ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިތުރު ދައުރެއް ދީފިނަމަ 2024 އަހަރު ނިމޭއިރު މި ރާއްޖޭގައި އިންޑިއާގެ ފައިސާ ބޭނުން ކުރަން ފަށާނެ ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ދިއްދޫއަށް ވަޑައިގެން އެރަށުގައި މިހާރު ކުރިއަށްދާ ޖަލްސާ ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ، މިރަށަކީ ރާއްޖެ އޮތް ހާލަތު އެންމެ ފަސޭހައިން ބުނެދެވޭނެ ރަށް ކަމަށާއި ނަމަވެސް މިރަށަށް އެރުމުން މާޔޫސް ކަން ނޫން ކަމެއް ހިތަކަށް ނާންނަ ކަމަށް ސައީދު ވިދާޅުވިއެވެ

"ވިޔަފާރިތައް ހުއްޓިފައި، އެއްވެސް މަޝްރޫއެއް ނުހިނގާތާ މިރަށުގައި ގެސްޓް ހައުސްއެއްހާ ހިސާބުވެސް އަޅުގަނޑުމެންގެ އުމުރުން ފަސް އަހަރު އަނެއްކާވެސް ގެއްލިގެން މި ދިޔައީ ނެތޭ.".

އޭނާ ވިދާޅުވީ، ރައްޔިތުން މާޔޫސްވެ އާމްދަނީ ނުލިބި ރައްޔިތުންގެ ހިތްތަކުގައި އުދާސްތަކާއި ހަމައަށް ދަނީ ޖީބުގައި ފައިސާ ނެތުމުން ކަމަށެވެ. އަދި ޒުވާނުން ނިކަމެތި ވެފައި ވަނީ ވަޒީފާ ނެތުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ދިއްދޫ އެބަ ބުނެދޭ، ދިއްދޫ އަޅުގަނޑު ދަންނަވާނަން، އެހެން ނަމަވެސް އުއްމީދު އެބަ އޮތް، ދެލައްކަ ތިރީސް ހަތްހާސް ރުފިޔާ، ތިޔައިގެން ކޮންމެ ބޭފުޅެއްގެ ބޮލުގައި ދަރަނި އަޅުވައިފި މި ސަރުކާރުން.".

އެ މައުޟޫއަށް ވާހަކަަދައްކަވަމުން އޭނާ ވިދާޅުވީ، މިހާރުގެ ރައީސް 65 ބިލިއަން ރުފިޔާގެ ދަރަނި ފުންޏެއް ފުނި ޖެހީ 114 ބިލިއަން ރުފިޔާއަށް ކަމަށެވެ.

"މި ރާއްޖޭގެ ދަރަނި އަރުވާފައި އިންޑިއާގެ އަޅުވެތިކަމަށް ގެންގޮސްފި، މި ރައިސް ސޯލިހް މި ވެރިކަމަށް 2023ގައި އައިސްފިނަމަ އިންޝާﷲ ނާންނާނެ، އެހެން ނަމަވެސް އައިސްފިކަމަށްވަންޏާ 2024 އަހަރު ނިމޭއިރު މި ރާއްޖޭގައި އިންޑިއާގެ ރުފިޔާ ބޭނުން ކުރަން ފަށާނެ.".

މިރޭ ހއ. ދިއްދޫގައި ބޭއްވި ޕީއެންސީގެ ކެމްޕޭން ޖަލްސާގައި ސައީދު ވާހަކަދައްކަވަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

އޭގެ އިތުރުން، މި ރާއްޖޭގެ ވިޔަފާރީގެ ހުރިހާ ނެޓްވޯކެއް ހުރިހާ ސްވިފްޓް ކޯޑެއް އިންޑިއާ މެދުވެރިކޮށް ދުނިޔެއަށް ވިޔަފާރި ކުރަމުންދާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

"ޖުމްލަ ގޮތެއްގައި މި ރާއްޖޭގެ ޓޯޓަލް އިކޮނޮމިކް އިންޑިޕެންޑެންސް އަޅުވެތިވެގެން ދާނެ ފުރަތަމަ ފަހަރަށް 2024 އިން ފެށިގެން،"

އަދި މި ސަރުކާރުން 114 ބިލިއަން ރުފިޔާ ދަރަނި އުފަން ކުރުވިއިރު، މި ރާއްޖެއަށް ގެނެސްދެނީ ކޮންމެ ފަސް އަހަރަކުން ފުރުސަތެއް ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ރައްޔިތުން ބުނީ، މާލިއްޔާއިން ވައްކަން ނުކުރުމަށް ކަމަށާއި، މާލީއްޔާ ޑަބަލް ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.

