ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކުރީގެ ރައީސް ނަޝީދު އަޅުގަނޑު ގައިގަ ޖައްސަވާ ކޮންމެ ފަހަރު އެމަނިކުފާނު ވަނީ ބަލިވެފައި ކަމަށް ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ރަނިންމޭޓްގެ ގޮތުގައި ހަމަޖައްސަވާފައިވާ ޑރ.މުޙައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

މިރޭ "ޗެނަލް 13" ގައި ވާހަކަދައްކަވަމުން ކުރީ ރައީސް ނަޝީދު އެމަނިކުފާނާއި ގުޅޭ ގޮތުން ދައްކަވާފައިވާ ސާބިތު ނުހިފޭ ވާހަކަތަކަށް އިޝާރަތް ކުރައްވާ ޑރ.ޝަހީމު ވިދާޅުވީ ރައީސް ނަޝީދުގެ އަމާޒަކީ އެމަނިކުފާނުގެ ޝަހުސިއްއަތު ކަތިލުން ކަމަށެވެ.

"ނަޝީދުގެ އަމާޒަކީ އަޅުގަނޑުގެ ޝަހުސިއްއަތު ކަތިލުން, ސައުދީ އަރަބިޔާއި ރާއްޖެއާއި ދެމެދު އޮތީ ވަރަށް ގާތްގުޅުމެއް , ސައުދީ އަރަބިޔާއަކީ ރާއްޖެއާއި ވަރަށް އެކުވެރި ގައުމެއް. އެގައުމުން ރާއްޖެއަށް ނުފޫޒު ނުފޯރުވާނެ, ރާއްޖެއާއި ސައުދީގެ ގުޅުން ގާތް ކަމުން ރައީސް ޔާމީން އެދިލައްވާ ކަން ކަން ކޮއްދެއްވާނެ ކަމަށް ސަލްމާން ރަސްގެފާނު ވިދާޅުވި, ކުރީގެ ރައީސް ނަޝީދަށް އެކަމެއް ހަޖަމެއް ނުވާނެ" ޑރ. ޝަހީމު ވިދާޅުވިއެވެ.

ގިނަ ދީނީ އިލްމުވެރިން ނަޝީދުގެ އެ ވާހަކަތަކަށް ފާޑުކިޔާކަމަށް ވިދާޅުވެ ޑރ ޝަހީމު ވިދާޅުވީ ރައީސް ނަޝީދުގެ ފަޅީގައި ތިއްބެއްވި ދީނީ އިލްމުވެރިންވެސް ތިބީ އަޅުގަނޑު ފަޅީގައި ކަމަށާއި ސައުދީ އަރަބިޔާއަކީ ޓެރެރިޒަމް އަށް ވާގިވެރިވާ ގައުމެއް ނޫން ކަމަށެވެ.

"ހައްދު ފަހަނައަޅައިދިއުމާއި ދެކޮޅަށްވެސް އަޅުގަނޑުވަނީ ބައިނަލް އަގުވާމީ ފެންވަރުގައި މައްސަކަތް ކުރިން, އަދި އަޅުގަނޑުވަނީ ހައްދު ފަހަނައަޅައި ދިޔަ ބައެއް ފަރާތްތަކަށް ވިސްނާވެސް ދީފަ ,އިސްލާމު ދީނަކީ ހައްދުދަހަނަ އެޅުމާއި ދެކޮޅު ދީނެއް" ޑރ ޝަހީމު ވިދާޅުވިއެވެ.

ޑރ ޝަހީމު ވިދާޅުވީ ޓެރެރިޒަމް އަކީ މުޅި ދުނިޔެ ގުޅިގެން ނައްތާލަން ޖެހޭ ކަމެއް ކަމަށާއި ކުރީގެ ރައީސް ނަޝީދު އަޅުގަނޑު ގައިގަ ޖައްސަވާ ކޮންމެ ފަހަރު އެމަނިކުފާނު ވަނީ ބަލި ކަމަށެވެ.

"ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނަގާލަން ބަޔަކު މައްސަކަތް ކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން, އެއީ ވަރަށް ބޮޑު މައްސަލައެއް, ބޭރުގެ ފަރާތްތަކުން ރާއްޖެއް އަށް ނުފޫޒު ފޯރުވަން މައްސަކަތް ކުރަނީ އެމީހުންގެ ފަލްސަފާ މިތަނަށް ގެންނަން  ޑރ ޝަހީމު ވިދާޅުވިއެވެ.

ޑރ ޝަހީމު އިތުރަށް ވިދާޅުވީ ދިމާވި ހާލަތަކާއި ގުޅިގެން ވަޒީރު ކަމުން އިސްތިއުފާ ދެއްވި ނަމަވެސް މަސައްކަތް ކުރެއްވީ ވަރަށް އެކުވެރި މާހައުލެއްގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ޝަހީމް ބުނެބަލަ އަބުދުއްރަހީމް ކައިރީ ދީނޭ ކިޔައިގެން ނޭގޭ ވާހަކަ ނުދައްކާށޭ ޕުލީޒް

  2. ކަލޭ އަބަދު ނަޝީދު އާއި އަޅައިގަނެގެން ނެއްޓެން ނޭނގިގެން ތިއުޅެނީ ނާަޝީދު އާއި އަޅާބަލާއިރު ކަލޭތީކާކު؟ ކަލެއާއި އެއްހަމައިހެ މޯހެއްތަ އެއީ؟ އަހަރުމެން މިތިބީބަލަން ބަލިވާމީހުން ދެން މީނަޖީވަނީ މަތިން އައިސްގެންއުޅޭ މޯހެއްހެން

    • ކަލޯ ތިބުނާ ނަޝީދަކީ ވަކަރުގޭ ދަރިއެހެން މާލެ މަގުމަތީ ދުވެދުވެ އޮތްސޮރެ، ބައެއްމީހުންކިޔާ މޮޔަ ސޮރޭވެސް އަދި އެހެން ނަންނަމުންވެސް ކިޔާ، އަލްފާޟިލް މުޙައްމަދު ނަޝީރު އެއީ މާމޮޅު މީހެއްތަ؟

      • އާބިދާގެ ބަފާ

        އެއީ ޝަހީމަށްވުރެ ގަދަމީހެއް ޝަހިމު އުޅެބޮޑުވި ގޮތާއި މާލޭގަ އުޅުނު ގޮތާ ކަލެއަށް ނޭގެއްޏާ އަންގަ މަޑުން ލައިގެން ހުރޭ. ނަސަބާއި ހަސަބަށް ބެލިޔަސް ނަޝީދު އާއި އަޅާބަލާއިރު މި ދެން ކާކު؟ މަދީނާއިން ކިޔެވުނީމަ އެވީ ދެނަ މާމޮޅު މޯހަކަޝޯ

  3. އަބުރުކަތިލުން

    ވަރުގަދަ އަބުރު ކަތިލުމެެއްނު މީނަގެ އެކަނިތަ އަބުރެއް އޮންނަނީ

  4. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    ނާއިބު ރައީސްކަމުގެ މަޤާމަކީ، އެއްވެސް ޒިންމާއެއް، މަސްއޫލިއްޔަތެއް، އޮންނަ މަޤާމެއްތޯ ސުވާލުއުފެދެއެވެ. އެބަހީ، ޑޮކްޓަރ ޝަހީމަކީ، ޢަމަލީ މީހަކަށް ވާއިރު، ހުސްއަނގަ ތަޅާމީހަކަށް ނުވާއިރު، އޭނާ މީގެކުރިން އަދާކޮށްފައިވާ ވަޒީފާތަކުގެ ސަބަބުން ލިބިފައިނުވާ ކުރިއެރުމެއް، ތަރައްޤީއެއް، ކުރިމަގުގައި ލިބޭނީ، ނާއިބު ރައީސް ކަމުގެ މަޤާމަކީ، ހަމައެކަނި ނަމެއްގައި އޮންނަ މަޤާމަކަށް ނުވާނަމައެވެ.

