ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާ އަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މަޖިލިހުގެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ ނަޝީދު ލަންކާއަށް ކުރައްވާ ދަތުރުފުޅަކީ މާދަމާ އިން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މިއީ ލަންކާގެ ޔޫތު މިނިސްޓަރު، މިނިސްޓަ އޮފް ޑިވެލޮޕްމަންޓް ކޯޑިނޭޝަން އެންޑް މޮނިޓަރިން އަދި ސްޓޭޓްމިނިސްޓަރ އޮފް ޑިޖިޓަލް ޓެކްނޮލޮޖީ އެންޑް އެންޓަޕްރައިޒް ޑިވެލޮޕްމަންޓް، ނަމާލް ރާޖަޕަކްސާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މިއީ ފަސް ވަނަ ސްރީލަންކާ ޔޫތު ޕާލަމެންޓުގެ ދެވަނަ ސެޝަންގައި ޝަރަފުވެރި މެހެމާނެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

މި ސެޝަނަކީ ލަންކާގެ ޒުވާނުންގެ ލީޑަޝިޕް ހުނަރުތައް އަށަގެންނެވުމަށާއި، އެ ހުނަރުތައް ދަސްކޮށްދިނުމުގެ މަގްސަދުގައި އެގައުމުގެ ނޭޝަނަލް ޔޫތު ސާވިސަސް ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ސެޝަންއެކެވެ.

މި ދަތުރުފުޅުގައި، ސްރީލަންކާގެ އިސްވެރިން އަދި އެ ގައުމުގެ އޮފިޝަލުންނާއި ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    ރައްޔިތުންގެ ލާ ރީގަ އުދުހުން މިވެ ރިންނަ އޮތީ...އަހަ ރީ ޗުއްޓީ ހޭދަކު ރަން އިގި ރޭސިވިލާތަށް...ޗުއްޓީތެ ރޭގަ ލަންކާއަށް..އަ ރާމެއްގަ އުޅޭބައެއް.. ރައްޔިތުމީހާ ކުނިކޮތަޅު ހާވަނީ..ބޯހިޔާވަހިކަން ހޯދަނީ ހޮޅުއަށިތަކާ މާރުކޭޓްގެ ފާޙާނާބަ ރިން..

    1
    1