ހިޔާ ފްލެޓް ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ގިނަ ބަޔަކަށް އަނިޔާ ވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްގައި ހައެއްކަ މީހުންނަށް ވަނީ އަނިޔާ ވެފައެވެ.

މަންޒަރުދުއް މީހުން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ހަމީހަކު އެސަރަހައްދަށް ވެއްޓިފައި ތިބި ކަމަށެވެ. އެކްސިޑެންޓް ހިނގީ ސައިކަލްތަކެއް ޖެހިގެން ކަމަށް ވެސް މަންޒަރުދުއް މީހުން ބުނެއެވެ.

އެކްސިޑެންޓްގައި އަނިޔާވި ބައެއް މީހުންގެ ބޯ ފަޅައިގެން ގޮސް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށް އެސަރަހައްދުގައި ތިބި އާއްމުން ބުނެއެވެ.

ނަމަވެސް އެކްސިޑެންޓާއި ގުޅިގެން އަދި މިހާތަނަށް ރަސްމީ އިދާރާއެއްގެ ބަހެއް ނުލިބޭތީ އަނިޔާވި މީހުންނަށް ލިބުނީ ކިހައި ވަރެއްގެ އަނިޔާއެއް ކަމެއް ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކޮރަލް

    އަލި ކަމެއް ނެތެވެ.

    11
    2
  2. ބޮޓް

    ވާނެ. ދުއްވަން އޮންނަ ފަޅިން ނެ ނޫން ގިނަ ފަހަރު ދުއްވަނީކީ. މުޅިން ވެސް ވަން ވޭ އާ އިދި ކޮޅަ. އަވަހައް ގެއައް ވަންނަން. ޕޮލިހުން ނެ ނޫޅެ. ބޭނުން ގޮތަ ކައް އުޅެން ވީ. ލައިޓެއް ހުރީކީވެސް ނޫން ގިނަ މަގުގަ. ބޮއެ ހަލާކް

    28
    1
    • ބޮޓް ޕްރޯ

      ޕޮލިހުން ނޫޅުނިއްޔާ ދެންވީ ބޭނުންގޮތަކަށް އުޅެންތަ؟

      8
      1
  3. ޟަ

    100 މީހުން 6 މާމަދެއް ނުން

    10
    1
  4. ޅަބޭ

    ތި ހިޔާ ފުލެޓު ކިއްލާގަ ހަމައެކަނި މަނަލީ ސަރުކާރާ ދެކޮޅު މުޒާހަރާކުރުން އެކަނި. ދެން ވަރިހަމަ ތިތާތެރޭ ބަޔަކު ހަކުރު ބޮއެ، ރާބޮއެ، ޒިނޭކޮއް، ހޮޑުލައި، ސީލައި، ފުރާޅުމަތިން ފުންމާލިޔަސް.

    35
    2
  5. އުގުރި

    ތިޔައީ ޔާމީނު ތިތާގައި ފްލެޓު އެޅީމަ ވީގޮތް ފްލެޓު ނޭޅި ނަމަދޯ... މީކުރީ ސަރުކާރުގެ ރޭވުމެއް..

    17
    10
  6. Anonymous

    ދެ ފިޔަވަހި ގުޅުވައިދޭ ފާލަމުގެ ގުދު ބޮޑުކަމުން އޭގެ މައްޗަށް އަރަން ބިރުގަނެއެވެ. ހީވަނީ ސޮހޮލަކު ޑިޒައިންކޮށްފައިވާ އެއްޗެއް ހެންނެވެ.

    8
    27
  7. Anonymous

    ހޯދާ ގޮތް ތިޔަ ބެލީ އިހުލަސްތެރި ހިތަކާއެކު ނޫންކަން ތިޔަ ކުރި ޓުވީޓުން އިނގޭ ، ރަގަލު ގޮތުގަ ކުރިނަމަ ތިކަންވެސް ބަލާފަ އެއައިލަ މިހުންނަ ބައްދަލުކޮށް މިވަގުތު ބެނުންވަ ކަމެއް ފުއްދައިދިނީމުސް. މިހާރު އަމިއްލައަށް ްް ކުރާ ކަންކަން މީހުންނަށް ްް ތިއަންގަނީ ދެން އޮތް ދައުރުގަ ވޯޓު ހޯދަން.

