ހުޅުމާލެ ދެ ވަނަ ފިޔަވަހިން ބިން ވިއްކަން ދާދި ފަހުން ނެރުނު އުސޫލަށް ބަދަލު ގެނެސް، ހަމައެކަނި މާލެ މީހުންނަށް ބިން ގަނެވޭ ގޮތަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑައަޅައިފިއެވެ.

މިދިޔަ ހޯމަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކަން ނިންމައި އެޗްޑީސީން އިއުލާން ކުރި ޝަރުތުތަކުގެ ތެރޭގައި 18 އަހަރު ފުރިފައިވާ ކޮންމެ ދިވެއްސަކަށް ވެސް ކުރިމަތިލެވޭނެއެވެ.

ނަމަވެސް އޭގެ ފަހުން 30 ޑިސެމްބަރުގައި ކުރި އާ އިއުލާނެއްގައި ފުރަތަމަ ޝަރުތެއްގެ ގޮތުން ކަނޑައަޅާފައި އޮތީ "މާލޭގައި ރަޖިސްޓްރީވެފައިވާ ރަށްވެއްސަކަށް" ވާން ޖެހޭނެ ކަމަށެވެ.

އެޗްޑީސީން ކުރިން ނެރުނު އިއުލާނެއްގައި ބުނީ ބިން ވިއްކުމުގެ ބޭނުމަކީ، ޒަމާނާއި އެއްގޮތަށް ތަރައްގީ ކުރެވޭ ގެދޮރުވެރިކަމުގެ އެކި އެކި މަޝްރޫއުގެ ތެރެއިން އެކިއެކި ފަންތީގައި ހިމެނޭ މީހުންނަށް ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި މިފަދަ މަޝްރޫއުން ލިބޭ ފައިސާ އިން ސޯޝަލް ހައުސިން ކެޓަގަރީގެ ބިންތަކުގެ އަގު ހަމަޖައްސައި އެ މަޝްރޫއުތަކުގެ އަގު ކުޑަކުރުން ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން އިސްކަންދޭ ކަންކަން:

  • އަލަށް ބިން ގަންނަ މީހަކު ކަމުގައިވުން.
  • މާލެއިން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ރަޖިސްޓްރީކޮށްފައި ނުވާ މީހަކަށްވުން.
  • ކޮންމެ މީހަކަށް ވެސް ގަނެވޭނީ ހުޅުމާލެ އިން އެއް ބިން.
  • ވިއްކަނީ 1،603.07 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިން.
  • ވިއްކަނީ ބީޗް ފްރަންޓް 26 ބިން، ބީޗް ސައިޑް 34 ބިން.

އެޗްޑީސީން ބުނީ ބީޗް ފްރަންޓުން އަކަ ފޫޓަކަށް 3،900ރ. އަށް ބިން ވިއްކާ އިރު، ބީޗް ސައިޑުން ވިއްކުމަށް ހަމަޖެހިފައި ވަނީ އަކަ ފޫޓަކަށް 3،500ރ. ގެ މަގުން ކަމަށެވެ.

ގޯއްޗަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް:

  • މާލޭގައި ރަޖިސްޓްރީވެފައިވާ ރަށްވެއްސަކަށް
  • ދިވެހި ރައްޔިތެއް ކަމުގައިވުން.
  • މީލާދީ ގޮތުން 18 އަހަރު ފުރިފައިވުން.
  • ހުޅުމާލެ އިން ބީލަމުގެ އުސޫލުން ބިމެއް ގަނެފައިވާ ފަރާތަކަށް ނުވުން.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. އަބްދޫ

    60 ގޯތި ތިންލައްކަ ބިޑް ސެކިއުރިޓީ އެއީ ފަގީރުން ކަޓުވާލާފަ މުއްސަނދިންނަށް ގޯތި ވިއްކަން ކުރިކަމެއް . މިހާރަކު ގޯއްޗެއްނުވިއްކޭގެ މައްސަލަ އޮތީ ކޯޓްގަ.

