ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނަކީ އިދިކޮޅު ފަރާތްތަކުގެ އަމިއްލަ ފައިދާއަށް ހިންގާ ފިތުނަވެރި ހަރަކާތެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ށ. ފޮނަދޫގައި ތިއްބެވި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ޔާމީން ވަނީ މި ސަރުކާރުގެ ހުރިހާ ނިންމުމެއް މިހާރު ނިންމަނީ އަވަށްޓެރި އިންޑިއާގެ ސިފައިން ކަމަށް ތުހުމަތު ކުރައްވައިފައެވެ.

އިންޑިއާ ސިފައިން ފައިބަން ޖެހޭ ކަމަށާއި އިންޑިއާގެ ސިފައިން ތިބި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ސިފައިންގެ ސަބަބުން އިންތިހާ އަށް އުނދަގޫވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޔާމީން ވަނީ ގޭގޭގެ ފާރުތަކުގައި އިންޑިއާ އައުޓް ޖެހުމަށް ވެސް ގޮވާލައްވައިފައެވެ.

"ވަގުތު" އާ ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ ކަނޑައެޅިގެން ރައްޔިތުންނަށް އޮޅުވާލައިގެން ރައީސް ޔާމީންގެ އަމިއްލަ ފައިދާއަށް ހިންގާ ފިތުނަވެރި ހަރަކާތެއް ކަމަށެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

"ކަނޑައެޅިގެން ރައްޔިތުންނަށް އޮޅުވާލައިގެން، ރައްޔިތުން ގުނބޯ ހައްދައިގެން، ރައީސް ޔާމީންގެ އަމިއްލަ ފައިދާއަށް ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް ބުރޫ އަރާ، ދެގައުމުގެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ހިތްހަމަނުޖެހުން އުފެދޭ ގޮތަށް ހިންގާ ފިތުނަވެރި ހަރަކާތެއް ގޮތުގައި އަޅުގަނޑު ސިފަކުރަނީ" އިންޑިއާ އައުޓް ޝިއާރު ބޭނުން ކުރައްވާއިގެން އިދިކޮޅުން ކުރިޔަށް ގެންދަވާ ކެމްޕޭނާ ގުޅިގެން ރޮޒެއިނާ ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްވެ ތިބި އިންޑިއާގެ ސިފައިން މި ގައުމުން ބޭލުމަށްޓަކައި އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތް ވަނީ ފުޅާކޮށްފައެވެ.

ނަމަވެސް އިދިކޮޅުން އިސްނަގައިގެން ކުރިޔަށްގެންދާ މި ހަރަކާތާއި ގުޅިގެން ސަރުކާރަށް ތާއިދު ކުރައްވާ ފަރާތްތަކުން އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. އަދި އެ ހަރަކާތަކީ އަވަށްޓެރި ބާރުތަކާއި މެދު އޮތް ގުޅުން ހީނަރުކޮށް ބައިނަލްއަގުވާމި މަޝްރަހުން ރާއްޖެ އެކަހެރިކުރުމަށް ހިންގާ ކެމްޕޭނެއް ކަމަށް ވެސް ސަރުކާރަށް ތާއިދުކުރައްވާ ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. Anonymous

    އިންޑިޔާއަށް ކަލޭ ވިކިފަ ތިހުރީ އަމިއްލަ ފައިދާއަށްވީމަ ކަލެއަށް ތިހެން ކިޔޭނީ.

    59
  2. ގލޅ

    ރޮޒޭ ބުންޏަސް ތިއައީ ބޮޑު ދޮގެކެވެ އިންޑިއާ އައުޓް
    ހަރަކާތް ދާނީ ފަތުއަޑު ކިޔާފައި ކުރިއަށެވެ ރައްޔިތުންގެ
    ކަންބޮޑުވުން އޮތީ އިންޑިއާގެ ރައްޔިތުންނާ ދެކޮޅަކަށް
    ނޫނެވެ ރާއްޖޭގެ ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތުގެ
    ސަބަބުން ރާއްޖޭގެ އަމިއްލަވަންތަކަން ގެއްލިގެންދާތީއެވެ.
    އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާޅަމެވެ.

