މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރިސޯޓު ހަދަން ޓޫރިޒަމް މިނިސްޓްރީން ހުޅުވާލި 18 ރަށަށް ހުށަހަޅަން ޖެހޭ އެންމެ ކުޑަ އަގު އެ މިނިސްޓްރީން ހާމަކޮށްފިއެވެ.
އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރު ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ކުރިއާލައި ބިޑް ޑޮކިއުމަންޓް އާންމުކޮށްފައިވާ އިރު ބިޑް ޑޮކިއުމަންޓުން ރަށްތަކުގެ ތަފްސީލު އިތުރަށް ހާމަވާނެއެވެ. ތިން އަހަރުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް މިރަށްތައް އިއުލާނުކޮށްފައިވާއިރު މިފަހަރުގެ ރަށްތައް ހުރީ ވަރަށް ބޮޑަށް ދަށް އަގުތަކެއްގައިކަން ފާހަފަ ކޮށްލެވެއެވެ.
ނަމަވެސް އަގުތައް ދަށްކުރި ސަބަބެއް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. މިދިޔަ އަހަރު ހުޅުވާލި 23 ރަށުގެ ތެރެއިން ވެސް ވިކިފައިވަނީ އެންމެ ރަށެއްކަން ފާހަގަ ކޮށްލެވެއެވެ. މިގޮތުން މިއަހަރު ބިޑަށް ހުޅުވާލާފައިވަނީ:
ހއ. މެދަފުށި - 10.90 ހެކްޓަރު (875،000 ޑޮލަރު)
ހއ. އަލިދުއްފަރުފިނޮޅު - ތިން ހެކްޓަރު (350،000 ޑޮލަރު)
ހދ. ކުޑަފަރުފަސްގަނޑު - 1.20 ހެކްޓަރު (200،000 ޑޮލަރު)
ށ. ކުޑަޅައިމެންދޫ - 14.70 ހެކްޓަރު (1 މިލިއަން ޑޮލަރު)
ރ. އެއްތިގިލި އަދި އަލިފުށި ފަޅުން 10 ހެކްޓަރު - 20 ހެކްޓަރު (250،000 ޑޮލަރު)
މ. ސީދީހުރާ އަދި ސީދީހުރާ ވެލިގަނޑު - 4.28 ހެކްޓަރު (875،000 ޑޮލަރު)
މ. މާއުސްފުށި - 10.40 ހެކްޓަރު (1.5 މިލިއަން ޑޮލަރު)
ފ. އެނބުލުފުށި - 1.00 ހެކްޓަރު (350،000 ޑޮލަރު)
ފ. ޖިންނަތުގައު - 0.89 ހެކްޓަރު (350،000 ޑޮލަރު)
ތ. ކާއްޑޫ - 3.9 ހެކްޓަރު (700،000 ޑޮލަރު)
ތ. އޮޅުފުށި އަދި އޮޅުފުށިފިނޮޅު - 3.54 ހެކްޓަރު (700،000 ޑޮލަރު)
ލ. ކަށިދޫ - 3.1 ހެކްޓަރު (700،000 ޑޮލަރު)
ލ. ބޮޑުމުންޏަފުށި - 3 ހެކްޓަރު(700،000 ޑޮލަރު)
ލ. ދޮންބެރެހާ އަދި ހޮޅަރެހާ - 4.44 ހެކްޓަރު (500،000 ޑޮލަރު)
ގއ. މާރެހާ - 17 ހެކްޓަރު (1.4 މިލިއަން ޑޮލަރު)
ގއ. ފުނަދޫވިލިގިއްލާ - 5 ހެކްޓަރު (700،000 ޑޮލަރު)
ގދ. ކަނޑަހަލަގަލާ - 7.4 ހެކްޓަރު (875،000 ޑޮލަރު)
ގދ. ފެރޭތަ ވިލިގިއްލާ އާއި ދެކާނބާ އާއި ކޮޑެރަޓާ އާއި އިތުރު ރަށެއް - 9.26 ހެކްޓަރު (700،000 ޑޮލަރު)
ރާއްޖޭގެ 10 އަތޮޅަކުން ޖުމުލަ 18 ރަށް މިފަހަރު ބިޑަށް ހުޅުވާލާފައިވާއިރު އެންމެ ކުޑަ އަގެއްގައި ދޫކުރަނީ ހދ. ކުޑަފަރުފަސްގަނޑެވެ. އެ ރަށުގެ އެކުއިޒިޝަން ކޮސްޓަކީ ދެ ލައްކަ ޑޮލަރު (ތިން މިލިއަން ރުފިޔާ) އެވެ. ދެން އެންމެ އަގު ހެޔޮކޮށް އުޅެނީ ރ. އެއްތިގިލި އާއި ފ. އެނބުލުފުށި އާއި ފ. އެނބުލުފުއްޓެވެ.
މި ރަށްތަކުގެ އަގުތައް ގާތްގަނޑަކަށް ތިން ލައްކަ ޑޮލަރު ނުވަތަ (4.6 މިލިއަން ރުފިޔާ)ގައި އުޅޭއިރު ރަށްތައް ވިއްކުމުގައި 60 ޕަސެންޓް ޕޮއިންޓް ކަނޑައަޅާފައި ވަނީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށެވެ. އަދި ތިމާވެށީގެ ކަންކަމާއި މުވައްޒަފުން ތަމްރީނު ކުރުމާއި އިޔާދަކުރަނިވި ހަކަތަ އަށް އިސްކަންދޭ މިންވަރަކަށް ވެސް ޕޮއިންޓު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އެކިއުޒިޝަން ކޮސްޓެއް ހުށަހަޅަން ޖެހެނީ މ. މާއުސްފުއްޓަށެވެ. އެ ރަށަށް އެންމެ ދަށް ވެގެން 1.5 މިިލިއަން ޑޮލަރު (23 މިލިއަން ރުފިޔާ) ހުށަހަޅަން ޖެހޭއިރު ދެވަނަ އެންމެ ބޮޑު އަގެއް ދައްކަން ޖެހޭ ގއ. މާރެހާ އަށެވެ. އެއީ 1.4 މިލިއަން ޑޮލަރު (21 މިލިއަން ރުފިޔާ)އެވެ.
މީނަޝީދުކިޔާ މީހަކަށާ ޓާޓާ ކިޔާމީހަކައް ގެނެވޭ ވަރައް އަގުތިރިކޮއްފަކަމައް ލަފާ ކުރެވެރނީ
ކޮބާ ކުރީ ސަރުކާރުން ރަށްތައް ދިނީ ނުއަގުގައޭ ކިޔާ ހަޅޭލާ، ބިލިއަނުން ގެއްލުންވަނީޔޭ ކިޔާ ހަޅޭލި މީހުންތައް. މިއަދު ބޮނދާ. ހެ ހެ ހެ