ރާއްޖޭގައި ކޮވިިޑް-19 ގެ އޮމިކްރޮން ވޭރިއަންޓް ފެތުރެމުން ދަނިކޮށް ބަލި ޖެހިގެން ކޮވިޑް ފެސިލިޓީތަކުގައި އާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު މަތިވާން ފަށައިފިއެވެ.
ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މި ފަހުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެޅި ފިޔަވަޅުތަކާ އެކު، މި މަހުގެ ނުވަ ވަނަ ދުވަހު ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔައީ 18 މީހުންނަށެވެ. އެކަމަކު އޭގެ ހަފްތާއެއް ފަހުން ވަނީ 40 އާ ހަމައަށް މައްޗަށް ޖެހިލައިފައެވެ.
ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދު:
- ޖެނުއަރީ 9: 18 މީހުން.
- ޖެނުއަރީ 10: 21 މީހުން.
- ޖެނުއަރީ 11: 20 މީހުން.
- ޖެނުއަރީ 12: 21 މީހުން.
- ޖެނުއަރީ 13: 25 މީހުން.
- ޖެނުއަރީ 14: 22 މީހުން.
- ޖެނުއަރީ 15: 23 މީހުން.
- ޖެނުއަރީ 16: 26 މީހުން.
- ޖެނުއަރީ 17: 32 މީހުން.
- ޖެނުއަރީ 18: 40 މީހުން.
ޕީސީއާރް ޓެސްޓު ހަދާ މިންވަރު އިތުރުވުމާއެކު ބައްޔަށް ފައްސިވާ މީހުންގެ އަދަދުވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިދިޔަ ހަފްތާގައި ބައްޔަށް ފައްސިވި މީހުންގެ އަދަދު އުޅުނީ 500ގައެވެ. އެކަމަކު މި ހަފްތާތެރޭގައި އެ އަދަދު އެއްހާހުން މައްޗަށް ވަނީ ޖެހިލައިފައެވެ.
އިއްޔެގެ ހަޔަކާ ހަމަޔަށް 1،594 މީހަކު ވަނީ ފައްސިވެފައެވެ. އެއީ މާލޭ ސަރަހައްދުން 857 ވޭދަނަ އަދި އަތޮޅު ތެރެއިން 438 ވޭދަނައެވެ. ރާއްޖޭގައި މިހާތަނަށް 106،595 މީހަކު ކޮވިޑަށް ފައްސިވިއިރު 98،238 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.
އެހެން ވޭރިއެންޓްތަކާއި ހިލާފަށް އޮމިކްރޮން ވޭރިއެންޓް ފެތުރޭލެއް މާ ބާރެވެ. އެކަމަކު ބަލީގައި ބޮޑުވަރުވާ މީހުންގެ އަދަދު މަދެވެ. ބަލީގެ ނުރައްކާ އޮތް މިންވަރަށް ބަލާފައި އެޗްޕީއޭއިން ވަނީ މިހާރުވެސް ފިޔަވަޅުތަކެއް އަޅާފައެވެ. އެކަމަކު އިތުރު ފިޔަވަޅުތައް އަޅާނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދަށް ބެލުމަށް ފަހު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އޮމިކްރޮން ވޭރިއެންޓް ރާއްޖޭގައި ފެތުރެން ފެށީ މިދިޔަ އަހަރު ޑިސެމްބަރު މަހު ފަހުކޮޅުއެވެ. އެ ދުވަސްވަރު އާ އަހަރުގެ ޝޯތަކާއި ގިނަ ބަޔަކު އެއްވެގެން ހަރާކަތްތައް ބާއްވަން އޮތީ ހުއްދަދީފައެވެ. މިފަހުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި 50 މީހުންނަށްވުރެ ގިނަ މީހުން އެއްވެގެން ހަފްލާތަކާއި ޖަލްސާތައް މަގުމަތީ ބާޒާރުތައް ނުބޭއްވުން ހިމެނެއެވެ.
އޮމިކްރޮން ވޭރިއެންޓާއެކު ވެކްސިންގެ ތިންވަން ޑޯޒް ނުވަތަ ބޫސްޓާ ޑޯޒް ޖެހުމުގެ ފުރުސަތު އެންމެންނަށް ވަނީ ހުޅުވާލާފައެވެ. ތިންވަން ޑޯޒް ޖެހި މީހުންގެ އަދަދު އުޅެނީ 37،725 ގައެވެ.
މިވަރު ވާއިރުވެސް ސްކޫލްތަކަށް ކުދިން އެބަ ގެންދަން ޖެހޭ... ސްކޫލްތަށް އޮންލައިން ކޮށްދެއްުން އެދެން ހާލަތު މިވަނީ ވަރަށް ނުރައްކާތެރި ހިސާބެއްގަ
އޮމިކުރޯމް އަކީ ދިވެހިން މިކިޔާ ލޮލު ރޯގާ ! ޑެލްޓާ އަކީ ދިވެހިން މިކިޔާ ނޭފަތް ހިރުވާ ރޯގާ !