގެ ފު ރޮޅެ..އިންޑިޔާ އައުޓް..

      12
      1
      • ޝަފާ

        މަހިތުން މިހާރު ތިބި މީހުނަށްވުރެ ރަގަޅުވާނެ ކަމަށް ފެންނަނީ މީނައަށް ވެރިކަން ލިބިއްޖެނަމަ.

    • ބީތާވެދާނެ

      އަގަ އޮތީމަ އެއްޗެއްކިޔަނީދޯ.. އާރު ސީ ސީ.. ކިޔަން ،ލިޔަން ދަސްކޮއްބަލަ..

      5
      10
    • ބޭބެ

      މިއީ ފަހުން ދޭނެ ޖަވާބެއް ހޯދަން ކޮށްލިކަމެއްކަމަށް ވަރަށްބޮޑަށް ބެލެވޭ!! މިޕާޓީއަކީ ފިސްތޯލަ ޕާޓީއޭކިޔާ އުޅޭ! އަޅުގަނޑު ކިޔަން ބޭނުންވަނީ ޕަޕެޓް ޕާޓީއޭ!! މިއީ މިސަރުކާރުގެ ކޯލިޝަންގެ ދެތިން ބައިވެރިން އަމިއްލަ އެދުން ޙާސިލްކުރުމުގެ ބޭނުމުގައި ބަޔަކު ބޭނުންވި މަގުސަދުވެސް ޙަސިލްކުރުމުގެ ބޭނުމުގައި އުފެއްދި ޕާޓީ!! މިއީ ކިނބުލެއްގެ ވަށާއެނބުރޭ ބައެއް!! އިންޑިޔާގެ އެންބަސީން މިމީހުންނަށް ދޭހާ ފައިސާ ފޮރުވަން ފަންޑޭ ފަންޑޭ މިކީ!! މިމީހުންނަށް އޮރީ ލާރިގަނޑުގައި ހިފައިގެން އިންޑިޔާ އާއި ދެކޮޅަށް އެއްޗެއް ނުބުނުމާއި އިންޑިޔާ ޕްރޮމޯޓްކޮށް ވާހަކަ ދެއްކުން!! އިންޑިޔާއައުޓް އާއި ދެކޮޅުހެދުން!! އިދިކޮޅަށް ޖެއްސުންކުރުމާއި އިދިކޮޅު ބަލިކަށިކުރަން މަސައްކަތްކުރުން!! އެއީ މިމީހުންނަށް އަންގާފައިވާ ޝަރުޠުތަކަކީ!! ދެން އޭގެ ބަދަލުގައި ލައްޑޫ މިދެނީ!! ގައުމު ވިއްކާލިއިރު މިޕާޓީ އުފައްދަން އިސްކޮށް އުޅުނު ތިން މެމްބަރުން ތިބިނޫންތޯ މަޖްލީހުގައި މިތިން އަހަރު ޗުޕުވެސް ނުބުނެ!! މިހާރު ރައްޔިތުންވެގެން ކުލަ ބަދަލުކޮށްގެން މިއުޅެނީ!! ރައްޔިތުންނޭ މިމީހުނާ ކައިރިވާން ހަމަ ހެޔުނުވާނެ!!

      13
  2. ކޮވިޑް

    ޕަކާސް ތި މާސްކް ރައްޔަތުން ގެ މޫނުގަ އަޅުވަން ޑްރާމާ ނުކުޅޭ ދެ ބާޣީން ވެގެން. ދިވެހިންނަށް އެބަ އެންގޭ ވަރަށް ރަންގަޅަށް އިންޑިއާގެ ފައިސާ ބޮންޑިން ހަދާފަ އޮތް ޕާޓީއެއްކަން ތީ. ދެން މާދަމާ ނޫސް ކޮންފަރެންސް ބާޢްވާފަ ނުނޭ ރައްޔަތުން އެހީ ގައި ބިލިޔަނުން ޑޮލަރު ލިބިއްޖޭ. ކެކެކެކެ. ތި ކުޅިގަނޑަށް މިހާރު ދިވެހިން ތަރޯ ވެފަ މިތިބީ. ކޮންމެސް އާ ޗަރުކޭހެއް ކުޅެން އުޅޭ. # އިންޑިއާ އައުޓް #

