ރާއްޖެ އަށް ވަންނަ ޑްރަގް ބޯޓުތައް އަތުލައިގަތުމުގައި އިންޑިއާގެ ދައުރެއް ނޯންނާނެ ކަމަށާއި އެ ނެޓްވޯކްތައް އަތުލައިގަންނަނީ އެމެރިކާ އިން ދޭ މައުލޫމާތާ ގުޅިގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ހިންގާ "އިންޑިއާ މިލިޓަރީ އައުޓް" ނުވަތަ "އިންޑިއާ އައުޓް" ހަރަކާތަކީ ރާއްޖެ އާއި އިންޑިއާ ގުޅިގެން ޑްރަގް ބޯޓުތައް އަތުލައިގަންނާތީ އެކަމާ ހިތްހަމަނުޖެހިގެން ހިންގާ ހަރަކާތެއްގެ ގޮތުގައި ބައެއް މީހުން ވަނީ ސިފަކޮށްފައެވެ. އަދި މިއީ ބިދޭސީ ޑްރަގް ނެޓްވޯކްތަކާ ގުޅިގެން ހިންގާ ވެރިކަން ބަދަލު ކުރުމުގެ ހަރަކާތެއްގެ ގޮތުގައި އެމީހުން ސިފަ ކުރެއެވެ.

"ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގެ ޑްރަގް ނެޓްވޯކެއް އަތުލައިގަތުމުގައި އިންޑިއާގެ އެއްވެސް ރޯލެއް ނޯންނާނެ ކަމަށެވެ. އަދި ރާއްޖެ އަށް ކަނޑު ހުރަސްކޮށް ދަތުރު ކުރާ ޑްރަގް ބޯޓުފަހަރު ހުއްޓުވާކަށް ވެސް އެމީހުންގެ ދައުރެއް ނޯންނާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

"އެކަމަށް މައުލޫމާތު ދެނީ އެމެރިކާ އިން. އެމެރިކާގެ އެންސީބީން ރާއްޖެ އަށް މައުލޫމާތު ދޭނީ. ނުވަތަ އެމީހުންގެ އެފްބީއައި އިން މައުލޫމާތު ދޭނީ." ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހޯމް މިނިސްޓަރު ކަން ކުރެއްވި އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އޭނާ ވަޒީރު ކަމުގައި ހުންނެވި އިރު، ޑްރަގް ބޯޓުތަކާ ބެހޭ އެއްވެސް މައުލޫމާތެއް އިންޑިއާ އިން ދީފައި ނުވާ ކަމަށެވެ.

އުމަރު ވިދާޅުވީ ރާއްޖޭގައި ބަހައްޓާފައި ހުރި ރާޑަރު ސިސްޓަމްތަކަކީ އިންޑިއާގެ އަމިއްލަ ބޭނުމަށް ބަހައްޓާފައި ހުރި ރާޑަރު ސިސްޓަމްތަކެއް ކަމަށެވެ. އިންޑިއާ އިން އެކަން ކުރަނީ އެހެން ގައުމުތަކުގެ މިލިޓަރީ އުޅަނދުތައް ވަދެ، ނުކުންނަ ގޮތް ބެލުމަށް ބަހައްޓާފައި ހުރި ސިސްޓަމްތަކެއް ކަމަށް ވިދާޅުވިއެވެ.

އޭގެ ތެރޭގައި ޗައިނާ އާއި ރަޝިއާ މަނަވަރުތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޑްރަގް ބޯޓު ފަހަރު ރާޑަރަށް ފެނިގެން އަންނާނީ. އޭގައި ޖަހާފައި ނޯންނާނެ ޑްރަގް ބޯޓެކޭ. ރާއްޖެ އަށް ބައިވަރު ބޯޓުފަހަރު ވަދެ ނުކުމެގެން ދޭ އަބަދުވެސް. ހުރިހާ ބޯޓަކީ ޑްރަގް އުފުލާ ބޯޓުތަކެއް ވެސް ނޫން. އެކަމަކު ޑްރަގް އުފުލާ ބޯޓެއްގެ އިޝާރާތް ކުރަނީ އެމެރިކާ އިން، އިންޑިއާއަކުން ނޫން." އުމަރު ވިދާޅުވިއެވެ.

