އަތޮޅު ތެރޭގައި އެހެން ރަށްރަށުގައި އެއް ފަސްކުރުމުގެ ސިޔާސަތު ހިންގުމަށްވުރެ ރަނގަޅީ މާލެ ސަރަހައްދު އެއްފަސް ކުރުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ވެރިކަމުގައި ހުންނެވިއިރުވެސް ޔާމީންގެ ސިޔާސަތަކަށް ވެފައި އޮތީ މާލެ އެއްފަސް ކުރުމެވެ. އެ ސިޔާސަތު ބަދަލުވެފައިވޭތޯ ރޭ "ޗެނަލް13" ގެ ޕްރޮގްރާމެއްގައި ސުވާލުކުރުމުން ޔާމީން ވިދާޅުވީ ގްރޭޓާ މާލެ ސަރަހައްދު (މާލެ، ވިލިމާލެ، ގުޅިފަޅު، ތިލަފުށި، ހުޅުމާލެ) ނޫން އެހެން ސަރަހައްދެއްގައި އެއްފަސް ކުރުމުގެ ސިޔާސަތު ކުރިއަށް ގެންދެވިދާނެ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"އެއްފަސް ކުރުމުގެ ސިޔާސަތެއް ކަނޑައަޅައިގެން، ކުޅުދުއްފުށީގައި ނުވަތަ އައްޑޫ ހިތަދޫގައި ބިން އޮވެގެންނޭ ކިޔާފައި އަޅުގަނޑަށް ނުފެނޭ ރާއްޖޭގެ އެކި ހިސާބުތަކުން މީހުން އެތަނަށް ދަތުރުކޮށްފާނެ ކަމަށް" ވިދާޅުވިއެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެކަން އެހެން ހިނގައިދާނެ ކަމަށް ގަބޫލުނުކުރައްވަނީ އެކަމުގައި ހުރި ދަތިތަކާއި އުދަނގޫ ތަކުގެ ސަބަބުންނެވެ. އަދި އެ ސަރަހައްދުތަކުގައި މާލެއާ އެއްވަރަށް ހިދުމަތް ނުލިބޭހާ ހިނދަކު އެއްވެސް ބަޔަކު އެ ތަނަކަށް ބަދަލުވުމުގެ ވިސްނުމެއް ނުގެންގުޅޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަކު ހުރިހާ ކަމެއްވެސް އެންމެ ރަނގަޅަށް ލިބެންހުރި ތަނަކީ މާލެ ކަމަށްވާއިރު އެހެން ތަނަކަށް ބަޔަކު ބަދަލުކޮށް އެތަނަކަށް ވަސީލަތްތައް ގެންދިޔުމުގެ ސިޔާސަތު ތަންފީޒުކުރަން މަސައްކަތްކުރާނަމަ އެކަމުގައި ސަރުކާރުން ބޮޑު ހޭދައެއް ކުރަން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

"އެ ހޭދަތަކާ އެކީ އެއްވެސް މީހަކަށް ކަށަވަރެއް ނުދެވޭނެ އެ ސިޔާސަތު ކާމިޔާބު ވާނެ ކަމަށް" އެމަނިކުފާނު ވިދާޅުވިއެވެ.

އެއީ މިހާތަނަށް ކަން ހިނގާފައި އޮތް ގޮތް ކަމަށް ނުވާއިރު ފަންނީ ބަޔަކަށްވެސް އެކަން ސާބިތުކޮށް ނުދޭވޭނެ ކަމަށް ޔާމިން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ވެރިކަމުގެ އިތުރު ދައުރެއް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިއްޖެނަމަ މާލެ ނޫން އެހެން ތަނެއް އެއްފަސް ކުރެވޭތޯ ބަލަން "އެކްސްޕެރިމެންޓް" އެއް ނުކުރައްވާނެ ކަމަށެވެ. އަދި މާލެ ސަރަހައްދު އެއްފަސްކޮށްގެން ފުރިގެން ހިނގައިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދަޅުވިއެވެ.

އައްޑޫއިން މިސާލެއް ނަންގަވާއި ޔާމީން ވިދާޅުވީ، މާލޭގެ ފެންވަރަށް އައްޑޫ އަތޮޅު ހޮސްޕިޓަލް ގެންދާނަމަވެސް މިހާރުވެސް ގިނަ މަސައްކަތް ކުރައްވަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އެކަމަކު އެކަމަށްވެސް ބޭނުންވާ ފަންނީ މީހުން ހޯދުމުގައި ދިމާވެފައިވާ ގޮންޖެހުންތައް މާބޮޑު ކަމަށެވެ. ހާއްސަ ބަލިތަކުގެ ސްޕެޝަލިސްޓުންނާއި ނަރުހުން ހޯދުމަކީ އެންމެ ދަތިކަމަށްވާއިރު އެހެން ބަޔަކު ހޯދައިގެން "އަލުން ބަލުން އީޖާދުކުރުމަކީވާނެ ކަމެއް ނޫން" ކަމަށް ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ރައީސްކަން ކުރައްވަން ލިބޭ ފަސް އަހަރުގެ ދައުރުގެ ތެރޭގައި 20 އަހަރު ދުވަހުން ނިމޭ ކަންތައްތައް ހިންގަން އެއްވެސް ބޭފުޅަކު މަސައްކަތް ނުކުރައްވާނެ ކަމަށެވެ. ވެރިކަމެއް ނިމިގެންދާއިރު އެކަން އެހެން ނުހިނގާނަމަ ދެން އަންނަ ބަޔަކަށް އެކަމުގައި އުފުލަން ޖެހޭ ތަކުލީފު ބޮޑު ކަމަށް ވިދާޅުވިއެވެ.

"ސިޔާސީ މީހުންނަކީ ސެލްފިޝް ބައެއް. އޭނަ ފަށާ މަސައްކަތް ވެރިކަމުގައި ހުއްޓާ ނިންމާތަން ފެންނަން ބޭނުންވާނެ. އަދިވެސް އަޅުގަނޑުމެންނަށް މި ފެންނަނީ އަޅުގަނޑު ވެރިކަމުގައި ހުރި އިރު ހެދި ތަންތަން ރިބަން ކަނޑާތަން" ޔާމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ސަރޭ

    ޔާމީނު އިޒު ރައިޓު. އަދި ދުރުތު ވިސްނޭ ވާނެ ކަންކަން ވިސްނޭ ވެރިއެއް.

    78
    46
    • ރޭސް

      ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ

      50
      24
    • ނައިކް

      އެއީ މިރާއްޖޭގަ އެކަން ކުރެވޭނެ ގޮތް.. ނޫނީ ހަމަ ގަދަވެފަ ތިބޭނި އުފަން ފަސްގަނޑޭ އުފަން ބިމޭ ކިޔަކިޔާ ނުފައިބާން.. ބަލާބަލަ ތި ހއ.މޮޅަދޫ

      53
      19
  2. ސަމާސާ

    ރަނގަޅުވާހަކައެއް.
    ނަމަވެސް އައްޑޫއާއި ލާމު އެއްފަސްކުރެވިދާނެކަމަށް އަޅުގަނޑު ދެކެން.
    ލާމުގައި 10 ވަރަކަށް ރިސޯޓް ތަރައްގީކުރަނިކޮށް އެތަަނަށް ބޮޑެތި ބަދަލުތަކެއް ގެނެވިދާނެ.

    އައްޑޫގައި ކުރާނެކަމެއް ނުވިސްނޭ.... ބީޗެއް، ފަޅުރަށެއް އޮތީކީ ނޫން. ނަމަވެސް ކޮއްމެވެސް ކަމެއްކޮށްގެން އާބާދީ ހިފެހެއްޓިދާނެ.

    57
    10
    • ވިސްނާ

      އައްޑޫ ބަދަލުކޮށްލެވިދާނެ ސިނާއީ މަސައްކަތްކުރާ ސަރަހައްދަކަށް. ފެކްޓުރީތަކާ ލެބޯޓުރީތައް އައްޑޫގައި ގާއިމުކޮށް ގައުމުގެ އުފެއްދުންތެރިކަން އިތުރު ކުރެވިދާނެކަމަށް ބެލެވޭ. ގައުމުގެ ދަރިން މުރާލިބަޔަކަށް ހަދައިގެން މެނުވީ ގައުމުގެ އާމްދަނީ އިތުރެއް ނުކުރެވޭނެ. ރިސޯޓުތަކަށް ބަރޯސާވެގެން ތިބޭތިބުން ނިމުމަކަށް ގެންނަންޖެހޭ.

