ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގަން އިންޑިއާގެ ޓާޓާ ކުންފުންޏާއެކު ވި އެއްބަސްވުން ސެޓްލްމެންޓް އެގްރީމެންޓަކަށް މި ސަރުކާރުން ބަދަލުކޮށްފިއެވެ.

ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ލަގްޒަރީ ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާއި އެކު އެމްޑީޕީގެ އެންމެ ފުރަތަމަ ސަރުކާރުގައި ހަދާފައިވާ އެއްބަސްވުން އުވާލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. އެ ގޮތުން އެއްބަސްވުން ބާތިލްކުރުމުން 200 މިލިއަން ރުފިޔާ (ތިން ބިލިއަން ރުފިޔާ) ހޯދުމަށް އެ ކުންފުނިން ވަނީ އާބިޓްރޭޝަނަށް ހުށަހަޅައިފައެވެ.

އެމްޑީޕީގެ ސަރުކާރުން ޓާޓާ ކުންފުންޏާއި އެކު ހެދި އެއްބަސްވުމުގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާގައި ސޯޝަލް ހައުސިންގެ 280 ފްލެޓު ވަނީ އަޅާ ނިންމާފައެވެ. އަދި އޭގެ ބަދަލެއްގެ ގޮތުން މަތީ ފެންވަރުގެ ފްލެޓް އަޅައި ވިއްކަން އޯޑިއޯން ހުރި ބިމާއި ނާދީ ހުރި ބިމުގެ އިތުރުން ރިސޯޓެއް ހަދަން ޅ. ޅޮއްސަލަފުށި ވެސް ޓާޓާ އަށް ދޭން އޭރުގެ ސަރުކާރުން ވަނީ އެއްބަސްވެފައެވެ.

އެއްބަސްވުން ބާތިލްކުރުމުން 200 މިލިއަން ރުފިޔާ ހޯދުމަށް އެކުންފުނިން އާބިޓްރޭޝަނަށް ގޮސްފައިވާތީ އޭގެ ބޭރުން މައްސަލަ ނިންމުމަށްޓަކައި ސެޓެލްމެންޓް އެއްބަސްވުމަކަށް ދިޔަކަން ހާމަކުރަމުން ޕްލޭނިން މިނިސްޓްރީން ނެރެނު ބަޔާނުގައި ވިދާޅުވީ އެގްރިމަންޓްގައި އެއްބަސްވެފައިވަނީ ދެފަރާތުން އެއްބަސްވާ މުއްދަތެއްގެ ތެރޭގައި ނާދީ ބިން ތަރައްގީކުރުމަށް އެޕެކްސްއަށް ދިނުމަށާއި އޯޑިއޯން ބިމުގެ ބަދަލުގައި މާލޭ ކޮށި ނަންބަރ (386) ހުރި ބިން ތަރައްގީކުރުމަށް ދިނުމަށާއި، އެ ކުންފުންޏަށް ލަގްޒަރީ ވިލާ އަޅަން ރިސޯޓެއް ދިނުމަށެވެ.

ޕްލޭނިން އިން ބުނީ ކުރިން ޅޮއްސަލަފުށި ދޭން އޮތް އޮތުން ބަދަލުކޮށް ލަގްޒަރީ ވިލާ ތަރައްގީކުރުމަށް ޅ.ޅޮއްސަލަފުށިން ބިމެއް ދޫކުރާ ގޮތުގައި ހަފާފައިވާ ކަމަށެވެ. އަދި ލަގްޒަރީ ވިލާ އެޅުމަށް ދޫކުރެވޭ 360،000 އަކަފޫޓްގެ ބިމަށް އަކަފޫޓަކަށް 25 ޑޮލަރުގެ ރޭޓުން ޖުމްލަ ނުވަ މިލިއަން ޑޮލަރު ސަރުކާރަށް އެޕެކްސްއިން ދެއްކުމަށް އެއްބަސްވެފައިވާ ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓްރީން ވިދާޅުވީ ޓާޓާ ކުންފުންޏަށް 2015 ވަނަ އަހަރު ހުޅުމާލެއިން ދެ ބިމެއް ދޫކުރީ އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ކަމަށެވެ.

މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ކަންގަވާލް 18އެސްޖީ ޑިވެލޮޕާސް ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކުރެވުނު 150 ފްލެޓް އަދި 15 ލަގްޒަރީވިލާސް ފައިނޭންސްކޮށް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކުރުމަށް 19 މާރިޗް 2015ގައި ސެންޑަލް މޮރިސަސް ޕްރައިވެޓް ލިމިޓެޑާ އެކު ވަކި އެއްބަސްވުމެއްގައި ވަނީ ސޮއިކުރެވިފައި" މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވިއެވެ.

