ބައެއްގެ ހިތްތަކުގައި ފައިސާއަށް ދަހިވެތިކަން ބޮޑުވެއްޖެ ކަމުގައިވާނަމަ އަހުލާގެއް މުހިންމެއް ނުވާނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އަލީ ޒާހިރު ބިން ސައީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއަށް މުޅިިން އަލަށް ގެސްޓް ހޯމް ސްޓޭ ވިޔަފާރި ތައާރަފް ކުރުމާއި ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައި މަޝްހޫރު ޖަމިއްޔާ ސަލަފުގެ މެންބަރުންގެ ތެރޭގައި ހިމެނޭ އިލްމުވެރިޔާ ޝައިހް އަލީ ޒާހިރު ވިދާޅުވީ ބައެއްގެ ހިތްތަކުގައި ފައިސާގެ ދަހިވެތިކަން ބޮޑުވެއްޖެ ނަމަ އެބަޔަކަށް އަދަބެއް އަހުލާގެއް މުހިންމު ނުވާނެ ކަމަށެވެ.

ހޯމް ސްޓޭ ވިޔަފާރިއާއި ގުޅިގެން ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅު ކުރައްވަމުން އަންނަ ދަނޑިވަޅެއްގައި ޝައިހް އަލީ ޒާހިރު މިފަދައިން ޓުވީޓު ކުރައްވާފައި ވީނަމަވެސް އެކަމާއި ގުޅިގެން އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމަވެސް އޭނާވެސް ނިސްބަތްވާ ސަލަފް ޖަމިއްޔާއިން ވެސް އިއްޔެ ވަނީ ހޯމް ސްޓޭ ވިޔަފާރި ވަރަށް ބޮޑަށް ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.

އެގޮތުން ހޯމްސްޓޭގެ ނަމުގައި ތަޢާރަފު ކުރެވެނީ ރާއްޖޭގެ އިސްލާމީ, އިޖްތިމާޢީ ފޭރާން އެކީ އެކައްޗަކަށް ވީދައިގެންދާނެ ކަމެއް ކަމަށާއި, އެއީ ފާހިޝް ކަންކަން ޢާންމުވެ, ނަސްލުއޮޅި, އަޚްލާޤް ފަސާދަވެ, ސަގާފަތް ބަދަލުވެ, އިސްލާމީ ޝަޚްސު ކިލަނބުވެގެންދާނެކަމެއްކަމަށް ޖަމްޢިއްޔަތުއްސަލަފްގެ ރައީސް ވަނީ ވިދާޅުވެފައެވެ.

އަދި ހަމައެހެންމެ، ހޯމް ސްޓޭއަކީ ދިވެހި ރައްޔިތުން ދުނިޔޭގެ ދަޅައިގައި ޖައްސައި, އެ މީހުންގެ ގެތަކުން އިސްލާމްވަންތަކަން ފޮހެލައި, އިސްލާމް ދީނާ ބީރަށްޓެހި ގޮތްތައް މުޖުތަމަޢުގައި އަށަގެންނެވުމަށް ދުރާލާ ރާވައިގެން ބަޔަކު މީހުން ހިންގާ ބޮޑުވެގެންވާ ޖަރީމާއެއްކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް މުހައްމަދު ލަތީފު ވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ނާޅި

    ހޯމް ސްޓޭ އަކީ އިސްލާމީ ދަޢުވަތު ދިނުމަށާއި އިސްލާމް ދީން އޭގެ ރަގަޅު ސައްހަ ގޮތުގައި މީސްތަކުންނަށް ފޯރުކޮށް ދިނުމަށް ދިވެހިންނަށް ލިބޭނެ ރަގަޅު ފުރުސަތެއް ރަގަޅު ގޮތުގައި އެކަން ކުރެވިއްޖެނަމަ، މާލޭގައި ހޯމް ސްޓޭ ވިޔަފާރި ހިންގާތާ 50 އަހަރުވެއްޖެ ބަޔެއް މީހުން އެތަންތަން ގެސްޓް ހައުސްތަކާއި ހޮޓާތަކަށް ބަދަލް ކޮށްގެން އަދިވެސް އެދަނީ ހިންގަމުން !

