ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން "އިންޑިއާ އައުޓް" ޓީޝާޓުތަކާއި ދިދަތަކުގައި ދިވެހިން ލިޔުމަށް ފުލުހުން އަންގައިފިއެވެ.

ފުލުހުން މިފަދައިން އަންގާފައިވާކަން ހާމަކޮށްފައިވަނީ އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދެވެ.

އެގޮތުން އިދިކޮޅު ކޯޅިޝަންގެ މީޑިއާ ގްރޫޕުގައި ހީނާ ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތަށް އެއްވެފައި ތިބި މީހުންނަށް އިންޑިއާ އައުޓް ޓީޝާޓު ލައިގެން ނުތިބެވޭނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށާއި އަދި ޓީޝާޓުތަކުގައި އިންޑިއާ އައުޓް ދިވެހިން ލިޔަން ޖެހޭ ކަމަށެވެ.

"ފުލުހުން އަންގަނީ އިންޑިއާ އައުޓް ޓީޝާޓް ލައިގެން ނުތިބެވޭނެ ކަމަށް. އަދި އިންޑިއާ އައުޓް ދިވެހިން ލިޔުމަށް" ހީނާ ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކޮށްލުމަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވުމާއި އެކީ އިތުރަށް ވަނީ ފުޅާ ކޮށްފައެވެ. އެގޮތުން މި ހަރަކާތް މާލޭގެ އިތުރުން ރާއްޖޭގެ ރަށްތަކުގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބަލަހައްޓަން އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބެއެވެ. ކޮންމެ އުޅަނދަކަށް 25 ސިފައިންގެ މަގުން ޖުމުލަ 75 ސިފައިން ތިބެއެވެ.

އިންޑިއާ ސިފައިން ތިބެނީ ރާއްޖޭގެ އެންމެ ދެކުނު އައްޑު އާއި، މެދުރާއްޖެ ތެރެއިން ލ.އަތޮޅާއި އަދި އެންމެ އުތުރުން ހދ.ހަނިމާދޫގައެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ޫހުސެން

    އިގިރޭސި ބަހުން އޮތިއްޔާ ޓިށާޜޓާ ބާލުވާނެ ކަމުގެ އިންޒާރު އިންޑިއާ މޯލްޑިވްސް ގެ ފުލުހުން ދީފި. ދިވެހިލޭހިނގާނަމަ ދިވެހި ފުލުހުން ނުބުނާނެ

    61
    5
  2. ވިސްނާލުމަށް އެދެމޭ

    ކޮބާ ޓްރާންސް ޕޭރަންސީ.. ކޮބާ ޑިމޮ ކްރަސީ ނެޓްވޯ ކް. ދިވެހި ބަހުން ލިޔެފަހުންނަ ޓޯޝާރޓް އެ ކަނި ލެވޭނެ ގާނޫނެ ފެހި ގާނޫނު އަސާސީގަ އެބައޮތްތަ..ނޫނީ ފުލުހުންގެ ގާނޫނުގަ އެބައޮތްތަ...ދެން ލިޔާނީ ހިންދީ ބަހުންނާ ޕަންޖާބީ ބަހުންނާ ޓަމިލް ބަހުން ޗައިނާ ބަހުން ސްޕެނިޝް ބަހުން ޖަރުމަނު ބަހުން ޓާ ކިޝް ބަހުން އަރަބި ބަހުން.....

    65
    4
  3. ކޮވިޑް

    ޕޮލިހުންނަށް ގޮތްހުސްވީތަ؟ ނޫނީ މީ ނުހުއްޓުވޭނެ ކަމެއްކަން ކަށަވަރުވީތަ؟ޕޮލިހުން ވީނު ކަމިޝަނަރ އޮފް ޕޮލިސް ދިވެހިން ކިޔަން. ކޮން ކޮންސްޓަބަލް އެއް ސާރޖެންޓް އެއް ސަބްއިނިސްޕެކްޓަރ އެއް މިނަންތައް ދިވެހިން ކިޔާ ބަލަ. ކިތައްމެވަރެއް ކުރިޔަސް އިންޑިއާ އައުޓް ހަމަ އިންގެރޭސިން ޖާފަ ބޯޑް ތަކާ ޓީޝާޓް ލާނީ . ދެން ހަދާ ގޮތެއް ހަދާބަލަ؟ # އިންޑިއާ އައުޓް #

