ސޯލާރ ޕީވީ ނިޒާމުގެ މަސައްކަތްތަކެއް ކުރުމަށް ސިނަމާލެ ބްރިޖާއި ގުޅިފައިވާ ލިންކް ރޯޑުގެ އެއް ލޭނުގެ ބައެއް ސަރަހައްދުތައް މާދަމާ ބަންދު ކުރަން ނިންމައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، ހުޅުމާލެ ލިންކް ރޯޑުގައި ގާއިމްކުރާ ސޯލާރ ޕީވީ ނިޒާމުގެ މަސައްކަތްތަކެއް ކުރުމަށް ލިންކް ރޯޑުގެ ލޭނުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އެ މަޝްރޫއަކީ ވޯލްޑް ބޭންކުގެ އެހީގައި އެންވަޔަރަމަންޓް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ އެސްޕަޔަރ ޕްރޮޖެކްޓްއިން ކުރިއަށް ގެންދާ ހުޅުމާލޭގައި 5.6 މެގަވޮޓުގެ ސޯލާރ ހަކަތައިގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ މަޝްރޫއެކެވެ.

އެ މިނިސްޓްރީން ބުނީ ލިންކް ރޯޑުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ނިންމި ކަމުގައިވިޔަސް އާންމު ދަތުރުފަތުރުތައް މެދުނުކެނޑި ކުރިިއަށްދާނެ ކަމަށެވެ.

އެހެެންކަމުން މާދަމާ ހެނދުނު 9:00 އިން ހަވީރު 17:00 އާ ހަމައަށް މި ގަޑިތަކުގައި ލިންކްރޯޑުން ދަތުރުކުރާ މީހުން މިކަމަށް ސަމާލުކަން ދީގެން ދަތުރު ކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.