ހޯމް ސްޓޭ ފަތުރުވެރިކަމުގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކަށް އިސްލާމް ދީން ފެތުރިގެންދާނެ ކަމަށް ވިދާޅުވެ، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ބައެއް ދީނީ އިލްމުވެރިންނަށް ނިސްބަތްކުރައްވާ ހޫނު ރައްދެއް ދެއްވައިފިއެވެ.

ހޯމް ސްޓޭ ފަތުރުވެރިކަން ތައާރަފް ކުރުމާއި ގުޅިގެން އެތައް އިލްމުވެރިންނަށް ކަންބޮޑުވުން ފާޅު ކުރައްވާ އެކަމާއި ދެކޮޅަށް އަޑު އުފުލަމުންދާ ދަނޑިވަޅެއްގައި މިއަދު މެންބަރު ބޮންޑޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޯމްސްޓޭ ކޮންސެޕްޓް ގެ އޯގާތެރިކަމުގެ ސަބަބުން ފަތުރުވެރިންގެ ހިތްތަކަށް އިސްލާމީނޫރު ވަދެ ދުނިޔޭގެ ކަންކޮޅުތަކަށް އިސްލާމްދީން ފެެތުރިގެން ދިއުމަކީ އިބިލީހަށް ކެތްކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން އިބިލީހުގެ ހިތުގައި ނަފުރަތުގެ ހުޅު ރޯވެފައިވާކަމަށެވެ.

މީގެ އިތުރުން މި ޓުވީޓާއި ގުޅިގެން އިތުރަށް "ވަގުތު" އާއި ވާހަކަ ދައްކަވަމުން މެންބަރު ބޮންޑޭ ވިދާޅުވީ ގައުމުގައި ނަފުރަތު ޕްރޮމޯޓު ކުރުމަކީ އިބިލީހުގެ ވެކްސިން ކަމަށެވެ.

"ގައުމުގައި ނަފުރަތު ޕްރޮމޯޓު ކުރުމަކީ އިބިލީހުގެ ވެކްސިން. އިބިލީހުގެ ވެކްސިން ދޭ މީހުންގެ ވާހަކަ އެއީ" އޭނާ ވިދާޅުވިއެވެ.

ހޯމް ސްޓޭ ޓޫރިޒަމް ރާއްޖެއަށް ތައާރަފުކޮށް އެންމެ އާދައިގެ ރައްޔިތުންގެ ޖީބަށް ވެސް ޑޮލަރު ވެއްދުމަކީ ވެރިކަންކުރާ މައިޕާޓި އެމްޑީޕީގެ ވަރަށް ބޮޑު ވައުދެކެވެ. އެހެންނަމަވެސް މިއަހަރު އެކަން ތައާރަފް ކުރި ހިސާބުން ފެށިގެން އިލްމުވެރިން އަންނަނީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ހޯމް ސްޓޭ ވިޔަފާރި އަކީ ދީނީ ވަހުދަތައް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ހޯމް ސްޓޭ ފަތުރުވެރިކަމާއި ދެކޮޅަށް ރާއްޖޭގެ ބައެއް މަޝްހޫރު ދީނީ ޖަމިއްޔާ ޖަމާއަތްތަކުންނާއި މަޝްހޫރު ބޮޑެތި ދީނީ އިލްމުވެރިން ވެސް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. އަދި އެއީ އިސްލާމް ދީނުގައި ހުއްދަ ވެގެންވާނެ ވިޔަފާރިއެއް ނޫން ކަމަށާއި އެކަން ކުރުމަކީ މާތްﷲ ގެ ކޯފާ ހައްގު ވެދާނެ ކަމެއް ކަމަށްވެސް ބައެއް އިލްމުވެރިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އަބްދޫ

    ހޯމްސްޓޭ ގެ ސަބަބުން ރާއްޖޭގަ ކްރިސްޓިއަން ދީންފެތުރޭނެ

    34
  2. އަހުމަދު

    ލާދީނިއްޔަތު ފެތުރުމަށް ހަދާ ދޮގު. ރިސޯޓުތަކުނާއި މާފުށި ކަހަލަ ތަންތަނެން ފެންނަ މަންޒަރަކީ ރައްޔިތުން ދީނާއި މަޑުމަޑުން ދުރަށް ދާމަންޒަރު

