ހޯމް ސޯލާ ޕްރޮގްރާމު ހިންގަން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.

މި ޕްރޮގްރާމު ކުރިއަށްގެންދިއުމަށް އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އައިމިނަތު ޝައުނާއެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދުއެވެ.

މި ޕްރޮގްރާމަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަންޕްލޭންގައި ހިމަނާފައިވާ، 2023 ގެ ނިޔަލަށް މަދުވެގެން 10 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުތައް ނެޓްމީޓަރިންގ އުސޫލުން ގާއިމުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލު ކުރުމަށް، އަދި 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކާބަން އެމިޝަންސް ނެޓް ޒީރޯއަށް ހެދުމަށް ސަރުކާރުން އަމާޒުކޮށްފައިވާތީ، އެ ޓާގެޓް ހާސިލް ކުރުމަށް މަގުފަހި ކުރުމަށް ފަށާ ޕްރޮގްރާމެއް ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ހޯމް ސޯލާ ޕްރޮގްރާމު ހިންގަން ފެނަކައާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ފެނަކަ

މި ޕްރޮގްރާމުގެ ދަށުން، ފަރުދުންގެ ގޭގޭގައި ސޯލާ ސިސްޓަމް ހަރުކޮށް، އެގެއަކަށް އެކަށީގެންވާ ކަރަންޓު އުފެއްދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވާއިރު، މިކަމުގެ ސަބަބުން، އާންމު ފަރުދުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެކަމަށް ވިދާޅުވެފައި ވެއެވެ.

އެގޮތުން އެ މިިނިސްްޓްރީން މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވީ 300 ޔުނިޓުގެ ކަރަންޓު ބޭނުން ކުރާ ގެއެއްގައި މިޕްރޮގްރާމުގެ ދަށުން ދެ ކިލޯވޯޓުގެ ސިސްޓަމެއް ގާއިމު ކޮށްފިނަމަ، ކަރަންޓަށް މިހާރު ހޭދަކުރާ ނިސްބަތާ އަޅާބަލާއިރު، %90 އަށްވުރެ ބޮޑު އަދަދެއްގެ ކަރަންޓު ބިލުން ސަލާމަތް ކުރެވޭނެ ކަމެވެ.

އަދި މަޝްރޫއުގެ ދަށުން ދޫކުރެވޭ ހޯމް ސޯލާރ ނިޒާމްތަކަކީ ނިސްބަތުން އަގުހެޔޮ ޖީބަށްލުއި، އަދި އިންސްޓޯލްމެންޓް އުސޫލުން ދޫ ކުރެވޭ ނިޒާމްތަކެއް ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ސަރުކާރުން މި މަޝްރޫޢު ހިންގުމަށް ފެނަކައާއި ހަވާލު ކުރާ ފައިސާއިން 2ކިލޯވޯޓުގެ 1000 ސޯލާ ސިސްޓަމް ގާއިމު ކުރެވޭނެ އެވެ. އަދި، މިއީ ރިވޯލްވިންގ ފަންޑެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއްކަން ފާހަނގަކޮށްލަން ޖެހެއެވެ.

މިނިސްޓްރީން މައުލޫމާތުދޭގޮތުގައި ދެ ކިލޯވޯޓުގެ 1000 ސިސްޓަމް ގާއިމު ކުރެވިއްޖެނަމަ ދައުލަތުން ކަރަންޓު އުފެއްދުމަށްޓަކައި އިމްޕޯޓުކުރާ ތެލުގެ ތެރެއިން ނުވަ ލައްކަ ލީޓަރު ތެޔޮ މަދު ކުރެވިގެންދާނެއެވެ. މިއީ، މިހާރުގެ ޑީސަލްގެ އަގަށް ބަލާއިރު، އަހަރަކަށް 10 މިލިއަން ރުފިޔާ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ސަލާމަތް ކުރެވޭ ތެލުގެ ސަބަބުން، އަހަރަކު ޖައްވަށް ދޫކުރެވޭ ވިހަ ގޭހުގެ ތެރެއިން 2500 ޓަނުގެ ކާރބަން ޑައިއޮކސައިޑް މަދު ވެގެންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އައުޓް

  އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

 2. ވަގުންނޭ

  ތިމާވެށި މިނިސްޓަރު އަވަސް އަރުވާލައިގެން ފެނަކަ އަށް 20 މިލިއަން ރުފިޔާ ޓްރާންސްފަރ ކުރީ ފެނަކަ އަކީ އެއީ ބިޑް ކުރުމެއް ނެތި ގިނަ ކަންކަން ކުރާ ކުންފުންނަކަށް ވެފައި އަދި ވަކި ކުންފުންޏަކަށް މި 20 މިލިއަން ރުފިޔާ ދޭންވެގެންނޭ އެއީ ނާޝިދު ގެ ކުންފުންނަށޭ މިހާތަނަށް ރާއްޖޭގައި ޖެހި ސޯލަރ ޕެންލަސް ތަކުން ސަލާމަތް ވި އެންމެ ލީޓަރު ޑީސަލެއް ނެތޭ މާލެއަތޮލު ފިނޮޅު ރިސޯރޓް ގައި 80 މިއަން ޑޮލަރުން ޖެހި ޕެނަލްސް ތައް އުކާލަންޖެހުނީއޭ..

