ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކުން ވެސް މެންބަރުން އިތުރު ކުރަން "ވަގު ފޯމު" ހުށަހަޅާ ކަމަށާއި އެ ކަން ހުއްޓުވަން ކުރެވޭނެ ކަމެއް ވެސް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.

"ސަންގު ޓީވީ" ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ފުއާދު ވިދާޅުވީ، މި މައްސަލައަކީ ރާއްޖޭގެ ކޮންމެ ޕާޓީއަކަށް ވެސް ދިމާވެފައިވާ މައްސަލައެއް ކަމަށެވެ. އަމުދުން ޕާޓީއެއް އުފައްދަން ހުށަހަޅާ ފޯމުތަކުގެ ތެރޭގައި އޭގެ ފޯމު ގިނަ ކަމަށް ފުއާދު ވިދާޅުވިއެވެ.

"މި ކަމުގައި ވަކި ޕާޓީއެއް އިސްތިސްނާ ވުމެއް ނެތް،" ދެވަނަ ފަހަރަށް އީސީގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ކޮންމެ ފޯމެއް ވަކިން ޗެކްކޮށް ބެލުމުގެ އުސޫލެއް އެ ކޮމިޝަނުގައި ނެތް ކަމަށެވެ. އަދި ކުރިން ވެސް ފާހަގަ ކުރައްވާ އެއް މައްސަލަ ކަމުގައިވާ ފިންގަޕްރިންޓް ޗެކް ކުރާނެ ވަސީލަތެއް ވެސް އީސީއަކު ނެތެވެ.

އާންމު ގޮތެއްގައި އީސީން އަމަލު ކުރާ ގޮތަކީ އެކަމާ ގުޅޭ ގޮތުން ޝަކުވާ ލިބިއްޖެނަމަ، އެ ކަން ކަށަވަރު ކުރަން ފުލުހުންގެ އިދާރާއަށް ފޮނުވާ އެ ކަމުގައި މައްސަލައެއް އޮތްކަން އެނގިއްޖެނަމަ، އިސްލާހު ކުރަނީއެވެ.

މިކަމުގައި ދެން އޮންނަނީ އެ ޕާޓީއަކުން ޒިންާވުން ކަމަށް ފުއާދު ވިދާޅުވިއެވެ. އެހެންވިޔަސް ޕާޓީތަކުން މެންބަރުން ހަމަކުރަނީ ރަށްރަށުގައި ތިބި އެ ޕާޓީގެ އާންމު މެންބަރުންނާ ސަޕޯޓަރުން މެދުވެރިކޮށް ކަމުން އެ ކަންކަން ބެލޭނެ ވަކި ގޮތެއް ޕާޓީތަކުގެ ތެރޭގައި ނެތް ކަމަށް ޕާޓީތަކުން ފާހަގަ ކުރާ ކަމަށް ވިދާޅުވިއެވެ.

"ޕާޓީތަކުން ދެން މި ވިދާޅުވަނީ ތިމަންނަމެންގެ މެންބަރުން މި ލިބެނީ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުންނޭ، އެއީ ރަށްރަށުގައި ތިބި ސަޕޯޓަރުން ފުރި ފޯމުތަކޭ، ތިމަންނާމެންނަށް ތިކަމާ ބެހޭ މައުލޫމާތު ނޭނގޭ ކަމަށް،" ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ މިހާރު ވެސް އަމަލު ކުރަމުން އަންނަ އުސޫލުގެ ތެރެއިން މި ފަދަ ޝަކުވާއެއް ހުށަހެޅުމުން އެ ކަމެއް އީސީން ބަލާނެ ކަމަށެވެ. އަދި ނުރަނގަޅު ފޯމެއް ނަމަ، އެ ޕާޓީއެއްގެ ދަފުތަރުން އެ މީހަކު މިހާރު ވެސް އުނިކޮށްދޭ އުސޫލުން ކޮށްދޭނެ ކަމުގެ ޔަގީން ކަން އަރުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޢަލީ

    ވަރަށް ޒިންމާދާރު ކުޑަ ވާހަކައެއް ތިދައްކަނީ. ޕާޓީއެއް ރަޖިސްޓަރވަނީ ވަކި ވަރަކަށް މެންބަރުން ހަމަވެގެން. އަދި ޕާޓީތަކަށް ފައިސާ ދޫކުރަނީ ޕާޓީތަކުގެ މެންބަރުންގެ އަދަދަށް ބަލާފައި. މިގޮތަށް މިކަން އޮއްވާ ޕާޓީތަކުގެ ބެލެނިވެރި ފަރާތުން ތިބުނަނީ ވަގު ފޯމު ހުށައެޅިޔަސް ތިމަންނަމެންނަކަށް ބެލޭނެ ނިޒާމެއްނެތް ވާހަކަ. ތި ފޯމުތައް ވެރިފައި ނުކުރެވެންޏާ ގިނައިން ފޯމު ހުށައެޅި ބަޔަކަށް ގިނައިން ލާރި ލިބެނެތާ. ދެން އީ.ސީ ތީ ކީއްކުރާ ބައެއް.

    21
    1
  2. ކަނބުލޮ

    އިސްތިއުފާ ދެއްވާ

  3. ސަމާސާ

    ޒިންމާދާރުކަން ކުޑަވާހަކައެއް.
    ވައްކަން ކުރީމާ އަދި ސަރުކާރު މުއައްސަސާއަކަށް ދޮގު މައުުލޫމާތު ދިނުުމުން ކުޜާނެ ކަމެއް ނެތިއްޔާ ދެން ކޮބާ ތިކަން ބަޔަކު ރެގިއުލޭޓްކޮށް ބެލލެހެއްޓުނުގެ ބޭނުމަކީ ؟

  4. ޖާނޭ

    ތިޔަ ފުވާދަކީވެސް ވަގު ހިތެއް. ފުވާދަކީ ވަގެއް. އީ.ސީގައި ތިބެގެން ހިފަނީ ހުސް ރިޝްވަތު. ކުރެވޭ ކަމެއް ނެތް. ވޯޓްގެ މައްސަލަ ކޯޓްގައި ބަލަމުން ދަނިކޮށް ވޯތް ކަރުދާސްކޮޅު އަންދާލި ބޮޑެތި ޚައިނުން. ބޮޑެތި ވަގުން. ކުރެވޭ އެއްވެސް ކަމެއް ނެތް.

  5. އެވާހަކަބާ؟

    އެހެންވީ ތިޔައީ ވަގުފޯމަށް ލާރިދޫކުރަން ތިބޭބަޔެކޭތޯ ތިޔަވިދާޅުވަނީ. ރައްޔިތުންގެ ޓެކްސްފައިސާ އިނގޭތޯ..

  6. ލާހި

    ދެން އެހެންވީމާ ފުއާދު ތިޔަ ގޮޑީގައި ހުރުމުގެ ބޭނުމަކީ ކޮބައިތޯ ؟

  7. Anonymous

    ކުރެވޭނެ ކަމެއް އިސްތިއުފާ ދިނުން.

  8. ހިމް

    ކީއްކުރަން ހުށަހަޅާ ފިންގަޕްރިންޓެއް ސޮއެއް އެއްވެސް ފިޔަވަޅެއް ނޭޅެންޏާ؟ ބޮޑެތި ޒިންމާދާރު ވަޒީފާތަކުގައި ތިބެގެން ތާކުންތާކު ނުޖެހޭ ވާހަކަ މިދައްކަނީ ފުޢާދު ވެސް. ޑޮކިއުމެންޓް ފޯޖް ކުރުމަކީ ތަހުގީގުކޮށް ޖިނާޢީ ދަޢުވާކުރެވޭނެ ގާނޫނީ ކުށެއް.

  9. މ ޢަބްދު ﷲ

    ހުރިހާ ޕާޓީއަކުން ވަގު ފޯމު ހުށަހަޅާ، ކުރެވޭނެ ކަމެއް ނެތް: އީސީ

    33 މިނެޓް ކުރިން ( ޑިސެމްބަރު 30, 2021 )

    أستغف الله أستغف الله أستغف الله
    ޕާޓަަަަަަަަަަަަިތަކުގެ ބަފާ ދަރިން ނުބެލެހެއްޓޭކަމަށް އެއްބަސް ވުމުން ބުނަން އޮތީ out ވާށޭ.

    ކަލޭ ތިތާ ބޮޑަކަށް ހުރެގެން ނެގޭވޯޓަށް ގެރެން ޓީއެއް ނެތޭ .