    29
  3. ކޮވިޑް

    ބޮންޑެ ކަލޭ ހޭބަލި ނުވެބަލަ މިޤައުމުން މީހުން ނުދޭ އެހެން ޤައުމުތަކަށް އިސްލާމް ދީނަށް މީހުން ވައްދުވާކަށް. އަހަރެމެން މި އުޅެނީ މިޤައުމުގާ އެމްޑީޕީ ބައިގަނޑު ޣައިރުދީން ފަތުރަން މަސައްކުރާތީ އެކަމާ ކަންބޮޑުވެގެން. މިސަރުކާރުގެ މަތީމަޤާމުތަކުގަ އިސްލާމް ދީނަށް ފުރައްސާރަ ކުރިމީހުން ބައިތިއްބައިގެން އުޅޭތީ. އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުނަށް ހިމާޔަތް މިސަރުކާރުން ދޭތީ. ދެން މިކަމާ އެއްޗެއް ކިޔާބަލަ ބޮންޑޭ. # އިންޑިއާ އައުޓް #

    15
  4. މޕ

    އިޔައީ މިގަރުނުގެ އެންމެ ބޮޑު ޖޯކު

    14
  5. ހުސޭނުބޭ

    މީ ކޮންކަހަލަ ޢިމްކުވެރިއެއްތަ؟ ބޯބުރާންތި އިލްމުވެރިއެއްތަ؟

    12
    1
  6. ދަނޑޭ

    އަސްލު އިބްލީސް އެންމެ ކުރާހިއްވާނެ ކަމަކީ އިންސާނުންނައް ކަންކަމުގެ ދަޅަދެއްކުން އޭނާއެދައްކާދަޅައިން ވަރައް އޮފްއަރާނެ އެކަމަކު އެއީވަގުތީ އޮފެއް އޮފްކެނޑުނީމާ ބުނާނެ މީމަށައް އިބްލީސް ދިންލަނޑެކޭ އިބްލީސް ބުނާނެ ތިމަން ނައެއްނޫނޭ ކަލޭ އަމިއްލައށޭ އެކޮތައް މިއިބްލީސްވެސް މިއުޅެނީ

    14
  7. ބޮޑުބެ

    މި ގައުމަށް ވަންނަ ހުރިހާ އާމްދަނީ އެއް ވަންނަނީ ޑޮލަރުން. ރައްޔިތުންގެ ޖީބަށް ޑޮލަރު ވައްދަން ބޭނުމިއްޔާ ރިސޯޓުތަކާ ކުންފުނިތަކާ އެއަރޕޯޓުތަކާ ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންގެ މުސާރަ ޑޮލަރުން ދީބަލަ. މައްސަލަ ނިމުނީ.

