ކ. މާފުށީ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން، މި ރޯދަ މަހު ގެއަށް ބަދަލު ކުރުމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގޮވާލައްވައިފިއެވެ.

ރައްޔިތންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅީގައި ހުންނެވި ބޮންޑެ އެގޮތަށް ގޮވާލެއްވި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.

ބޮންޑެ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޖަލަށް ލައްވަވާފައި ހުންނެވި އިރު ރަމަޟާން މަހު ރައީސް މައުމޫން ގެއަށް ދޫކޮށްލައްވަން އެދިވަޑައިގަތް ކަމަށެވެ.

އެހެންކަމުން ރައީސް ޔާމީން ވެސް ރަމަޟާން މަހު ގެއަށް ބަދަލުކުރުމަކީ އޮންނަ ކަމެއް ކަމަށާއި އަދި އޮންނަން ޖެހޭ ވެސް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

" އެއީ މި ގައުމަށް ވެސް ހަމަ ހިދުމަތްތަކެއް ކޮށްދީފައި، ބްރިޖާއި އެތަންމިތަން ހޮސްޕިޓަލް
ވެސް އަޅާފައި ހުރި މީހެއް. އަޅުގަނޑު އެދެން ހަމަ ޔާމީން ވެސް މި ރަމަޟާން މަހު ގައި ގޭގައި ބަހައްޓައިދޭން. ސަރުކާރުން އެވަރު ކަމެއް ކޮށްލައި ދިނުމަށް" ބޮންޑެ ވިދާޅުވިއެވެ.

ރަމަޟާން މަހު ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް ޕީޕީއެމް/ ޕީއެންސީން ވެސް އެދިފައި ވެއެވެ. ނަމަވެސް އެކަން އެގޮތަށް ހަމަޖައްސައިދީފައެއް ނުވެއެވެ.

މީގެ ކުރިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ރައީސް ޔާމީންގެ ވެރިކަމުގައި ޖަލުގައި ހުންނެވި އިރު ވެސް ރޯދަ މަހަށް ގެއަށް ބަދަލުކޮށްދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަމަސްތޭ

    ޖަލުގަތިބި އެންމެން ރޯދަޔަށް ގެއަށް ބަދއލުކުރަންވީނު . . ޔާމީނު އެއީ ވަކި ކާކުތަ . .ހަމަ ހަމަ ވާންޖެހޭނީ އެންމެން

    9
    21
  2. ޓަކަނޭ

    ބޮންޑޭއަށް ޕީޕީއެމްގެ ޝުކުރު އެބައޮތް ، ޤައުމަށް ހެޔޮގޮތް އެދޭ މީހުންނަކީ ތީ ފެބްރުއަރީ 7 ގެ ބަޣާވާތުގައި އެންމެ ބޮޑަށް އަނިޔާވި އެކަކު ތީ . ޔާމީން ވެރިކަމުގައި އެ ބަޣާވާތުގެ މުގުލުގައި ތިބި އެންމެން ޖަލަށް އަޅާލިކަން ބޮންޑޭއަށް އެނގޭނެ . ޔާމީނު ވިދާޅުވީ އަދިވެސް ވެރިކަމަށް އާދެވިއްޖެއްޔާ އެ މީހުން ޖަލަށް ލާނެ ކަމަށް . ސަބަބަކީ އެ މީހުންގެ މައްސަލަ ނުނިމި އޮތީމަ. ސުޕްރީމް ކޯޓުން އޮތީ ރިވިއު ކުރަން ބުނެފަ. ޙުކުމް ބާތިލެއް ނުކުރެ .

    11
  3. އަލްޖިބްރާ

    ރާއްޖޭގެ ރައްޔިތުންގެ ފައިސާތަށް ބަޑުއަޅާލީ ވަކި ރަމަޟޯން މަހެއް ބަލައިގެނެއް ނޫން ! އަތުޖެހުނު ތަނަކުން އަތުޖެހުނު ވަގުތަކު ބަޑުއަޅާލީ ! ދެން ވަކި ޔާމީނަކީ ކާކު ؟ އޭނަގެ ބޭބެ އަށް ވެސް ހެދީ އޭނަ ހިތުހުރިގޮތަކަށް ! ކުށްވެރިން ތިބޭނީ ޖަލުގަ ! ދުނިޔޭގެ އެއްވެސް ތަނެއްގައި ( އިސްލާމީ ޤައުމެއް ވިއަސް ) ރޯދަމަސް އައުމުން ކުށްވެރިން ގެއަށް ފޮނުވަނީ ކޮން ޤައުމެއްގަތަ ؟ އެމީހުން ވަށްކަން ކުރަނީ ރޯދަމަހު ގެއަށް އާދެވޭނެ ކަން އެގޭތީތަ ؟

    1
    14
  4. ޑައެލޯގް

    ޔާމީނު ކުއްވެރިވާނީ 3 މަރުހަލާނިމުނީމައެވެ. މީގެ ކުރިންވެސް ވަގެކޭކިބަޔަކު އެކަމަކު ސުޕްރީމްކޯޓުން މިނިވަންވެފައިއެވަނީއެވެ. އަދި އެހުކުމްވެސް ސައްހަނުވާނެއެވެ. ސަބަބަކީ ދުޝްމަނަކުދޭ ހެކިބަހަކަށް ނުވަތަ ކުއްވެރިއަކުދޭ ހެކިބަހަކަށް ހުކުމްނުކުރެވޭނެއެވެ. އަދީބަކީއެފަދަމީހެކެވެ.

    14
    2