 3. ނެތޭނެތޭނެތޭ

  ތި 20 މިލިއަން ރުފިޔާ އަކީ މިހާރު ސްވިމްސޮލް ކިޔާ ބޭރު ކުންފުންނަކަށް ދޭން ނިންމާފައިވާ މަސައްކަތެކޭ އެއީ ރިއަންގެ ދަށުން ހިންގާ ކުންފުންނެކޭ މީސީދާ ތިމާވެށި މިނިސްޓަރާއި އެކުންފުންނާއި ގުލިގެން ކުރާ ބޮޑު ވައްކަމެކޭ ބިޑް ނުކޮށް ބޭނުން ބަޔަކަށް ދެވޭނީ އެއީ ފެނަކައަށް ހަވާލު ކުރުމުންނޭ އެހެންވެ އެޑީލް މިހާރު ކުރިއަޢް ދަނީ މީ ސީދާ އިންޖިނިއަރިންގް ތެރޭން ކުރާ ބޮޑު ވައްކަމެކޭ ހޯމ1 ސޯލަރ އިން އަންދާ ތެލުން ޑީސަލް ސަލާމަތް ނުވާނެއޭ ވެފައި ނެތޭ

 4. ކިއެއްވެތޭ

  މުޅި ރާއްޖޭގައި މިހާތަނަށް ސަރުކާރުން 2008 އިން ފެށިގެން ޖެހި ސޯލަރ ޕެނަލްސް ތަކުގެ އަގު އެބަޖެހޭ 900 މިލިއަން ޑޮލަރާއި ގާތަށް މީ މުޅި ރާއްޖެތެރެއަށް ކަރަންޓް ލެވޭނެ ފައިސާ ސުމަކުން ފެށި ނަމަވެސް ނުވަތަ މާލެ އަށް ކަރަންޓް ދޭން ހިންމަފުށި ފަޅު ހިއްކާ އެފަޅުން ހުޅުމާލެ އަށް ބްރިޖަކުން ގުޅުވާލާ އަދި އެތަނުގައި ބޮޑު އިންޖީނުގެ އެއް އަޅައިގެން މުޅި މާލެ ސަރަހައްދަށް ކަަރަންޓް ދެވޭނެ ފައިސާއޭ 5 އަހަރު ނުވާ ޕެނަލްސް ތައް ވެސް ވަނީ ހަލާކުވެފައޭ މަސައްކަތް ނުކުރެއޭ ލާމު އަތޮޅުގައި ހުރި އެންމެ ޕެނަލެއް ވެސް މަސައްކަތް ނުކުރޭ އައްޑޫ ގައި ހުރި އެންމެ ޕެނަލެއް ވެސް މަސައްކަތް ނުކުރޭ އޮޑިޓަރ ޖެނެރަލް ނެރެފައިވާ ރިޕޯރޓެއްގައި ވެސް އެބަބުނޭ ސޯލަރ އެނަރޖީ އަކީ އެއީ އެއްވެސް ފައިދާ އެއް ވާ އެނަރޖީ އެއް ނޫނޭ ދެން ސަރުކާރުން ގެއްލުން ވަމުންދާ ކަންކަން ނުބަލާ ދައުލަތުގެ ބަޖެޓުން އަވަސް އަރުވާލައިގެން 20 މިލިއަން ރުފިޔާ ކެނެރީގެ ނަޝީދުގެ ބޭބެ ނާޝިދު އަށް ދޭން ވެގެން ފައިވިއްދާފައި ހުރީ އެއީ ކިއެއްވެތޭ...