    11
  8. އ.އައުޓް

    ބޮންޑާ ތާއްކޫ ތަނެއް ދޮރެއް ދަންނަ މީހެއްނޫން. މީހުން ދައްކާ ވާހަކަ ކޮޕީކޮށްގެން މާމޮޅުމީހަކަށް ވެވޭނީ ކަލޭފެންވަރުގެ މީހުންގެ ކުރިމަތީގައެވެ. ދުނީޔޭގެ ހާލަތު އެގޭނީ ރަގަޅަށް ލިޔަންކިޔަން އެގިގެންނެވެ. ދިވެއްސަކަށްވީމާ ދިވެހިބަހުން ވާހަކަދައްކަން އެގުމަކީ މުދައްބިރަކަށް ނުވަތަ މުފައްކިރަކަށް ވުމެއްނޫނެވެ. ކަލޭމެން ކުޑައިރުއުޅުނީ ބޮންޑުދޮންތު ހިންގަމުންދިޔަ ޓޫރިސްޓުންނަށް ސްވެނިއަރު ވިޔަފާރިކުރުމަށްޓަކައި ބައްޅައިންގެ ގޮތުގައި އެމީހުންގެ ފަހަތުން ބޮލިހިފައިގެން ދުވުމުގެ މަސައްކަތުގައެވެ. މަޖުލީހުގެ ގޮޑި ލިބުނީ ރައްޔިތުންނަށް އެމްޑީޕީވީ ވައުދު ފުއްދުމަށްޓަކައި އެހެންފަރާތަކަށް ބަރޯސާނުވެ ކުރުމުގެ މަގު ތަނަވަސްކޮށްދިނުމަށްޓަކައެވެ. ރައްޔިތުން އެމްޑީޕީއަށް މިހާބޮޑު ފުރުސަތެއްދިންއިރުވެސް މާބޮޑުކަމެއް ކުރެވިދާނެކަމުގެ އުއްމީދެއް އޮވެގެނެއްނޫނެވެ. އެމްޑީޕީއިން މީގެކުރިން ދައްކާ ބަހަނާއަކީ ވައުދުތައް ނުފުއްދުނީ މަޖްލިހުގެ މެޖޯރިޓީ އެމްޑީޕީގެ ނެތުމުގެ އިދިކޮޅުން ކަންކަމަށް ހުރަސްއެޅުމުގެ ސަބަބުންކަމަށް ބުނެ ވާހަކަ ދައްކާތީވެ، އެމްޑީޕީއަށް ގާނޫނު އަސާސީ ބަދަލުކުރުމުގެ ބާރުވެސް ދިނީއެވެ. މިއޮތްބޮޑު ބާރު ދިނުމުން ކަންވަމުންދާގޮތް ރައްޔިތުން މިދަނީ ފާހަގަކޮށް މާކްސް ދެމުންނެވެ. ހިތާމައާއެކު ދަންނަވާނީ ކުރިމަގުގައި މިފަދަ ދެވަނަ ފުރުސަތެއް އެމްޑީޕީއަކަށް ނުދޭން ދިވެހިން މިވަނީ ނިންމާ ސިއްކަ ޖަހާފައެވެ.

    12
  9. ޒަމީ

    އެނގިހުރެ ދަހިވެތިކަމުގައި ދޮގުހަދާއިރު ބިރުވެތިކަމެއް ނެތްތާ ލަދުވެތިކަމެއްވެސް ނެތްދޯ މީނަގެ.

    15
  10. ކޮވިޑް

    ބޮންޑޭމެން ޤައުމާ ދޭތެރެއަކު ނުވިސްނައި މިޤައުމުގެ ދީނާ ރީތިއާދަކާދަތައް ނައްތާލަން ކޮންމެފަދަ ވާހަކައެއްވެސް އަނގަގަދަކަމުން ތިބެގެން ދައްކާނެ އިންޑިޔާ އައުޓު

    12
  11. އަލްޖިބްރާ

    އިބިލީހުގެ ވާހަކަ ދައްކާއިރު ، ވިސްނާލަންވީ ފުރަތަމަ ކަމަކީ އިސްލާމްދީން އޮތް ޤައުމެއްގައި އިބިލީހުގެ ދައުވަތު ޤަބޫލުކޮށް ޣައެރު މުސްލިމުން އުޅޭނެ ގޮތަކަށް އުޅެން އިސްލާމް ދީނުގައި ތިބި ބައެއްގެ ގެދޮރަށް އެމީހުން ވައްދާ އެމީހުން އުޅޭގޮތް އިސްލާމުންނަށް ދެއްކުމުގެ ފުރުސަތު ދިނުމަކީ އިބިލީހުގެ މަކަރުވެރި ރޭވުމުގައި ބައިވެރި ވުމުގެ ފުރަތަމަ މަރުހަލާ އެވެ.އިބިލީހަކީ ހުރިހާ ނުބައިކަމެއް ރަގަޅުކަންތަކުގެ ގޮތުގައި އެންމެންނަށް ސިފަ ކޮށްދޭ ޝައެތޯނާކަން ނޭގޭ ކަމީ ހައިރާން ވާވަރުގެ ކަމެކެވެ.