    52
  3. އަބްދޫ

    އިންޑިޔާގެ މިލިޓްރީ ސިފައިން ރާއްޖޭގަ ތިބެންޖެހޭ އެއްވެސް ސަބަބެއްނެތް. ބޭތިއްބުމަށް ދައްކާނެ ހުއްޖަތެއްވެސް ނެތް. އިންޑިޔާގެ މިލިޓްރީން ރާއްޖޭގަ ބޭތިއްބި ބަޔަކީ ހަސަން ތާޖުއްދީނުގެ ދެދަރިންފަދަ ހިޔާނާތްތެރިން. ދިވެހިރާއްޖޭގެ ގާނޫނުއަސާސީގަ އެބައޮތް މިލިޓްރީ ބޭނުމަކަށް ރާއްޖޭގެ އެއްވެސް ތަނެއް ކުއްޔަށް ނުދެވޭނެ ކަމަށް .ވީމާ އިންޑޮިޔާ މިލިޓްރީ ރާއްޖެއިން އައުޓް ކުރަންގޮވާ މުޒާހަރާކުރުމަކީ ގާނޫނުއަސަސީ އިން ރައްޔިތުންނަށް ވާޖިބު ކުރައްވާފަ އޮތްކަމެއް.

    49
  4. ފާފު ދާލު.

    ރައްޔަތުން ނަށް އޮޅުވާލާ އުޅެވޭނީ ކިހާ ދުވަހަކުބާ؟ ޙަގީގަތް ހާމަވާ ދުވަސް އަންނާނެ. ރިޝްވަތުނުދީ ހުއްޓާލާ ދުވަސް ވެސް އަންނާނެ.

    39
    1
  5. އަބްދޫ

    އިންޑިޔާގެ މިލިޓްރީ ސިފައިން ރާއްޖޭގަ ތިބެންޖެހޭ އެއްވެސް ސަބަބެއްނެތް. ބޭތިއްބުމަށް ދައްކާނެ ހުއްޖަތެއްވެސް ނެތް. އިންޑިޔާގެ މިލިޓްރީން ރާއްޖޭގަ ބޭތިއްބި ބަޔަކީ ހަސަން ތާޖުއްދީނުގެ ދެދަރިންފަދަ ހިޔާނާތްތެރިން. ދިވެހިރާއްޖޭގެ ގާނޫނުއަސާސީގަ އެބައޮތް މިލިޓްރީ ބޭނުމަކަށް ރާއްޖޭގެ އެއްވެސް ތަނެއް ކުއްޔަށް ނުދެވޭނެ ކަމަށް .ވީމާ އިންޑޮިޔާ މިލިޓްރީ ރާއްޖެއިން އައުޓް ކުރަންގޮވާ މުޒާހަރާކުރުމަކީ ގާނޫނުއަސަސީ އިން ރައްޔިތުންނަށް ކުރަންޖެހިފަ އޮތްކަމެއް.

    33
  6. Anonymous

    އެހެންވީމާ އަބގައިން ފޮޑިޖަހާ ރޮޒޭނާގެ މިބަހުރުވައިން އިނގޭ އެއްޗަކީ އިންޑިއާ މިލިޓެރީ ޖަމާއައްތައް މިގައުމުގެ ވަށައިގެން މިލިޓަރީބެސްތައް ބިނާކުރުވާ ވަކި ހިއްޕަވަމުން ދަނީވެސް ބައެއްގެ އަމިއްލަ އެދުމަށްކަމަށް ނޫންތޯ؟؟

    37
  7. ލުޓޭރުންގެ ސަރުކާރު

    ދިވެ ހިންނަ އެއްމެ ފައިދާ ހުރީ އިންޑިޔާގެ ސިފައިންނަ މިގައުމު ހިބަކޮއްދިނުންދޯ....ސަރުކާރުގެ ނާޖާއިޒުފައިދާއިން ފިރިމީ ހާއަށް ކުޑައަގަކަށް ރިސޯޓް ހަދަން ރަށެއްދިނުން...ރިސޯޓު ހަދަން އިންޑިޔާ ބޭންކުން ލޯނުދިނުން ރޮޒައިނާގެ ދެމަފިރިންނަ..ރޮޒައިނާއަށް އަމިއްލަފައިދާއަށް ނޫންގޮތަކަށް ކަންކުރުމުކީ މުޅި ގައުމު މޯދީ އުގަށްލައިދިނުން....ޗޮއްޕަޓުލާލު ކުޅުނީ ކޮމެޑީރޯލު..އެހ ހެންވެ ރޮޒައިނާ ކޮމެޑީ ވާ ހަކަދައްކަނީ..

    35
  8. ނާހަމަ ތެދެއް

    ތިކަން ނޭނގެނީ ރޮޒައިނާއަށް އެކަނި ރައްޔިތުންނަށް އިނގޭ

    37
    1
  9. އަހަރެން

    ރޮޒައިނާ ހިތްހަމަ ނުޖެހުނަސް ޖެހުނަސް މިފަހަރު އިންޑިޔާ ބޭރު ކުރާނެ

    36
    1
  10. Anonymous

    ރޮޒެއިނާ ތީ ހުރިގޮތަށްހުރި ބޮޑު ފިތުނައެއް. ހެޔޮ އެއްޗެއް ނުވިސްނޭ ލާދީނީ އަންހެނެއް. އިސްތިއުފާ ދީފަ ގެއަށްދޭ.