    58
  3. ޤައުމު

    މޓސސ ގަ ހުރި އާދަން އާޒިމް
    ރައްޔިތުން ފެލައިފެން ބާގީ ޕާޓީ ހިންގަން ދޭލާރި މަދީތޯ

    47
  4. ގައުމު

    ބަލަ ރައްޔިތުން ފެލައިގެން ދޯ ޕާރޓީ ހިންގަން ޖެހެނީ.. 30000 ރުފިޔާއަށް ކުރެހުމެއް ގަނެވޭ. ޕާރޓީ ހިންގަން ލާރި ދޭންވީ ސަޕޯޓަރުން. ދައުލަތުގެ ބަޖެޓުން ލިބޭނެ ބޮލަކަށް ޖެހޭ ނިސްބަތުން ފައިސާ.

    52
  5. އާޒިމާ

    ކިތައް ރުފިޔާ ބޭނުމީ އިބްރާހިމް ބެ ދިން ވަރު މަދުވީތަ. އެ ލާރި ކޮލު އޭ އާއްމުން ދިން ލާރިކޮޅަކޭ ނުބުނާނެ ކަމަށް ހީކުރަން.

    40
    1
  6. ލުޓޭރުންގެ ސަރުކާރު

    ބަލަ ފައިސާހުރީމަދޯ ލަވަކިޔާމީހުންނާ ޓިކްޓޮކް ކުޅޭމީހުންނާ ފިލްމުކުޅޭމީހުން ސޮއިކު ރީ ލާ ރިދިނީމަ.. ރައްޔިތުންނަ އޮޅުވާނުލާ ތިޕާޓީއަކީ ފައިސާހު ރެގެން ފައިސާދީގެން އުފެއްދި ޕާޓީއެއް ތިޕާޓީއަށް ފައިސާ ހޯދަން އިއުލާން ކު ރަންނުޖެހޭނެ އިންޑިޔާ ސަފީ ރަށް މެސެޖްކޮއްލީމަ ތިކަންހަމަޖެހޭނެ.ތިއީ ކޮންބަޔެއް ކީއްކު ރަން އުފެއްދި ޕާޓީއެއްކަން އެއްމެންނަވެސްއެގޭ. އ ރސސގެ ވެ ރިން ނިކަމެތި ރައްޔިތުންނަ ތިބު ރަ ނުޖައްސާ އެސްބީއައި އެގްޒިމްބޭންކުން ތިކަންނިމޭނެ.. ވަ ރުގަދަ ލާ ރިގަޑެ ލިބުނީމަ މަތިއަޅަން އިއުލާނެއް ކޮއްލީހެން ހީވަނީ މީހުންނަ އޮޅުވާލަން...

    38
    1
  7. ސަރީ

    ހެެއްހެއް ނާޒިމް އިންޑިޔާއިން ދޭ އެހީ ޖަމާކުރާނެ ގޮތް ހޯދީ ދެން ބުނާނެ ހެޔޮ އެދޭ ފަރާތުން ދިން އެއްޗެކޭ ގައުމު ވިއްކާ ހުސްކުރާ ބައިގަޑު ޕާރޓީ ގަނޑު ހެދީވެސް ލާރިގަޑު ކާން ކޮންމެހެން ގައުމަށް ހެޔޮ އެދިގެނެއް ނޫން

    34
  8. ބަނޑި ނާޒިމު

    މިހާރު އެމް އެމް ޕީ އާރު ސީ އިން ލިބުނު ބައިވަރު ހުސްވީތަ؟ 😳

    ކާލައޭ ދޯ މި ސޮރު މެން 🙄

    35
  9. އަޙްމަދު

    އެންމެ ލޯލާރިޔެއް ކީކުރަންތޯ ވޯޓެއްވެސް ނުލިބޭނެ!