    • އެހެންވެގެންދޯ ކަލޭ މެންނަށް ނައިބްރައީސަށް ލާނެ މީހަކު ހަމަ ނުޖެއްސިގެން ތިއުޅެނީ

  5. ބަލާކުއްޖެއް ކިހާވަރެއްގެ ކީއްވެތަ

  6. އަސްލު އަދުރޭ ހީކުރީ މިފަހަރު ރަނިންމޭޓަކައް ހުންނާނީ އަދުރޭކަމައް އެހެންވެ މާގަދަވެގެން އުޅުނީ މިހާރު ހުންނާނީ ހިސާރި ރަނގަޅައް ރާކަނިމަސް ކެވިފަ

  7. ޝަހީމު ނަންގަންނަންވެސް ނުވާނެތާ. އެމީހަކު ބަލިވެދާނެ.

  8. މުހައްމަދު އަލީ

    ޔާމީނު ބަލިކުރުން ވަރަށް މުހިންމު... އެކަމަކު އެއަށްވުރެ ނުރައްކާތެރި ބަޔަކަށް ފުރުސަތު ދިގެނެއްނުން... ޖޭޕީން ކެންޑިޑޭޓަކު ނެރޭ... 2013 ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޔާމީނަށްވެރެ ޤާސިމަށް މަދީ 2500 ވަރަކަށް ވޯޓް... އެއިރު ވަހީދަށް 10000 ވޯޓް... މައުމޫނާއި ޖަލުގައި ތިބި އެންމެން ޔާމީނާއެކު.. އެކަމަކު މި ޤައުމު މިއޮތް ހާލަތުން ޖޭޕީ އަށް ޔާމީނު ބަލިކޮށް ވަރަށް ފަސޭހަކޮށް 2 ވަނަ ބުރަށް ދެވޭނެ... އަދި ފަހުބުރުގައި އެމްޑީޕީ ބަލިކޮށް ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެނެވޭނެ...

  9. ނަޝީދުގެ އަބުރު ކަތި ނުލުމަށް ޝަހީމުއަށް ގޮވާލަން، އެހެނީ ނަޝީދު ދުވަހަކުވެސް ޝަހީމު ގައުކޮޅުގަ ނުޖައްސަވާ

  10. ދީނޭ ކިޔައިގެން މިޒަމާުގައި އުޅޭނީ ކޮހުން.
    ނަޝީދަކަސް، ޔާމީނަކަސް އަދި އެނޫން މީހަކު ދެއްކިޔަސް ތިކިޔާ ދީނުގެ އެއްވެސް ވާހަކައެއް ބަލައެއް ނުގަންނަން

  11. ކަލޭމެން އެންމެނަށް ބުނެލަން އޮތީ ޝަހީމްއާ ކުޅެން ނުހަދައްޗޭ... އެއީ ކެނެރީގޭ ރަނޑު ނުގާބޭއެއް ނޫން އިނގޭ.. އިންޝާ ﷲ ޝަހީމުއަށް ކާމިޔާބު ދެއްވާނެ.

  12. ޝަހީމަށް ކާމިޔާބަށް އެދެން.. އެކަމަކު ޝަހީމުގެ އަމާޒު ތިހިރީ ގައުމުގައި ހުރި އެންމެ ބޮޑު ވަގު ބޭނުންވާ އަމާޒަށް ވާސިލުވާން

    • ވަގެއް ވެއްޖެއްޔާ އަނެކާއަށް ވަގު ތުހުމަތު ކުރާނެ، "ޙަސަނަށް ހީވާނެއޭ ފުޅައްބުޑުން ދިޔަޔަސް ކެޔޮގަނޑު ކަނޑާނެހެން" މަނުބުނަން ކަލޭތީ ވަގެކޭ

  13. ޙައްގައް ނަސްރު ލިބޭނި

  14. ޕީޕީއެމްް އަށް ވޯޓް ދިނުމަކީ އިސްލާމް ކަމުގެ ރުކުނެއް ތަ.ނާއިލާ ބުނެބަ އަދުރޭ ކައިރީ ދީނުގެކަންކަން ނޭގޭ އިރު އަގަޔަށް ދެކުރޮޅި ލަިގެން ނުތަޅުވާށޭ.