މާލެއަށް މީހުން ޖަމާނުވާނެހެން ރަށްރަށުގައި ހިދުމަތްތައް ތަރައްގީ ކުރުމަކީ މުހިންމު ކަމެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ނ. މަނަދޫގައި ރޭ ވިދާޅުވެއްޖެއެވެ.

މަނަދޫ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ ޕްލޭނަކީ ލާމަރުކަޒީ ނިޒާމުން ރާއްޖޭގެ ރަށްތައް ތަރައްގީކޮށް އެ މީހަކު ހުރި ހިސާބަކުން، ހުރި ރަށަކުން ބޭނުންވާ ޚިދުމަތް ދީ، ދަތުރުފަތުރުކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ރާއްޖޭގެ އެއް ރަށާއި އަނެއް ރަށް ގުޅާލުންކަމުގައެވެ.

މަނަދޫ ސްކޫލްގައި ކުރިޔަށްގެންދެވި މި ބައްދަލުކުރެއްވުމުގައި މަނަދޫ ރައްޔިތުން ވަނީ ތަރައްގީއާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި އިޙްސާސްތައް ރައީސްއާ ހިއްސާކުރައްވައިފައެވެ. މި ގޮތުން މަނަދޫ ރައްޔިތުން ވަނީ އިއާދަކުރަނިވި ހަކަތައާއި، މަގުހެދުމާއި، ނަރުދަމާގެ މައްސަލަ ޙައްލުކުރުމާއި، ބޯހިޔާވަހިކަމުގެ އިތުރުން އިގްތިސާދީ ހަރަކާތްތައް ހިންގުމަށް ލޯކަލް މާރުކޭޓެއް އެޅުމާއި، މަނަދޫގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވައިފައެވެ.

ރައީސް ވަނީ މަނަދޫގެ ތަރައްގީއަށް އަލިއަޅުއްވާލައްވައި އެ މަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުގައި ހުރި ކަންކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން ޙައްލުކުރުމަށް މާލޭގައި އެކަނި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަކީ ހައްލެއް ނޫން ކަމަށާއި މާލެއަށް މީހުން ޖަމާނުވާނެހެން ރަށްރަށުގެ ކަންކަން އިންތިޒާމްކޮށް، ރަށްރަށުގައި އަސާސީ ޚިދުމަތްތައް ތަރައްގީ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

މީގެ އިތުރުންވެސް ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަކީ ތަރައްގީ އަށް ނުހަނު ބޭނުންތެރި ނިޒާމެއް ކަމަށާއި، ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލުމުގެ މަޝްރޫއު އާ ގުޅޭ ގޮތުން ރައީސް އާއި މަނިކުފާނުގެ ޓީމުން ވަނީ ވާހަކަފުޅުދައްކަވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކޮވިޑް

    އަގައިން ކަލޭތީ މި ޤައުމުގެ ދަރިން ދުނިޔޭން ބޭރަށް ކިޔަވަން ވެސް ފޮނުވި މީހާނު. މިސަރުކާރުން ތިބުނާ ހިދުމަތެއް ދޭން ކަލޭ ކުރި އެއްމެކަމެއް ބުނެބަލަ؟ އަލަށް އެޅި ހޮސްޕިޓަލެއް، ސިއްޙީ މަރުކަޒެއް، ބޭސްފިހާރައެއް، އަޅެ ބުނެބަލަ؟ދެން ހަމަ ރައްޔަތުން މަދު ބަޔަކާ ދިމާވީމަ މޮޅުވާހަކަ އެއް ދައްކާ ގުންބޯ ހެއްދޭތޯ ތިބަލަނީ. # އިންޑިއާ އައުޓް #

    13
    2
  2. Anonymous

    ތަނެއް ދޮރެއްނުދަންނަ އިބުރާ ދުނިޔެ ހުރިހާހިސާބެއްގަވެސް ވެރިރަށައް މީހުން ދާނެ އެކަމަކު ދުނޔެއިން ބޭރައްކިޔަވަން ފޮނުވީކަލޭޢެކަނި ކަލެއައް ހަމަ ސާބަސް މާތް ރައީސް

    9
    2
  3. Anonymous

    އަނގައިން ހުރިހާ ކަމެއް ކޮއްނިމިއްޖެ އެކަމަކު ބަޖެޓު ދަރާފަ.

    13
    2
  4. ސަމާސާ

    މުހިއްމޭ ފަޅޮލޭ ނުކިޔައި ކޮށްބަލަ.
    ރައީސް ކަން މޑޕ
    މުޅި މަޖިލިސް މޑޕ
    ގާތްގަނޑަކަށް ހުރިހާ ކައުންސިލެއް މޑޕ.
    ޝަރުއީނިޒާމް މޑޕ
    ދިފާއީ ބާރު މޑޕ.

    ދެން ކީއްތަ އަހަރުމެން ކޮށްދޭންވީ ؟

    14
    2
  5. ޙެސްކިޔާ

    ޔާންޓޭގެ އައިކިޔޫ 10.އިބޫ ގެ އައިކިޔޫ 150. މީ ވަރަށްވާހަކަ އިނގޭ.