  12. ނަރަކަ ފަރީދާ

    މީނަގެ ބޮލު ރޮދިކެނޑިފަ ހުރީމަ ސިކުނޑި މަސައްކަތް ކުރަނީ ކުކުޅެއްގެ ސިކުނޑިއާ އެއްގޮތަކައް

  13. މީމު

    މީނަގެ އަމަލާ ބަހުން މީނައީ ޝައިޠާނާއަށް ވާގިވެރިވާ މީހަކާ ވައްތަރު

  14. ސޯކާބެ

    ހޯމް ސްޓޭ ޓޫރިޒަމް ރާއްޖެއަށް ތައާރަފުކޮށް އެންމެ އާދައިގެ ރައްޔިތުންގެ ޖީބަށް ވެސް ޑޮލަރު ވެއްދުމަކީ ވެރިކަންކުރާ މައިޕާޓި އެމްޑީޕީގެ ވަރަށް ބޮޑު ވައުދެކެވެ. ބަލަ ޑޮލަރ އެންމެގިނައިން ވަންނާނީ ސަރުކާރައް އެއީ ތިޔަ ހޯމްސްޓޭ ހިންގޭނީ މީރާގައި ރަޖިސްޓަރީކޮއްގެން ތިޔަ ހޯމްސްޓޭ ގެ އެއްވެސް ފޮނިމީރުކަމެއް މިމާލޭގެ ޒުވާނާޔަކައް ނުލިބޭނެ 100 އަކަފޫޓް ހަމަނުވާ ގޮޅިއެއްގައި 4 ކުދިން ގޮވައިގެން އުޅޭ އާއިލާތައް ގިނައީ ތިޔަ އެމްޑީޕީގެ މާލޭގެ ރައްޔިތުންނައް ގޯތިދޭ ވައުދެއް ނުފުއްދޭ ފުއްދެނީ ޑޮލަރވަންނާނެ ވައުދު ރައްޔިތުމީހާލައްވާ މަސަތްކަތް ކުރުވާފަ ކާޅު ހާލިހަދާލީމަ ކޮވެލިބިސް އަޅާ އަސޫލުން

  15. ކާލި

    ހޯމް ސްޓޭ އަކީ ދިވެހިން އިސްލާމް ދީން އޭގެ އެންމެ ރަގަޅު ގޮތުގައި މީސްތަކުންނަށް ފޯރުކޮށްދޭން ދިވެހިންނަށް ލިބޭ ރަގަޅު ފުރުސަތެއް، ގެޔަށް އަންނަ މެހުމާނުނާއި ރީތިކޮށް މުޢާމަލާކޮށް އަމާނާތްތެރިވެ ވަފާތެރިކަން ހިންހެޔުކަން ދެއްކީމާ އިސްލާމް ދީނަށް ދައުވަތު އެދެވެނީ، މާތް ﷲ އަޅަމެނަށް ހިދާޔަތާއި ހެޔުތައުފީޤް ދެއްވައި ، ހޯމް ސްޓޭ ވިޔަފާރީގައި ބަރަކާތް ލައްވައި ރިޒުޤު ތިޔާގެ ކޮށްދެއްވައި ތަނަވަސް އުފާވެރި ކަންދެއްވައި ދެދުނިޔޭގައި ކާމިޔާބް ދެއްވާށި !

    1
    1
  16. ޒަބީބު

    ދިވެހިންނަކީ އަމިއްލަ އައިޑެންޓިޓީ ކޮމްޕްރޮމައިސްކޮށްފަ އެހެން މީހުންގެ އަދަކާދަ ތަކާއި ސަގާފްތް ވަރައަވަހަށް ބަލައިގަންނަ ބައެއް. 1970 އާއި 1980ގެ ތެރޭގައި ދިވެހިންގެ ތެރެއިން އެއްބަޔަކު އުޅުނީ އަމީތާބާއި ސަތަރޭއާއި ޖީތޭ އާއި ރަޖްނީކާންތް ހެދިގެން. އަނެއް ބަޔަކު އުޅުނީ އެލްވިސް ޕްރެސްލީ، ކްލިފް ރިޗާރޑް، ޖޯންލެނަން، ޕޯލް މެކާތްނީ އާއި ބޮބްމާލީ ހެދިގެން. އެއީ އެމީހުންގެ ވީޑިއޯ އާއި އޯޑިއޯ ފެނި އަޑުއިވިގެން ދިވެހީން އުޅުނު ގޮތް!