    6
    31
    • ތެޔޮ

      ހަހަހަހަ އާން، ރިސޯޓުތަކާ ސަފާރިތަކުގައްޔާ ގެސްޓްހައުސްތަކުގަ ކަލޭމެން ދީން އުނގައްނައިދެނީ. އެތަންތަނުން އިސްލާމްވެގެން ނުކުންނަ ފަތުރުވެރިންތައް ގިނަކަމުން ޕޯޕުވެސް ކަންބޮޑުވެފަ ހުރީ.

      25
  2. އުގުރި

    ލިބޭ ޑޮލަރުތަކައް ވުރެން ލިބޭ ގެއްލުން މާބޮޑު.

    36
    2
  3. Anonymous

    އިޔާޒަށް މިކަން އޯކޭތޯ
    އިލްޔާސޫ
    މިސަރުކާރަށް ވާގިވެރިވާއިރު ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ކަމަށް ވަންޏާއި ވިސްނާ ދޭކަށް ނުވޭތޯ.
    ޒުވާނުންކޮޅު ހަލާކު ވެފައި އޮތްތަނެއް އިތުރަށް ހަލާކުވާން ފުރުޞަތުދީ ބައިވެރިވެގެން ނުތިބެ ނަމާއި އެއްގޮތަށް ސޯލިހު ވީމަ ހެޔޮވިސްނާ ދެވޭ ތޯ ނުބައްލަވަންތޯ.

    26
  4. އިބްރާހީމް

    ހޯމް ސްޓޭއަކީ ދިވެހި ރައްޔިތުން ދުނިޔޭގެ ދަޅައިގައި ޖައްސައި, އެ މީހުންގެ ގެތަކުން އިސްލާމްވަންތަކަން ފޮހެލައި, އިސްލާމް ދީނާ ބީރަށްޓެހި ގޮތްތައް މުޖުތަމަޢުގައި އަށަގެންނެވުމަށް ދުރާލާ ރާވައިގެން ބަޔަކު މީހުން ހިންގާ ބޮޑުވެގެންވާ ޖަރީމާއެއް

    33
  5. Anonymous

    ޢެންމެންނަށް ވެސް ވާ ގޮތާއި ވަމުންދާ ގޮތްވެސް އެނގޭ އެކަމަކު ރިސޯޓުބޯއީސް ގެ އާއިލާތައް ތިބީ ލިބޭނެ ޑޮލަރު ހަދާންވެފަ ހެވިފަ ބޮޑުން ތިބީ ކައްވާލަންލިބޭނެ ދޮލަރުފުނި ހަދާންވެފަ އިންތިޒާރުގަ ހެޔޮބަސް ބުނަންތިބި މީހުން ތިބީ ފަސާދަ އުފެދޭ ދޭބައުޑުވާ ކަންތަކާ އައިބުކިޔުމާ ޣީބަ ބުނުން ބަހަނާޔަކަށް ހަދާފަ ދެފުށަށް ކެނޑިކެޑި ގައުމުގެ ކައްޕިޔަކީ ހުރި ގޮތައް ހުރި ބޮލު ރޮއްޖެއް ވެރިކަން ގައުމުގައި އެކުރަނީ 4'5 އަންހެނުން އެމީހުންގެ ބިސްގަނދު އަޅަން ގެންގުޅު ސޮރަކު ލައްވާ

    20
  6. ސައްލި

    ދުނިޔޭގެ ވިޔަފާރީގެ ކަންކަން އެހާ ނެގެޓިއުކޮށް ނުވިސްނާ ޕޮޒިޓިވް ކޮށް ވިސްނަންވީ، މިއީ ދިވެހިން އިސްލާމް ދީން ފޯރުކޮށް ދިނުމަށް ލިބޭ ރަގަޅު ފުރުސަތެއް ރަގަޅު ގޮތުގައި ގެންދަންވީ !

    3
    22
    • އަހުމަދު

      ދިވެހިން މިއުޅެނީ ނަމާދު ރަނގަޅަށް އަދާ ނުކުރެވިގެން. ލާރި ބޭނުންވީމަ މޮޅެތި ބަހަނާ ދައްކާނެ

  7. ކޮވިޑް

    އަލީ ޒާހިރު އާދޭހާއެކު ތި ވާހަކަ އިމްރާނަށާއި އިޔާޒް އަށް ކިޔާދެއްވަފާނަންތޯ؟ # އިންޑިއާ އައުޓް #

    36
  8. ޙ

    100%...ދެރަކަމެއް

    28
  9. ފަރުގާލު

    ފައިސާގެ ދަހިވެތިކަމުގަ ތިޔަ މައިކު ކައިރީ އަރާވެސް ތިީނީ! ތީ އެކި އިރު އެކި ގޮތަށް ވާހަކަދައްކާ ބައެއް!