      46
      2
    • ދޮންދީނާ

      އައްޑުއަތޮޅަކީ މާ މުހިންމު ތަނެއް ނޫން. އެތަން ދުރު މުސްތަޤްބަލުގައި ކަމުދާނީ ދޮންދީނާ ދިރިއުޅެން. އެހެން ކަމަކަށް ކަމުދާ ތަނެއް ނޫން.

      20
      15
    • ހިއްކި

      ހަމަ މާލެ ހިއްކާ ގޮތަށް ފޫޓަކުން ފޫޓަކުން ރިސޯރޓެއް ހުޅުވީމަ ނިމުނީ

  3. ޔަގީން

    ޔާމިން ވިދާޅުވިޔަސް ތިޔައީ ވަރަށްބޮޑު ތެދުފުޅެއް ރާއްޖެތެރޭގައި އެއްފަސް ކޮއްގެން ކުރިއަށް ގެންދެވިދާނެ އެއްވެސް ހިސާބެއް ނެތް އޮތަކަނުވެސްދޭނެ މާލެ ސަރަހައްދު ހިއްކާފަ ހުރިހާ ހިސާބެއްގެ މީހުން ގެނެސް ތަންތަނަށް އަޅާލަންވީ ފާފުއަތޮޅުމީހިން އަޅަންވެގެން ހެދިތަން ކާމިޔާބުނުވުމުން ބަދަލުކޮއްލީ ޕްލޭން! އަތޮޅުތަކުގައި ހުރިމީހުންތަށް ބާލާފަ މާލެސަރަހައްދަށް ގެންނަން އެބަޖެހޭ! ރަށުގައި ބޮޑުގޯޗެއް ބާއްވާގެން ކުރެވޭނެ އެއވެސް ފައިދާއެއް ނެތް! ޔާމިންގެ ވިސްނުން ބަރާބަރު ހަމަ 100 ކުރިއަށް ވަޑާގަންނަވާ!!!

    44
    38
  4. ބޯހަލާކު

    ކުޅަނދު ތަކަށް ޗިޕެއް ޖަހާލީ….

    27
    9
  5. ާމާސްޓަރ

    ވިޝަން އެއް ނެތް، ކަމެއް ކުރުމުގެ ޤާބިލްކަން ނެތީމާ ކަންތައްތައް ހުރި ވަސީލަތްތައް ހުރި ތަނެއްގަ ނޫނީ ކަމެއް ނުކުރެވޭނެކަމަށް ދެކޭނީ. ނާޤާބިލް މީހެއް.

    25
    50
  6. ރާއްޖެ

    200 ރަަށުގައި މީހުން ދިރިއުޅެގެން ރާއްޖެ ތަރައްގީއެއް ނުކުރެވޭނެ.

    50
    12
  7. އަދުރޭ

    މަނިކުފާނު ވިސްނުން ހުރީ މާލެއަށް އެކަނި. މާލެ ނޫން އިތުރު މާލެއެއް މިރާއްޖެއަށް ބޭނުން.

    46
    17
  8. ބުއްޅާބެ

    ޖަލަށް ލިޔަސް މަރާލިޔަސް މި ގޯލާ އިސްލާހެއް ނުވާނެ.
    5 އަހަރު ތެރޭ ކުރިނަމަ މިއަދު ތިހެން ނުކިޔާ ވާގޮތެއް ބަލަން.

    16
    24
  9. މަރޭ

    މިރާއްޖެ ހަލާކުކުރުމުގެ ވިސްނުންހުރި ގަމާރެއްތިޔައީ ، މާލެ ނޫން ސަރަހައްދުތައްވެސް ތަރައްގީ ކުރެވޭނެ ، އެފެންވަރުގެ ސިކުނޑި ނެތްމީހުން ވެރިކަމަށް އަންނާތީ ހީވާހީވުންތިޔައީ ،،،

    22
    32
  10. Happy 123

    ބޭކާރު ވިސްނުން... މާލެ ތޮއްޖައްސަން ވެގެން!!