  6. ރަން ރީނދޫ

    200 ރަށް އެއް މިންވަރަކަށް ތަރައްޤީ ނުކުރެވޭނެ. 2000މީހުން ހަމަވާ އާބާދީއެއްގަވެސް ޑޮކްޓަރުން ތިބޭކަށް ބޭނުމެއް ނުވޭ. ޕޭޝަންޓުން ނުލިބި،އެމީހުންގެ ސްކިލް ގެއްލޭ ތީ. ދިވެހިން ގުނބޯ ހެއްދުން ހުއްޓާލާ.

  7. އަިޮލ

    މީނަ ކިޔަންވީ އެއްޗެހި ލިޔެދެނީ ކާކުތަ؟
    ދޭތެރައަކުން އަރާ މިކަހަލަ މޮޅެތި ތާކުން ތަކު ނުޖެހޭ ވާހަކަ ދައްކާ

  8. ކަމަނަ

    ރަނގަޅު ވާހަކަ ފުޅެއް. އަޅުގަނޑުމެން މި ދަންނަވަނީ މަނިކުފާނަށް ހެޔޮނުވާނެއޭ މާލޭގައި ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން ބޮޑެތި ރަށްރަށް ނިސްބަތްވާ މީހުންނަށް އެރަށްރަށުގައި ތިބެގެން މާލޭގެ ވަޒީފާ އަދާކުރެވޭނެ ގޮތެއް ހަމަޖައްސަވައިދެއްވާށޭ. ކޮވިޑް19 އިން ދަސްވި ކަންތައްތަކުން ހެޔޮގޮތުގައި ފައިދާ ލިބިގަންނަންވާނެ ނޫންތޯ! މުސްކުޅިންވެސް ގަބޫލުކުރޭ މިހާރު ސަރުކާރު އޮފީސްތަކުގައި ވަޒީފާއަދާކުރާ ގިނަ މީހުންނަކީ ގޭގައިތިބެގެން ވަޒީފާ އަދާކުރެވިދާނެ ބާވަތުގެ ވަޒީފާކަން. އެހެންވީމަ ހަރުދަނާ އުސޫލުތަކެއް ހަދާފައި އެމީހުންގެ ރަށަށް ދޫކޮށްލަންވީނޫންތޯ؟ ކީއްކުރަންތޯ ބަނދެގެން މާލޭގައި މާލޭގެ ބިންވެރިންގެ ޖީބުތައް ފުރަން ގެންގުޅުއްވަންވީ؟ ރައީސް މިކަންކޮށްދެއްވަންވީނޫންތޯ ބޭކާރު ގިނަވާހަކަ ނުދައްކަވާ!

  9. ކެޔޮޅު

    ކަނޑުކޮސް ވާހަކަނުދައްކަވާ ކެޕްޓަލްސިޓީއައް މީހުންޖަމާނުވާނެގޮތެއް ދުނިޔޭގެ އެއްވެސްގައުމަކު ހެދިފައެއްނެތް!

    4
    1
  10. ނަން

    ކޮންމެ އިންތިހާބަކައް ތިހެން ނުކިޔަސް މޮޔައިންގަ ވޯޓު ލިބޭނެ ހަމަ

  11. ނާނު

    ފެނާއި ނަރުދަމާ ހެދީމަ ހުރީހާމީހުންވެސް ރަށުގައި ދޯ އުޅޭނީ

  12. އައްޑޫ މީހާ

    އުތުރުގެ ރަށެއްގެ ފަޅު ހަދަން ފެށިއްޔާ ދެކުނުގެ ރަށަކަށް އެއްވެސް ކަމެއް ކޮށްނުދެވޭނެ ދެކުނުގެ ރަށެއްގެ މަގުމަތީގައި ތާރުކޮޅެއް އަޅައިފިއްޔާ މެދުރާއްޖެ ތެރެއާއި އުތުރުގެ އަތޮޅަކަށް އެއްވެސް ކަމެއް ކޮށްނުދެވޭ ، ކަލޭތިޔައީ ތިޔަބުނާ މޮޅު ރައީސެއް ކަމުގައި ވަނީނަމަ އަޅެ ކުރިޔަށް މިއޮތް ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެއިން 3000 ވަރަކަށް ވަޒީފާ އަތޮޅު ތެރެއަށް މާލެއިން ބޭރުކޮށް ދީބަލަ ކޮން އވގރނއ ގޮވާކަށް ހަމަ މާލެއަށް ބަރޯސާ ނުވާ ގޮތައް ސިއްޙީ ޚުދުމަތްވެސް ތައުލީމުވެސް ކަލޭމެން ބައްޓަމެއް ނުކުރޭ އެހެން ނަމަ ދިވެހީން އާސަންދައިން އިންޑިއާއަށް ކުރާ ޚަރަދުވެސް ނުކޮށް ހުއްޓޭނެ އެކަމަކު ސްކޭނެއް ހަދަން ޖެހުނަސް އިންޑިއާއަށް ދާން ޖެހެނީ ސަލާން ޖަހައިގެން ކެއުމާއި ހުރުމުގެ ޚަރަދު ހަމަޖައްސަން ޖެހެނީ މިއީ ކަލެއަށް އިހުސާސް ނުކުރެވުނަސް ނިކަމެތި ރައްޔިތުންގެ އިހުސާސްތައް