އެގޮތުން ސެންޑަލް މޮރިސަސްއިން ހުޅުމާލޭގައި ސަރުކާރުން ކަނޑައަޅާ އަގެއް ވިއްކުމަށް 120 ފްލެޓް އަދި ލަގްޒަރީ ފްލެޓްގެ ގޮތުގައި 30 ފްލެޓް ހުޅުމާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ސެޓްލްމަންޓް އެގްރީމަންޓްގައި ސޮއިކުރުމުން އެޕެސަސްއިން އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންނަން ވަނީ އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ސޭމް އޮން ޔޫ

    ކުރީ ސަރުކާރުން އެގްރީމެންޓް ބާތިލްކުރީ ދިން މުއްދަތުގައި އެ 2 ބިމުގައި އިމާރާތް ކުރަން ނުފެށި ދިގު ދަންމަމުންދާތީ. އެހެންނޭ ކިޔާފައި ހިތަށްއެރިހާ ޢަދަދުން ފައިސާ ދޭކަށް ނުޖެހޭ. ކުރީ ސަރުކާރުންނަމަ ވައެއްލާހާ ފަސޭހައިން ތިޔަ ޑީމާންޑްކުރާ ވަރަށް ފައިސާ ދައްކާލީސް. މި ސަރުކާރުގައި އެ ކެޕޭސިޓީ ނެތީމަ ވާގޮތްމިއީ. ކަމެއް މެނޭޖްކުރަން އެނގެނީކީނޫން. އިންޑިއާ ދަށުވެފައި އޮތީމާ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން އަލުން ޓާޓާއަށް ތިޔަދެނީ އިންޑިއާ ރުއްސަން. މިވާ ހުރިހާ އެއްޗަކަށް ރައްޔިތުން ތިބީ ފާރަލައިގެން.

    31
    • ހހހ

      ދުނިޔޭގެ ކޮންމެ ބަޔަކުވެސަ އާބިޓްރޭޝަނަށް ދިއުމުގެ ކުރިން މިސަރުކާރުގަ އަހަލަންވީ އާބިތްރޭޝަނުގަވަނެ ގޮތާ ބަދަުދޭންޖރހޭނެ ވަރު. މިމީހުން ފިއުޗަރ ޓްރެވަލް ކުރޭ. ބޭކާރު ޚަެަދުކޮސއލޯޔަރުން ހަޔަރ ކޮށް ސިންގަޕޯރއަށް ދިއުމުގެ ބޭނުމެއް ނެތެއްނުދޯ.

      14
  2. ހިމް

    ހުސް ދޮގު. ޓާޓާއިން ކުރި އެއްވެސް މަސައްކަތެއް ނުދެއްކެނީސް ބަދަލު ދޭކަށް ނުޖެހޭނެ. ބަދަލު ދޭނީ މަސައްކަތްކޮށްފައި ހުރި މިންވަރަކަށް އަގުކޮށްގެން. މި ހަމަ ބޮޑު ފައިސާގެ ކުޅިގަނޑެއް.

    35
  3. ޝަފީއު

    ކޮބާ.. ހީވޭ.. މީ އަހަރެމެން ބުނާ ވާހަކައަކީ.. އިންޑިޔާއަށް ކުރެވޭހާވެސް ކަމަކީ އެގުރީމެންޓު ބާތިލް ކުރުމާއި ސެޓެލްމަންޓު ހޯދުން. އިންޑިޔާ ޖޫރިމަނާ ކުރަންވީ. ކީއްވެ ހަވާލުކުރި މަސައްކަތް ނުކުރީ. މިމީހުންނައް ދެން އެއްވެސް ކޮންޓުރެކްޓެއް ނުލިބޭގޮތައް ބޭންކޮއްލަންވީ.

    27
    1
  4. ސަމްސިއްޔާ

    ބިންހަވާލުކޮށް އެތައް އަހަރެއްވީ އިރުވެސް އެއްވެސް ކަމެއް ނުކޮށް އޮތީބާއްވާފަ. ދެން ތިޔަބުނާ ޓާޓާ ފްލެޓްތަކެއްވެސް ހަދާފައި ހުރީ އެހާ ފެންވަރުދަށްކޮށް. ބިއްލޫރިތައްވެސް ތަޅައިގެންދާވަރުން.