    22
    22
  11. ހުޅުލޭ ބޮޑުމީހާ

    ރަނގަޅު ވާހަކައެއް އެކަމަކު މައްސަލައަކީ މާލެ މީހުންނަށް އެކަނި ނޫނީ މާލޭގައި އުޅޭ ނުވަތަ ސިޔާސީ ވަކި ފިކުރެއްގެ ބަޔަކަށް ވާންޖެހޭކަން ބިމާއި ފްލެޓް މާލެ ސަރަހައްދުން ބޭނުމިއްޔާ އެހެންވީމަ ގިނަ ބަޔަކަށް ފުރުސަތު ގެއްލޭ..

    14
    5
  12. ނުތާހިރު

    ރަނގަޅު

    10
    7
  13. ދެކިބަލަ

    މާލެ ނައިސްވެސް ނު ހުރެވޭ... އެ ހެން ޤައުމުތަކުގައިވެސް ވަކި ސިޓީއެއް އޮވޭ ތަރައްޤީކޮށްފަ ރާއްޖެފަދަ ކުޑަ ޤައުމެއްގަ މާލެ ސަރަހައްދު އެއްފަސްކޮށްފަ ނޫންގޮތަކަށް އަދި ނެތް ވާކަށް...މާލެ މީ ހުން އަސްލު މާ ޚާލުގަ އުޅެނީ...މާލެއަށްވުރެ ވަކި ރާއްޖޭގެ އެތެރޭގެ ރަށެއް ނޯންނާނެ ރާއްޖެތެރޭ ވެވޭކަށް...ރަށުގަ 5 ހާސް އަކަފޫޓު އަދި އެވަަރުުނުްް ނުވެގެން ހުޅުމާލެެއިން ފްލެޓް...މާލޭގެ ފަ ހުގެ ޖީލަށް މިކަމާ ހުރެ ބޯ ހިޔާ ނުކުރެވެ...ގޯތި 10 ބުރިއަށް ފެންނަނީ އެކަމު ދަރިންނަށް ގޯތިލެބީ 30 އަ ހަރު ފަ ހުން ކޮންމެވެސް އަތޮޅެއްގެ މެމްބަރަކު ދިގުމުއްދަތަށް ގޯތި ހަދައިދީގެން ގޭގެ ދަރިން އެއްތަނަކަށް ތޮއްޖައްސުވަިގެން...އެކަމު ބުނާނެ އެ ހެރީ ގޯއްޗެއް ނޫން ހެއްޔޭ !

    10
    5
  14. އަލްޖިބްރާ

    އެހެންވީމައޭ ކަލެއަށް ދެން ފުރުސަތު ނުދޭނީ !

    14
    21
  15. އައުޓް

    އިންޑިއާ އަައުޓް ރައީސް އިބޫ އައުޓް އިންޑިއާ އަައުޓް ރައީސް އިބޫ އައުޓް އިންޑިއާ އަައުޓް ރައީސް އިބޫ އައުޓް އިންޑިއާ އަައުޓް ރައީސް އިބޫ އައުޓް އިންޑިއާ އަައުޓް ރައީސް އިބޫ އައުޓް އިންޑިއާ އަައުޓް ރައީސް އިބޫ އައުޓް އިންޑިއާ އަައުޓް ރައީސް އިބޫ އައުޓް އިންޑިއާ އަައުޓް ރައީސް އިބޫ އައުޓް އިންޑިއާ އަައުޓް ރައީސް އިބޫ އައުޓް އިންޑިއާ އަައުޓް ރައީސް އިބޫ އައުޓް އިންޑިއާ އަައުޓް ރައީސް އިބޫ އައުޓް އިންޑިއާ އަައުޓް ރައީސް އިބޫ އައުޓް އިންޑިއާ އަައުޓް ރައީސް އިބޫ އައުޓް އިންޑިއާ އަައުޓް ރައީސް އިބޫ އައުޓް އިންޑިއާ އަައުޓް ރައީސް އިބޫ އައުޓް އިންޑިއާ އަައުޓް ރައީސް އިބޫ އައުޓް އިންޑިއާ އަައުޓް ރައީސް އިބޫ އައުޓް އިންޑިއާ އަައުޓް ރައީސް އިބޫ އައުޓް އިންޑިއާ އަައުޓް ރައީސް އިބޫ އައުޓް އިންޑިއާ އަައުޓް ރައީސް އިބޫ އައުޓް އިންޑިއާ އަައުޓް ރައީސް އިބޫ އައުޓް އިންޑިއާ އަައުޓް ރައީސް އިބޫ އައުޓް އިންޑިއާ އަައުޓް ރައީސް އިބޫ އައުޓް

    20
    10
  16. ބޮޑުސޯބު.