    13
    1
  8. އަހްމަދު

    އަހަރެން ދުވަސްކޮޅަކު ހުޅުމާލެ ފޭސް2ގައި އެތަނަށް ވަދެގެންދާ މަގުގެ ކައިރީގައި ހުރިތަނެއްގާ މަސައްކަތެއްކުރަންހުންނަން ޖެހުނު. އެހުރި ހުރިހުރުމުގައި ފޭސް އެކަކުން އައިސް ފްލެޓަތަކަށް އެދާ ސައިކަލްތައް ދާތަން ފެންނަނީ ބުރިޖުންދާ ސްޕީޑަށް ވުރެވެސް ބާރު ގައި ދުއްވާފާ. އެމަގުން ދުއްވާ އެއްޗެއް މެދުކެނޑޭ އިރެއް ނާދޭ ފުލުފުލުގައި އެދަނީ ދުންޖަހާފާ. މަގު ހުރަސްކޮށްލާފާ އަނެއްފަޅިއަށް ދާންވެސް ޖެހެނީ ބިރުންހުރެ.ފުއްވާ އެއްޗެތި މަޑުކޮށްލަނީކީ ވެސްނޫން. އެދުވަސްކޮޅުވެސް ދެތިން އެކްސިޑެންޓް ހިނގި. އަހަރެން ހިތަށްއެރީ މިތާންގާ ދުއްވަންވީ ސްޕީޑް އެނގޭނެހެން ބޯޑް ބަހައްޓާފައި ނުހުންނަނީ ކީއްވެ ބާވައޭ. މިގޮތަށް ދުއްވަންޏާ މިތާނގާ ބޮޑުއެކްސިޑެންޓެއް ކޮންމެވަގުތަކުވެސް ހިނާފާނޭ.

    11
    1
    • ޙަސަނު

      ބޯޑު ހުރިއްޔާ ބޯޑުގަ ބުނެފަ އޮންނަ ގޮތަށް އުޅޭތަ؟؟

  9. ޒީރޯ ޓޮލަރަންސް

    ވެރިއަކަށް ހުންނަމީހެއްގެ ތައުލީމީ ފެންވަރުނެތިއްޖިއްޔާ، އެގައުމެއްގަ ހިގާ ނުވަތަ ހިގާފާނެ ނޭއްގާނީ ކަންކަން ހުއްޓުވާކަށް ނޭގޭނެ. ކަންތައްތައް ދުވަހުން ދުވަހަށް ދާނީ ގޯސްވަމުން. މާލޭގެ ތޮއްޖެހުން ހުއްޓާށޭކިޔާފަ، ކުރި ނުވަތަ ކުރާކަންތައްތަކުގެ ނަތީޖާ ރަގަޅުބާ؟ ނާތަހުޒީބު މީހުން ގިނަތަނެއްގަ ހަޑިމުޑުދާރު ހުރިހާ ނުބައި ކަމެއް ހިގާނެ. ވެރިންއެބަޖެހޭ ގޯސްކޮށް ހުރިކަންތައްތައް ރަގަޅުކޮށް، ގައުމު ހަމަމަގަށް އަޅުވަން. ވެރިންވާ ވައުދުތައް ފުއްދާބާ؟ މާލެތެރެ އަމާން ތަނަކަށް ހެދޭބާ؟ ހިގާފަދާމީހާގެ ފަހަތުން ވިހިރުފިޔާއަށް ގޮވާމީހުން ހުއްޓުވަންއެބަޖެހޭ؟ ރައީސެއްގެ ފަހަތަކުން، ވަޒީރެއްގެ ފަހަތަކުން، މަޖްލިސް މެމްބަރެއްގެ ފަހަތަކުން ސައިކޮޅެއްބޯން ވިރުފިޔާއަށް އާދޭސް ކުރާމީހުނެއް ނުދާނެ. މިފަދަ ބޮޑުންނާއި ބޮޑުންގެ އާއިލާާގެ ފަހަތުގަ ހަށިފާރަވެރިން 24 ގަޑިއިރު ތިބޭނެ. މާޅެ މަގުމަށްޗަކީ ކިހާވަރެއްގެ ނުރަށްކާތެރި ތަނެއްކަން މިއިންހަމަ އެކަކަށްވެސް ނޭގޭނެ. ހުރިހާ ނުރަށްކަލަކާ ކުރިމަތިލާން މިޖެހެނީ އާއްމު ނިކަމެތި ރަށްޔިތުމީހާ.