"އެމެރިކާގެ ސިއްރު އެޖެންސީތަކުން ތުހުމަތު ކުރާ ބޯޓު ފަހަރު އެ ބަލަނީ. އެތައް ބޯޓެއް ދާނެ އެމީހުންނަށް ނޭނގި. އެމެރިކާ އަށް ތުހުމަތު ކުރެވިގެން އަޅުގަނޑުމެންނަށް މައުލޫމާތު ބަދަލު ކުރަނީ. އެއާ އެކު ދިވެހި ފުލުހުން އަރާ ރެއިޑް ޖަހަނީ. އެއީ އިންޑިއާ އާ ގުޅުމެއް ނެތް ވާހަކައެއް. އެ ދައްކަނީ ކޮސް ވާހަކަ،"

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޖާނޭ

    އުމަރު ތިޔަހެން ވިދާޅުވިއަސް އިންޑިއަން މިލިޓަރީ މިރާއްޖޭގައި ތިބެން ޖެހޭކަން ދެއްކުމަށް ކޮންމެ ފަދަ ދޮގެއްވެސް ހަދާފާނެ. އިހައްދުވަހު ސައްލެވެސް ބުންޏެއް ނޫންތަ! އިންޑިއާގައިވެސް ދިވެހި ފުލުހުން އުޅެޔޭ! އިންޑިއާ މީހަކު މިރާއްޖޭގެ ރަށެއްގެ މަގުމަތީގައި ރަބިއޮގެން ބަރަހަނާގައި އުޅުނަސް ބުނާނީ ދެިވެހިނއގެ ތެރެއިންވެސް ރާބޯ މީހުން އިންޑިއާގައި އުޅެއޭ! މާނައަކީ 2 ކޮޅުވެސް ސައްލެއަށް އެއްވަރޭ. އަޅުގަނޑުގެ ޖަވާބަކީ " އެދޭނަމަ ލޯބިވާ މިތުރާ. ހިތަށް ކުޅަދާނަ މިންވަރަކުން.
    އަދާވާތްތެރިވިަސް ވާންވީ، ހިތަށް ކުޅަދާނަ މިންވަރަކުން" ވީމާ، އިންޑިއާ މީހުން ދެކެ އެމް،ޑި.ޕީ މީހުން ލޯބިވާ މިންވަރަކީ އެމީހުންގެ ހިތަށްވެސް ކުޅަދާނަ ނުވާ މިންވަރަށް. ޢޫމަރު ތިޔަ ވަދާޅުވަނީ ކަން އޮތް ގޮތް ސީދަލަށް. އެކަމަކު ސަރުކާރުން ނޭވާލަނީ ވެސް އިންޑިއާ އިން ބުނާ މިންވަރަށް. ކޮންމެ ފަދ ނުބައި ކމަެއް ކޮށްފައިވެސް ބުނާނީ އެއީ ކުރީ ސަރުކާރުން ކަން ކިރ ގޮތުންނޭ. މިނިސްޓަރ އައިޝާއަށް އަދިވެސް ވަޤުތެއް ނުލިބޭ ކުރީ ސަރުކާރުން އަންގާ ކަންކަން ކޮށްފައި.

    36
    4
  2. ހަސަދު

    ބައްލަވާ މިޒަމާނުގައި މައުލޫމާތަކީ އެއްގައުމު އަނެއްގައުމަށް ހިއްސާ ކުރާ އެއްޗެއް. ހަމަ އެކަނި މަގޭ ގައުމު ކިޔައިގެން މިޒަމާނުގައި ވެރި ކަމެއް ނުކުރެވޭނެ. ތިޔަބޭފުޅާ ވެސް ވެރިކަމަށް ކުފޫ ހަމަނުވާކަން ހާމަ ވަމުން މިދަނީ.

    12
    35
  3. 1234

    ދެންގޮވަންވީނު އެމެރިކާ އައުޓޭ ؟

    7
    28
  4. ބަރަކް އޮބާމާ

    އުމަރާ! ތަންކޮޅެއް ވާނުވާ އެނގިގެން ވާހަކަ ދައްކަބަލަ. އެފްބީއައި އަކީ އެމެރިކާގެ ދާޚިލީ ތަޙްޤީގުތަކާ އިންޓެލިޖެންސްގަ ހަރަކާތްތެރިވާ ބައެއް. ބައިނަލް އަގުވާމީ ކަންކަމުގަ މުއާމަލާތްކުރާނީ ސީއައިއޭ

    12
    19
    • މިޝޭލް

      އެފްބީއައި އެހީވޭ ބައިނަލް އަގްވާމީ ކަންކަމުގައިވެސް. 180 ގައުމު ކަވަރ ކުރޭ އެމީހުން.

