ހުޅުމާލެ ލިންޑް ރޯޑް އަދި ބޯށިމާ ހިނގުމުގައި ގާއިމުކުރަމުންދާ ސޯލާ ޕީވީގެ ޕީވީސޯލާ ޕީވީގެ މަސައްކަތަށް ލިންކް ރޯޑް ބައެއް ގަޑިތަކަށް ބަންދު ކުރަން ނިންމައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ ލިންޑް ރޯޑް ބަންދު ކުރަނީ ސޯލާ ޕީވީގެ މަސައްކަތުގެ ތެރެއިން ސަބްސްޓޭޝަންގެ ފައުންޑޭޝަންގެ މަސައްކަތްތައް ކުރުމަށް ކަމަށެވެ.

އެ މަޝްރޫއަކީ ވޯލްޑް ބޭންކުގެ އެހީގައި އެންވަޔަރަމަންޓް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ އެސްޕަޔަރ ޕްރޮޖެކްޓްއިން ކުރިއަށް ގެންދާ ހުޅުމާލޭގައި 5.6 މެގަވޮޓުގެ ސޯލާރ ހަކަތައިގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ މަޝްރޫއެކެވެ.

އެ މަސައްކަތަށް ލިންޑް ރޯޑް ވަގުތީ ގޮތުން ބަންދުކުރަނީ އަންނަ އާދިއްތަ ދުވަހުގެ އިތުރުން 24 އޮގަސްޓް ވާ ބުރާސްފަތި ދުވަހުއެވެ.

އެގޮތުން އެ ދުވަސްތަކުގައި ލިންކް ރޯޑުގެ 04 ސަރަހައްދެއްގެ އިތުރުން ބޯޝިމާ ހިނގުމުގެ އެއް ސަރަހައްދުގެ މަގުގެ އެއް ލޭނު ބަންދުކޮށްގެން މަސައްކަތްކުރާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތު ދެއްވައެފެ.

"މިގޮތުން މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ މިދެދުވަހު ހެނދުނު ނުވަޔަކުން ހަވީރު ފަހަކަށެވެ. ވީމާ، މިދެދުވަހު މަސައްކަތް ކުރަމުންދާ ގަޑީގައި މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް އެއްގަމުގެ ދަތުރުކުރާ ފަރާތްތަކުން ސަމާލުވެވެއްލުމަށް އިލްތިމާސްކުރަމެވެ." އެންވަޔަރަމަންޓް މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޜައްޔިތުމީހާ

    އެހެންގައުމުތަކުގަ ތިފަދަ މަސަތްކަތްތައްކުރަނީ ރައްތިތުންނައް ދަތިނުވާނެގޮތައް ޕީކްގަޑިނިމުނީމަ ނަމަވެސް ރާއްޖޭގަ ރަސްމީދުވަހެއްގެ ދުވާލު މުޅިސަރަހައްދު ބަންޑުކޮއްގެން ތިކަންކުރުމުން ރައްޔިތުންނައްވާނެދަތި އިހުސާސްނުވަނީތޯ

    1
    0
    • Anonymous

      ޖެއްސުންކުރަނީ ހުޅުމާލޭގެ ރައްޔިތުންގެ ތާޢީދު މިިސަރުކާރަށް ނެތީމަ.
      މީ ރިއަލިޓީއަކީ