"ރައީސް ޔާމީން ޑަބަލް ކުރެއްވި، ޓްރިޕަލް ކުރެއްވި، ހަތަރު ގުނަ ކުރެއްވި، އެއް ބިލިއަން އެމެރިކާ ޑޮލަރުގެ ރިޒާވްގައި، މިއަދު ދިވެހި ރައްޔިތުން އަޑު އައްސަވާ، އެއް މަސް ދުވަހުގެ ކާޑު ގަންނާނެ ފައިސާއެެއް ނެތް. ހައްދަވައިގެން، އަތުން ހިފޭ ލޮލަށް ފެންނަ ޕްރޮޖެކްޓެއް މަޝްރޫއެއް ނެތް އިރުގައި، 114 ބިލިއަން ރުފިޔާ، ތީގެން ކޮންމެ ބޭފުޅެއްގެ ބޮލުގައި ދަރަނި އަޅުވައިފި.". އޭގެ ތެރެއިން 65 ބިލިއަން ރުފިޔާގެ ދަރަންޏަކީ މި ސަރުކާރުގެ ދަރަނި ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއި މެދު ޝައްކު ކުރާނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ. އަދި ބޭނުންވަނީ ރާއްޖެ މިއޮތް މާޔޫސްކަމުން އަރައިގަންނަން ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

"މަސައްކަތް ކުރެވޭނެ ވަރުގަދަ ދެ ޕާޓީ އަޅުގަނޑުމެންނަކީ، ޑރ. މުއިއްޒަކީ މި ނޮވެމަބަރު މަހު ހުވާ ކުރާނެ ރައީސް". ސައީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޔޫތު

    ހަމައެކަނި އިންޑިއާ ފައިސާއެއް ނޫން، އެތާނގެ ދޯހަޅި ގާނޫނުތަކާ، ޔޯގާއާއި، ސިފައިންނާއި، ގެރިގުއިވެސް ގެންނަ ހިސާބަށް ގޮސްދާނެ

    18
    7
  2. ގިނި

    ސާބަސް ސައީދު
    ގަދަ

  3. އިބޫ

    މިހާރުވެސް ބޭނުންކުރަނީ އިންޑިޔާ ފައިސާ..

  4. Anonymous

    ތީ ޔަގީންކަމެއް... މިހާރުވެސް ބަޔެއް އިންޑިޔާ ވިޔަފާރިތަކުން އެއްޗެހި ވިއްކާ އިރު ބަލައިގަނޭ..

  5. ރައީސް އިއްބޭ

    އިންޑިޔާ ފިޔާ އަލުވި ބިސް ކަރާ ތަރުކާރި މޭވާ ބޭސް ހިލަ ހަލަވެލި ވެސް ބޭނުން ކުރާނަން

    2
    1
  6. ނަމަސްތޭ

    ހެހެހެ ކެމްޕޭނުގައި ސޯލިހުގެ ވާހަކަ ނުދައްކާ ކަލޭމެންގެ އަމިއްލަ ވާހަކަ ދައްކަބަލަ . . . ސޯލިހު އަިކީ ކަލޭމެން ތި މީހަކަށް ހަދައިގެން އުޅޭ ޔާމިނުއަށް ވުރެ ހާސް ބައި ރަނގަޅު މީހެއް . . ޔާމިނު ދީ ދައުލަތް ދަވާލައިގެން އުޅެނީ . . . އެސްޓީ އޯ ' ސުޓެލްކޯ ؛ ޓުރޭޑް މިނިސްޓޮރީ . . . މިހިރި ހާ ތަނެއް ދަވާލީ ޔާނު ދޫ

  7. އަސަރު

    ބްރޯ ވަރަށް ސަލާމް! އެއީ މައްސަލައެއްނޫނޭ. ގްލޯބަލް އެކޮނޮމީއެއްގައި މަލްޓިކަރަންސީ އަކީ މިހާރު އެންމެ ބުއްދިވެރިގޮތް. ކޮންތާކުންތޯ ކިޔެވީ. ޤާސިމްކައިރިން ދޯ؟މިހާރު ރަގަޅުވާނީ ރިސޯޓުގެ ކައްކާއަކަށް.