  5. އައުޓް

    އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް

    28
    7
  6. Anonymous

    ކޮބާ ހެކި ؟؟ ހުސްއަނގަތަޅާ ވަގުތުނޫސް އިން މޮޔަ އާޓިކަލް ނުނެރެބަ

    15
    16
  7. ޑިމްކޮރަޓިކްޕާތީޖަގަހައިން

    ސާބަހޭ އުމަރު، އިންޑިޔާ ސިފައިން ރާއްޖޭގައި ތިބޭ ވާހަކަ މިކިޔަނީ. ޢެމީހުން ފޮނުވާލަންޖެހޭ.

    31
    7
  8. Anonymous

    މިކަލޭގެ އަކަށްނޭނގޭ ދޯ އެފްބީއައި އަދި ސީއައިއޭ ގެ ތަފާތުވެސް.
    އެކަމަކު އަދުރޭ ނަންވާނީ.
    ލޮލް

    7
    18
    • ނޮމަސް

      ތިޔަ އެނަނިމަސްއަށް ވުރެ މޮޅަށް އެނގޭނެ އޭނައަށް އެކަމުގެ ވާނުވާ.

      7
      1
  9. ޢަލީ

    ޢުމަރު ތުރޫކޮން ކަމަށްވަނި އެމަޢްލޫމާތު އެމެރިކާއިން ރާއްޖެއަށް ފޮނުވަނި .

    2
    3
  10. ކަޅު ހުއްތު

    އަރުވަނީ އިންޑިޔާއިން, އަރުވަނީ އިނޑިޔާ މީހުން, އުފުލަނީ އިންޑިޔާގެ ބޯޓުގަ ދެން ކޮންމެހެން ރާއްޖެއައް އެތެރެވަންދެން ނުހިފަހައްޓާ މިތިބެނީ އެހެންކަންކަން މަތިއަޅަން ދައްކާނެ ފޮޓޯކޮޅަކާ މޮޅުވާހަކަޔެއްގެ އުފެއްދުމުގެ ބޭނުމުގަތޯ؟ ނޫނީ ވަކިގައުމެއްގެ މިލިޓަރީ މިގައުމުގަ ބައިތިއްބައިގެން ތިބޭތިބުމެގެ ދިފާއުކުރަން ރޭވިގެން ކުޅޭކުޅިގަންޑެއްތޯ؟

  11. ހުދުހުދު

    ޢުމަރު ނަސީރަށް ނޫނީ ދެން މިގައުމުގައި މިހިރަ ބޮޑެތި މަސްއަލަތައް ހައްލެއް ނުކުރެވޭނެ.

    5
    1
  12. އަމާން

    މިހާތަނަށް ޢުމަރު އެއްވެސް ދޮގެއް ހަދާފަ ނެތް.ހެދި ދޮގެއް ބުނެއެއް ނުދެވޭނެ.ހެކި ހުރެގެން މިހާތަށްވެސް އުމަރު ވާހަކަ ދައްކާފަހުރީ.ސާބަހޭ ޢުމަރާ.މަގޭ ޢާއިލާގެ ވޯޓު މިފަހަރު އުމަރަށް. ބަލަ ޖާނޭ .އެހެން ގައުމު ތަކުގައި ތިބޭހެނެއް ނޫނޭ މިގައުމުގައި އިންޑިޔާ ސިފައިން ތިބެނީ..މިތާ ތިބެނީ ވަގު އެއްބަސްވުން ހަދައިގެން ގައުމުގެ މިނިވަންކަން ގެއްލޭގޮތަށޭ. ކަލޮއަށްވުރެ މާރަނގަޅަށް ބައިނަލް އަޤުވާމީ ގޮތުން ސިފައިންގެ ކަންތައް އޮންނަގޮތް އުމަރަށް އެނގޭނެ.....ލަފާކުރާގޮތުން ތިޔައީ ޑެންމާކުގައި ﷲއަށް ގޮންޖަހައި ރަސޫލާއަށް ފުރައްސާރަ ކުރި އަންނި ފަހަތުގައި ހުރި މީހެއް ޖާނޭއަކީ.ބޯންޖެހޭނެ ބޯންވާނެ. ބޮއިގެން ހުރި ކަމަށްވެސް ލަފާ ކުރެވޭ.އެހެން ނޫނީ ވަގު ޔާމީނުގެ ވަގެއް.

    2
    1
  13. އަހުމަދު

    އުމަރަކީ އެމެރިކާއިން ރާއްޖެ އަށް ކަނޑަ އަޅާފަ ހުންނަ އިންޓެލިޖެންސް އެޖެންޓް އޭނާ ބުނާ ގޮތަށް ތިކަން އެހިނގަނީ.