ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލައިގައި "ފޯޅަވަހި ކޯލިޝަނުން" މިދިޔަ ހުކުރު ދުވަހުގެރޭ ބޭއްވި އެއްވުމުގައި "އިންޑިއާ އައުޓް" ބެނާ ދަމާފައި ވަނީ ސަރުކާރުގެ އެންގުމަށް ކަމަށް ބުނެ، ކުރާ ތުހުމަތުތައް ސަރުކާރުން މިއަދު ދޮގުކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން ވިދާޅުވީ އިންޑިޔާ އައުޓް ބެނާ ދަމާފައިވަނީ ސަރުކާރުގެ އެންގުމަށް ނޫން ކަމަށާއި އެއީ ސަރުކާރުން ކުރި ކަމެއް ނޫން ކަމަށެވެ. އަދި އެއް ގަލަކަށް ނޭރޭ ސިޔާސީ ބޭފުޅުން އިންޑިޔާ އައުޓް ކޯޅުންގަނޑު ތެރެއަށް ސަރުކާރު ވައްދަން އުޅެނީ ކަމަށް މިއުވާން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ކަނޑު ވިއްކާލި ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގެ ބައިވެރިން ވަނީ އިންޑިއާ އައުޓް ބެނާ ދަމާފައެވެ. އަދި އެގޮތަށް އަމަލުކުރީ ސަރުކާރުން އަންގައިގެން ކަމަށްބުނެ ވާހަތައް ވަނީ ފަތުރާފައެވެ.

އެ ޖަލްސާގައި އިންޑިއާއައުޓް ބެނާ ދަމާފައިވަނީ ޒުވާނުންތަކެކެވެ. އަދި އެކުދިންވަނީ އިންޑިއާއައުޓް ބެނާއާއެކު ފޮޓޯއެއް ނެގުމަށްފަހު ޖަލްސާ ދޫކޮށް ގޮސްފައެވެ.

މި މައްސަލާގައި އިދިކޮޅު ޕީޕީއެމް އާއި ދަ ޑިމޮކްރެޓްސް އިން ބުނެފައިވަނީ ޖަލްސާގައި އިންޑިއާ އައުޓް ބެނާ ހިފައިގެން ތިބީ ސަރުކާރުން ފޮނުވި ބައެއް ކަމަށެވެ.

މިމައްސަލާގައި ދަ ޑިމޮކްރެޓްސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ކަނޑުން ގެއްލުނުބައި ހޯދުމަށް ގޮވާލާ ބޭއްވި ހަރަކާތުގައި އިންޑިއާ އައުޓް ބެނާ ދެމުން ކުށްވެރިކުރާ ކަމަށެވެ. އަދި އެކަންކުރީ ސަރުކާރުން ފޮނުވި ކުދިންތަކެއްކަމަށްވެސް ނޫސްބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޜައްޔިތުމީހާ

    ހަމަސީދާ ދޮގެއް

  2. ަހެލޯ

    އިބޫ ސޯލިހު ނޫޅޭ މޮޔަވެގެންނެއް ކަލޭމެން ޖަހާހާ ބެރަކަށް ނަށާކަން ލޮލް . . މަންޒިލެއް މަގުސަދެއް ، ދެން ކުރާނެ ކަމެއްނޭންގިގެންއުޅޭ ބައިގަނޑެއްތި ، ، އަނެއްހެން ބުނަންޏާ ޕާޓޭ ސުޓައިލް ގުރޫޕެއް ތި

  3. ޕިސްޕިސް

    ކަލޭމެންގެ ޖަލްސާއެއްގަ ކަލޭމެން ނުރުހޭ ކަމެއް ކުރިނަމަ އެބަޔަކު ބޭރު ކުރީސް . . ހަމަ އެކުދިން ހަމަޖެހިލައިގެން އެތިބީ އެ ހިފައިގެން . . މިސާލަކަށް ޔާމިނު އަކީ ވަގެކޭ ޖަހާފަ ބަޔަކު ބެނާ ހިއަިގެން ތިބިނަމަ ކަލޭމެން އެކުދިން ނޮޅާ ކާނެ . . އެހެންވީމަ ވަރަށްސާފު ހަމަ ސީދާ ތި ކަނޑޭ ގޮހޮރޭ ކިޔަ ގުރޫޕް ކުރުވި ކަމެއްތި

  4. ދޮގު ކުރިޔަސް ނުކުރިޔަސް އެއީ ސަރުކާރާ އިދިކޮޅު ބަޔަކު ކުރިކަމެއް ކަން ގަބޫލު ކުރާ އަދި ކޮށްފާނެ އިންސާނަކު ހުންނާނެހެން ހީނުވޭ…އެކަމުގެ ފަހަތުގަވެސް ބަޔަކު ތިބޭނެތާ…އެކުދިން އަމިއްލައަށް ގައިމުވެސް އެކަން ކުރާކަށް ނުދާނެ…

  5. ޢަހަންމަދު

    މި ސަރުކާރުން ހަދާތަ ތެދެއް.. ތިކަން ދޮގު ކޮށްފިއްޔާ ތިވާނީ ތެދަކަށް.

  6. ބޭވަފާ

    ދެން ގަރާރުން އެ ބެނާ ނަގަން ނުދިޔައީ ކީއްވެ ހަމަކަށަވަރުން ސަރުކާރު އިންޑިއާ ބެނާ ދަމައިފި.