    18
  5. ބަލާތި

    މީ ހަމަ ސީދާ ވައްކަން ކުރުމޭ ޓާޓާއިން އެއްވެސް ކަމެއް އެ ދެބިމުގައި ނުކޮށް އޮތުމުންނޭ އެތަން އެމެން އަތުން އަތުލަން ޖެހޭނީ ރާއްޖޭން ބޭރުގެ އާރބިޓްރޭޝަން ކޯޓް ގައި ހިންގާ ކަންކަމަކީ އެއީ ސީދާ ވައްކަމޭ ކުރާ އެމައްސަލަ އެއްނެތޭ ސިންގަޕޯރގެ އާރބިޓްރޭޝަން ގައި ބޭއްވި ނަމަވެސް އެއީ ސީދާ ކުރާ ވައްކަން ތަކޭ ޖީއެމްއާރަށް ބަދަލު ދޭން ޖެހުނީ އެއީ ވެސް އެއިރު ދިވެހި ސަރުކާރުގެ ފަރާތުން އެކަމާއި ހަވާލުވެ ތިބި މީހުން ސިންގަޕޯރ އަށް ގޮސް އެމެންނަށް ކަޓް ލިބޭނެ އުސޫލުން ވައްކަން ކޮށްފައިވާތީއޭ މީ މަމެން ނުދަންނަ ވައްކަމެއް ނޫނޭ ނުޖެހޭނެއޭ ޓާޓާ އަށް މާލޭން ވިއަސް އަދި ހުޅުމާލޭން ވިއަސް ބިން ދޭން އެއީ ސީދާ ކެނެރީގެ ނަޝީދަށް ބައިއަޅާ ގޮތަށް ކޮށްގެން އުޅޭ ކަންކަމޭ ތިހުރިހާ ބިމެއް މަމެން އަތުލާނަމޭ އަދި ޓާޓާ އަށް ކުޅަދާނަ އެއް ނޫނޭ ތިއިން ބިމެއްގައި ފްލެޓްސް އަޅަން އަޅަންނާ އަޅަން ޖެހޭނީ މާލޭ މީހުންގެ ވޯޓް އިން ތިކަމަށް އާނ އެކޭ ބުނުމުންނޭ އޮންލައިން ވޯޓަކަށް މިކަމުގައި ދާން މަމެން ގޮވާލަމޭ އިންގިލާބީ ހަރަކާތަށާއި އަދި ޕީޕީއެމް އަށް އޮން ލައިން ވޯޓް ލާން ކެމްޕެއިން ފަށަންވީ މިހާރުން މިހާރަށް ލަސްނުކުރަންވީ މިކަމުގައި އެއްގޮތަކަށް ވެސް ލަސްނުކުރަންވީއޭ...

    16
  6. އަބްދޫ

    ޓާޓާ އަށް އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ.އެއްބަސްވުން އުވާލާފައެއްނެތް . އެއްބަސް ވުމާއެއްގޮތަށް މަސައްކަތް ނުކުރުމުގެ ސަބަބުން ދިވެހިރައްޔިތުންނަށް ލިބުނުގެއްލުމުގެ ބަދަލު ލިބުދެނީ ކޮންފަރާތަކުން، އެކަންވެސް އެގެން އޮންނަން ޖެހޭނެ އެދައުވަ ވެސް ކުރެވެން ޖެހޭނެ.

    20
  7. ކޮރަލް

    200 މިލިއަން ޑޮލަރު ދޭން ޖެހުނީ ކޮސް އެގްރީމެނޓް އެއް ހެދީމަ އެވެ.

    17
  8. ނުޖެހޭނެއޭ

    ޓާޓާ އަށް ބަދަލުގެ ގޮތުގައި 200މިލިއަން ޑޮލަރު ދޭން ޖެހުނީސް ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލުމާއި މަކަރާއި ހީލަތޭ މިސަރުކާރުން ހަދަނީ ޓާޓާ އަށް ބަދަލުގެ ގޮތުގައި އެންމެ ރުފިޔާ އެއްވެސް ދޭން ނުޖެހޭނެއޭ ދެން އޮތީ ޓާާޓާ އަށް ބަދަލެއް ދޭން ވެއްޖެނަމަ އެ އެއްބަސްވުން ދިވެހި ދައުލަތަށް ގެއްލުންވާ ގޮތަށް ހެދި މީހެެއްގެ ގެދޮރު ވިއްކައިގެންނޭ އެކަން ކުރަން ޖެހޭނީ އެއްގޮތަކަށް ވެސް ޓާޓާ އަށް ބަދަލު ދޭން ނުޖެހޭނެއޭ ދައުލަތުގެ ބަޖެޓުން ނުޖެހޭނެއޭ..

    19
  9. އަބްދޫ

    އިމާރާތް ކުރުމުގެ މަސައްކަތަށް ނަސިދުގެ ސަރުކާރަށް 21 މިލިއަންޑޮލަރު ޓާޓާ އިންދިން މަސައްކަތް ނުކުރޭ އެފައިސާއަށް ހެދިގޮތް ނަސީދު ބުނެދީބަލަ.