    34
  11. އ.އައުޓް

    ބަލަ ކަލޭ ސިފަކުރަން ބޭނުންވާ ސޫރަޔަަކަށް ސިފަކޮށްބަލަ. އެކަމަކާ ބެހޭކަށްވެސް އަދި އެވާހަކަ ދައްކަންވެސް އަހަރުމެނަށް ބޭނުމެއް ނުވެއެވެ. ކަލޭމެންބުނީ މޭޑޭގެ ހުރިހާމަރަކާއި ޔާމީނާ ގުޅުން އެބައޮތްކަމަށާއި އެކަމުގެ ފުރިހަމަ ކިތާބީ ހެކިވެސް އެދުވަހު ރައްޔިތުންނަށް ދައްކާހެދިއެވެ. އެއީ ފިތުނަ އުފަންކުރުމަކީ ނެތްއެއްޗެއް އަމިއްލައަށް އުފައްދައިގެން ބޭނުންވާ ކަމެއް ކުރުމަށް މަގުކޮށުމަކީ ފިތުވެރިކަމަކީ ކަލެއަށް އެގޭތަ. ކާފައަށް ކިޔާ ނަންވެސް ނޭގޭގޮތައް މިކަންވެސް ކަލެއަށް ނޭގޭނެއެވެ. ކޮންމެ ގޮތެއްވިއަސް މިގައުމަކުން އިންޑިއާ އައުޓެއް ދެނެއް ނުހުއްޓުވޭނެއެވެ. ކަލެއާއި އަދުން ހެސޭނާ ކިތައްމެ ފުއްޕިއަކަސް މިކަމަކަށް ހުރައެއް ނޭޅުވޭނެ ވާހަކަވެސް ކަލޭގެ މައުލޫމާތަކަށްޓަކައި ބުނެލަމުން ވަކިވެލަން. އިންޑިއާ އައުޓް

    32
  12. އައްޑޫ މީހާ

    ރުޒައިނާމެން ދައްކާ ތިކަހަލަ ތާކުންތާކު ނުޖެހޭ ވާހަކަތައް މިހާރު މި ކަނޑު މަސް ކައިގެން ތިބި ދިވެހީން ގަބޫލެއް ނުކުރާނެ އިންޑިއާ މިލިޓަރީ ސިފައިން މި ދިވެހި ފަސްގަނޑުން ބޭރު ކުރަން ޖެހޭ ރުޒައިނާއަށް އެމީހުން މިގައުމުން ފައިބަން ގޮވަން ނުކެރުމަކީ ލަދު ހަޔާތުގެ ކަން ފުޅެއްވެސް ނެތް ކަމުގެ ފުރިހަމަ ހެއްކެތް، މިދިވެހިރާއްޖޭގެ ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަގައިގެން މިގައުމުގެ ޕާސްޕޯޓާއި އައިޑީކާޑް ބޭނުންކޮށް ތިމަންނަޔަކީ ދިވެއްސެކޭ ކިޔައިގެން ހުރެ މިގައުމު ބޭރުގެ މިލިޓަރީ ސިފައިންގެ އަޅުވެތި ކަމުގައި އުޅެން ދޫކޮށްލުމަކީ ކަމަނާގެ ނަފްސު އިންޑިޔާ ސިފައިންނަށް ވިއްކުން ކަހަލަ ކަމެއް މާދަމާވެސް ހާލަތު ބަދަލުވެގެން އަންނައިރު މީހުންގެ އަނބިދަރިން ރޭޕްކޮށް އިއްފަތްތެރިކަން ފޭރިގަންނަ އިރު އެމީހުން ނުބަލާނެ ރުޒައިނާ ތޯ އިބިރިހިމާ ތޯ ދޫނި ރާއްޖޭގެ ފިނދަނަ ތަކުގެ ވެރިޔާ ތޯ އެމީހުން ހިންގަން ބޭނުންވާ ޖަރީމާތައް ހިންގާނެ މިއީ މުސްތަޤް ބަލުގައި މިގައުމުގެ ހާލަތު ބަދަލުވާނެ ގޮތް ޝުކުރިއްޔާ

    26
  13. ޑޮނާޑް

    އެހެންތާވާނީ ވެސް އަމީނިއްޔާ ގެ ކުރީގެ ނުވިކި ހުރި ޔުނިފޯމްތައް ވިއްކައިގެން މަންފާ ލިބުނީތަ

    32
  14. ރިޔާޒު

    އަމިއްލަ ފައިދާއަށް ކަންތައްތައް ކުރުމުގެ އެންމެ ފުރިހަމަ ޓްރެކް ރެކޯޑް އޮންނަ ބޭފުންނަކީ ރޮޒެއިނާ އާއި ރޮޒެއިނާގެ ފިރިސޮރު.