    5
    23
    • ސައިފަން

      ހަމަ ތިހެން ބުނެލިޔަސް ނުފުދޭނެ ދޯ. ޢަޅެ ދައްކަބަލަ ހޯމްސްޓޭއާ އެއްފަދަކަމެއްވެސް ހެޔޮވާނެއޭ ބުނެފައޮތްތަން

      6
      2
    • އަހުމަދު

      ލާދީނީ ސިޔާސީ މީހުން އެކިފަހަރު އެކި ވާހަކަ ދައްކަނީ.

      13
      1
  10. 4848

    ދިވެހިންގެ އަހްލާޤް މިވަނީ ގޯސްވާނެ އެންމެ ބޮޑަށް ގޯސްވެފައި. ޒުވާނުން ތިބީ ޑުރަގު ގައި، ގޭންގުތައް ހަރަކާތެރިވަނީ ބިރެއް ނެތި. ދީނުގެ ނަމުގައި މީހުންނަށް ހަމަލަދެނީ. ޔަޤީންވާ ކަމަކީ ތަހްޒީބީ މީހުން ތަކެއް ރަށުތެރޭ ގައި އުޅެގެނެއް މިއަށްވުރެ އިތުރަށް ގޯސްވެގެން ނުދާނެކަން. ބޮޮޑަށް ބުރަވެވެނީ ތަހްޒީބީ މީހުންގެ ފަރާތުން ރިވެތި ގޮތް ތަަކެއް ދަސްވާނެ ކަމަށް. މިހެން ބުންޏަސް ބޮޑު މީހުންތައް ހޯމް ސްޓޭ އަށް އަތުވެއްޖެނަމަ އެއީ ދެން ވަރަށް ނުރައްކާތެރިކަމެއް. އެފަދަ މީހުން ހޯމްސްޓޭގައި ނުތިބެވޭނެ ގޮތްތައް ބަލަންޖެހޭނެ.

    10
    2
    • އަހުމަދު

      މިއައް ވުރެ ގޯސްނުވާނެޔޭ ބުނުމަކީ ބޮޑު ދޮގެއް. އަދި ކާފަރުންނަކީ އެންމެ ނުބައި މީހުން. އެމީހުންނާއި އެކު އުޅެންޏާ ދަސްވާނީ އެމީހުންގެ ހުތުރުގޮތް. ގޭންގުތަކާއި ޑްރަގަކީވެސް ކާފަރުންގެ ގޮތް. އިސްލަމީ ގޮތެއް ނޫން

      15
  11. ރޯނު

    ޢިމްރޯނުއައް އޯކޭވާނެކަންނޭންގެ މިނިސްޓަރުކަން އޮތިއްޔާ
    މުނާފިގު ކަމަކީ މީހާދީނުންވެސް ބޭރުވާފަދަކަމެއް

    12
  12. އަހުމަދު

    ހޯމްސްޓޭ އެކައް ހުއްޓާލާ.

    15
    1
  13. ރާއްޖެތެރެ

    އިންޑިޔާ މިކަމުގަ އަޑީގަ އޮތީ ރޯ އެޖެންޓުން ރައްތަކުގަ ތިބެވޭގޮތައް ހެދީމަ ކޮރައްޕްޝަން އާމުވާނެ

    13
  14. ރަބަރޭ

    އެއްމެން ވެސް ފައިސާ ބޭނުންވާނެ ކަލޭވެސް މަވެސް ފައިސާ ބޭނުންވާނެ ކަލޭ ތިޔަ ޓައި އަޅައިގެން ތީންދީ ފައިސާގެ ބޭނުމުގައި ކުރާ ކަމެއް ރަގަޅަށް ކޮއްފިނަމަ ވަރަށް ރަގަޅު

    2
    10
    • ބަތަލާ

      ޓައި އަޅައިގެންވެސް ހަލާލު ފައިސާހޯދޭނެ. ޢަދި މަސްލަހަތުހެޔޮ ފައިސާވެސް ހޯދޭނެ.