    60
    3
  4. ހުސޭނުބޭ

    މިއޮތީވާ ސޯލިބެ ޑިމޮކްރަސީ. ވަކި ބަހަކުން ބެނާ ލިއުމާއި، ވަކި ކުލައެއްގެ ހެދުން އެޅުމާއި ވަކި ވައްތަރަކަށް މަގުމަތީގައި ހިގަންވެސް ޕޮލިހުން އަންގާ އެބަ. ތި އަމުރު އައީ ހަމަ ސީދާ އިންޑިއަން އެމްބަސީން

    56
    4
  5. ހުސޭނުބޭ

    މިއޮތީވާ ސޯލިބެ ޑިމޮކްރަސީ. ވަކި ބަހަކުން ބެނާ ލިއުމާއި، ވަކި ކުލައެއްގެ ހެދުން އެޅުމާއި ވަކި ވައްތަރަކަށް މަގުމަތީގައި ހިގަންވެސް ޕޮލިހުން އަންގާ އެބަ. ތި އަމުރު އައީ ހަމަ ސީދާ އިންޑިއަން އެމްބަސީން.

    38
    4
  6. އިބްރާހިމް

    އިންޑިއާއައުޓް ލިޔަންޖެހޭނީ އިގެރޭސިބަހުން. އޭރުން ގިނަމީހުނަށް އެކަން އެނގޭނީ. އަދި ދިވެހިބަހުން ލިޔެފިނަމަވެސް ގޯހެއްނުވާނެ އަޅުގަނޑުމެންގެ ބަސް މަޝްހޫރުވެ ދުނިޔެއަށް އެނގޭނެ.

    42
    4
  7. ބަދަލުވަމުންދާ ސަޤާފަތް

    އިސްލާމް ދީނާއި ޚިލާފް ނުވާގޮތަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިވެހި ކޮންމެ ރައްޔިތަކަށް ކަށަވަރު ކޮށްދީފައިވަނީ ޤާނޫނު އަސާސީ އިން ނޫންތޯ ވީމާ ފުލުހުންގެ އެބުނުމަށް ޢަމަލު ކުރަން ޖެހޭ ޤާނޫނީ ހަމައެއް ނެތް، ސިފައިންނާއި ފުލުހުންނަށް ވަރަށް ބޮޑަށް އިޙްތިރާމް ކުރަން، ނަމަވެސް ދުސްތޫރު ޙުކޫމަތުން ބޭރުން ކުރެވޭ އަމުރުތަކަށް ކިޔަމަން ވުމަކީ ޤާނޫނީ ގޮތުން ކުށެއް، ވީމާ ވަކި ބަހަކުން ކިޔަން ނުވަތަ ލިޔަން އެންގިދާނެ ދާނެ ކަމަށް ޤަބޫލެއް ނުކުރެވެ.

    50
    3
  8. Anonymous

    ތިހެން އެންގި މީހަކު އަދި ތިއަމުރު ނެރުނު މީހަކު ފުލުހުންތެރެއިން ނުފެންނާނެ . ޢެމީހަކު އެކުރަނީ ކުށެއް އަދި އެމީހަކަށް ފިޔަވަޅުވެސް އަޅަން ޖެހޭނެ.
    ބޭބީ ނާސަރީއިން ފެށިގެން އިނގިރޭސިި ކިޔަވައިދެނީ އެބަޔަކު ބޭނުން ބަހަކުން ވާހަކަ ދައްކަން.

    53
    3
  9. ތެޔޮބިސ

    ޓީޝާޓަކީ ފުލުސް އޮފީހަަށް ލިޔާ ސިޓީއެއްނަަމަ ބުނެވިދާނެ ދިވެހިން ލިޔެގެން އަންނަން.

    51
    3
  10. Anonymous

    ކުއްލިއަކަށް ހަނދާންވީ ރައްޓެއްސަކު ކިޔައިދިން ވާހަކައެކެވެ. ރާއްޖެތެރޭގެ ރަށަކުން މާލެއައި ރަޙްމަތްތެރިއަކަށް މާލެ ދައްކާލަން ހިނގާލަން ދެވުނީ އޭރު އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ޢިމާރާތް އަޅަމުން ދިޔަ ސަރަޙައްދަށެވެ. ރަޙްމަތްތެރިއާއަކީ އިނގިރޭސި ދަންނަ މީހަކަށް ނުވާތީ ދިވެހިބަހުން އެއިމާރާތް ކުރަމުންދާ ހޮސްޕިޓަލްގެ ނަން ބުނެދިނެވެ "ރަޖީވް ގާނދީ ހަނދާން ކުރާ ހޮސްޕިޓަލް"

    41
    3
  11. އިންޑޯ_ ރާއްޖެ އެޖެންޓު

    އިންޑޯ_ރާއްޖެ ފުލުހުން ގެ ލަދު ހަޔާތް އަރރ ރުއްވައިގަތީތޯ؟ ނުބުނެވޭނޭ ތިހެނަކުން. ހަމަ ދިވެހި ނޫން ހު ރިހާ ބަސްތަކުން ޓީޝާޓުތަކާ ވޯލްތައް ފު ރާލަންވީ ހަމަ.