    ޝުކުރިއްޔާ މަނިކުފާނުގެ ވިޝަން ވަގުތު އޮއްވާ ފާޅުކުރެއްވީތީ. ބިއްލާހި ހުވާ މަހުރީ މަނިކުފާނަށް ވޯޓްދޭން ނިއަތް ގަނެގެން. ދެން ދޭނީ އިބޫއަށް، ތޭންކްސް އެގޭން. އުއަމީދު ކުރަނީ މަކަހަލަ ނުވިސްނޭ ފިފްޓީ ކޭ ވަރު ގޮލައިން އުޅޭނެކަމަށް.

    13
    22
  17. ނަސީދު

    ސިޔާސީ މީހުންނަކީ ސެލްފިޝް ބައެއް. ވަޓް އަިސީ އިޒް ނައު އީވެން ދެއަރ އިޒް ލައިފް ދެއަރއިޒް ނޯ ހޯޕް. ޝުކުރިއްޔާ.. ދެވަނަ ވިސްނުމަކަށް ދާންޖެހުނީ މީ ވޯޓް ދޭނެ މީހަކުހޯދަން.

    11
    18
  18. 40+

    ބިން އޮތް ފަޅު އޮތް އަދި ގުޅުވޭނެ ރަށްރަށަށް ފޯކަސްކޮށްގެން ތަރައްގީ ކުރުން މުހިންމު، 1000 ދަށުގެ އާބާދީތަކަށް ސަރުކާރުން އެއްވެސް އުމްރާނީ މަސައްކަތެއް ނުކުރާ ގޮތަށް ބަދަލުކޮށްލުން، ސަޕޯރޓްް ކުރަނީ އިބޫއަށް، އެކަމު މަނިކުފާނަށް މިވަރުގެ ކަމެއް ކޮށްލެވޭނީ.

    3
    1
  19. ތިއީ ވެސް ސެލްފިޝް ކަމުން ވިދާޅުވާ ބަސްފުޅެއް

    ސިޔާސީ ބޭފުޅަކަށްވެ ހުރެ، ސިޔާސީ މީހުން ސެލްފިޝް ވާނެ ކަމުގައި ވިދާޅުވެ އަމިއްލަފުޅަށް އެއްބަސްވެ ވަޑައިގަތީއެވެ. މިހާރުވެސް ތިވިއްކަވަނީ، ކުރިންވެސް ވޯޓު ހޯއްދަވަން ވިއްކެވި ވާހަކައެވެ. އާދެ މާލެއަށް ރަށްރަށުން މީހުން ޖަމާ ކުރާ ވާހަކައެވެ. މީހުން ގިނަވުމުގެ ސަބަބުން މިހާރުވެސް މާލެ ސަރަޙައްދުގައި ދިމާވާ އިޖްތިމާޢީ މައްސަލަތައް މިވަނީ ބޮއްސުންލާފައެވެ. މާލޭގެ އެންމެ ހިތްފަސޭހަ ހިސާބުން، ހެންވޭރު ނިމޭކޮޅުގައި 15 ބުރީގެ ހިތްގައިމު އަމިއްލަ ޢިމާރާތުގައި އެންމެ 3 ދަރިންނާއި އެކު ރައީސް ޔާމީންގެ ދެކަނބަލުން އުޅުއްވާއިރު، ލޮނުޒިޔާރަތްކޮޅު މޫދުން ރާޅު ބީއްސާލާ ހިތްގައިމު އަޑުނޫން އަޑެއް އިވިނުލައްވާނެ އެވެ. މާލެއަށް މުޅި ރާއްޖެތެރެ އޮއްސާލައްވާ ވާހަކަ ތި ދައްވަނީ މަނިކުފާނުގެ ސެލްފިޝް ކަމުންނެވެ. އިން ޝާ ﷲ! މަނިކުފާނުގެ ހީލަތްތެރި ރޭވުން 2018ގައި ފެއިލްވި ގޮތަށް، ކުރިޔަށް އޮތްތަނުގައި ވެސް ކާމިޔާބެއް ނުވާނެއެވެ. އާމީން

    7
    5
  20. އެންމެން މާލެ ގެނެސް މާލެ މީހުންނަށް ހުރިހާ ބިމަކާއި ފްލެޓެއް ދީ.