    India out # India out # India out# India out ## India out #
    India out # India out # India out# India out ## India out #
    India out # India out # India out# India out ## India out #
    India out # India out # India out# India out ## India out #

  10. ޑެބޯގެރި

    ތި ކިޔޭ އެއްޗެއް ތީނަޔަށް އެގޭތަ.. އަހަރެން މި އިބްނަނީ މަސް ނިމުނީމަ މުސާރަ ނަގާށޭތަ؟ ދެން ކީއްކުރާ އީސީއެއް، ކީއްކުރާ އީސީގެ ރައީސެއް..

  11. ފަރާ

    ނިޔާވެފައިވާ މީހުންގެ ނަން ވެސް ޕާރޓީތަކުގެ ދަފްތަރު ގައި އޮވޭ. އެނަންތައް އުނިނުކުރާހާ ދުވަހަކު ޕާރޓީތަކަށް ފައިސާ މިލިބެނީ މުޅިދަފްތަރުގައިތިބި މެމްބަރުންގެ އަދަދަށް ކަމަށް ވާތީ އެވެސް އެއީ މިހާރުޗެކްކޮށް ރަގަޅު ކުރަންވާނެ ކަމެއް.

  12. ގަލަން ތުނޑު

    ތިވަރުކަމެއް ބަލާލެވެން ނެތި އިންތިޚާބު ބާއްވާ ޖައްބާރުންނަށް ވެރިކަން ހޯދައިދޭން މަނުކފާނު ތިހުންނެވީ ވަގުތު ކުޑަތަންވެފަ.. ތިޔައެއްވެސް އިންތިޚާބެއް ޞައްހައެއްނުވާނެ..ތިމައްސަލަ އޭސިސީ ބަލްނ ގޮވާލަން.މުޅިން އޮޅުވާލުމާމަކަރުހަދައިގެން ރައްޔިޔުންގެ ފައިސާ ސިޔާސީ ޕާޓީތަކުން ނަގާ ކައިނަގަނީ..މުޅިން އޮޅުވާލުން ކޮބާ ފުލުހުން..

  13. އޭއެމް

    ފުއާދު ކުރާކަމެެއްތީ އަވަހައް އިސްތިއުފާދެއްވާ ލަދުނުގަނޭތޯ ކޮބާ އީސީހަބީބު ؟ ބަރުލަމާނީ ފެންނަ ނުފެންނަ ޥޯޓައްބަޖެޓް ހޯދަން ރުއިރުއިން ކޮބާ؟ ޓެކްސްފައިސާއިން މުސާރަ ނަގަން ލަދުކޮބާ؟؟؟؟؟؟

  14. ކިޔު

    1. "ފުލުހުންގެ ތަހުގީގަށް ފޯޖު ލިއުން ހުށަހަޅާ. އެކަމަކު އެޅޭނެ ފިޔަވަޅެއްނެތް" މިހެން ފުލުސް ވެރިޔާ ބުނެފިނަމަ ކިހިނެތްބާ ވާނީ!؟
    2. "ޝަރީޢަތަށް ވަގުލިޔުން ހުށަހަޅާ. އެކަމަކު ކުރެވޭނެ ކަމެއް ނެތް" މިހެން ގާޒީއަކު ބުނެފިނަމަ، ކިހިނެތްވާނެބާ އެގާޒީއަށް!؟
    3. "ދަރިވަރުން ކޮޕީކުރާތަން ފެނޭ. އެކަމަކު ކުރާނެ ކަމެއް ނެތް" މިހެން މަދުރަސާއެއްގެ ނާޒިރަކު ބުނެފިނަމަ ކިހިނެތްބާ މީހުން ދެކޭނީ!؟ ބުނާނީ!؟
    - ތިޔަހެން ހާމަކުރުމުިން ދަޢުވަތު ޢާންމުކޮށް ހުޅުވާލެވުނީ ވަގު ލިއުން ހުށަހެޅުން ބާރަށް ކުރިއަށް ގެންދިއުމަށް. އެހެން ނުހައްދަވާ!!

  15. ފަރުދީޒިންމާ

    ކޮބާ ފަރުދީ ޒިންމާ ފަރުދީ ޒިންމާ އަދާނުކުރެވެންޏާ ތިޔަތާ ހުރުނުގެ ބޭނުމެއްނެތް އިސްތިޢުފާދީ

    • އަދުފާނު

      ދޮންކސލޯ މިޔަށް ކިޔަނީ ފަރުދީ ޒިންމާއެއް ނޫނޭ! މަޤާމުގެ ޒިންމާ!