މިދިޔަ އަހަރު އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރެއްވީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައި ދިނުމުގެ މަސައްކަތް ކަމަށާއި މިއަހަރުގެ ވެސް އެންމެ ބޮޑު އަމާޒަކީ އެއީ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" އިން ގެނައި ޕްރޮގްރާމެއްގައި މިނިސްޓަރު ރޭ ވިދާޅުވީ މިދުވަސްވަރަކީ ރާއްޖޭގެ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅު ދުވަސްވަރެއް ކަމަށާއި މިދުވަސްވަރު ހުރި ދައްޗަކީ މަސްގަންނަން ހުރި ތަންތަނުގައި މަސްގަނެ ފްރީޒްކުރެވެން އޮތް ޖާގައަށް ވުރެ ގިނައިން މިހާރުވެސް ގަންނަންޖެހުން ކަމަށެވެ. އަދި މަސް ފިނިކުރެވެން ހުރި ބޯޓުތަކަށް ވެސް މިހާރުވެސް މަސް ގަންނަމުންދާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"މިއަހަރު ތެރޭގައި ދެން މަސައްކަތް ކުރާނީ ބާނާ ހުރިހާ މަހެއް އެއްވެސް ކޮންޓްރޯލެއް ނެތި ގަނެވޭނެ އިންތިޒާމު ކުރުމަށް. މިދިޔަ އަހަރު ތެރޭގައިވެސް އެކަމަށް އިންވެސްޓްކުރިން. ލަފާކުރި ވަރަށްވުރެ ރަނގަޅުވެފައި މަސްވެރިކަން އޮތީ. އެއާއެކު މަސް ގަންނާނަކަށް ނޫން ވީކީ. މަހަށް ރަނގަޅު އަގު ލިބޭނެ ގޮތް ހަދައިދޭން އަމާޒުކުރަންޖެހޭ." މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރު ކުރާނެ އިތުރު މަސައްކަތަކީ އިތުރު އައިސް ޕްލާންޓް އެޅުމާއި މަސް ދޯނި ފަހަރުގައި ލޮނުން މަސް ފިނިކުރާނެ އިންތިޒާމުތައް ގާއިމުކުރުން ކަމަށާއި އެއާއެކު މަހަށް މިހާރު ބޭރުގެ ބަޒާރުން ލިބޭ އަގަށް ވުރެ ރަނގޅު އަގު ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މަހުގެ އަގު އުފުލޭނޭ. ރައީސް ވަރަށް ވިސްނަވާފައި ވިދާޅުވި ވާހަކައެއް އެއީ. އެހެންވީމާ އަޅުގަނޑަށް ޔަގީނާ ގާތަށް ކަށަވަރު ކުރަންކެރޭ މަހުގެ އަގު އުފުލުމުގެ ފުރުސަތު ލިބިގެންދާނެ." މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހުސައިން

    މަސްވަރިންނަށް ތިޔަ ހޯދަވާދެއްވި ހަމަ އަގަށް ސަރުކާރައް އައްސަރި ބަހާއި ސާބަސް. އަދި 2023 ގައި މިކަމުގެ ހަމަ އަގު އަޅުގަނޑުމެން ސަރުކާރަށް ދޭނެނެ ކަމުގެ ޔަޤީންކަން ސަރުކާރަށް އަރުވަން. މަސްވެރިކަމުގެ މުޅި ޙަޔާތުގައިވެސް މި ވަރުގެ ހަމަ އަގެއް އަޅުގަނޑު މެންނަށް ނުލިބޭ ވާހަކަވެސް ދަންނަވަން. ހަމަ މިއާއި އެކު މިލިބޭ ހަމައަގުން މަހަށް ނިކުމެ ކުރަންޖެހޭ ޚަރަދު ކަނޑާފައި ބަކީ ލީބޭ ލާރި ފުނިން އަޅުގަނޑުމެންގެ ޖީބުތައް ފުރިގެން ބަންޑުންވެ. މި ލާރިއަށް ކުރާނެ ކަމެއް ނޭނގިގެން އުޅޭ ވާހަކަވެސް ސަރުކާރަށް ދަންނަވަން. އަދި މަސްވެރިންނަށް މި ލިބުނު ހަމަ އަގާއި ގުޅިގެން މަސްވެރިންގެ އަތުން އިންކަމް ޓެކުސް ނެގުމުގެ ވިސްނުމެއްވެސް ސަރުކާރުން ގެންގުޅުއްވާލަ ދެއްވުން އެދޭ ވާހަކަވެސް ދަންނަވަން. އަދި ނިންމާލަމުން 2023 ވަރަށް ކާރި ވެއްޖެ ކަންވެސް ހަނދާންކޮށްދެން.

    15
  2. ކަޅު ހުއްތު

    ރ.ޔާމިން ދައުރުގަ ކިލޯއެއް 22ރ ގަންނަމުން އައިއިރު އެއީ ހަމައަގުނޫން ކަމައްބުނެ ވެރިކަމައް އައިމީހުން 13ރ އައް ކިލޯއެއް ވައްޓާލީމަ އެއީ މަސްވެރިންނައް ހަމައަގު ހޯދާދެވުންކަމައްވެޖެ، ސުކުރިއްޔާ ވގނ