    ހިބަރު

    3
    9
  21. Anonymous

    އާނ ހަމަ ސަޅިޔޭ ކިތަންމެ ވަރަކަށް ރަށްތައް އެއްފަސް ކުރިޔަސް ތަރައްގީވިޔަސް ރަށްތަކުގެ މީހުން އެވެރިންގެ ގެދޮރާ މުދާ ދޫކޮއްފަ އަންނަނީ މާލެ ވިއްޔަ ދެކޮލުގަ ފުއްޖަހައިގެން މަޖީދީމަގުގަ ނަނު އެއްލަން ދުވުނަސް ހެޔޮތާ ހިންނަ ވަރުގެ ގިނަ ގެތައް މީހާރުވެސް އެހެރީ ފަޅަށް ކޮތަރުކޮށިން ޖާގަ ހޯދައިގެން އައިސް އެތިބީ

    5
    1
  22. ޙައްޕު

    ވެރިއެއްގެ ވިސްނުން ހުރީ ނޭފަތުކުރިއާ ހިސާބުގަ.މިވަރު މީހަކަށް ވޯޓުދީގެން ކުރިއެރުމެއްނެއް.ރަށްތައް ތަރައްޤީ ނުކުރަން އުޅެނީ އެހެން ކަމެއްގަ.ރައްޔިތުންނަށް ޕޮލިޓިކުސް ކިޔަވާދީގެން މިކަން ބަދަލުކުރެވޭނީ.

    6
    5
  23. Anonymous

    ބަލަގަ މީހަކު ގެންނަނީޔެއްނޫން އެވެރިން ރެސްޓޯރަންތައްވަދެލާ އަޗާ ތަޅާލާ ހަދަންވެގެން އެމީހުންގެ މުދަލާ ގެދޮރު ދޫކޮށްފަ އަންނަނީ ކިޔަވަދޭށޭ ކިޔާފަ ދެން ކުލީ ކޮޓަރިޔަށް އަގުދޭން ޖެހޭތީ ދެމަފިރިން އެކުގަ ވަޒީފާޔަށް ދަނީ ދަރިންތައް އެކަނި ކޮށްފަ އެކަމުގެ ސަބަބުން އިޖްތިމާއީ މައްސަލަތައް ބޮޑުވާތީ ރ ޔާމީން އުޅެނީ ހައްލެއް ހޯދައި ދޭން

  24. އަފީ

    އަތޮޅުތެރެ އެއްފަސް ކުރެވިދާނެ! އެކަމުން ނުކުންނާނެ ނަތީޖާއެއް ނެތް! ކިތަންމެ ހިދުމަތް ރަގަޅު ކޮލިޓީ ހޮސްޕިޓަލްއެއް އެޅިޔަސް އަދި ކިތަންމެ ބޮޑު ސަްކޫލެއް އެޅިޔަސް އަންނަން ޖެހެނީ މާލެއަށް. ރަށްފުށު ދިރިއުޅޭ ރައްޔިތުން އެރަށަކުން މަދުވެ ހިޖުރަކުރަނީ މާލެއަށް ދެން ކޮބާތޯ އަތޮޅުތެރެ އެއްފަސްކުރުމުގެ ބޭނުމެއް!

    4
    1
  25. ައޮފްބެ

    ބޯގޯސް

    2
    1
  26. ޔާމީނުގެ ވިސްނުން

    ރާއްޖޭގެ ހުރިހާ މީހުން މާލެއައް ގެނެސް ތޮއްޖާސާފަ އެހެން ހުރިހާ ރަށެއް ފަޅުކޮށްފަ ބޭރުގެ މުއްސަނދިންނަށް މާލެނޫން ހުރިހާ ރަށެއްވިއްކާލާފަ އެލިބޭ ލާރިގަނޑު ބަނޑުއަޅާލައިގެން ފިލުން! އެއީ ޔާމީނުގެ ވިސްނުމަކީ... ތި ބުރާންތި ތަކަށް އިނގިއްޖެތަ؟

    4
    8
  27. ގުދުގުދާ ބެއްޔާ

    މިޔާމީނަކީ ލާމަރުކަޒީ ޤާނޫނާ ޚިލާފަށް މާލޭ ސަރަހައްދައް ރާއްޖޭގެ އެންމެން ޖަމާކުރި ވަރަށް ވިސްނުންތެރި ހިޔަޅުގެ ވިސްނުން ހުރި މީހެއް!

