އިންޑިއާގެ ޓާޓާ ކުންފުންޏާއެކުގައި ދިވެހި ސަރުކާރުން ސެޓްލްމަންޓު އެއްބަސްވުމެއްގައި މިދިޔަ ބުރާސްްފަތި ދުވަހު ސޮއިކޮށްފައިވާކަން ހާމަކުރުމާއި ގުޅިގެން ކުރީގެ އިކޮނަމިކް މިނިސްޓަރ އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ނުރުހުން ފާޅު ކުރައްވައިފިއެވެ.

ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަން 2010 ގައި ޓާޓާ ކުންފުންޏާ އެކު އެމްޑީޕީގެ ސަރުކާރުން ވެފައިވާ އެއްބަސްވުން 2017 ވަނަ އަހަރުގެ ތެރޭގައި އޭރުގެ ސަރުކާރުން ބާތިލުކުރުމާއި ގުޅިގެން އެކުންފުންޏާއިއެކު ސެޓްލްމެންޓެއްގެ ދަށުން ރުޖޫއަވެ، މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މިކަމާއި ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ސައީދު ވިދާޅުވީ މިސަރުކާރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ކައްވަޅުގައި ނިންދަވަން ބައިންދާފައި މިހުރީ ޒީރޯ ޓޮލަރެންސް މެކުހަށް ޖަހާފައިވާ ކަމަށެވެ.

މިގޮތުން ކަންބޮޑުވުން ފާޅުކުރައްވާ ސައީދު އިތުރަށް ވިދާޅުވީ ބާރަ އަހަރުވީ ކޮންޓްރެކްޓް ތަންފީޒު ނުކުރީ ވެސް ހަމަ ޓާޓާއިން ކަމަށާއި ޓާޓާ ކުންފުންޏަށް މޮޅުވާ ގޮތަށް އެގްރީމެންޓް ހެދީވެސް ހަމަ އެމްޑީޕީން ކަމަށެވެ.

އަދި އާބިޓްރޭޝަން އެއީ އިންޑިއާ ކަމަށް ނިންމީ ވެސް އެމްޑީޕީން ކަމަށާއި "އިނާމު މިލިއަނުން" ކަމަށެވެ. ނުސީދާ ގޮތެއްގައި ކޮރަޕްޝަންގެ ތުހުމަތު ކުރައްވާ އޭނާ ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ސޮއިކުރިއިރު ވެސް އޮތް ޓާޓާއަށް ބޮޑެތި އިނާޔަތްތައް ލިބޭ ގޮތަށް އޮތް އެއްބަސްވުން ސަރުކާރާ ދެކޮޅަށް ނިމިދާނެ ކަމުގެ ބިރު އޮތުމުން ކުރީގެ ސަރުކާރުގައި ވެސް ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން ވަނީ މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ޓާޓާއިން އެއްބަސްވުމާއި އެއްގޮތަށް އަމަލު ނުކުރުމުން ކުރީ ސަރުކާރުން ވެސް އެއްބަސްވުން ބާތިލު ކުރީއެވެ.

އެއްބަސްވުން ބާތިލްކުރުމުން 200 މިލިއަން ރުފިޔާ (ތިން ބިލިއަން ރުފިޔާ) ހޯދުމަށް އެ ކުންފުނިން ވަނީ އާބިޓްރޭޝަނަށް ހުށަހަޅައިފައެވެ. އެހެންކަމުން އަނެއްކާވެސް މި ސަރުކާރުން ޓާޓާ އެކު މަޝްވަރާކޮށް ނިންމީ އެ ކުންފުނިން ބޭނުންވާ ގޮތަށް މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ.

އެއްބަސްވުން ބާތިލްކުރުމުން 200 މިލިއަން ރުފިޔާ ހޯދުމަށް އެކުންފުނިން އާބިޓްރޭޝަނަށް ގޮސްފައިވާތީ އޭގެ ބޭރުން މައްސަލަ ނިންމުމަށްޓަކައި ސެޓެލްމެންޓް އެއްބަސްވުމަކަށް ދިޔަކަން ހާމަކުރަމުން ޕްލޭނިން މިނިސްޓްރީން ނެރެނު ބަޔާނުގައި ވިދާޅުވީ އެގްރިމަންޓްގައި އެއްބަސްވެފައިވަނީ ދެފަރާތުން އެއްބަސްވާ މުއްދަތެއްގެ ތެރޭގައި ނާދީ ބިން ތަރައްގީކުރުމަށް އެޕެކްސްއަށް ދިނުމަށާއި އޯޑިއޯން ބިމުގެ ބަދަލުގައި މާލޭ ކޮށި ނަންބަރ (386) ހުރި ބިން ތަރައްގީކުރުމަށް ދިނުމަށާއި، އެ ކުންފުންޏަށް ލަގްޒަރީ ވިލާ އަޅަން ރިސޯޓެއް ދިނުމަށް ކަމަށެވެ.

