މާލެ ސިޓީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހައްޔަރު ކޮށްފިއެވެ.

ފުލުހުން ނަރީޝް ހައްޔަރު ކޮށްފައިވަނީ މިއަދު އިދިކޮޅުން ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަށް މިއަދު މާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން މިހާތަނަށް ހަތް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް އެ ކޯލިޝަނުން ވަނީ ހާމަ ކޮށްފައެވެ. އޭގެ ތެރޭގައި ނަރީޝްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމައިލާއި، މާލެ ސިޓީ ކައުންސިލަރު އަހްމަދު އައިފާން އާއި ޕީޕީއެމްގެ މެންބަރަކު ވެސް ހިމެނެއެވެ.

އިދިކޮޅު ކޯލިޝަނުން އިސްނަގައިގެން ކުރިއަށްގެންދާ މި ހަރަކާތުގެ ތެރެއިން އިއްޔެ ވެސް 11 މީހަކު ހައްޔަރު ކުރިއެވެ. ފުލުހުން މިއަދު ވިދާޅުވި ގޮތުގައި، އެ މީހުން ދޫކޮށްލާފައި ވަނީ މިއަދު ހެނދުނުއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކޮށްލުމަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވުމާއި އެކީ އިތުރަށް ވަނީ ފުޅާ ކޮށްފައެވެ. އެގޮތުން މި ހަރަކާތް މާލޭގެ އިތުރުން ރާއްޖޭގެ ރަށްތަކުގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވައި، އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ވެސް އިންޑިއާގެ ލޯނު އަދި އެހީ މެދުވެރިކޮށް އިންޑިއާގެ ކުންފުނިތަކުންނެވެ.

އިންޑިއާގެ އަސްކަރީ އެހީ ވަރަށް ބޮޑަށް ހޯދަން ނިންމައި، އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބަލަހައްޓަން އިންޑިއާގެ ސިފައިން ތިބެއެވެ. ކޮންމެ އުޅަނދަކަށް 25 ސިފައިންގެ މަގުން ޖުމުލަ 75 ސިފައިން ތިބެއެވެ.

މީގެ ބޭނުމަކީ އިންޑިއާ އަސްކަރިއްޔާގެ ބެކްޔާޑެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުތައް ބޭނުންކޮށްގެން، އިންޑިއާގެ ޖާސޫސީ މީހުންނާއި، އަސްކަރީ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ބޭއްތިބޭނެ ގޮތް ހެދުމަށެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން ވެސް ދޮގު ކުރެއެވެ.

އިންޑިއާގެ އަސްކަރީ އެހީ ހޯދަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށާއި، ނިރުބަވެރި ހަރަކާތެއް ރާއްޖޭގައި ހިނގިޔަ ނުދީ ހުއްޓުވަން ބޭނުންވާ ވަރަށް އަސްކަރީ ގާބިލްކަން އިތުރު ކުރުން ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. 13ވގ

    ރަގަޅު ދޫކޮއްލާލެއް އަވަހީ

    8
    37
  2. ޒަމީލް / ގުލްޝަންކިނާރާ

    ޑެޕިއުޓީ މޭޔަރުކަން ގެއްލުނީ ތި.

    5
    35
  3. Anonymous

    ފުލުހުންނޭ ތިޔައީ ދިވެހިފުލުހުން، އަދިދިވެހިރައްޔަތުން، ވީއިރު އާއްމުންގެ މައްޗައް މުސީބާތަކައްނުވުމައް އާދޭހާއެކު ދަންނަވަން

    38
    6
  4. މާޟީ

    ފުލުހުން ކޮންމެހެން ވެސް އިންޑިއާ މީހުނާ ނަން ވެސް ހިމާޔައް ކުރަން މަސައްކަތް ކުރާނެ

  5. އައުޓް

    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    11
  6. އައުޓް

    އިންޑިއާ އައުޓް ގޮވުމާއި ގުޅިގެން ފުލުހުން ދިވެހި ރައްޔިތުން ހައްޔަރު ކުރުމުން ދިވެހިންގެ ހިތް ތަކުން އިންޑިއާ އައުޓް ފުހެވިގެން ނުދާނެއޭ ތިޔާ ގޮަތަށް ފިރުއައުނު ވެސް އުޅުނޭ އޭނާގެ ވެރިކަން ވެއްޓިދާނެތީވެ މުޅި ގައުމަށް އުފަންވާ ހުރިހާ ފިރިހެން ކުދިން މަރަމުން އެންމެ ފަހުން އޭނާގެ ގޭގައޭ މޫސާގެ ފާނު ބޮޑުފުޅުވެ އޭނާގެ އަޖަލު އައިސް ޖެހުނީ އިންޑިއާ އައުޓް އެއީ ދިވެހިން ހިތްތަކުގައި ބިންވަޅު ނެގިފައިވާ ޝިއާރެކޭ މިއަދު ދެން އެ ޝިއާރުގެ އަޑު ކަނޑުވާނުލެވޭނެއޭ...

    12
  7. ވިސްނާލުމަށް އެދެމޭ

    ދޫކު ރޭ ކީކޭ މީހުން ހީކު ރާނީ...އަހާހާ އިންޑިޔާ އައުޓޭ ބުނީމާ ވީހޭ ބަންދޭކު ރަން...

    14
  8. ކުރޮޅި

    ރައްޔިންގެ ތެރެއިން އެދިންބަޔަކުވެސް ވޯޓް ދިނީ މިތާންގަ އިންޑިޔާ ވެރިކަން ކުރާކައްނޫން އިންޑިއާ އައުޓް ހުރިހާ ހައްޔަރީން ދޫކޮއްލާ

    15
  9. ބިރު

    ވަގުތުން ވަގުތަށް ދޫކޮށްލާ

    15
    1
  10. Anonymous

    ތިޔަކުރާ ހިތްވަރަށް އައްސަރިބަހާ ސާބަސް ރައްދުކުރަން. އެގޮތަށް ގާނޫނީ އިމުންބޭރުން އަމަލުކުރަންއަންގާ ފުލުހުން ފާހަގަކުރެވޭތޯބަލާތި.

    11
    1
  11. Anonymous

    އިންޑިއާއިން ޖާސޫަސް ކުރާ ކަމުގެ ހެކި ކޮބާ ؟ ހާދަ ފީކަޅާ ހަބަރު ލިޔާ މީހެކޭ ދޯ.
    ނޫސް ަަަަަަަަަަަަަަަަަަަަަަތިލިޔަނީ އެއްވެސް ހެއްކެއް ނެތި ކުޑަކުއްޖެއް ލިޔާ ފޭސްބުކު ޕޯސްޓެއްހެން. އެއްވެސް އޮއްޓަރެއް ނެތް ވާހަކަ.
    އަހަރެން އިންޑިއާ އައުޓް އައް ތާއީދުކުރަން އެކަމު ތިކަހަލަ ފީކަޅާ ހަބަރު ލިޔަންނާ އެއްވެސް މީހެއް ގަބޫލެއް ނުކުރާނެg

    1
    5
  12. މެޑަމް ފާތުން

    ތީ އެއްކަލަ ބެގް ބޮރޯ ސްޓީލް ގޮލާދޯ!

    2
    1
  13. ަޔޔަ

    ތީ އެއްކަލަ ބެގް ބޮރޯ ސްޓީލް ގޮލާދޯ!