    45
  10. އަހްމަދު

    އަނހާ ސަލާންޖަހާޕާޓީއަކައް ބަދަލުވީތަ އިންޑިއާ އެންބަސީއައް ޒިޔާރަތްކޮށްލާ ތިކަންހަމަޖެހިދާނެ އިއްޔެގަ 30 އަހަރުގެ ބާނީވެސް އެވަނީ ލާރިކޮޅެއްހޯދާފަކަމައް ރަށުތެރޭގައި ކިޔާތީ އިވޭ ކޮބާއެއްކަލަ “އާތާބްރަދާސް” ލާރިގަނޑު ހުސްވީތަ؟

    37
    1
  11. ސީނޭ

    ތިކަމަށް ކަލޭމެނަށް ފައިސާ ދިނުމަށްވުރެ މާރަގަޅުވާނެ އެފައިސާއެއް އަންދާލިޔަސް، ކަލޭމެން ތިކުރާ މަސައްކަތަކީ އަމިއްލަ އެދުމުގައި ކުރަމުންދާ ޖަރީމާތަކެއް، ނުލިބޭނެ އެކައްޗެއްވެސް ނުދޭނަން

    31
  12. ޢިބްރާހީމް

    އިންޑިޔާ ސިފައިން ބޭލުމަށް ދެކޮޅުހެދުމުން ދެން ފައިސާ ހަދިޔާކުރާނީ އިންޑިޔާ ރައްޔިތުންނާއި އިންޑިޔާ ހައިކޮމިޝަނުން ނޫންތޯ؟

    10
  13. Anonymous

    ނާށިގަނޑު ހިފައިގެން ރައްޔިތުން ކައިރިޔައް ދާން ކަލޭ ލަދެއް ނުގަނޭތަ.

    11
  14. ރބރ

    ފާއިސާ އެއްވެސް ވޯޓެއްވެސް ނުލިބޭނެ ނާށިގަނޑު ނިފާއިގެން ލޯކަލް މާރުކޭޓު ސަރަހައްދައް ނުކުމެބަލަ ކަލެޔާ ރިޔާޒާ

    10
  15. ސަމާސާ

    މޯދީ އާއި އިންޑިއާ ސަފީރު ފައިސާދޭނެ. ޢެެއީ ތިޕާޓީއަށް ހެޔޮއެދޭ މީހުންނަކީ

  16. ލޯބިވާ ވަޠަން

    ވެލްކަމް އާރުތޫރު ބްރަދާސް. ލަދުކޮބާ؟

  17. އަލީ އަލީ

    ލާރިހުރީއެއްނޫން އަދިވެސް ޔާމީނު އާ ގޅވޭތޯބަލާ

  18. އަލީމޫސާ

    މީ ޕާޓީއެއްތަ! ސަލާމް ޖަހަން ހަދައިގެން އުޅޭ ގްރޫޕެއްތަ؟ ނުލިބޭނެ ލޯ ލާރިއެއްވެސް. އަމިއްލަ މަސައްކަތުން ހޯދާފަ ހުރި ލާރިކޮޅުފެލާލަން ތިއުޅެނީ. ތި ޕާޓީއަށް ލާރީ ދީގެން ރައްޔިތުންނަށް ވާނީ ކޮންފައިދާއެއް. އޯއި ޖޯއި ބޯއި އެކަކުވެސް ނުދޭތި ބައި ލަރިވެސް.

    3
    1
  19. ޙާދީ

    ދިވެހި ތާރޫޚުގަ ސިޔާސީ ޕާޓީއަކުން ފުރަތަމަ ޖެހި ސަލާންޖެހުން.. މިވަރު ކަނޑުކޮސް ކަމެއް އަދި ބަޔަކު.ނުކުރާނެ.. ޕާޓީ މެމްބަރަކު ނޫނީ އެހެން މީހަކު ޕާޓީން އެއްޗެއް ހޯދަން އެދިދާނެ ކަމަށް ކުރިން މިމީހުން މި އެދުނީ...

  20. ކައުންސެލަރު

    ފައިސާކޮޅެއް އުފުރާފަ ދޭނަންއާދޭ، މަބުނާގޮތަކަށް.ކެކެ

  21. ހައްދުންމަތި

    އިންޑިޔާ ބައިތިއްބަން ތާއީދު ކުރާނީ ގައުމިއްޔަތާ ދެކޮޅު ބަޔެއް.. އެފަދަ ބަޔަކަށް ދިވެހީން އެހީ ނުވާނެ..

