ސްރީލަންކާއިން މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ބަންޑުން ޖަހާލި މަސްބޯޓެއް އޮޔާދާތީ ސަމާލުވުމަށް އެދިއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ބަންޑުން ޖަހާލި އެ މަސް ބޯޓު އޮޔާ އަންނަނީ މާލެ އަތޮޅާއި ވ.އަތޮޅާ ދިމާލަށް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެހެންކަމުން އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފައި ވެއެވެ.

"ހާއްސަގޮތެއްގައި ރޭގަނޑު ދަތުރުކުރާ ފަރާތްތަކުންް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަން". އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު