މިއަދު މާލޭގައި ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން ބައެއް މީހުން ހައްޔަރު ކޮށްފައިވަނީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން މިއަދު ފުލުހުން 11 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޕާޓީގެ އާންމު މެމްބަރުންގެ އިތުރުން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ޕީއެމް އިން ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރެއިން 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ނުވަ އަންހެނަކާއި ދެ ފިރިހެނުން ކަމަށެވެ.

"އެ 11 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި" ފުލުހުން ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކޮށްލުމަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވުމާއި އެކީ އިތުރަށް ވަނީ ފުޅާ ކޮށްފައެވެ. އެގޮތުން މި ހަރަކާތް މާލޭގެ އިތުރުން ރާއްޖޭގެ ރަށްތަކުގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ މިއަދު ހަވީރު ވަނީ ފ. ނިލަންދޫގައި ވެސް ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވައި، އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ވެސް އިންޑިއާގެ ލޯނު އަދި އެހީ މެދުވެރިކޮށް އިންޑިއާގެ ކުންފުނިތަކުންނެވެ.

އިންޑިއާގެ އަސްކަރީ އެހީ ވަރަށް ބޮޑަށް ހޯދަން ނިންމައި، އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބަލަހައްޓަން އިންޑިއާގެ ސިފައިން ތިބެއެވެ. ކޮންމެ އުޅަނދަކަށް 25 ސިފައިންގެ މަގުން ޖުމުލަ 75 ސިފައިން ތިބެއެވެ.

މީގެ ބޭނުމަކީ އިންޑިއާ އަސްކަރިއްޔާގެ ބެކްޔާޑެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުތައް ބޭނުންކޮށްގެން، އިންޑިއާގެ ޖާސޫސީ މީހުންނާއި، އަސްކަރީ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ބޭއްތިބޭނެ ގޮތް ހެދުމަށެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން ވެސް ދޮގު ކުރެއެވެ.

އިންޑިއާގެ އަސްކަރީ އެހީ ހޯދަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށާއި، ނިރުބަވެރި ހަރަކާތެއް ރާއްޖޭގައި ހިނގިޔަ ނުދީ ހުއްޓުވަން ބޭނުންވާ ވަރަށް އަސްކަރީ ގާބިލްކަން އިތުރު ކުރުން ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޤައުމު

    ތީވަރުގަދަ ވާޖިބެއް ގެންގުޅޭބައެއް
    އަބަދު ވާޖިބު ހުރަސްވެގެން ފުލުހުން އުޅޭތަން މިފެންނަނީ

  2. އައުޓް

    ޕޮލިސް ކަމިޝަނަރު ހަމީދު އައުޓް އިންޑިއާ އައުޓް ޕޮލިސް ކަމިޝަނަރު ހަމީދު އައުޓް އިންޑިއާ އައުޓް ޕޮލިސް ކަމިޝަނަރު ހަމީދު އައުޓް އިންޑިއާ އައުޓް ޕޮލިސް ކަމިޝަނަރު ހަމީދު އައުޓް އިންޑިއާ އައުޓް ޕޮލިސް ކަމިޝަނަރު ހަމީދު އައުޓް އިންޑިއާ އައުޓް ޕޮލިސް ކަމިޝަނަރު ހަމީދު އައުޓް އިންޑިއާ އައުޓް ޕޮލިސް ކަމިޝަނަރު ހަމީދު އައުޓް އިންޑިއާ އައުޓް ޕޮލިސް ކަމިޝަނަރު ހަމީދު އައުޓް އިންޑިއާ އައުޓް ޕޮލިސް ކަމިޝަނަރު ހަމީދު އައުޓް އިންޑިއާ އައުޓް ޕޮލިސް ކަމިޝަނަރު ހަމީދު އައުޓް އިންޑިއާ އައުޓް ޕޮލިސް ކަމިޝަނަރު ހަމީދު އައުޓް އިންޑިއާ އައުޓް ޕޮލިސް ކަމިޝަނަރު ހަމީދު އައުޓް އިންޑިއާ އައުޓް ޕޮލިސް ކަމިޝަނަރު ހަމީދު އައުޓް އިންޑިއާ އައުޓް ޕޮލިސް ކަމިޝަނަރު ހަމީދު އައުޓް އިންޑިއާ އައުޓް ޕޮލިސް ކަމިޝަނަރު ހަމީދު އައުޓް އިންޑިއާ އައުޓް ޕޮލިސް ކަމިޝަނަރު ހަމީދު އައުޓް އިންޑިއާ އައުޓް

  3. މާމީ

    ހުރަސް ނޭޅިއަސް ހައްޔަރު ކުރަނީ އިންޑިއާއިން އަންގައިގެން ކޮން މުރުތައްދެއް ވަނީތަ

  4. ރިވެތި

    ބަލަ އެމީހުނައް ހުރަސް އަޅައިގެންތިބީ ފުލުހުން އެކަމަކުތިޔަބުނަނީ އާންމުން ބަންދުކުރީ ފުލުހުންނައް ހުރަސްއެޅީމާއޭ

  5. ހުސޭނުބޭ

    ކޮންތާކު. ފުލުހުން ތި މައްސަލާގައި ރިޕޯޓްކުރަން ޖެހެނީ އިންޑިޔާ ހައިކޮމިޝަނަށް. އިންޑިޔާ ހައިކޮމިޝަންގެ އޯޑަރަށް މީހުން ހައްޔަރުކުރަން ޖެހުނީ. އިންޑިޔާ މިލިޓަރީ އައުޓް.

  6. ކާފަބޭ2020

    😆😆😆😆😆 އިންޑިއާމިލިޓަރީއައުޓް ފިނދަނަމިނިސްޓަރުއައުޓް