    43
    1
  2. އައުޓް

    ރައީސް އިބޫގެ ސަރުކާރުން މިވަނީ މާލޭ މީހުންނާއި ރާއްޖެތެރޭ މީހުން ޖެއްސުމަށް ޓަކައި ހަމައެކަނި މާލޭ މީހުންނަށް ގޯތި ވިއްކަން ނިންމާފައޭ އެއީ ސީދާ ރައްޔިތުންނަށް ބަތާހަރާމީވެ ހަރާމްކޯރުވެފައޭ ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް...

    47
    8
  3. ނުވިއްކޭނެއޭ

    ހުޅުމާލޭން ބިން ވިއްކަނީ އެއީ ދައުލަތަށް ފައިސާ ހޯދަންއޭ އެއްގޮތަކަށް ވެސް ހަމައެކަނި މާލޭ މީހުންނަށް ހުޅުމާލޭން ބިން ނުވިއްކޭނެއޭ ނުވިއްކޭނެއޭ ނުވިއްކޭނެއޭ ނުވިއްކޭނެއޭ ނުވިއްކޭނެއޭ ނުވިއްކޭނެއޭ ނުވިއްކޭނެއޭ ނުވިއްކޭނެއޭ ނުވިއްކޭނެއޭ ނުވިއްކޭނެއޭ ނުވިއްކޭނެއޭ ނުވިއްކޭނެއޭ ނުވިއްކޭނެއޭ ނުވިއްކޭނެއޭ ނުވިއްކޭނެއޭ ނުވިއްކޭނެއޭ ނުވިއްކޭނެއޭ ނުވިއްކޭނެއޭ ނުވިއްކޭނެއޭ ނުވިއްކޭނެއޭ ނުވިއްކޭނެއޭ

    16
    1
  4. ގަޅި

    މާލެ މީހުން މިވަރަށް ގަޅި މިހައްދަނީ 2023 އަށްތަ؟ ފުރަތަމަ އިއުލާންކުރަނީ ދިވެހި ރައްޔިތުންނަށް. ދެން އިސްލާހުކުރަނީ ހަމައެކަނި މާލެ މީހުނަށް. ވިނަރެސްވެސް ވީ ހަމަ އެހެން. ވެކްސިނަށްވެސް ވާނީ އެހެން. ވެކްސިން މުޅި ރާއްޖެއަށް އެކަމަކު ފަހުން ބުނާނެ ނޫނެކޭ ހަމައެކަނި މާލެ މީހުނަށޭ. ލަދުން ބޯހަލާކު

    14
    1
  5. ބޭރުވައްތަރު

    ދިވެހި ރައްޔިތުން ނޫން މީހުނަށް މާލޭގައި ރަޖިސްޓްރީ ވެވޭތަ. އެގޮތަށް ވެވޭނަމަ، އެމީހާ ވާނީ ދިވެއްސަކަށް ނޫންތަ

  6. ފާއިޒު

    ތި އެޗް ޑީ ސީ އާއި މި ސަރުކާރަކީ އެއްވެސް އާރެއްނެތް އެޖެންޑާ އަކާ އެކީ އުޅޭބައެއް، ޕްލޭނެއް ނެތް ބައެއް، ހައްތާވެސް ދޯދިޔާ ނިންނުން ނިންމަމުންދާ ބައެއް. ތަފާތު އެކި ސަބަބު ތަކާއި ހުރެ މާލޭގައި އުޅެވޭނެ އެއްވެސް ބިމެއް ނެތް، އެކަމަކު ކާބަފައިންފެށިގެން ހަތަރުމަތިފުށް މާލޭމީހުން އެބަތިބި. ޙަމަ އެއާއެކު ލިބިފައިވާ މުއްސަނދިކަމަކާއެކު މާލެ އައިސް މާލެއިން ގޯތިތައް ގަނެ މާލޭގެ ވަޒަންވެރިންނަށް ވެފާތިބި މަހުޖަނުން ތަކެއްވެސް އެބަތިބި، ދެން މާލޭމީހުންނަށް ފޭސް 2އަކުން ބިން ވިއްކާއިރު މި ބުނެވުނީ ވަރަށް ވާހަކަ.