 5. ބަލާތި

  ގޭގޭގެ ފުރާޅު މަތީގައި މައްސަލަ އެއްނެތޭ ރާއްޖޭގެ ހުރިހާ ގެއެއްގެ ފުރާޅު ތަކުގައި ސޯލަރ ޕެނަލްސް ތައް ޖެހިނަމަވެސް އޭގެ ސަބަބުން އިންޖީނގެ އިން އަންދާ ތެލުން އެންމެ ލީޓަރު ޑީސަލެއް ވެސް ސަލާމަތެއް ނުވާނެއޭ 2008 ގައި ނާޝިދު ޖެހި ވިލިގިލި ސްކޫލް ފުރާޅު މަތީގައި ސޯލަރ ޕެނަލްސް ތަކެއް މިހާރު އެތަނުން ގިނަ ޕެނަލްސް ތައް މަސައްކަތެއް ނުކުރޭ ސްޓެލްކޯ އިން އޭނާ އަށް މަހަކުދޭ 80 ހާސް ރުފިޔާ އެކަަމަކު 80 ހާސް ރުފިޔާގެ ތެލެއް ސްޓެލްކޯ އަށް ސަލާމަތެއް ނުވެއޭ މިހިރީ ފެންނާން ހުރި ހަގީގަތަކީ މިހާރުވެސް މިކަން އޮޑިޓަރ ޖެނެރަލް ގޮސް ބަލަންވީ މިކަން ވަމުންދަނީ މިގޮތަށޭ ސްޓެލްކޯ އިން މަހަކު 80 ހާސް ރުފިޔާ ނާޝިދު އަށްދޭއިރު ސްޓެލްކޯ އަށް މަހަކު 80 ހާސް ލީޓަރު ޑީސަލް ސަލާމަތް ނުވެއޭ ދެން ކިއެއްކުރަން ކުރާ ކަމެއްތޭ މީ ހަމަ ސީދާ އިންޖިނިއަރިންގް ގެ ތެރޭން އޮޅުވާލުމާިއ މަކަރާއި ހީލަތުގެ ދަށުން ކުރާ ބޮޑެތި ވައްކަން ތަކޭ އަދި މިކަމަށް ގާނޫނު ތައް ހަދައިގެން ވެސް އެމެން ކުރަން އުޅެނީ ހަމަ މިވައްކަމޭ މީސީދާ ވައްކަން ކުރުމޭ މީ ކަރަންޓް އިން ވައްކަމޭ ކެނެރީގެ ނަޝީދުގެ ބޭބެ ނާޝިދު މިކުރަނީ މީ ސީދާ ވަގުންނޭ ވަގުންނޭ މިވަގުން ވައްކަން ކުރަން ވެގެން ޕަޕެޓް އިންޖިނިއަރިންގްގެ އަލިފުބާ ނުދަންނަ މީހަކު ތިމާވެށި މިނިސްޓަރަކަށް ލައިގެން އުޅެނީ ވެސް އެހެން ވެގެންނޭ...

 6. ތަމެންދޯ

  އޮޑިޓަރ ޖެނެރަލް މިދިޔަ އަހަރު ނެރެފައިވާ ރިޕޯރޓް ގައި އެބައޮތޭ ބަޔާން ކޮށްފައި މިރާއްޖޭގައި ޖަހާފައިވާ ސޯލަރ ޕެނަލްސް ތަކުގެ ޕްރޮޖެކްޓްސް ތަކުން ދައުލަތަށް ވެސް އަދި އިންޖީނުގެ އަށް ވެސް އެއްވެސް ފައިދާ އެއް ނުވެއޭ މިކަން މިހެން އޮތްވާ މިކަން ނުބަލާ ދައުލަތުގެ ބަޖެޓުން ޓެކްސް ޕޭޔަރ މަނީން 20 މިލިއަން ރުފިޔާ ނަގާ ފެނަކައަށް ދިނީ އެއީ ފެނަކަ ބޭނުން ބަޔަކަށް ދީގެން މިކަން ކޮށްގެން ކަޓް ޖައްސަން ވެގެންނޭ ތިމާވެށި މިނިސްޓްރީ މުވައްޒަފުން ތިބޭނެ އޮފީހެއް ނެތިގެން އެފަކީރުން އެއުޅެނީ އީޕީއޭ ވަންނާނެ ތަނެއް ނެތް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ވަންނާނެ ތަނެއް ނެތް މިފައިސާ އިން ހުޅުމާލޭގައި 25 ބުރިއަށް އިމާރާތެއްގެ ފައުންޑޭޝަން އަޅާ 5 ބުރިއަށް ނެގޭނެއޭ 10 ހާސް އަކަފޫޓްގެ ބިމެއް ކިއެއްވެތޭ އެކަން ތިމާވެށި މިނިސްޓަރު ޝައުނާ ނުކުރީ އެއިން ވެސް ކަޓް ލިބޭނެއޭ އާރުސީސީ އަށް ނުވަތަ އިންޑިއާގެ އެމްއެމްއެކްސްޕޯރޓަށް ޕްރޮޖެކްޓް ދީގެންވެސް އެކަމަކު މިއިން ކުރާނެއޭ ގައުމަށް ފައިދާ އެއް ޔަގީނުން ވެސް...