މި ފެށުުނު އާ އަހަރުގެ ތަހުނިޔާތައް ކިޔަން ޖެހިފައި ވަނީ "ހިތްދަތި ޝުއޫރުތަކަކުން" ކަމަށް އިދިކޮޅު ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސް ގާނޫނީ ވަކީލުގެ ގޮތުގައި ވެސް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ޖަމީލް މިއަދު އާ އަހަރުގެ ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ޚިއްސާ ކުރެއްވީ ގައުމަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށެވެ.

ޖަމީލްގެ ޓްވީޓްގައި ތިން މައްސަލައެއް ލިޔުއްވާފައިވެއެވެ؛ ފުރަތަމަ އޮތީ ގައުމުގެ މިނިވަން ކަން ގެއްލޭނެ ގޮތަށް އިންޑިއާ ސިފައިން ތިބުމެވެ. ދެވަނަ ކަމަކީ، މުސްހަފާއި މިސްކިތްތަކަށް ގޯނާކޮށް ދީނީ އިލްމަށް ނުރައްކާ ކުރުމެވެ. ފަހު ކަމަކަށް އޮތީ، އިގްތިސާދު ދަށްވެ ތަކެތީގެ އަގު އުފުލުމެވެ.

"އާ އަހަރުގެ ތަހުނިޔާ މި ކިޔަނީ ހިތްދަތި ޝުއޫރުތަކަކާއެކު،" ޖަމީލް ލިޔުއްވާފައިވެއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީން ދަނީ "އިންޑިއާ އައުޓް" ޝިއާރުގައި ބޮޑު ކެމްޕޭނެއް ވެސް ހިންގަމުންނެވެ. ކެމްޕޭން ފުޅާ ވެގެން އައީ ޕީޕީއެމް ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމުން މިނިވަން ވުމާ އެކުއެވެ. އެމަނިކުފާނު ގެންދަވަނީ އެ ޝިއާރުގެ ޓީޝާޓް ތުރު ކުރައްވައިގެން ރާއްޖޭގެ އެކި ރަށްރަށަށް ދަތުރު ކުރައްވަމުންނެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 29، 2019 ގައެވެ. ހައި ކޯޓުން އެ ހުކުމަށް ތާއީދުކޮށް ހުކުމް ކުރީ ޖެނުއަރީ 21، 2021 ގައެވެ. ނޮވެމްބަރު 30، 2021 ގައި ޔާމީން މިނިވަން ކުރުމުގެ ހުކުމް ސުޕްރީމް ކޯޓުން އިއްވި އިރު އިސް ވަކީލަކަށް ހުންނެވީ ޖަމީލެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ތުން ތުނާއި ބޭ

    އާ އަހަރުގެ ތަހުނިޔާ މި ކިޔަނީ ހިތްދަތި ޝުއޫރުތަކުން ބޮނޑި ބަތް ކޮޅެއް ކައްކާނެ ލާރި ކޮޅެއް ވެސް ނެތި

    6
    7
  2. މަނީމަނީ

    ޖަމީލު ހިތްއުފާކުރުވާ މިގަވްމަކީ ޑުރަގު އައްޑާޔަކައްހަދަން ދިވެހި ރައްޔިތުންނާއި ސަރުކާރަކުން ނޫޅޭ

    5
    5
  3. ބޭކާރު

    މިތާންގަ ސަރުކާރެއް އެބައޮތްތަ މިތާއޮތީ ގޮނޑިކޮއްކޮ ސަރުކާރެއް އެކަހަލަ ސަރުކާރު އަހަރެމެން ކުޑައިރު ކުޅެންއުޅުމުގެތެރޭގައިވެސް އޮވޭ

    2
    1
  4. ﷲއަށްބިރުވެތިވޭ އަނިޔާވެރިޖައްބާރުންނާ ދުރަށްދޭ

    މިސަރުކާރަކީ ދުނިޔޭގަމިހާތަނައް އުފެދުނު އެންމެ ހަޔާކުޑަ ރައްޔަތުން ބިކަކުރިސަރުކާރު ﷲއާއި ރަސޫލާއަށް އިސްލާމްދީނައްފުރައްސާރަކުރި ޖަބާރުޖާހިލް ސަރުކާރެއް މުންކަރާތައް ހުދައްކުރި ސައިތާނާއަށް ބައިތުހިފާގެންތިބިބައިގަނޑެއް

    1
    1
  5. ދެންހަމަ

    ޑުރަގޭ ތިކިޔަނީ ކުރިން ތިގޮތައް ގޮވހ800 މިލިއަން ޑޮލަރޭވެސް ދެންގޮވި ވަގޭ ވެސް ދެން މަނީ ލޯންޑުރީއޭ ހުރިހާ އެއްޗެއް ދިޔައީ ޗޮކުން މިހާރުތިގޮވަނީ ޑުރަގޭ ޑުރަގަކީ ރީނދޫ ބައިގެ އެއްޗެއް.

  6. އަލްޖިބްރާ

    ކަލޭ ހިތްދަތި ވެފަހުއްޓަސް އެކަމާ އަޅާލާނެ ބަޔަކު މިޤައުމަކު ނެތް !