  8. ދިވެހި މުސްކުޅިން

    މިގައުމުގައި ބޭރުގެ ފައިސާ އިން ވިޔަފާރި ކުރެވޭނެ ގޮތާއި އަދި ދިވެހި ފައިސާ އިން ވެސް ބޭރުގެ ގައުމުތަކުގައި ވިޔަފާރި ކުރެވޭނެ ގޮތް ހެދުމަކީ ކުރިއަރާދާ ގައުމެއްގާ ކޮންމެހެން ކުރުން ލާޒިމުކަމެއް އޭރުން ޑޮލަރަށް ބަރޯސާވާކަށް ނުޖެހޭނެ ކޮންތާކުން ކިޔަވައިގެން އުޅޭ މަރުމޯލުންތަކެއް މިގައުމަށް މިހާރު ފާވެފަމިވަނީ

  9. އެސް ޒެޑް

    " ރައީސް ސޯލިހަށް އިތުރު ދައުރެއް ދީފިނަމަ ރާއްޖޭގައި އިންޑިއާގެ ފައިސާ ބޭނުން ކުރަން ފަށާނެ - ސައީދު " އެހެންނަމަ ތިމީހުންގެ ޔާމީންގެ ސަރުކާރުގައި ބޭނުންކުރާނީ ޗައިނާ ފައިސާ އެއްނުން، މީހުންގެ ބޯކާލަން ދައްކާ ކޮސްވާހަކަ، ދަތްކޮށްޓާ އިލޮށިކޮޅުވެސް ރާއްޖެއިން ބޭރުން އެތެރެކޮށްގެން ބޭނުންކުރާ ޤައުމެއްގައި ދެންކޮންކަމެއް ބޭރުމީހުންނާއި ނުލާކުރެވޭނީ، މިއުޅެނީ ކަންމަތީ ފިހާރައެއްގައި ނުވަތަ ހިންގާ ގާޑިޔާގަނޑުގައި ހުންނާނެ ދިވެއްސަކު ނުލިބިގެން، އެކަމަށްވެސް މިގެންނަށްޖެހެނީ ބޭރުމީހުން، ކޮއްމެ ބަޔަކުވެރިކަމަށް އަޔަސް ބޭރުމީހުންނާ ނުލާ ހަމަ އެއްކަމެއްވެސް ނުކުރެވޭނެ

  10. ގޮވެލި

    ޑޮލަރު އިންޑިއާ ބޭންކުން މާރުކޮށް ދޭނީ އިންޑިއާ ރުޕީސް އޭރުން 2ވަނަ ދަރަޖަ ލިބުނީ މިފަހަރުގެ ވޯޓު ޖެހޭނީ ބަދަލަކަށްލާން އެހެންނޫނީ ސަލާމަތެއްނެތް

    3
    5
  11. Anonymous

    ތިވަރަށް ފޯރިނޭރުވިޔަސް ވެރިކަން ކުރެވިދާނެ ނުން.
    ކަލޭމެން ބުނި ފައްޅިވެސް އަޅާނޭ. ދީނެއްވެސް ނޯންނާނޭ، އަންނިއޭ ވެރިކަންކުރާނީ. ހޮވުނަސް ވެރިކަން ހަވާލެއްނުކުރާނަމޭ. .... ....

    އެކަމަކު...
    ޔާމީނުވެރިކަމުގައިހެން ހީވަނީ މޫދުއަޑީގައި ފައްޅިއެއްކަހަލަ ތަނެއް އެޅީވެސް.
    ޔޯގާވެސް ފާހަގަކުރި ޤައުމީ ލެވެލްގައި އެންމެ ފުރަތަމަ. ދެން މޯދީ ކައިރީގައި ޔާމީނު ދެއްކި ވާހަކަތައްވެސް އެހެރީ ރެކޯޑް ކުރެވިފަ.
    ލޮލް

  12. ބޮކި

    ދެންވެސް ވަގުޔާނު އޮންނާނީވެސް ގޮޅީގަ !

  13. ތުއްތުނާ

    އިންޑިއާފައިސާވެސް ބޭނުންކުރަންވީ. ކީއްވެ އިންޑިއާފައިސާބޭނުންނުކުރަންވީ؟؟ މޮޔަނުގޮވާތިބޭ!! ދުނިޔޭގެއެހެންގައުމުތަކުގެ ފައިސާބޭނުންކޮށްފަ އިންޑިއާފައިސާ ބޭނުންނުކުރަންވީކީއްވެ ؟؟

    1
    1
  14. ކުރިޔަށް

    ސައީދުހާ ގިނައިން ފައިސާ ވާހަކަ ދައްކާ މީހަކު އަދި ނުފެނޭ. ކޮންމެ ތާކު ވާހަކަ ދެއްކިޔަސް އެފައިސާ މިފައިސާ އިންޑިޔާފައިސާ ޗައިނާ ފައިސާ. ދެން މީހަކު އެއްޗަކަށް ބޫތު ކައިފިއްޔާ ގޮވޭނެ ދޯ.