    ވީމާ ހޯމްސްޓޭގެ ސަބަބުން ދިވެހިންގެ ފުށުން ބޭރުމީހުން އިސްލާމް ދީން ދަސްކުރުމުގެ ބަދަލުގައި އަދިވެސް ބޭރުމީހުންގެ އާޑުފާޖާއި ވައްޓަފާޅިތަށް ބަލައިގަންނާނީ ހަމަ ދިވެހިން.

    ހޯމްސްޓޭގެ ފުލް އެޑްވާންޓޭޖް އެންމެ ފުރަތަމަ ނަގާނީ ޖޮހޯވާސް ވިޓްނަސް ފަދަ ކްރިސްޓިއަން ދީން ފަތުރަން އުޅޭ ޖާމާއަތްތަކުން. އެމީހުން އަސް ދިވެހީންގެ ތެރެއަށް ފޭދިގަނެ ދިވެހީންގެ އަޤީދާއާއި ކުޅެން ފަށާނެ. ދެން އެއިގެ އެޑްވާންޓޭޖް ނަގާނީ ޕީޑޯފައިލުންނާއި އެލްގީބީޓީކިއުގެ އެފަދަ ނަޖިސް އަމަލުތައް ހިންގާ މީހުން. މީގެ ނޭދެވޭ އަސަރުތަށް ދިވެހި މުޖުތަމައުއިން ފެންނާނީ ކުރިއަށް އޮތް 10-15 އަހަރުގެ ތެރޭގައި. ދިވެހިންގެ ބަޔަކު ނުކުމެ ޕްރައިޑް ޕެރޭޑް ރާއްޖޭގެ ކޮންމެވެސް ސިޓީއެއްގައި ބޭއްވިގެން ނުދާނެކަމަށް ޤަބޫލުކުރަން ހެޔޮ ނުވާނެ.

    ހޯމްސްޓޭގެ ސަބަބުން ދިވެހީންގެ ދިވެހިވަންތަކަން ގެއްލި އިސްލާމީ އަޤީދާ ބަލިކަށިވެގެން ދިއުމަކީ މާކަ ދުރުގައި އޮންނާނެ ކަމެއް ނޫން. މީ ހަމަ ބަޔަކު އަޑީގައި ތިބެގެން ވަރަށް ސިސްޓަމެޓިކް ގޮތެއްގައި ރޭވިގެން ހިންގާ ފޮރުވިފައިވާ އޭޖެންޑާއެއގެ ދަށުން ހިންގޭ ކަންކަން. ޖީބަށް ޑޮލަރުގެ ވަންނަ ހުވަފެން ދައްކާފަ މިކަން އެކުރަނީ އެހެންވެގެން.

  17. ބޮންޑޭ

    ޙަމައިގަ ނުތިބޭތީއޭ އެމްޑީޕީ ކަމުދަނީ. މިސޮރު ދައްކާ ވާހަކައިން އިނގޭ މީހަމަ މީހެއް ނޫންކަން. ދީނާދުރު ފިކުރު މީހުންނަށް ހާޖީންނޭ ކިޔައިގެން އުޅޭނީ ކާކަށް އޮޅުވާލަން.

  18. ސަދޫމުސިޓީ

    ޢެހެން ނޫންވާނީ ކޮންމެ ގެޔަކަށް ސޭހެތްވިއްޔަތިލަނީ ބިކިނީ ލައްވާފަ ހަމަހޭގަ މީހާހުރެގެންނޭނުން ހަމަޖެހޭ ވާހަކައެތް ދެއްކޭނީ މާފުށީގވެސް އިސްލާމްދީން އޮވޭ އެކަމަކު މިހަރު އެރަރުމީހުން އުޅުން ހުރިގޮތް ބަލާލަބަލަ