  12. އިބްރާ

    ދިވެހިން އެންމެގިނައިން ލިޔަމުންދަނީ އިންޑިއާ އައުޓެވެ.

  13. ޙަފޯ

    ޢިންޑިއާ އައުޓް އަކީ ދިވެހިބަހުން ބޮއްޅަ ބޭރު މީހަކަށް ލިޔެދޭ ޓްވީޓެއް ނޫން

  14. މޯޑީ

    އިންޑިޔާ އައުޓް ލިޔަންވީ އިގިރޭސިންނާއި ހިންދީބަހުން.

  15. އަބްދޫ

    ގާނޫނަކު ނޯވޭ ދިވެހިން ލިޔަލިއުންލިޔަންޖެހޭ ދިވެހިބަހުންނޭ ދިވެހިން ވަހަކަ ދައކަންވާނި ދިވެހި ބަހުންނޭ. ގާނޫނީ އިމުންބޭރުން ކުރަާއަމުރަށް ތަބާނުވާށޭ ގާނޫނުއަސަސީގަ ލިޔެފަ އެބައޮތް. ފުލުހުމން ތިޔަކުރެއްވީ ގާނޫނުއަސާސީގަ ބުނާ ފަދަ ގައިރުގާނޫނީއަމުރެއް.

  16. ބަލާބަލަ ހުންނަމަކަރުގަދަކަން ހިޔަޅުތައް

    އަޗީ ހާދަހަޔަތްކު ޑައަމުރެއް ކަނޑައެޅިގެން ވަގުވެރިކަމެއްގެ ތެރެއިން ފުލުހުންއަންގާއެއްވެސް އެއްގުމަކަށް ކިޔަމަންވާކަށް ނުޖެހޭނެ އެއްވެސްރައްޔިތަކު ވަގުވެރިކަމެއްގެ އެއްގުމަށް ކިޔަމަންވާކަށްނުޖެހޭނެ އެއްވެސްރައްޔިތަކު މިވެރިކަމުގައި އަންގާއެންގުންތަކަށް ބޯނުލަ ބާތި ވަރަށްސާފު މިވަގުވެރިކަންދަމަހައްޓަން އެކިބަހަނާދައްކާނެ އެއީ ވެރިކަމުގައި ހުޙައްޤުންދެމިތިބުމަށްޓަކައި ފުލުހުންބޭނުންކޮށްގެން ދައްކާބަހަނާ ރައްޔިތުން މިވަގުސަރުކާރުގެއެއްވެސް ވާހަކައެއްއަޑުނޭހުމަށްގޮވާލަން

  17. ވޯޓުވަގު ސަރުކާރު

    އެޖެންޑާ ހިޔަޅު

  18. Anonymous

    އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ދިވެހި މާނަ ރައްޓެއްސަކު ބުނެދިނީ " ރަޖީވް ގާނދީ އަމާ ހަނދާން ކުރާ ހޮސްޕިޓަލް "
    އޭރު އެހޮސްޕިޓަލު ޢިމާރާތް ކުރަމުން ދިޔަ ދުވަސްވަރު.

  19. އުގުރި

    ގާމު މާލޭ މަގުމަތީގައި އެމްޑީޕީ މީހުން އުޅުނޭ އަލީ ހަމީދުގެ އޯރިޔާއް ފޮޓޯ ޖެހި ޓީށާޓު ލާގެއް ވެސް އެކަމަކު އޭރަކު ފުލުހުންނެއް ތިވަރެއް ނާރުވާ..

  20. Anonymous

    ހިންދީ ބަހުންނާ ޓެމިލް ބަހުންނާ އިނގިރޭސިންވެސް ދެން ލިޔަންވާނެ.

  21. ފިޔަވަޅު

    ހޯމްމިނިސްޓަރަށް އިނގިރޭސި ނޭނގެނީ ތޯއްޗެ.

  22. 223

    ޢިންޑިއާ އައުޓް ދިވެހިން ލިޔުނީމަ އެބަހުގަ އެބުނާ މާނަ ބަދަލް ވާނެބާ!

