ރާއްޖެއިން "ވަން ޗައިނާ" އުސޫލުގައި ހިފަހައްޓާނެކަމުގެ ޔަގީންކަން ނައިބް ރައީސް ފައިސަލް ނަސީމް ޗައިނާފެ ސަފީރު ވަން ލީޝިންއަށް ދެއްވައިފިއެވެ.

"ވަން-ޗައިނާ ޕޮލިސީ" އަކީ ޗައިނާ އާއި ޓައިވާންއަކީ ދެ ދައުލަތަކަށްވުރެ ބޮޑަށް، ޓައިވާންއަކީވެސް ޗައިނާގެ ބައެއް ކަމަށް އެއްބަސްވާ ސިޔާސަތެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ޗައިނާ ސަފީރުކަމުގެ މުއްދަތުގެ ތެރޭގައި ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އެކުވެރި ގުޅުންތައް ހަރުދަނާވެ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށް އުއްމީދު ކުރައްވާކަމުގައި ނައިބް ރައީސް ވިދާޅުވިއެވެ.

ނައިބް ރައީސް ފާހަގަކުރެއްވި ގޮތުގައި، ކޮވިޑް-19ގެ ހާލަތާއި، ފަތުރުވެރިކަމާއި ސިއްހަތާއި އުމްރާނީ ތަރައްގީއާއި، މަތީ ތައުލީމުގެ ދާއިރާ އިތުރަށް ކުރިއެރުވން ފަދަ ކަންކަމަކީ އެ ގައުމުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމެވެ.

‎އަދި ޖީ20 ގެ ޑެޓް ސާވިސް ސަސްޕެންޝަންގައި ރާއްޖެއިން ބައިވެރިވުމަށް ކުރި މަސައްކަތަށް ޗައިނާ ސަރުކާރުން ދެއްވި އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ޑެޓް ސާވީސް ސަސްޕެންޝަންގައި ރާއްޖެއަށް ބައިވެރިވުމުގެ ސަބަބުން ކޮޮވިޑްގެ ފަހު އިގްތިސާދު އަލުން ފަށައިގަތުމަށް ވަރަށް ބޮޑު އެހީއަކަށްވި ކަމުގައި ނައިބް ރައީސް ވިދާޅުވިއެވެ.

‎ޗައިނާ ސަފީރު ވަނީ މި ބަލިމަޑުކަމުން އަރައިގަތުމުގައި ދިވެހި ސަރުކާރުން މުހިއްމު ސިޔާސަތުތަކެއް ތަންފީޒުކޮށް، ކުރު މުއްދަތެއްގެ ތެރޭގައި ބޯޑަރުތައް ހުޅުވާލައި ކާމިޔާބުކަމާއެކު ފަތުރުވެރިކަން ހުޅުވާލެއްވީތީ، އެކަމަށްޓަކައި ތައުރީފު ކުރައްވާފައެވެ. އަދި އަންނަ އަހަރަކީ ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 50 އަހަރުފުރޭ ރަންޔޫބީލް އަހަރުކަން ފާހަގަކުރައްވާ އެ މުނާސަބަތު ފާހަގަކުރުމަށް އެކިއެކި ހަރަކާތްތައް ހިންގުމަށް ރާވަމުންދާކަމުގައި އެ ކަމަނާ ވިދާޅުވިއެެވެ.

‎ސަފީރުގެ ވާހަކަފުޅުގައި، ދެ ގައުމުގެ މެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކޮށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ. އެގޮތުން މެޑިކަލް ޓީމުތައް ފޮނުވުމާއި ދެ ގައުމު ދޭތެރޭ އޮތް އިޖްތިމާޢީ އަދި ޒަމާންވީ ސަގާފީ ގުޅުންތައް ހަރުދަނާ ކުރުމަށް އިސްކަންދެއްވާނެކަން ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙަަަހަ

    ކީއްވެބާ ރައީސް އިބޫ އަށް ނުކެރުނީ ޗައިނާގެ ސަފީރާ ބައްދަލުކޮށްލަން ، ބޮޑުބޭބެ ބުނީތަ

    • ސަމާސާ

      އެނާގެ މޯދީ ސަރ ސައްޕު ޖަހާފާނެތީ ބިރުން

  2. އޮޅުވާލި ވޯޓު

    މިހާރުދެން އެއްޗެ ދޭނެފަރާތެނެތީމާ ޗައިނާ ބޮލައްސަވާރުވާން އެމަސަކަތްކުރަނީ ހޯހޯ ޗައިނާގަތިބީ ގަމާރުނެނޫން ހަމަހިލާ ކަލޭމެން ބޭނުންހާކަމެ ޗައިނާޔަކުން ނުކުރެވޭނެ ބުރާތިތަކާ

  3. އައުޓް

    އިންޑިއާ އައުޓް ނައިބް ރައީސް ފައިސަލް އައުޓް އިންޑިއާ އައުޓް ނައިބް ރައީސް ފައިސަލް އައުޓް އިންޑިއާ އައުޓް ނައިބް ރައީސް ފައިސަލް އައުޓް އިންޑިއާ އައުޓް ނައިބް ރައީސް ފައިސަލް އައުޓް އިންޑިއާ އައުޓް ނައިބް ރައީސް ފައިސަލް އައުޓް އިންޑިއާ އައުޓް ނައިބް ރައީސް ފައިސަލް އައުޓް އިންޑިއާ އައުޓް ނައިބް ރައީސް ފައިސަލް އައުޓް އިންޑިއާ އައުޓް ނައިބް ރައީސް ފައިސަލް އައުޓް އިންޑިއާ އައުޓް ނައިބް ރައީސް ފައިސަލް އައުޓް އިންޑިއާ އައުޓް ނައިބް ރައީސް ފައިސަލް އައުޓް އިންޑިއާ އައުޓް ނައިބް ރައީސް ފައިސަލް

  4. ފިއަލަ

    މޭޔަރައް ނުކެރޭނެ ބައްދަލު ކުރާކައް މޯދީ ރުޅިއަންނާނެ

  5. ބުޅާ

    ކޮން ކަމަކާ ބިރުންތަ "ވަން ޗައިނާ ޕޮލިސީ" އުސޫލު ހިފަހައްޓަން އެއްބަސް ތިވީ؟؟ މިތަން އަސްކަރީ ގޮތުން ޗައިނާއިން ހިފާފާނެތީތަ؟؟