    11
    1
  7. ނާޒިމް

    ހަމައެކަނި މާލެ މީހުންގެ ފައިސާއިން ހިއްކި ރަށެއްތޯ ހުޅުމާލެއަކީ؟؟؟

    11
    2
  8. ރައްޔިތު ދޭސީ އަހަންމަދު

    ތިޔަ އެޗްޑީސީ ކިޔާބަޔަކައް ހުޅުމާލެ ފޭސް 2 އަދި ފޭސް 1 އިން ގޯތިވިއްކާ ފުލެޓް އަޅަން މުއްސަދިންނައް ދީގެންނާއި ފުލެޓް އަޅައިގެން ވިޔަފާރި ކުރަން ހުޅުމަލޭގެ މިލްކިއްޔާތް އަމިއލަވީގޮތެއް ރައްޔިތުންނައް ސާފްކޮއްދެއްވަންވީނޫންތޯ އިހައްދުވަހު އެހަވާލްކުރީ މާފުށިން ހިއްކިބިންތައް މާފުށީ ކައުންސިލްއައް ރައްޔިތުންނައް ގޯތިދޭން މާފުށިން ކިއްކުރަންތޯ މިރާއްޖޭގެ އެއްވެސް ރަށަކުން ގޯޗެއް ގަންނާކައް ނުވަތަ ގޯއްޗެއް ހޯދުމައް މައިންބަފައިންގެ ތަރިކައިން ލިބޭ ބިންކޮޅެއް ދޫކޮއްލާކައް ނުޖެހޭ މާލެ ފިޔަވާ އެހެންރަށަކުން މީކޮންގާނޫނެއްގެ ދަށުން ސަރުކާރު ތަކުން ހިންގާ ނަސްލީ ތަފާތް ކުރުމެއްތޯ ގާނޫނު އަސާސީގައި ސާފް ދިވެހިބަހުން އެބަބުނޭ ވަކި އާއިލާޔަކައް ވަކިރަށަކައް ވަކި އަތޮޅަކައް ވަކިގޮތެއް ހަދައިގެން ތަފާތްކޮއްގެންނުވާނޭ އެހެންވީމަ މީސަރުކާރުތަކުންހިންގާ ޖަރީމާއަކައް ނުވޭތޯ ނަސްލީތަފާތްކުރުން އެކަމަކު ވޯޓް ލާންވީމަ ޖެހޭ މާލޭގެ ރައްޔިތުންވެސް ވޯޓްދޭން ބަޔަކު ހީހީ ހަލާކްވެދާނެނޫންތޯ މިކަހަލަވާހަކދައްކަން ރަނގަޅު ރޯދަމަހު ރޯދަ ކުރު ކުރަން ހިނިފުޅު ވަޑުވާލާ ޕޮރޮގްރާމެއް ހަދައިގެން

  9. ސލ

    ނިކަމެތިންނަށް ބިން ގަނެވޭގޮތަށް ބިން ވިއްކުމަށް
    ސަ ރުކާ ރަށް ހުށަހަޚަމެވެ އެއީ ރ ޔާމީން ދައު ރުގައި ގޯތި ވިއްކަން ހުށަހެޅި އަގު -/400،000 ރުފިޔާ އެވެ

    11
  10. ލލ

    ނަސްލީ އިމްތިޔާޒް ގެންގުޅޭބަޔެއް، 50 އަހަރު ވީއުރުވެސް ބިމާއި ބެހޭ ރަގަޅު ޤާނޫނެއްވެސް ނެހެދުނު، އަބަދުވެސް މާލޭގެ ކުލި ހިފަހައްޓާލަން އުޅެނީ ކުލީގެ ވިޔަފާރި ފުޅާކޮށް މާލެ ސަރަހައްދަށް ވިޔަފާރި ޖަމާކޮށް މީހުން ތޮއްޖައްސަން !

    12
  11. Anonymous

    އިބުރާ ހުޅުމާލެ ބިމަކީދިވެހި ހުރިހަރައްޔޓުން ހަމހަމަބިމެއް ކަލޭތިއުޅެނީ މާލެ މީހުން ރާއްޖެތެރެ މީހުން ކިޔައިގެން ފިތުނައިގެ ހުޅުގަޑެއްރޯކުރަން ހުޅމާލެބިމަކީ ކަލޭ މއިން ބަފަފައިންގެތަނެއްނޫކަން ދަންނާތި ކިބޫ