    ތިބޭފުޅާ ނޫންތޯ ވިދާޅުވީ، އިންޑިޔާ އައުޓު ނުކިޔޭނޭ.. މާނަޔަކީ ވެރިކަން ލިބޭނީ އިންޑިޔާ އުގައްވެއްޓިގެންނޭ..

    ދެން ވަރަށް ސަލާމް ތީވެސް ގައުމިއްޔަތު ހުރި މީހެއްކަމަށް ނުބެލެވޭ..

  22. ސަނީ

    އަދިވެސް ނެގުނުވަރު މަދީތޯ ؟ އާދަމްގެ ދަރިޔާ ހިތް ނުފުރޭނޭ ބުނަނީ ހަމަ ތެދެއް

  23. ނަމަ

    ފައިސާ ހަދިޔާ ކޮށްދޭންވީޔޭ އެވަރުން ވެސް ވެރިކަން ކުރަން ފޫގަޅަންވޭތަ

  24. އަހުމަދު

    ތިޔައީ އިންޑިއާގެ ޕާޓީ އެއް

  25. ކިޔާހުވާ

    އައްދެ ތިޔާވަރުންވެސް ޖެހޭތަ ޕާޓީހިންގަން މީހަކު ހޭހުސްވެދާނެ ވަރިކަން ބޭނިމަކަސް ތީ ރައްޔިތަކައް ހޮޔެއެދިގެން ކުރާކަލެއްނޫންތާ ރުފިޔާ އައްޓަކާ ސަހަރޯ

  26. Anonymous

    ސަލާންޖަހާ ޕާޓީ ތިއުޅެނީ ކަމެއްފޮރުވަން ބަާޢިީނާޒިމު

  27. ޢަހަންމާ

    ޢަދިވެސް މީހުން ފެލަންތަ ވީ. ކޮބާ ސިފައިންގެ ސިފްކޯހިޔާ ލާރިގަނޑު އަނގަ ހުޅުވަން ކެރޭކަން

  28. އަލްޖިބްރާ

    ބާޣީންނަށް ފައިސާދީގެން ކަންކަން ކުރާކަށް ނުޖެހޭނެ!

  29. އަހާނ

    މިހާ އަވަހަށް ސަލާންޖަހަން ފެށީމަ ވެރިކަމަށް އެރުނަސް ތިޔަ ސަގާފަތެއްނު އޮންނާނީ. ސްކޫލް ކުދިންނާ އެހެން މީހުން އެކި އެކި ތަފާތު ހަރަކާތްތައް ހިންގައިގެން ފައިސާ ހޯދާ ގޮތަށް ތިޔަ ޕާޓީންވެސް ފައިސާ ހޯދަބަލަ. ބައެއް މީހުން ބުނޭ ޓިކްޓޮކް ގްރޫޕެއްވެސް އޮވެއޭ ތި ޕާޓީގަ. އެމީހުން ލައްވާ ޝޯއެއް އެއްޗެއް ބާއްވާލަބަލަ. މަސައްކަތްކޮށްގެން ލާރި ހޯދަން އެންމެންވެސް ދަސްކުރަންވާނީ. މިގައުމުގެ މީހުން ކޮންމެ ކަމެއްގަ މަސައްކަތް ނުކޮށް ތިބެ ސަލާންޖަހާތީ ވަރަށް ލަދުގަނޭ.

  30. އެމް ޑީ އަލަމް

    ކަލެ ކޮންވަތަރު މިހާ ބޭބެ، ކަލެ އަހަރެ ރައްޖެ މިހުން ސަރޕޮޓް ނުކުރަނި، ކަލެ މަހައް ދޭ މޮޔަ މިހާ..

  31. ދިވެހި ދިދަ

    ސަރުކާރުން ލާރި...ރައްޔިތުން ކިބައިން ސަލާމްޖަހައިގެން ލާރި ..ދެން ތިވަރުން ކިހިނެތް ޕާޓީ ހިންގާނީ ..ހުއްޓާލާފަ ގެއަށްދޭ....އަޅުގަނޑު މަޖްލިސް މެމްބރ ކަމަށް ކުރިމަތިލަން ކޮންމެ ބޭފުޅަކު އެއްލައްކަ ރުފިޔާ ދެއްވާ