    4
    4
  28. ކުރެވޭނެއޭ

    އެންމެ 18 ފްލޯރ ހިމެނޭނެ ހެން 32 ޓަވަރުގައި ފްލެޓްސް ތައް އިމާރާތް ކުރާއިރު އަދި ވެސް އިމާރާތް ކުރަނީ އަލިފާން ފޮއްޓޭ 2500 އަކަފޫޓްގެ ފުޓް ޕްރިންޓް ނުހިމެނޭ 2 ކޮޓަރީގެ އެޕާރޓްމެންޓް އެއީ ހަމަ އަލިފާން ފޮއްޓަށޭ ވާނީ ކޮންމެ ކޮޓަރިއެއްގައި ހުންނަން ޖެހޭނެއޭ 1 ހާސް އަކަފޫޓް އެއީއޭ ތަނަވަސް ދިރިއުޅުމެއް ރައްޔިތުންނަށް ދިނުމަކީ މިކަން ކުރަން ސަރުކާރުން ގަސްތު ކުރާނަމަ މިކަން ކުރެވޭނެއޭ ސަރުކާރުން މަޖްލީހުގެ ރައީސަށް ކުރާ ޚަރަދު ހުއްޓާލާ އެފައިސާ އިން ކުރެވޭނެއޭ މިކަން ކަން...

    5
    1
  29. އަބްދޫ

    ރައީސް ޔާމީނު އެވިދާޅުވަނީ ހަގީގަތް. އެއްފަސްކުރުމުގެ ސަބަބނުން ކިތައްވަޒީފާ މާލޭގަ އުފެދިފާވޭތަ؟ ކިތައް ވޯކްސޮޕް. ކިތަްފިހާރަ، ކިތައްކްލިނިކް. ކިތައްހޮސްޕިޓަލް. ކިތައް ގެސްޓްހައުސް ކިތައްސްކޫލް ކިތައްބޭންކް މި ހުރިހާކަމަކީ އެއްފަސް ވުމުގެ ނަތީޖާ އެއްފަސް ނުވާ ރަށްރަށުގަ ސްކޫލް ސިއްހީމަރުކަޒު އެމީހާ ކުރާ މަސައްކަތަށް ނިސްބަތް ކޮށް މުސާރަ ކަނޑައަޅައިފިނަމަ ކުރާނެ މަސައްކަތެއްނެތިގެން ލިބޭނީ މަހަކު 1000 ރ ގެ މިންވަރު. އެރަށްރަށުގެަ މީހުންދިރިއުޅުމުގެ ސަބަބުން ދަވްލަށް ވަރަށް ބޮޑެތި ގެއްލުން ތަރައްގިއަށް ބޭނުންވާ ފައިސާއިންބައެއް ބޭކާރު ގޮތުގަ ހަރަދު ކުރެވެމުންދޭ. ޑޮކްޓަރު ބަލާން ބަލިމީހަކުނެތިގެން ބަރުއަބުރާލަން ހުރެފަ މަހުމުސާރަ ނަގނީ ނަރުސް މީހާ އިންޖެކްސަންޖަހާނެ މީހަކުނެތި މޭޒަށް ހަށިހަރަން ހުރެފަ މުސާރަ ނަގަނީ ސްކޫލް ޓީޗަރު ދުވާލަކު އެއްކްލާސް ކްލާހެއްގަ 5 ކުދިން ބައިތިއްބައިގެން ވަގުތު ނަގާލަނީ. މިކަމުގެ ސަބަބުން މިމީހުންގެ ކެރިޔަރުވެސް ގެއްލެނީ ތަރައްގީވެސް ގެއްލެނީ ވީމާ އާބާދީ އެއްފަސްކުރުމަކީ ގައުމަށް އަންނާނެ އެންމެ ބޮޑު ތަރައްގީ.

  30. ތުއްތީދިބެ

    ޔާމީނުއާ އަދުރޭ މެން ތިބޭތި މާލޭގަ ތާސް ކުޅެން، އަހަރުމެން އިހަށް ރައީސް އިބޫ އާ އެމްޑީޕީޔާ އެކީގަ ގޮސް މުޅި ރާއްޖެ ތަރައްގީ ކޮއްލާނަން.