    35
    • ޢަލީ

      ވަރަށް ތެދު ވާހަކައެއް

      3
      1
  15. ގަންނާދު

    ވަރަށްބޮޑު ތެދެއް އަމިއްލައެދުން ނޫން އެއްވެސްކަމެއް މީގަނެތް ކޮންމިނިވަންކަމެއް ގެއްލުނީ ކާކުގެ ދިރިއުޅުމަށް އިންޑިއާގެ ސަބަބުން ގެއްލުމެއްލިބުނީ ވީއްޔާވެފަ އޮންނާނީ ފައިދާއެއް

    8
    30
  16. Anonymous

    ދެން އިންޑިއާ ސިފައިންގެ ޔުނިފޯމް ފަހަން ފަށާ އަވަހަށް.

    34
    2
  17. ޙާކިމާ

    ގަންނާދު! ވިސްނުން ބަދަލުކުރޭ

    21
    1
  18. ސަމީނާ

    ޕީސީއާރ ވަގު ކަލޭގެ ބުނާނީ ތިހެން ދައުލަތް ޕަކަޅާ ކުރަމުންދޭ އަދި އިންޑިޔާ އުގަށް ވެއްޓިފައި ހުރި ނުތާހިރު މޯލެއް

    32
    1
  19. ބަސްމަގު

    ތިޔައީ ކަލޭ އަމިއްލަ ފައިދާއަށް ބުނި ފިތުނަވެރި އަދި ޤައުމީ ލޯބީގެ މައްޗަށް އަމިއްލަ އެދުން 100 ގުނައަށް އިތުރު ކޮށްފައި ވާކަން ރަމްޒުކޮށްދޭ ނުބައިވެގެންވާ ބުނުމެއް. ކަލޭ އަމިއްލަ ކޮޓަރިއަށް އަވައްޓެރި ގޭގޭގެ އެންމެން ބޭނުން ވަގުތަކު ވަދެއުޅެން ކަލޭ އޯކޭ ވާނެޔޭދޯ ތިޔަބުނީ!

  20. ނަދާ

    ރޮޒޭގެ ބޮނޑު އަނގަ

  21. އަލީ

    އިޒުރޭލާދެކޮޅައް ފަލަސްތީނު ރައްޔިތުން އެހިންގާ ހަރަކާތަކީ އަމިއްލަ ފައިދާއަށްހިންގާ ފިތުނަވެރި ހަރަކާތަކަށް އެހަރަކާތްވެސް އެމްޑީޕީ މީހުންނަށްވާނީ ފަލަސްތީނު ރައްޔިތުން އެހިންގާ ހަރަކާތަކާ ދިވެހިން ރައްޔިތުން މިހިންގާ ހަރަކާތަކާ އެއްވެސް ތަފާތެއްނެތް. އަޅުވެތިކަމާ ދެކޮޅަށް ހިންގާ ހަރަކާތެއް.

  22. ނަސީ

    ކ.ހުރާގައި އަޅާފައި އިން ހޮޓާ ނަގާފާނެތީތަ ތި އަޑައް ބާރުލާފައި ތިކިޔާ އެއްޗެއް ތިކިޔަނީ ހުދު މަވެސް ބޭނުމެއް ނުވޭ އިންޑިޔާ ދަށުވެގަނެގެން އުޅޭކަން ، ކޮންފައިދާއެއްތޯ އޮތީ އިންޑިޔާ ޖީބައްވެއްޓިގަނެގެން އުސް ގެންލުން ވާނީ ރޮޒޭއްވިސް ނޭނީ ފަހުން އޭރުން ވަގުތު ފާއިތު ވެގޮސް ފައި އޮންނާނީ

  23. ނަޒީ

    އަޅެ ގޮތްބަލާލަންވެސް އިންޑިޔަ ސިފައިން މި ޤަވްމުން ބާލަބަލާ! ޔަޤީން ކަށަވަރުކޮށް މިބުނަނީ ދެން އެކެމްޕެއިން ނުކުރާނެ! އިންޑިޔަ ސިފައިން ރާއްޖެއިން ފޭބުމަށްފަހު ދެން އިދިކޮޅުން އިންޑިޔާ އައުޓް ކެމްޕެއިން ކުރާނަމަ ދެން ބުނެވިދާނެ ތިހެން.

  24. އަޙްމަދް

    އޯ ދޮންމައްމާ
    ދިވެހިންގެ އެއްބައިވަންތަކަމާއި މިނިވަންކަން އިނޑިއާ އަށް ވިއްކާލުމަށްވުރެ ބޮޑުފިތުނަވެރި އެހެންކަމެއް އެބައޮޠްތޯއެވެ؟