      ޙޯމްސްޓޭގެ ގެސްޓހައުސް އަދި ރިސޯޓުތަކުގެ ސަބަބުން މަސްލަހަތުގެއްލޭ. ޢަދި ހަރާންކަނކަމަށް މަގުފަހިވޭ.

    • އަހުމަދު

      ހަލާލު ގޮތުގައި ފައިސާ ހޯދޭނެ ގޮތްތައް ބައިވަރު. އެގޮތްތައް ހިޔާރުކޮއްގެން ކުރިޔަށް ދާންވީ

  15. ޙެސްކިޔާފަ

    ކޮންމެހެން ގޭގޭގާ ފަތުރުވެރިން ބައިތިއްބައިގެން އަންނަންޖެހޭ ގޯހެއްނެތް.އިންޓަރނެޓުގެ ސަބަބުން ނިކުތް ގޯސްތަކާ ، ބައެއް ހައްދުފަހަނައަޅާފައިވާ ޝޭހުންގެ ސަބަބުން އުފެދުނު ޓެރަރިސްޓުންގެ މައްސަލަ މާބޮޑު.

  16. ާައަހުމަދު

    މިމީހުންނަށް ބޭރުގައުމުތަކުން އަންނަ ފައިސާ ބައެއް ށޭހުންނަ ނުލިބިގެން މައްސަލަ ޖައްސަޔޯ އެއީ ފައިސާގެ ދަހިވެތިކަން ނެތީތޯ؟ މިމީހުން ބިރުގަންނަނީ މިމީހުންގެ ފަހަތުގަ ބަޔަކު ނުތިބެދާނެތިއްޔޯ އެއީ ތެދެއްބާ؟

  17. ހަމްދީ

    ހޯމް ސްޓޭއި އަކީ މައްސަލައެއް ނޫން. ލާރި ހޯދުމަކީވެސް މައްސަލައެއް ނުން. ރައްޔިތުން ލާރިވެސް ބެނުން. ވިޔަފާރިކުރަންވެސް ބެނުން. އެކަމަކު މިރާއްޖޭގެ ރަށްތަކުގައި އަމިއްލަ ގެގައި ކަންމަތީ ފިހާރަ ހިންގާ މީހުންގެ ފިހާރަތަށް ކޮންމެ ރެއަކު ފަޅާލައި މުދާކޮޅު ވަގަށް ގެންދާއިރު ކޮންމެ ދުވަހެއްގެ ނުހުން އެވާހަކަ ފާހަގަކުރުން ނުން އެެހެންކަމެއް ނުފެނޭ. ދިވެހިން މިކަންކަމުން އަރައި ނުގަނެ ތިއްބާ ރާއްޖޭގެ އަގު ވެއްޓުން ނުންކަމެއް ފަތުރުވެރިންގެ ތެރޭގައި ނުހިގާނެ. ފުރަތަމަ ކަމަކި އަދި ފަތުރުވެރިން މިރާއްޖޭގައި ތިބެނީ ވަރަށް އަމާންކަން މަތީގައި ވަކަވަކި ރިސޯޓު ތަކުގައި. ރާއްޖޭގެ ރައްޔިތުންގެ ސަލަމަތާއި ރަތްކާތެރިކަން ކަށަވަރު ނުވަނީސް ކިހިނެތްކަމެއް ނޭގޭ ކޮންމެ ގެއެއގައި ކޮޓަރިއެއް އަޅައިގެން ގެސްޓުން ގެންގުލެވެނީ. ރާއްޖެގައި ކޮންމެ ގެއެއްގައި ޕާޓޭއަކު ނެތް ގެއެއް ނުހުންނާނެ. ދެން އެ ޕާޓޭ މިހާއާއިއެކު ފަތުރުވެރިޔާވެސް އުލެންވީ. އެމީހާ ގެންނަ ލާރިކޮޅާއި ކެމެރާގަޑުވެސް ނުފެންނާނެ. ފުރަތަމަ ރަތްރަށުގެ އަމާންކަން ވެސް ޖެހޭނެ ސަރުކާރުން ގާއިމު ކުރަން. އަދި ހަމަ ހޯމް ސްޓޭއެތް ތައާރަފުކުރިއަސް ކަމަކުނުދޭ.