    17
  3. އަބްދޫ

    ހަމަ އަގަކީ ކިހާވަރެއް ؟ ހަމަ އަގު އަންނަނީ ކިހިނެތް ؟

    16
  4. ރ

    މިވަރުގެ ޖޯކަރު ވާހަކައެއް މި ގަރުގައި ވެސް މީހަކު ނުބުނޭ ބަލަ ހުސޭނާ ތިޔަ ވަރުގެ ދޮގެއް ހަދާން ދަސްކޮށް ދިން މީހެއް ބުނެލަ ދީބަަލަ ރޯމާ ދުވާލު ތިޔަ ވަރުގެ ދޮގެއް ހަދަން ވާނެތަ ރާއްޖެ ޓީވީގައި އިމާދު ތޯ ސުވާލު ކުރައްވަން އިންނެވީ ކީކޭތޯ އިމާދު ބުނީ ހެހެ އާދެ އާދެ ތޯ ކިޔުއްވީ މަސްވެރިންނަށް މިވަރަށް ފުރައްސާރަކޮށް މަލާމާތް ކުރާކަށް ނުވާނެ އެހެންތާ ވާނީ ރައީސް އޮތީ ވިދާޅު ވެފައި މިއޭ އަސްލު ހަމަ އަގަކީ .... ހެ ހެ ޑޮލަރުން ޖީބު ތައް ފުރިއްޖެ

    12
  5. ތިޔަރަ

    ހެހެ ހޭ މިއޮތް ވާ ސަރުކާރެއްދޯ ރޯމާ ދުވާލު ތިޔަ ވަރު ވާހަކެއް ތިޔަ ވިދާޅުވީ ހަަމަހޭގައިތޯ ފިސަރީޒް މިިނިސްޓްރީގެ މުވައްޒަފުން ޖެހޭ މީނާ ހަމަތޯ ބަލަން

    12
  6. ޢހ

    ހަމަ އަގަކި 16 ރުފިޔާ. ވެއްލަ ވައްތަ އަށް މަސްކިރަން ފޮނުވާނެކަމަށް އިންތިހަބް ތެރޭގައި ވައުދު ވި. ޑޮލަރު ލިބޭނެ ކަމަށް ވައުދުވި.

    12
  7. ވަގުތީ މަސްވެރިޔާ

    ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ ވަޒީރުކަމުގަ ހުރެގެން ސަރުކާރަށް މިވަރުގެ މަލާމާތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން.. އަދި މިކުރާ މަލާމާތަކީ ސީދާ މަސްވެރިންނަށްވެސް ކުރާ މަލާމާތެއް. މިވައްތަރު މީހުން މަގާމުތަކުގަ ތިބެގެން 2023 ؟؟؟؟؟؟؟؟؟؟؟؟؟؟؟؟

  8. Anonymous

    މިދިޔަ އަހަރު ކުރެވުނު ބޮޑުމަސައްކަތަކީ މަސްވެރިންނަށް ހަމަ އަގުހޯދާދިނުމޭ !!!! ހަމަ އަގުހޯދާ ދިނުމަށް ކުރެވުނު މަސައްކަތަކީ ކޮބާތޯ ؟؟؟؟ ހަމަ އަގަކީ ކުރިން 20 ރ އަށް ވިއްކި މަސްކިލޯ 16 ރއަށް ހެދުންތޯ ؟؟؟ ޑީސެލް ލީޓަރ އަކުން 2 ރ އަގުބޮޑުވުންތޯ ؟؟؟؟

    11
  9. ހުވާ

    ހުސޭނާ ކަލޭ ކުރި ހުވާގެ މަތިން ހަނދާން އެބަހުރިތަ ބަލަ އެ ހުވާ ކުރަމުން ދިޔައިރު ނަގާފައި ހުރި ފޮޓޯ ފެނި ބިރު ވެތި ނުވަންތަ ... އެމް ޑީ ޕީ އަށް މަޖިލިސްގެ ގޮނޑިތައް ލިބިގެން އަޑިޕާކުގައިހުރި އިސްޓޭޖަށް ދުވެފައި ގޮސް އަރާ ކަލެއާއި ނައިބު ރައީސް ފައިސަލް ފުމުނު ތަން އަހަރެން ދުށީމޭ އޭރު ޖުމްހޫރީޕާރޓީން ވެސް އެމީހުންގެ ގޮނޑިތައް ކާމިޔާބު ވެގެން އުފާ ކުރެއޭ ކަލެއާއި ފައިސަލަށް ފެނުނީ އެމްޑީޕީ އޭ.... އެ ތަނަށް ވަދެލަން ނުކުރެނު.....

    11
  10. މޫސަ

    ރާއްޖޭގެ މަސްވެރިކަން ވަރަށް ރަނގަޅު. އެކަމަކު މިފްކޯއިން މިހާރު ކަންނެލި މަސްކިލޯއެއް ގަންނަން ލިބެނީ 130 ރުފިޔާއަށް. ލާރި ހޯދަން މިއީ ބޮޑުވަރު. ކުރިން ކަންނެލި ކިލޯއެއް 85 ރުފިޔާއަށް ހުރެފައި މިހާ އަގު ބޮޑުވެގެންދިއުން މިއީ ރައްޔިތުން ފެލާލުން ކަމުގައި ނޫނީނުވެ. ނޫސްވެރިން އެބަޖެހޭ މިކަމަށް އެއްޗެކޭ ބުނަން.

  11. ސަންފައްތަ

    ކަލޭމެން ދޭ އަގު ވާނީ ހަމައަގަށް. ކިތަންމެ ކުޑަވިޔަސް ހެޔޮތާ.

  12. ސައްފަތު

    މީ ބޭރުކުރަންޖެހޭ ގޮލައެއް. މުސާރަ ނަގައިގެން ގޭގަ ނިދަނީ. މީނަމީ އުޅޭމީހެއްކަންވެސް ނޭނގެ. މަސްވެރިންނަށް ހަމައަގެއްނޫން އެކައްޗެއްވެސް ހޯދައި ނުދެވުނު. އިސްތިއުފާދީ.

  13. ސެންޗޯ

    ދެންކުރި ކަމަކީ ހައްގަކާނުލައި ދޫނިތައްމަރާލުން