    24
  10. ޢަދުރޭ

    ހުރިހާ ވާހަކައަކަށް ވުރެ ސާފު ޙަޤީޤަތެއް އިންޑިއާ އައުޓް ގޮވަނީ ކީއްވެކަން ރާއްޖޭގެ ރައްޔިތުންނަށް މިހާރު އެނގޭނެ . އިބްރާހިމް ނާސިރު ވެރިކަމުގައި ބޭލީ އިންޑިއާގެ ވޯރާ ވިޔަފާރިވެރީން . އެމްޑީޕީގެ ވެރިކަމެއްގައި ދިވެހިންނަށް އަޅުވެތިކަން ނޫން އެއްޗެއް ނުގެނެސްދޭނެ . ބަލާ މުސީބާތުން ސަލާމަތްވާން ދޮޅު އަހަރެއްވަރު އެބައޮތް

  11. ދާސިމް

    ރައްޔަތުމީހާއައް އޮޅުވާނުލައްވާ މިތިބެނީ ތިޖަހާހުރިހާ ސަކަރާތެއްބަލަން އަދިރައްޔަތުމީހާކައިރިއަންއަންނާނެ

  12. ޑޭންޖުރެސް

    ޓާޓާއިން ބަދަލެއްގެ ގޮތުގައި 200 މިލިއަން ޑޮލަރު ދިނުމަށް އެދުނޭ ކިޔައިގެން ކެނެރީގެ ނަޝީދު ވަގު ކަލޭގެ އަޑީގައި ހުރެގެން ހަދަނީ ރޯ ބުހުތާނު ދޮގޭ އޭނާ އެދަނީ ރީއެްޗަށް މިގައމުގެ ރައްޔިތުންނަށް ހަރާމްކޯރު ވަމުންނޭ ރައީސް ޔާމީން ވަނީ ޑިސެމްބަރު މަހު ޗެނަލް 13 އްަށް ދިން އިންޓަރވިއު އެއްގައި ވިދާޅުވެފައޭ ބަދަލު ދޭން ޖެހޭނެ ގޮތެއް ނޯންނާނެއޭ ކުރިން ޓާާޓާއިން އެދުނީ 15 މިިލިއަން ޑޮލަރުގެ ބަދަލެއް ކަމަށް މީ ނުރައްކާތެރި ކަމެކޭ މިސަރުކާރުން މިކުރަނީ މީސީދާ ގައުމަށް ގައްދާރުވުމޭ މީ ނުރައްކާތެތި ސަރުކާރެކޭ ނުރައްކަލޭ ޑޭންޖުރެސް ޑޭންޖުރެސް...

  13. ވިސްނާތި

    ޓާޓާ އަށް 200 މިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި ދޭން ޖެހެއޭ ކިޔާ މިސަރުކާރުން ހަދަނީ އެއީ ރޯ ބުހުތާނު ދޮގޭ އެމެންނަށް އެންމެ ރުފިޔާ އެއްވެސް ދޭން ނުޖެހޭނެއޭ 15 އަހަރު ދުވަހު އެދެބިން ހުސްކޮށް އޮތުމުން އެތަނުގެ ކުއްޔަކީ އެއީ މަހަކު 2 މިލިއަން ޑޮލަރޭ ދެން 15 އަހަރު ގެ ކުލި ނޫންތޭ ޓާޓާ އިން މިގައުމަށް ދައްކަން ޖެހޭނީ ޓާޓާ އަށް ބަދަލު ދޭން ޖެހޭނެ އެއްގޮތެއް ވެސް ނޯންނާނެއޭ ޓާޓާ ޖެހޭނީ ބޭރުކުރަން ޓާާޓާ ބޭރުކުރާނަމޭ މަމެން ޕިންކީންގެ ވެރިކަމުގައި ޓާޓާ އިން ތިޔާ ބިން ތަކުގައި ކުރާ އިމާރާތް ތަކަކީ އެއީ ބޭކާރު ޚަރަދޭ ޓާޓާ އިން ކުރާ މަމެން ޕިންކީން ދާނަމޭ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފެންނަ ނުފެންނަ ވޯޓަކަށް ތިޔާ ކަމުގައި ވޯޓް ހަމަ މަމެންނަށް ލިބެން ދެން ވޯޓް ކަން ތައް ކުރިއަށް ގެންދާނަމޭ ފެބްރުއަރީ ގައި މިކަމަށް ކެމްޕެއިން ފަށަންވީއޭ ޕީޕީއެމް އިން ޗެނަލް 13 މެދުވެރިކޮށް އެއިރުން ދެން މިފަދަ ވައްކަން ކެނެރީގެ ނަޝީދަށް ނުކުރެވޭނެ ކަން އޭނާ އަށް އިނގޭނެއޭ...