    11
    1
  12. ހަޑިކަމެކޭ

    މިއީ ވަރަށް ހަޑި މުޑުދާރު ކަމެއް މި ސަރުކާރު ހާދަ ހަޔާތްކުޑަ އޭ ހަމަ ހައިރާން ވާ ހާ ވޭ

    13
    1
  13. ެައަހްމަދު

    2023 ގައި މާލޭމީހުންނޫންމީހަކު ސޯލިހައްވޯޓުނުދޭތި އަކަފޫޓެއް ހިއްކަންދިޔައީ ކިތައްރުފިޔާ މިމީހުންގެހުންނަނުބައި ނުލަފާކަންމިހިރީ ކޮންމެކަމަކުންވެސް މަހުޖަނުންބައް މިސަރުކާރުން ފުރުސަތުއޮތީ ނިކަމެތިން ނިކަމެތިވާން ދަޫކޮށްލީ

    15
  14. ގަލަން ތުނޑު

    މާލޭ މީހުން ޒިންމާ ވާގޮތަށްތޯ ލޯނުނެގީ އެހެންވިއްޔާ މާލޭމީހުނަށް އަތޮޅުތެރެން ސިނާއީ ރަށްރަށުން ދީފައިވާ ގޯތިތައް ވަގްތުން ވަގްތަށް ވަކިކުރޭ...މީވަރަށް ނާއިންސާފު ނިންމުމެއް.އަދި ވަކިން ބިޑްއުޞޫލުން.

    14
    1
  15. ދިވެހި ދިދަ

    މީ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުންތޯ ނޫނީ ރައްޔިތުންގެ ލޭބުއިންތޯ

    16
  16. ރޖތެރެ

    ވޯޓް ހޯދަންނާންނާތި ވަރަށް ސާފް

    14
    1
  17. ރާއްޖެތެރޭ މީހާ

    މި މާލެއިން މިގައުމުގެ ވެ ރިކަން އެހެން ހިސާބަކަށް ބަދަލުކު ރުމުން ޖުމުލަކޮށް ހު ރިހާ ރައްޔިތުން ލިބޭނެ ފައިދާ މާބޮޑުވާނެ ، ހަމަ ގައިމުވެސް މި އަޅުވެތިކަމާއި ތަފާތުކުރުމުން ސަލާމަތް ވާނެ ،

  18. ހާލުފޮޅި

    ކީއްވެހޭ މާލޭ ރަށްވެހިން ވީމަ ބޮޑު އަގުގަ ބިން ގަންނަން ޖެހެނީ . . . މީ އަޖާއިބެއް

    10
  19. ހާސް

    ތިވެސް ގަންނާނީ ހަމަ ވިޔަފާރި ވެރިން އެމީހުންގެ ދަރިން، އަނބިންގެ ނަމުގައި ނުވަތަ މީހަކަށް ފައިސާ ކޮޅެއް ދީގެން ފަހުން ރެޖިސްޓްރީ ބަދަލު ކުރާހެން. ނުވަތަ ކޮންމެވެސް އިލީގަލް ބަންގާޅު މީހެއް. މާލޭގައި ގިނަވާނީ ގެ ކުއްޔަށް ދީގެން ވިޔަފާރި ކުރާ މީހުން. އަސްލު ވިޔަފާރި ވެރިންގެ މެޖޯރިޓީ އަކީ ރަށްރަށުގެ މީހުން. ފަހަކަށް އައިސް ބަންގާޅު މީހުން.

    11
  20. އަހުލާމް

    ތިޔައީ މާލޭ މީހުންގެ އެކަނި ބިމެއްނޫން. އެންމެންނަށްވެސް ބިން ލިބެންޖެހޭނެ. އެހެންނޫނީ އިބޫއަށް ދޭނެ ވޯޓެއް ނޯންނާނެ.

    10
    3
  21. އައުޓް

    ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް

  22. ޙުރާ

    ހުޅުމާލެއިން “ބީލަމުގެ އުސޫލުން” ބިމެއް ގަނެފައި ނުވުން.. . ގޯހެއް ނޫން!!!

