"އިންޑިއާ އައުޓް" ޝިއާރުގައި ނުކުންނަ ކޮންމެ މީހެއްގެ "ކަންފަތް މަތީ ޖަހަން" ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ގޮވާލެއްވި މައްސަލަ ތަހުގީގު ކުރުން ލާޒިމު ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

އިއްޔެ ހަވީރު އެމްޑީޕީން މާލެ ސިޓީގެ ރައްޔިތުންނާ ބައްދަލު ކުރަން ބޭއްވި ހަރަކާތުގައި އެމްޑީޕީގެ މެންބަރުންގެ މައިގަނޑު ވާހަކައަށް އޮތީ އިދިކޮޅު ޕީޕީއެމް ޕީއެންސީން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނަށް ފާޑުވިދާޅުވުމެވެ.

އިދިކޮޅު ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރުގެ މަގާމު ވެސް ފުރުއްވާ ޑރ.ޖަމީލް ކުރެއްވި ޓްވީޓެއްގައި، ފަލާހްގެ އެ އަމަލު ސިފަކުރެއްވީ "ޖާހިލިއްޔަ ޒަމާނުގައި މުޝްރިކުން ހައްގާ ކުރިމަތިލާން ނުކުޅެދުނީމަ އަނިޔާ ކުރަން ގޮވާލަން ރޭވި ރޭވުން" ފަދަ އަމަލެއްގެ ގޮތުގައެވެ.

"ނަފުރަތު އުފެއްދުމުގެ ނަތީޖާއަކީ ނަފްސަށް ގެއްލުން ދިނުން ފަދަ ޖަރީމާ މާޒީގައި ހިންގުން، އެމްޑީޕީގެ މެންބަރުން މާރާމާރީ ހިންގަން ގޮވާލި މައްސަލަ ފުލުހުން ތަހުގީގު ކުރުން ލާޒިމު،" ވަޒީރު ކަމާއި ފަނޑިޔާރު ކަން ވެސް ކުރައްވާފައިވާ ޑރ. ޖަމީލް ލިޔުއްވާފައިވެއެވެ.

"އިންޑިއާ އައުޓް" ޝިއާރުގައި ނުކުންނަ މީހުނަށް ހަމަލާ ދޭން ހިތްވަރު ލިބޭ ފަދަ މޭރުމަކުން ފަލާހް ވާހަކަ ދެއްކެވިއިރު، އޭނާ ފަހުން "ވަގުތު" އަށް ވިދާޅުވެފައި ވަނީ އެއީ ޖިސްމާނީ ގޮތުން މީހަކަށް އަނިޔާއެއް ދިނުމުގެ މާނައިގައި ދެއްކެވި ވާހަކައެއް ނޫން ކަމަށެވެ.

 

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް "އިންޑިއާ މިލިޓަރީ އައުޓް" ނުވަތަ "އިންޑިއާ އައުޓް" ޝިއާރުގައި ޕީޕީއެމް އިން ހިންގަމުންދާ ހަރަކާތްތައް ވަނީ އެޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމުން މިނިވަންވުމާއެކު ފުޅާކޮށްފައެވެ. ޔާމީން ގެންދަވަނީ އެ ޝިއާރުގެ ޓީޝާޓް ތުރު ކުރައްވައިގެން ރަށްރަށަށް ވެސް ދަތުރު ކުރައްވަމުންނެވެ.

މި ސަރުކާރުން އައި ފަހުން އިންޑިއާ އާއި އެކު އަންނަނީ ގާތް ގުޅުމެއް ބާއްވަމުންނެވެ. އެ ގުޅުމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ވެސް އިންޑިއާގެ ލޯނު އަދި އެހީ މެދުވެރިކޮށް އެގައުމުގެ ކުންފުނިތަކުންނެވެ.

އިންޑިއާގެ އަސްކަރީ އެހީ ވަރަށް ބޮޑަށް ހޯދަން ނިންމައި، އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބަލަހައްޓަން އިންޑިއާގެ ސިފައިން ތިބެއެވެ. ކޮންމެ އުޅަނދަކަށް 25 ސިފައިންގެ މަގުން ޖުމުލަ 75 ސިފައިން ރާއްޖޭގައި ތިބެއެވެ.

މީގެ ބޭނުމަކީ އިންޑިއާ އަސްކަރިއްޔާގެ ބެކްޔާޑެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުތައް ބޭނުންކޮށްގެން، އިންޑިއާގެ ޖާސޫސީ މީހުނާއި، އަސްކަރީ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ބޭއްތިބޭނެ ގޮތް ހެދުން ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން ވެސް އެތުހުމަތުތައް ދޮގު ކުރެއެވެ.

