ރާއްޖޭގައި މިހާރު އޮތް ނާމާންކަން ނައްތާލާނެ ހަމައެކަނި ކެނޑިޑޭޓަކީ ޑރ.މުއިއްޒު ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކެމްޕެއިން ދަތުރުގައި ދ.ކުޑަހުވަދޫއަށް ވަޑައިގެން ސައީދު ވިދާޅުވީ ރާއްޖެ މިހާރު އޮތީ ނާމާން ކަމެއްގެ ތެރޭގައި ކަމަށާއި އެ ނާމާންކަން ނައްތާލައި މިއަނިޔާވެރިކަމުން ރައްޔިތުން ސަލާމަތްކުރާނެ ހަމައެކަނި ކެނޑިޑޭޓަކީ މުއިއްޒު ކަމަށެވެ.

"ރައީސް ސޯލިހުގެ އަނިޔާވެރިކަން ނައްތާލައި، ރާއްޖޭގެމިހާރު އޮތް ނާމާންކަން ނައްތާލާން މުއިއްޒު ހުވާ ކުރާނޭ" ސައީދު ވިދާޅުވިއެވެ.

މުއިއްޒުއަށް ތައުރީފް ކުރައްވަމުން ސައީދު ވިދާޅުވީ މުއިއްޒުއަކީ ޔޫކޭއިން ވެސްޓާން އެޑިއުކޭޝަން ހާސިލްކޮށްގެން ހުންނެވި ބޭފުޅެއް ކަމަށާއި ރައީސް ޔާމީން ގެނައި ތަރައްޤީގެ ފަހަތުގެ އެއް ހިއްސާދާރަކީ މުއިއްޒު ކަމަށެވެ.

ޑރ.މުއިއްޒުއަކި ޔޫކޭއިން ވެސްޓާން އެޑިއުކޭޝަން ހާސިލްކޮށްގެން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ބޭފުޅެކޭ، ރައީސް ޔާމީން ގެނައި ތަރައްޤީގެ ފަހަތުގެ އެއް ހިއްސާދާރަކީ ޑރ.މުއިއްޒު. ސައީދު ވިދާޅުވިއެވެ.

މުއިއްޒު މިރޭ ކުޑަހުވަދޫގައި. އޭނާ އަށް ހޫނު މަރުހަބާއެއް ދެންނެވި. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

އެހެންކަމުން ދެވަނަ ބުރަކަށް ނޮގުސް އެއްބުރުން އިންތިހާބު ކާމިޔާބުކޮށްދެއްވުމަށް ސައީދު ވަނީ ރައްޔިތުންގެ އަރިހުން އެދިފައެވެ.

ސައީދު ވިދާޅުވާ ގޮތުގައި ރައްޔިތުންގެ ވެރިޔަކަށް ގެންނަން ޖެހޭނީ ކަންކުރަން ދަންނަ ބޭފުޅެކެވެ. އެގޮތުން ރައީސް ޔާމީނަކީ ކަންތައްކުރަން ދަންނަ މޭސްތިރިއެއް ކަމަށާއި މުއިއްޒުއަކީ އެމަނިކުފާނުގެ އަރިހުން އުނގަންނައިގެން ހުންނެވި ބޭފުޅެއް ކަމުގައި ސައީދު ވިދާޅުވިއެވެ.

މިސަރުކާރުން ހިލޭ ގޯތި ބަހަމުންދާކަން ފާހަނގަކުރައްވަމުން ސައީދު ވިދާޅުވީ މުއިއްޒުގެ ވެރިކަމެއްގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް މިސަރުކާރުން ގޯތި ނުލިބޭ މީހުންނަށް ގޯތި ދޭނެ ކަމަށެވެ.

"މިސަރުކާރުން ބައިވަރު ގޯތިތައް އެދަނީ ބަހަމުން، މުއިއްޒު ވިދާޅުވަނީ މިސަރުކާރުން ގޯތި ނުލިބޭ މީހާއަށް ގޯތި ދިނުމޭ." ސައިދު ވިދާޅުވިއެވެ.

ރައީސް ޔާމީން ހުޅުމާލޭގައި ފްލެޓް އެޅުމުން މިސަރުކާރުން އެ ހަރުމުދާ ބަހަމުންދާކަމަށް ސައީދު ވިދާޅުވިއެވެ.

މުއިއްޒު މިރޭ ކުޑަހުވަދޫގައި. އޭނާ އަށް ހޫނު މަރުހަބާއެއް ދެންނެވި. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

"ރައީސް ޔާމީންގެ ދައުރުގައި ހުޅުމާލެ ފޭސް 2 ހިއްކެ ވިއިރު ފަހަތުގައި ހުންނެވި މޭސްތިރިއަކީ މުއިއްޒު. ޔާމީން ހަރުމުދާ އުފެއްދެވީމާ ސޯލިހު އެދަނީ ބަހަމުން." ސައީދު ވިދާޅުވިއެވެ.

ރައްޔިތުންނަށް ދިއްކޮށްލަން އެމްޑީޕީއަށް އެފެނުނީ ރައީސް ޔާމީނުގައި އުފެއްދި ހަރުމުދާކަމަށް ސައީދު ވިދާޅުވިއެވެ. އެހެންނަމަވެސް އެއްވެސް ބަޔަކަށް ނުދަރާ ބިން އުފަންކޮށް ބޯހިޔާވަހިކަން ފޯރުކޮށްދޭން މުއިއްޒުއަށް އެގޭކަމަށް ބުނެ ސައީދު ވަނީ މުއިއްޒުއަށް ތައުރީފްކޮށްފައެވެ.

"ބަޔަކަށް ނުދަރާ ބިން އުފަންކުރަން އެގޭނޭ، ބޯހިޔާވަހިކަން ދޭނޭ، ދިވެހި ދަރިން ނުދަރާނޭ. އެއީ އިޤްތިސާދު ޑަބަލްކުރާ ވިސްނުމަކީ." ސައީދު ވިދާޅުވިއެވެ.

''މާލެއާއި ގުޅީ ފަޅުގެ އެއްބަސްވުން ދެއްކޭނެތޯ ދިޔަރެސް ނޫހުން ސުވާލުކުރީމާ ދެންނެވީ މާލެއާ ގުޅީފަޅާ ދެމެދު އެއްބަސްވުން ދައްކައިފިއްޔާ ފޮރިން އިންވެސްޓުމަންޓު ރާއްޖެ ނާންނާނޭ.'' ސައީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙާލު

    ތެދެއް، ނެތްހަމަ ކާށި ކޮޅަކާ ލައިގެން ކާނެ މަސްފޮއްޗެއްވެސް. ހުސަ ކުޅީ ސިފަެިން

    2
    1
  2. ދިވެހި މުސްކުޅިން

    ޔާމީންގެ ފަލްސަފާ ހިފައިގެން އަންނަ މީހަކު އަނިޔާވެރި ނުވެއެއް ނުހުންނާނެ.

  3. ކިނބޫ

    ވަޢުދު ފުއްދޭތާ ދޯ! އަދި މިއުޅެނީ ވެރިކަމަށް 100 ދުވަސް ނުވެގެން ވިއްޔާ

  4. ނިކަމެތި އަޅާ

    އާރާއި ބާރުގަ ނުވިކަމެއް އަލަކުން ކުރަން ވައުދުވާނެ ކަމެއް ނެތް.. ތާއީދެއް ނުކުރެވޭ