  23. މަގޭވޯޓް ރާއްޖެތެރޭ މީހުންނަށް

    ކަލޭމެން މީގެފަހުން އަހަރުމެން ރާއްޖެތެރޭ މީހުން ކައިރިޔަށް މަށަށް ވޯޓެއް ދޭށޭ ކިޔާފަ ނާންނާތި، އަޔަސް ނުދޭނަން

    14
  24. ހަނީ

    މާލެ މީހުން އަށް ދީފާ ރާއްޖެތެރެއަށް ވޯޓުހޯދަން ނާއްނާތި..
    ހމައެކަނި މާލެ މީހުން އަށް މާލެއިން ގޯތި ދީ..

    10
    1
  25. އަރީހާ

    ތިޔަށް ކިޔާނީ ހައްދު ފަހަނަޅާ ދިއުމޭ ، ހުޅުމާލެއަކީ ވަކިބަޔަކަށް ނިސްބަތްވާ ރަށެއްނޫން ، ހުޅުމާލެ ކިއަސް ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ހަމަހަމަ ބިމެއްގެ ގޮތުގައި އެތަން އޮންނަންވާނީ ، އެބިމުން ޝަރުތުހަމަވާ ކޮންމެ ފަރާތަކަށް ގޯތި ގަތުމާއި ފްލެޓް ލިބުން އޮންނަންވާނެ ،

    9
    2
  26. ތަހުޒީބު

    ރާއްޖޭގެ އެހެނިހެން ރަށްރަށުން މާލޭ މީހުންނަށް ގޯތި ގަންނަން ލިބޭ ކަމަށް ވާނަމަ ދެން؟؟؟
    ހުޅުމާލެ އަކީ ސުހޭލުގެ ތަރިކަ މުދަލެއްތަ؟

    11
    1
    • Anonymous

      ސުހޭލަކީ ސޮހޮލެކޭ

  27. މަތިކޮމަންޑޫ

    ހުންނާނެ ރާކަނި މަސްކޮޅެއް ހަދާލާފަ. އަންނަޗެއް ކާލަން ވޯޓްގެ ކުރިން.

  28. ކަލޯ

    މިހާރުވެސް ފުލެޓް ތިގޮތަ މާލޭމިހުންނަ ބަހާލި އެފުލެޓް މއެމީހުން ނުއުލޭކުއްޔަ އެދެނީ މިއީ އުލޭނެ ތަނެއްނެތް މަގުމަތީގަ ނުދާއުޅުން މީހުންނޭ ....މާލޭމީހުންތަ ވޯޓުދެނީ..މާލެ މީހުންނަދީގެން އަހަރެމެން މިޖެހެނީ އަބަދުވެސް މިމީހުން އަތުން ކުއްޔަހިފަން..

  29. ކޮހާ

    މާލެމީހުން އަތުން ކުލިއަށް ތިބޭތިބުން ހުއްޓަލަންޖެހޭ އަހަރެމެން މާލޭ ނުދަނަން ރަށްރަށުގަ ވަސީލަތަތް ގާއިމުކުރޭ...ސިޓީއޭ ކިޔަފަނަންޖެހި ތަނަކުން ހިދުމަތެއް ގާއިމުކުރެވިފައެއްނެތް އެކަމަކު ބާރައްޖަހާ...

  30. ވަރިހަމަ

    ރަނގަޅު ބަދަލެއް. ތިޔަ ބަދަލު އިތުރަށް ފުރިހަމަކުރުމުގެ ގޮތުން ހުޅުމާލެ ތަރައްގީގެ އެކިކަންކަމުގައި ނަގާފާއިވާ ލޯނުތައްވެސް މާލޭ ބޭފުޅުންނަށް ބައްސަވާދެއްވާ. އަހަރެން ރާއްޖެތެރެ މީހާ މައްސަލަނެތީ.

  31. އަދުނާނު

    މާލޭ ސަރަހައްދުގެ ރައީތުނަށްނަށް ގޯތިދޭން ހިންކިތަނެއް އެޗްޑީސީ ނަމަކަށް ކިޔާ ކުންފުނުންޏަކަށް ދީފައި ތިޔަ އޮފީ އުފެދުމުގައިވެސް ބާތިލްކޮށް.

    މުއްސަދިންނަށް ގޯތި ވިއްކުން ނޫން ކަމެއް ނުކުރެވޭ.

    ޝުހޭލުމެން ސައިޒް ބޮޑުވަމުން ގޮސް ކެމެރާއަށް ނުއަރާ ވަރުވެއްޖެ.