  23. ދުމައިން

    މިއީ ސާބިތު ހެކި. މިއިން މި ދަލީލުކޮށްދެނީ އިންޑިއާއިން ގައުމުގެ ކަންކަމަށް އަތްބަނަ މޮޑޭ މިންވަރު. އަދި މިއޮތްބޮޑު ދައުލަތްއަޅުވެތިވެފައިވާ މިންވަރު. އިންޑިއާއިން މި ހިންގާ ހިމޭން އަޅުވެތިކަމަށް ކެރިގެން ނޫނެކޭ ބުނަން ޖެހޭ. އިނގިރޭސިން ކީއްކުރަން، ހިންދީންވެސް ލިޔަންވީ. އަރަބިންވެސް ލިޔަން ވީ. މިގައުމުގަ ލިޔެ ކިޔުމަށް ބޭނުންކުރާކަށް ވަކި ބަހެއް ނޯވޭ. ބޭނުން ބަހަކުން ލިޔެވޭނެ. ފުލުހުންނަކަށް ނޭންގޭނެ. އެހެން ކަމަަށްވާނަމަ ފާޑު ފާޑަށް އެކި ޗެނަލްތަކުގަ ނަޝީދު އަދި ޝާހިދު ދައްކާ ވާހަކަވެސް ދައްކަން ވާނީ ދިވެހި ބަހުން. ދައުލަތުން ފޮނުވާ ސިޓީބިޓީ ވެސް ހުންނަންވާނީ ދިވެހިބަހުން. ދެން އޮތީ މުޅިން އެހެން ގޮތެއް. ގައުމުގެ މިހާރުގެ ވެރިމީހާޔަށް އޭގަ ލިޔެފައޮންނަނީ ކޯއްޗެއްކަން ނޭގިގެން ދިވެހިން ލިޔަން ޖެހުން. އެހެން ކަމަށް ވާނަމަ އޭނާޔަށް ތަރުޖަމާ ފޮނުވާނީ. އެއްގޮތަކަށްވެސް ފުލުހުން އެންގިއަސް ބަދަލުކުރާކަށް ނުޖެހޭ.

  24. އަސް

    ހުސް ވަގުން

  25. ކައުންސެލަރު

    އެހެންތަ؟ ދިވެއްސެއްނޫން އިނގިރޭސިންނާ ހިންދީ ބަހުން ދެންލިޔާނީ. ގެޓްވެއްޖެ

  26. ދިވެހި

    ދިވެހިން ކީކޭތަ ލިޔަންވީ؟؟ ދިވެހިންނަކީ އަހަރެމެން. އަހަރެމެން ކީކޭތަ ލިޔަންވީ؟؟ ތާނަ އަކުރުންނޭ ކިޔާބަލަ ދިވެހި ނާރާ ދިވެހިންވެސް އުޅޭދޯ

  27. ހޯހޯ

    ހިންދީންނާއި ތަމަޅައިންނާއި ޢަރަބި ބަހުންވެސް ލިޔޭ. ސީރިއަސްކޮށް.

  28. ޒަބީބު

    އިންޑިއާގެ މައްސޫލުވެރިން އިންޑިއާގެ މީޑިއާތަކުގައި ދިވެހިރާއްޖެއަށް އިންޑިއާ ސިފައިން އަރައި ދިވެހިރާއްޖެ ހިފައި ރާއްޖޭގައި އެއިރު އޮތް ޤާނޫނީ ވެރިކަން ބަދަލުކުރަން (ރެޖީމް ޗޭންޖް ކުރަން) ބުނި އިރު އެމީހުން ވާހަކަ ދެއްކީވެސް އިނގިރޭސި ބަހުން. އެމީހުން ހިންދީބަހުން ނުވަތަ ތަމަޅަ، ގުޖުރާތީ ނުވަތަ ޕަންޖާބީ ބަހުން އެހެން ނުބުނީ ކީއްވެ؟ ވީމާ ދިވެހިން އިންޑިއާ އައުޓް (INDIA OUT) އިގިރޭސި ބަހުން ނުލިޔެވެންވީ ސަބަބެއް ކޮބާ؟

  29. ގެހެނިފަން

    އަސްލު ސިޔާސީ ޕާޓީތަކުންވެސް ދިވެހިބަހަށް އިސްކަންދޭންވާނެ އިނގިރޭސިބަހުން ލިޔުމަކީ އިނގިރޭސީންގެ ނުފޫޒު އިދިކޮޅުޕާޓީތެރޭގައި އޮތްމިންވަރު ދައްކުވައިދޭކަމެއް އިނގިރޭސީންގެ ބާރުގެދަށުގައި އެޕާޓީއޮތް މިންވަރު މިކަމުން ސާފުވޭ

  30. ސަން

    ދިވެހިން ނޫންތަ ޓީޝާޓް ގަ ލިޔެފަ އޮތީ.ހަމަ ޔަގީނުންވެސް އިންޑިއާ މީހުން ނެއްނޫން ލިޔުނީކީނޫން،.....