އަދި ޅޮއްސަލަފުށި ދޭން އޮތް އޮތުން ބަދަލުކޮށް ލަގްޒަރީ ވިލާ ތަރައްގީކުރުމަށް ޅ.ޅޮއްސަލަފުށިން ބިމެއް ދޫކުރާ ގޮތަށް ބަދަލުކޮށްފައިވާ ކަމަށާއި ލަގްޒަރީ ވިލާ އެޅުމަށް ދޫކުރެވޭ 360،000 އަކަފޫޓްގެ ބިމަށް އަކަފޫޓަކަށް 25 ޑޮލަރުގެ ރޭޓުން ޖުމްލަ ނުވަ މިލިއަން ޑޮލަރު ސަރުކާރަށް އެޕެކްސްއިން ދެއްކުމަށް އެއްބަސްވެފައިވާ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ފާހަގަ ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަބްދޫ

    ދިވެހިރާއްޖޭގެ މައްސަލަ ހިންގޭނީ ދިވެހިރާއްޖޭގެ ކޯޓް ތަކުގަ. ދިވެހިރާއްޖެއަކީ 100% މުސްލިމްގައުމެއް.މުސްލިމް ކޯޓެއްގަ މެނުވީ ސަރީއަތް ހިންގުން ހުއްދަވޭތަ؟ ދިވެހިރާއްޖޭގަ ހިންގާ މުއާމަލާތް ބޭރުގެ ކޯޓެއްގަ ހިންގުން ހުއްދަ ކުރުމަކަށް ގާނޫނު ތަންދޭކަމަށް ބެލެވެން ނެތް. ބޭރުގައުމެއްގެ ކޯޓްގަ މައްސަލަ ހިންގަން ކުރާ ސަރުތުގަ ދިވެހިގައުމުންއެއްބަސް ވުމަކީ ރިސްވަތުގެ އަމަލެއް ކަމަށް ބެލެވިދާނެ. ރާއްޖެއަށް މަސްލަހަތު ނެތް ގޮތެއްގަ އެއްބަސްވާއެއްބަސް ވުމަކީ ރާއްޖެއަށް ހިޔާނާތް ވުންކަމަށް ބެލުމުގެ ފުރުސަތު އެބައޮތް. އަދި އެންޓިކަރެޕްސަނުގެ ގާނޫނުގަ ބުނާ އަމިއްލަ ނާޖާއިޒް ފައިދާ ހޯދުމާއި ނާޖާއިޒް ފައިދާ ހޯދާދިނުން ކަމަށް ބެލެވިދާނެ. ވަކިފަރުދުންނާ ވަކިފަރާތްތަކައެކު ވެވޭ އެއްބަސް ވުމެއް ރާއްޖޭގެ މަސްލަހަތާ ފުށުއަރާގޮތަށް އެއްބަސް ވުމަކީ ހިޔާނާތެއް. އެއްބަސްވުމުގަ ސޮއިކުރާ ފަރާތަކާ ދެކޮޅަށް ސަރިއަތް ހިންގޭނެ. ގާނޫނު އެކަމަށް ތަންދޭ.

  2. އައުޓް

    ރައީސް އިބޫ އައުޓް ތިމާވެށި މިނިސްޓަރު ޝައުނާ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ ޓާާޓާ އައުޓް ރައީސް އިބޫ އައުޓް ތިމާވެށި މިނިސްޓަރު ޝައުނާ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ ޓާާޓާ އައުޓް ރައީސް އިބޫ އައުޓް ތިމާވެށި މިނިސްޓަރު ޝައުނާ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ ޓާާޓާ އައުޓް ރައީސް އިބޫ އައުޓް ތިމާވެށި މިނިސްޓަރު ޝައުނާ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ ޓާާޓާ އައުޓް ރައީސް އިބޫ އައުޓް