އިންޑިއާގެ އަސްކަރީ އެހީ ހޯދަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށާއި، ނިރުބަވެރި ހަރަކާތެއް ރާއްޖޭގައި ހިނގިޔަ ނުދީ ހުއްޓުވަން ބޭނުންވާ ވަރަށް އަސްކަރީ ގާބިލްކަން އިތުރު ކުރުން ކަމަށް މިސަރުކާރުގެ އިސް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކޮވިޑް

    ޖަމީލް ތިހުރިހާ ކަމަކަށް ހިތްވަރު ދިނީ މުރައިދޫ ރަދުން ފުރަތަމަ ޕޮލިހުން ބަލަން ވީ ރަދުންގެ މައްސަލަ.މީ މަގޭ ހިޔާލު ސަބަބަކީ ރަދުން ދޯ ނަފްރަތު އުފައްދަނީ ހަ އެއްކަ ބޮޓުން ޕާކަށް އެއްކޮށްގެން.

    3
    1
  2. ހަރުބީ

    ޖަމީލުވެސް ދެން މިހާރު ފުލުހުންނަށް އަމުރު ނެރުން ހުއްޓާލަން ވެއްޖެ. މައްސަލައެއް ނަމަ ވައްދާނީ ކޯޓަށް.

    1
    7
  3. މައިޓީ

    ކުށްދެއްކުމުގެ މާހައުލެއްގާ ބޮޑުވާކުދިންނަށް ދަސްވާނި އަނެކާގެ ކުށެއްހޯދަން ސިޔާސީމައިދާނުގަ ޖަމީލު އެހެންކަމެއްކުރާތަނެއް ނުފެނޭ ހެޔޮ އެއްގޮތެއްވެސް ނޯވޭ ކަމުދާ މީހަކުވެސް ނޫޅޭ ތީފަހެ ކާފޫރުކޮޅެއްތަ

    4
    3
  4. ބަރުގޮނު

    މާރާމާރީ ހިންގަން ބާރުދޭ ބަހެއް އެހާ ފާޅުކަން ބޮޑު ގޮތެއްގައި އެތައްބަޔެއްގެ ހާޒިރުގައި އަދި އެތައްބަޔަކަށް އިވޭ ގޮތަށް ތަޙްޤީޤު ނުކުރުމަކީ ތަޙްޤީޤު ކުރަން ތިބި ބަޔެއްގެ ބަލިފަޔެއް. ތަޙްޤީޤު ކުރަންޖެހެނީ ހިތުގައި އޮތް އެއްޗެއްނޫން. ފަންވަރު ލާފައި ބުނެ ދުލުން ބޭރުކޮށްލިބަސް.

    5
    1
  5. ވިސްނާލަމާ

    "އިންޑިޔާ އައުޓު" ހުއްޓުވަން ނުކުންނަ ބަޔަކު ފެއިލްވާނެ! އެއީ ޤައުމީ ވާޖިބެއް. ކުރާންޖެހޭ ކަމެއް.

  6. ތެޔޮބިޑި

    ބޯގަޅިއެއްތަ އެވިސްނުމުން އިންސާނުންނައް ހަމަލަދޭންގޮވީ މުސްލިމުގައުމެއްގެގާނޫންހަދާ މަޖިލީސްއެއްގެ މެންބަރަކުނުގޮވާނެ އެވަރުގެއިއްޒަތަކާ ރައްޔިތުންގެ ޓެކުސްލާރިން އެއްތައްލައްކަރުފިއާދޭއިރު އެކަކައްހަމަލަދޭކައްނުންގޮވީ އެއްލަކައްވުރެގިނަމީހުނައް ކޮއްމެރައްޔިތެއްވާނީހަމަމަ ށުއޫރެއްފާޅުކުރިއަސް ކުފޫހަމަނުވާބައިގަޑެއް މަަިކެއްލިބޭއިރައްކޮސްގޮވާ ތެޅިބާލަނީ އޭނައެގޮނޑިން ބޭރުކުރަން މައްސަލަވައްދަންޖެހޭ އުޅޭކޮޝީގަ ގޮވިއަސް ކުޑަކުދިންގެ ޕާކުތަކުގަހުރެނުގޮވޭނެ ހަމަލަދޭން

  7. ޙަަަހަ

    އެމްޑީޕީ ކަމެއްކުރިއްޔާ ، ޖަޒުބާތުގައި ނޫނީ ފިލި އޮޅުނީ ، ނޫނީ އެހެންކަމެއްވީ ، ކޮބާ ހަރުކައްޓަށް ފެހިކޯޓު ހެޔޮވަރުވާނެތަ

  8. ޖަމީލު

    ރަނގަޅު ވާހަކައެއް