މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާން ޖީލު އެކަމުން އަރައިގަތުމަށް މި ހަތަރު އަހަރު ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހަ އިން ފަރުވާ ލިބޭނެ ގޮތް ހެދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ގަރާރަށް މަޖިލިހުގައި ކުރި ބަހުސްގައި ނާޒިމް ވިދާޅުވީ ހަސަން ލަތީފް ހުށަހެޅުއްވި ގަރާރަކީ ވަރަށް މުހިންމު ގަރާރެއް ކަމަށެވެ.

އަދި މިހާރު ފެންނަނީ މަސްތުވާތަކެތީގެ ޖީލެއް ހަލާލުވަމުންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ. މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން އެކުލަވާލި މެނިފެސްޓޯގައި އެކަމާ ގުޅޭ ގޮތުން ވަރަށް ބޮޑަށް އަލިއަޅުވާލި ކަން ވެސް ނާޒިމް ފާހަގަ ކުރެއްވިއެވެ.

އެގޮތުން މަސްތުވާތަކެއްޗަށް ހުޅުވިފައި ހުންނަ ދޮރުތައް ބަންދުކޮށް އޭގެ ވިޔަފާރި ކުރާ މީހުން ހައްޔަރުކޮށް ހައްގު އަދަބުދީ އަދި ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމުކުރާނެ ކުރުމާއި އެފަދަ ކިތަންމެ ކަމެއް ކޮށްދޭނެ ކަމަށް ވައުދުވި ނަމަވެސް ފެންނަމުންދަނީ މުޅިން ތަފާތު މަންޒަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާ ހިތް އޮތީ މީގެ ތެރެއިން އެއްވެސް ކަމެއް ސަރުކާރަށް ކުރެވިފައެއް ނެތް. އަޅުގަނޑުމެން ހިތާމަ ކުރަން ޖެހޭ ކަމެއް ހަތަރު އަހަރުވެގެެން ދިޔައިރުގައި މި ސަރުކާރަށް ޑްރަގުގެ ވަބާގައި ޖެހިފައި ތިބި ޒުވާން ޖީލަށް ކުރެވުނު އެއްވެސް ކަމެއް ނެތް" ނާޒިމް ވިދާޅުވިއެވެ.

އަދި މަސްތުވާތަކެތި އެތެރެ ކުރާ މީހުން ހައްޔަރުކުރުމުގައި ވެސް ވެސް މި ސަރުކާރުން ބޮޑުތަނުން ފެެއިލްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ މީހުން ދޫކުރެވިގެންދާ ތަން ފެނި އަދި އެ މީހުން އިންސާފުގެ ކުރި މައްޗަށް ނުގެނެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމަ އެހެންމެ މިހާތަނަށް ކުރިއަށް ގެންދިޔަ ޑްރަގު ރިހެބިލިޓޭޝަން ސެންޓަރުތަކުން އެއްވެސް ފައިދާއެއް ނެރެވިފައިނުވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެހެން ކަމުން ހަސަން ލަތީފް ހުށަހެޅުއްވީ ވަރަށް މުހިންްމު ގަރާރެއް ކަން ނާޒިމް ފާހަގަ ކުރެއްވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޕިސްޕިސް

    ބަލަ މަނިކުފާނުމެންގެ އާރާބާރު ހުރިއިރުދޯ މިހިުރިހާކަމެއްފެށިގެން އައީ . . ކީއްވތޯ ގޮތެއް ނުހެއްދެވީ. . މި ސައރުކާރޭ ކިޔައިގެން ކޮސްގޮވިޔަކަސް ލިބޭނެ ވޯޓެއްނޯންނާނެ . .ތީ ހަމަބާގީ ނާޒިމް . . ސަލާމް

    6
    4
    • lޙަސަނާ

      މީއެއްވެސްކަމެއްވާ ސަރުކާރެއްނޫން ބޮޑުންގެ ޖީބުފުރުން ސިޔާސީމަގާމުއިތުރުރުކޮއް ވެރިކަމުގަ ބަގުޑިބައްދާ އިންޑިއާގެ އަޅުވެތި ކަމައް ގައުމު ވިއްކާލުން..

  2. އަބުޅޯ

    ކަލޭ އަންބޮނޑިބޮޑުކުރަން ތާޢިދުކޮށްގެންހުރެ ކޮން ވާހަކައެއ ދައްކާކަށް އަހަރެމެން ރުޅިއަރުވަން މި ރަމަޟާން މަހު.

    7
    3
  3. ޙަސަން

    ޢޭރު އަތްޖެހީ. ކުރިމަތި ލާންވީމަ ރަނގަޅު އެއްކަމެއްވެސް ނެތް

    7
    4
  4. ދިވެހި ޒުވާނުން

    މިއީ އިބޫ ސަރުކާރަކީ މިހާތަނަށް ދިވެހި ތާރީޚް ދުށް އެންމެ ގިނައިން ޑްރަގް އަތުލައި އެނައްތާލީ ސަރުކާރު އަދި މަސްތުވާ ތަކެއްޗަށް ކުރީގެ ބޮޑުން ހުޅުވާލާފައި ހުރި ދޮރުތަކުން އަންނަމުން ދިޔަ ޕާރސަލްތަކާއި ބޯޓު ފަހުރުތައްވެސް އަދި މީހުން ކައިގެންނާއި ބޮއިގެން ގެންނަ މަސްތުވާތަކެތި ހޯދާ ނައްތާލަމުން އެދަނީ އިބޫގެ ސަރުކާރުން މިކަން ހުއްޓުވޭނީވެސް އިބޫ އަށް

    5
    9
  5. ރާއްޖެ

    ތިޔައިން އެއްވެސް މަިހަކު އެކަން ހައްލު ކުރަން ނޫޅޭނެ. އުޅެފައެއްވެސް ނެތް...

    11
    2
  6. ރާކަނި ސައްތާރު

    ތިކަން ވާނެ މީހަކު މި ފަސްގަޑުގައި ނެތް....ބޮލަށް ބަޑި ޖަހަން ކެރޭނެ މީހަކު ހުންނާނެތަ.

  7. އަލީ އަލީ

    އޭގެ ކުރީ އަހަރުބ ތަކުގައި ކުރީ ކޮންކަމެއް

    4
    1
  8. ހެހެހ

    ވެރިކަން ބޭނުންވިޔަސް ތީ ބޮޑުވަރު ، 4 އަހަރު ނާޒިމް ވީތަން ރައްޔިތުން ތިބީ ބަލަން ، ގައްދާރު

  9. lޙަސަނާ

    މީއެއްވެސްކަމެއްވާ ސަރުކާރެއްނޫން ބޮޑުންގެ ޖީބުފުރުން ސިޔާސީމަގާމުއިތުރުރުކޮއް ވެރިކަމުގަ ބަގުޑިބައްދާ އިންޑިއާގެ އަޅުވެތި ކަމައް ގައުމު ވިއްކާލުން..

    1
    1
  10. ނާޒިމްސޯ

    އެ 4 އަހަރުން 3.8 މަސް އަހަރެން ހުރީ ކޯލީޝަންގައި ޕްރޮޖެކްޓް ނަގަން. އޭރު އެކަމާ އަސްލު ނޫޅެވުނީ ލާރި ހަދަން ވެގެން. ދެން މިހާރު ލާރި ހެދިއްޖެ. މިހާރު ގައުމު ފެނިއްޖެ. ވޯޓެއް ދެއްޗޭ