  3. ފިކުރޭ

    ރަތަށް އަރަ އަރާ ހުރުމަކީ އޭނަގެ އަމިއްލަ ކަމެއް؟

    2
    4
  4. އަބްދޫ

    އެއްބަސްވުން ބާތިލް ކޮށްފާ ނުވޭ ނޯޓިސް ފޮނުވީ މަސައްކަތް ނުފެށުމުން އެގްރީމެންޓްގައިވާގޮތަށް މަސައްކަތް ނުކޮށްފިނަމަ ހަދާނެގޮތެއް އެގްރީމެންޓްގާ ނެތީތަ؟ އެއީ ކީއްވެ. ނާޖާއިޒް ފައިދާ ހޯދާދެވުނީ ނޫންބާ؟ރާއްޖޭގަ ހިންގޭ މުއާމަލާތް ބޭރު ކޯޓްތަކުގަ ހިންގުމަށް ލިއުމަކީ ހަދާ ވަރަށް ބޮޑުގޯހެއް.އަދި އެއްބަސްވުމުގާ ސޮއިކުރާފަރާތްތަކަށް އެގްރީމެންޓާ ހިލާފު ވާންދެވޭ ފުރުސަތެއް. އެގްރީމެންޓާއި ހިލާފުވެގެން އެގްރިމެންޓް ބާތިލް ކޮށްފިނަމަ އެގްރީމެންޓާ އެއްގޮތަށް އަމަލުކޮށްގެން ލިބޭ ފައިދާއަށް ވުރެ ބޮޑުމަންފާލިބޭ މިފަދަ އެގްރިމެންޓް ހެދުމަކީ ގައުމަށް ހިޔާނާތް ވުން. އެގްޜީމެންޓް ވެލިއުގެ 2.5 % ގެ ބޭނުމުގާ ގައުމު ވިއްކާލަނީ ނޫނަބާ؟

  5. ވި

    މީ އަޅެ އިންްޑިޔާގެ އމބފ ގެ ހަރުމުދަލެއްނޫންވިއްޔަ. ކީއްވެ އިންޑިޔާގެ ކޯޓެއްގަ މައްސަލަ ބެލޭ ގޮތަށް ހަދަންވީ. ޢިންޑިޔާ އަކީ ވަރައް ކަރަޕްޓް މަކަރާ ހީލަތުގެ އަރާ ހުރި ބައެއް

  6. ކޯރާބެއްޔާ

    ބަލަދިޔާނާވިދާޅުވާ ގޮތުންނަމަ ތިޔަ ބަދަލް އަކާ ހުރިހާ އެއޗެއް ދޭންޖެހޭނީ އެބުނާ ރައީސް ނަޝީދޭކިޔާމިހެއްހެން ހީވަނީ ޔާމީނު ސަރުކާރުން 7000 ފުލެޓް ޗައިނާއިން އަޅުވާފަ އެއްނެތް ރައްތަކަކާ ބިންތަކަކާ ފުލެޓްތަގުގެ އިމާރާތުގެ ތިރީ 2ފުލޯން ޗައިނާމީހުންނައް ދޭން އެއްބަސް ވެފައެއް އެހެންވީމަ އެއީ ތިޔަކިޔާ އެމްޑީޕީސަރުކާރުން ޓާޓާމީހގުންނާއި ހަދާފައިވާ ޙިޔާނާތުގެ ޑީލެއްތާ ޓާޓާމީހުން ގަންނުވާ އެޅުވީ 288 ފުލެޓް އެފުލެޓްތަކުގެ އަގުވަނީ ދައްކާ ޙަލާސްކޮއްފައި ދެންކޮންބަދަލެއް ރައްޔިތުންގެ މުދަލުން ރޯމާ ދުވާލް ކުރާ ވައްކަން މިފަޅަ އަރަނީ މިގައުމައްވީ އެންމެ ބޮޑު ޙިޔާނާތަކީ ޖީއެމްއާރއައް އެއަރޕޯޓް ދިނުން އެހެންވީމަ އެވާހަކަ ނިދައްކަނީ ސަބަހޭ ދިޔާނާ ތިޔަވަގުޑީލްތައް ހާމަކޮއްދެއްވީތީ މިހާރުތާ މިއިނގެނީ އޭސީސީ ދުއްވާލިބޭނުން