  18. އަންމަޓީ

    މިރާއްޖޭގައި ކޮންތާކު ތިބި މުސްލިމުންނެތް. އޫރެއްގެ މަސް އަތުޖެހުނަސް ކާ ނުލާ މީހަކުނެތް. މިސްކިތަށް ކުޑަކަމްދަނި ބޮޑުކަމްދަނީ ހަމަ ދިވެހިން. ޒިނޭކުރުން ޢާންމު. ފަތުރުވރިން އައިސްގެން ދަސްކޮށްދޭނެ އެއްވެސް ކަމެއްތް މިރާއޖެއަކު. އިބިލީސް ތިއިން ގެއެއްގަ ބެހެއްޓިއަސް އޭނަވެސް ބިރުން ފިލާފާނެ. އެވަރުތަނަކަށް ބަޔަކު ގެނައުމުން ޖެހޭނެ މައްސަލައެއް ނުވިސްނޭ. މަށަށް ހިވަނި ދުނިޔޭގެ ގައުމުތަކުން އަންނަ ފަތުރުވެރިން ނާއި އެމިހުންގެ ދަރިންކޮޅު ހެން ހަލާކުވާނީ ހޯމް ސްޓޭއިން. އެއީ ރަގަޅު މުސްލިމު ގައުމަކުން އަންނަ ފަތުރުވެރިޔާ އޭނަގެ ދަރި ބަހައްޓާފައި ސޮްނޮކަލިން ނިންމާފަ އަންނައިރު އެގޭގައި އުޅޭ ދިވެހި ޕާޓޭ މީހާ އެކުއްޖާއަށް މަސްތުވާތަކެތި ބޯން ދަސްކޮށް ނުދޭނެ ކަމުގެ އެއްވެސް ގެރެންޓީއެއް ނެތް. ހީވާގޮތުން ފަތުރުވެރިން ހަލާކުވުމުގެ ފުރުސަތު ބޮޑީ. ތިއުޅޭ ޝަހީމު މެން އުލޭގޮތް އަހަރުމެންނަށް އެބަފެނޭ. އޭނައަށްވެސް ވައްކަން ފެންނަނި ރީތިކޮށް. އުޅެނި އެފަދަ މީހުނަށް ތާއީދުކޮށްގެން. ބޮޑަށް ވައްކަން ކުރިވަރަކަށް ފެންނަނި މައުސޫމުކަން.

  19. ޝަފީ

    ފައިސާގެ ދަހުވެތިކަމުގައި މިކަން ހިންގާ ދިވެހިން ވިސްނަން އެބަޖެހޭ އިސްލާމްދީނާއި ދުރައް ތިމާގެ ގޭތެރޭގެ މާހައުލު ބަދަކުކޮއްލައިގެން ތިބެ މާއުފާވެރި ހެވެއް ލިބިދާނެކަމައް. އެންމެފަހުން ގެދޮރުވެސް ގެއްލިގެން ހިނގައިދާނެ. ގަބޫލު ނުކުރެވޭނަމަ މާފުށީގައި ތިޔަގޮތައް އަމިއްލަ ގެދޮރު ގެސްޓުހައުސްތަކައް ހަދައިގެން ގިނަލާރި ނަގަން އުޅުނު އާއިލާތަކައްވެގެން ދިޔަ ގޮތް ބަލާ އަހާށެވެ.

  20. ނުރަބޯ

    މިވެސް ދެން ބައެއް ދޯ މީ މިމީހުން ދައްކާ ވާހަކަ އަޑުއަހާ މީހުންވެސް އަދި އުޅެޔޭ ހީހީހަލާކު

    1
    1
  21. ލލ

    މިފަދަ ވިޔަފާރީގެ ތެރެއަށް ޝޭހުންވެސް ވަދެގެން ރަގަޅު ގޮތުގައި މިކަން ގެންދަންވީ، ހޯމް ސްޓޭ ގޭގައި ހަދާފަ އެތަނަށް އަންނަ މީހުނަށް އިސްލާމް ދީން ދަސްކޮށް ދެވިދާނެ، ވިޔަފާރި ކުރަންވީ ރަގަޅު ގޮތުގައި !