ތިން ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކުރިމަތިލާން ހުޅުވާލި ވަގުތު ހަމަވިއިރު، ހަތް ކެންޑިޑޭޓުން ކުރިމަތިލައިފިއެވެ.

އެކިއެކި ސަބަބުތަކާއި ހުރެ ގޮނޑިތައް ހުސްވުމާއި ގުޅިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަން ބާއްވަން ހަމަޖެހިފައިވާ ތިން ރަށަކީ ހއ. ތަކަންދޫ، ތ، ވިލިފުށި އަދި ގއ. ގެމަނަފުށްޓެވެ.

މި ތިން ރަށުުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަނަށް ކުރިމަތިލާން ދިން މުއްދަތު ހަމަވީ ބުދަ ދުވަހުއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ވިދާޅުވީ، 5 ފެބްރުވަރީ ގައި ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނަށް ޖުމްލަ ހަތް ކެންޑިޑޭޓެއް ކުރިމަތިލާފައިވާ ކަމާށެވެ.

ތ. ވިލުފުށިން 2 ކެންޑިޑޭޓުން
އެމްޑީޕީ - 1
އަމިއްލަގޮތުން - 1

ގއ. ގެމަނަފުށީގެ 4 ކެންޑިޑޭޓުން
ޕީޕީއެމް - 1
އަމިއްލަގޮތުން - 3

ހއ. ތަކަންދޫ 1 ކެންޑިޑޭޓު
އަމިއްލަގޮތުން - 1

މީގެ ކުރިން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް މެންބަރުން އައްޔަން ކުރަނީއެވެ. ރައްޔިތުންގެ ވޯޓަކުން އެ ކޮމެޓީއަށް މެންބަރުން ހޮވާ ގޮތަށް ހަމަ ޖެއްސީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުންނެވެ. ނަމަވެސް ގިނަ ރަށްރަށުގައި މި އިންތިހާބުގެ ފޯރި އެހާ ގަދައެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހީނާ

    އައްޑޫ ސިޓީގެ އަންހެނުގެ ތަރައްޤީއަށް މަސަށްކަތް ކުރާ ކޮމެޓީގަ ތިބި ތަނެއް ދޮރެއް ނޭނގޭ ކުދިން ބައެއްކުދިން އިސްތިއުފާ ދީފިނަމަ ހާދަ ރަނގަޅޭ